Skip to content
އެސްފިޔަ

އެސޫރަ – 04

ކުއްލިއަކަށް ލޯގަނޑަށް ކުޑަލޮޅުމެއް އަރައިލައިފައި ދެން ފެންނަން ފެށި ކަންތައްތަކުން އަހަރެންނަށް ހައިރާންކަމާއި ބިރުވެރިކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ. މި ފަހަރު އަހަރެންގެ ސޫރަ ހުއްޓުނީއެއް ނޫނެވެ.

އެހެންނަމަވެސް އެ ލޯގަނޑުން ފެންނަން އެހުރީ މީގެ ހަފްތާއެއް ކުރިން ގެއްލުން އޮފީހުގެ އަންހެން މުވައްޒަފެވެ. އެ އަށްފަހު އޮފީހުގެ އެހެން ތިން މުވައްޒަފެކެވެ. އޭގެތެރެއިން ދެ މުވައްޒަފުންނަކީ އަހަރެންގެ ހުވަފެނާއެކު މަރުވެދިޔަ ދެމީހުންނެވެ. އަދި އޮފީހުގެ ގުދަނެއްގައިވާ ފޮށިގަނޑެއްގެ ތެރޭގައިވާ މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑެވެ. މި ހުރިހާ މަންޒަރެއް އަހަރެންނަށް ކަންތައްތަކެއް ވިސްނައިދީފިއެވެ. އެސޫރަ އަހަރެންނަށް ކަންތައްތަކެއް ބުނެދީފިއެވެ.

އަހަރެން ވަގުތުން ޕޮލިސް ސްޓޭޝަނަށް ދިޔައީމެވެ. އަދި އަހަރެންނަށް ދިމާވަމުން ދިޔަ ކަންތައްތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އަހަރެން ދިން މަޢުލޫމާތުތަކަށް ފަހު ފުލުހުން އަހަރެންނަށް ލޯގަނޑުން ފެނުނު ތިން މުވައްޒަފުންގެ ތެރެއިން މަރުނުވެ ހުރި މުވައްޒަފު ހައްޔަރުކޮށްގެން ގެނައެވެ. ތަޙުޤީޤުގައި ފުރަތަމަ އޭނަ އިންކާރުކުރަމުން ގެންދާން ފެށުމުން އަހަރެންނަށް ފެނުނު ކަންތައްތައް ކިޔައިދިނީމެވެ. ދެން އެމީހާވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.

އެހާ ހިސާބުން އެތައް ހަގީގަތެއް ފަޅާއެރިއެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.