އެ ސޫރަ – 05
ދެން އެމީހާވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
އެހާ ހިސާބުން އެތައް ހަގީގަތެއް ފަޅާއެރިއެވެ… ކުށެއްނެތި ރޭވިގެން ޢިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރައިލައިފައި ފޮރުވި އަންހެންކުއްޖާގެ ގާތިލުން ހޯދުނީ އެވެ. އޭރު އެ ގާތިލުންގެ ތެރެއިން ދެމީހުންގެ ކިބައިން އެ އަންހެނާގެ ރޫޙު ވަނީ ބަދަލުހިފާފައެވެ. އަހަރެން މަސައްކަތްކުރާ އޮފީހުގައި އެ އަންހެން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ވެސް ހޯދަނީ އެވެ. އޮންސާފު ގާއިމްކުރެވުނީއެވެ.
ބައެއް ކަންކަމަކީ އެކަމެއް ފުރިހަމަ ވުމަށް މެދުވެރިއެއް ބޭނުންވާ ކަންތައްތަކެވެ. އަހަރެން މަސައްކަތްކުރާ އެ އޮފީހުގެ މުވައްޒަފުންގެ ތެރޭގައި ހިނގައި ދިޔަ އެ ގަތުލުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރެވުމެވެ. އެހެން ނަމަވެސް އެފޮުރުވިފައިވާ ސިއްރުތައް ހާމަކޮށްދީ އަމިއްލަ ނަފްސަށް އިންސާފް ލިބިގަތުމަށް އެ ސޫރަ ކުރި މަސައްކަތުންނެވެ. ކެނޑިނޭޅި ފެންނަމުން ދިޔަ އެ ސޫރައިގެ ސަބަބުންނެވެ.
( ނިމުނީ)
ކިޔުންތެރިންނަށް ވާހަކަ ރީތި ވާނޭ ކަމަށް އުންމީދު ކުރަން☺️☺️☺️

