Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

އެރޭ

Fathimath Athifa Hussain Level 210 Stories
November 11, 2020 3 Mins Read
0 Comments

އަހަރެންގެ އުފަން ރަށް ކަމަށްވާ ދ.ކުޑަހުވަދޫއިން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމަށްފަހު މަތީތައުލީމް ހާސިލްކުރުމަށް އަހަރެން ބަދަލްވީ މާލެއަށެވެ. އަހަރެންގެ އުއްމީދަކީ ނޫސްވެރިކަމުގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި މަސައްކަތްކު ރުމެވެ. މަންމައާއި ބައްޕަ އަހަރެންގެ ކޮންމެ ނިއްމުމަކާއި ރުހިގަބޫލެވެ.

ސާނަވީ ތައުލީމް ނިއްމަމައި ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލްކޮށް ރާއްޖޭގެގައުމީ މީޑިޔާގައި ނޫސްވެރިޔެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަންފެށީމެވެ. މަންމަ އާއި ބައްޕަގެ އަބަދުވެސް އާދޭހަކީ ލިބޭ ޗުއްޓީތަކުގައި އަހަރެން އެމީހުންގެ ގާތަށްރަށަށް އައުމެވެ. އެހެނަސް ރަށަށްދާހިތް އަހަރެން ނުވެއެވެ.

ލިބޭ ޗުއްޓީތަކުގައި ބޭރުގައުމުތަަކަށް ދަތުރުކޮށް އަހަރެން އުޅެމެވެ. ހުރިހާ ކަމެށްވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. ފިކުރުބޮޑުވެ ހާސްވާނެ ފަަދަ ވިސްނުމެށް އަހަރެން ކުރާކަށް ނުޖެހެއެވެ. ޖެހޭ އޮޔާއި ވަޔާއެކު އަހަރެން ދިޔައީ ކުރިޔަށެވެ. ނަގައިފާނެ ބިޔަ ރާޅެއްގެފުންމިނެއް ނޭނގޭ ހާލުގައެވެ.

އެއްރޭ ދަންވަރު ޑިއުޓީ ނިއްމާލުމަށްފަހު އަހަރެން އައީ ގެއަށެވެ. ފެންވަރައި ނިދާހެދުން ލުމަށްފަހު އަހަރެން އެނދަށް އަރާ އޮށޯތީމެވެ. މަންމަޔަށް ފޮނުވަން މޭވާކޮޅެށް ގަންނަން ބާޒާރަށް ދިޔުމަށް ހެނދުނު ހޭލުމުގެ ނިޔަތުގައެވެ .އެހެނަސް އަހަރެންނަކަށް ނިދޭގޮތެއް ނުވިއެވެ. ފޯނު ރިންގުވާ އަޑަށް ބަލާލިއިރު  ގުޅަނީ ބައްޕައެވެ.

ބައްޕަ މިދަންވަރު އަހަންނަށް ގުޅާނީ ބޮޑުކަމަކާއި ދިމާވެގެންކަމުގައި އަހަރެންގެ ހިތް ބުންޏެވެ. ލަސްނޮޮކޮށް ފޯނަށް ޖަވާބުދާ ރީވީމެވެ. “ބައްޕާ ކިހިނެތްވީތޯ…. މިއޮތް ދަންވަރު ގަޑީގަ ގުޅާލީމަ މިއަހާލީ…..” ބައްޕަ ވާހަކަދައްކަން ފެށިއެވެ. “ދަރިފުޅާ  ވިޝްފާ.. ދަރިފުޅުގެ މަންމަ ….ދަރިފުޅުގެ މަންމަ ބަލިވެގެން ހޮސްޕިޓަލުގަ މިތިބީ…. ދަރިފުޅާ… މަންމަ ވާހަކައެއްވެސް ނުދައްކާ….” އަހަރެންގެ އަތުން ފޯނު ވެއްޓުނެވެ. ލޮލުން ހޯސްލާފައި ކަރުނައައީ އަވަހަކަށް ހުއްޓައިލާނެ ފަދައަކުން ނޫނެވެ. ވަރަށް ހިތްވަރުކޮށްފައި އަހަރެން ވާހަކަ ދައްކަންފެށީމެވެ.

“ހެނދުނު ފުރާ ލޯންޗުން އަހަރެން އެބަދަން ރަށަށް… ވާނުވާ އަންގާތި… ބައްޕާ ހިތްވަރުކުރާތި މާތްﷲގެ ތަނަވަސް ރަހުމަތުން މަންމަޔަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ. ފޯނު ބޭއްވީއޭ… އެބަގުޅަން އިރުކޮޅަކުން އިނގޭ ބައްޕާ…” ކިތަންމެ ހިތްވަރެއްލާފައި ވާހަކަދެއްކި ނަމަވެސް އަހަރެންގެ ހިތްކުދިކުދިވެއްޖެއެވެ. ވުޟޫ ކުރުމަށްފަހު ނަމާދުކޮށް ދުޢާކުރީމެވެ. މަންމަޔަށް ހެޔޮގޮތް މިންވަރުކުރެއްވުން އަދައިގެންނެވެ. ރޮމުން ގިސްލާ ހާލުއެވެ.

ލޯންޗުގޮސް ރަށުގެ ބަނދަރައް ކައިރިކުރީ އަހަރެން ފުންވިސްނުމެއްގައި އިންދައެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން އަހަރެން ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ޒަމާނީ ބަަދަލުތައް ރަށަށް އައިސްފައިވާތަން ފެނި ހިތައް އުފާވެރިކަން ލިބުނެވެ. ސުކޫލްދައުރުގެ ސަކަޔާއި މަޖާނެގި ގަސްތަކާއި މަގުތައް ފެނުނު ހިނދު ގަސްތަކާއި ނުލައި ހިނިތުންވެވުނެވެެ. ޒަމާންތަކަކަށްފަހު ނަމަވެސް ރަށުގެ މަގުތަކުގައި ހިނގަން އަހަރެންނަށް ނޯޅެއެވެ.

ގެޔަށް ގޮސް ބައްޕަޔަށް ގޮވީމެވެ.  ދަބަސް ބާއްވާފައި ހޮސްޕިޓަލަށް ދިޔުމުގެ އުއްމީދުގައެވެ. ދަބަސް ކޮޓަރިޔަށް ލުމަށްފަހު ގޭތެރެޔަށް ނުކުތްއިރު ލޯކުރިމަތިން ފެނުނީ ލޯބިވާ މަންމައެވެ. އެކަމަކު ބައްޕަ ބުނިގޮތުންނަމަ މަންމަވީ ހޮސްޕިޓަލުގައެވެ. އަނެއްކާ އަހަރެންގެ ބުއްދި ގޯސްވަނީބާވައެވެ. ނޫނީ ލޮލުގެ ފެނުމުގެ މައްސަލައެއް އުޅެނީބާވައެވެ.

“މަންމަގެ ދަރިފުޅާ…. މަންމަގެ ލޯބިވާ ދަރިފުޅޫ… މަންމަ ބައްޔެއްނޫނޭ…. ދަރިފުޅު ރަށަށް ގެންނަންވެގެން ބައްޕަ ޖެއްސި ބޮޑު ޑުރާމާއެއް އެއީ….. ދަރިފުޅުގެ ބައްޕަޔަށް ހޮލީވުޑުން ޖާގަ ލިބޭނެ. އަޅެ ދޮގެއްތަމީ ދަރިފުޅާ…. ހިނގާ ކާގެޔަށް… ދަރިފުޅަށް އެންމެކަމުދާ ގިތެޔޮ ބޯކިބަލާއި މުގުކަވާބު ހުންނާނެ ހަދާފަ… އަހަރެން ވާހަކަދައްކަންފެށީމެވެ.

“ފިލްމު ކުޅެގެން އަހަރެން ރަށަށް ގެނެސްފީމެންނު. …. ހަފުތާއަކަށް ޗުއްޓީ ނަގައިގެން މިއައީ…  ވާނެ ވަރަށް ހިންގާލަން… ބައްޕަ ކޮބާތަ?…. އަަހަރެން ބަލައި ބަނދަރަކަށްވެސް ނުދޭ ….މަންމާ ބައްޕަ ކައިރީ ބުނުއްވާތި މަޖަލަަކަށްވެސް އެކަހަލަ ވާހަކަ ނުދައްކަން… އަހަރެން ކިރިޔާ ބިރުން އަވަދިނުވީ….” މަންމަޔާއެކު ވާހަކަ ދައްކަމުން އަހަރެންވަނީ ކާގެޔަށެވެެ.

ސުކޫލުދައުރުގެ އެކުވެރިންނާއެކު ދަތުރުގޮސް އަހަރެން ހެދީމެވެ. އަހަރެންގެ ކުލާސް ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީޔަށް ދާން އަހަރެން ހިނގައިގަތީ އެކަންޏެވެ. ޒިލްމާގެ އުފަންދުވަސް ކަމުން ކުޑަހަދިޔާއެއް ތައްޔާރުކޮށް އެހިފައިގެން އަހަރެން ހިނގައިގަތީ  ރަށުގެ ދެކުނު ފަރާތުގަ ހުރި ޒިލްމާގެ ގެޔަށް ދިޔުމަށެވެ. ޒިލްމާގެ ގެޔަށް ދެވޭނީ ފަޅު ސަރަހައްދެއް ކަޑައްތުކުރުމަށް ފަހުގައެވެ.

ވަކިހިސާބަކަށް ދިޔަތަނާ ބަޔަކު ހޭ އަޑު އަހަންނަށް އިވުނެވެ. އެހެނަސް މަޑުނުކޮށް އަހަރެން ހިނގައިގަތީ ކުރިޔަށެވެ. އަހަރެން ސިހުނީ ކުއްލިޔަކަށް މީހަކު އަހަރެންގެ ގައިގައި އަތްލުމުންނެވެ. ވެރިވެފައިވާ ކަނު އަނދިރީގައި އެމީހަކީ ކާކުކަމެއް ކުޑަކޮށްވެސް އަހަންނަކަށް ނޭގުނެވެ. އަހަރެން ބިރުން ހަޅޭލަވައިގަތީ އެމީހަކު އަހަރެންގެ ގައިން ދޫނުކޮއްލުމުންނެވެ. “މިބުނީނުން ދޫކުރާށޭ ތީކޮންބައެއްތަ? އަހަރެންގެ އޮތީ ކޮންކު.ށެއް އަހަރެން ދޫކޮއްލާ ހެޔޮނުވާނެ. އަހަރެން ދިޔަދީ………… ” އެހެނަސް އެމީހާ އަހަރެންގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. އަހަރެން އަތްދަޑިމައްޗަށް އުފުލާލަމުން އެބިޔަމީހާ ދުއްވައިގަތީ އެމަގުގެ ވާތްފަރާތަށެވެ. އެއީ މީހުން ދިރިނޫޅޭ ފަޅުގެތަކެއް ހުންނަ ހިސާބަކަށްވުމުން އަހަރެން ބިރުގަތެވެ.

އަހަރެންގެ ލޮލަށް ފެންނަވަރުވީ އިރުކޮޅެއް ފަހުންނެވެ. އެމީހާ އަހަރެން ގޮވައިގެންވަނީ އެތާގަހުރި ފަޅުގެއަކަށެވެ. އަހަރެން ހައްޔަރުކުރުމުގެ އަޑީގައި ހުރީ އެންމެ މީހެއް ނޫންކަން އަހަންނަށް އެނގުނީ އެގޭގެ ތެރެއިން މޫނުނިވާކޮއްގެންތިބި ހަތަރުވަރަކަށް މީހުން ފެނުމުންނެވެ. ސިއްރުސިއްރުން އެމީހުން ކިއެއްޗެއް އަޑުއިވޭތޯ އަހަރެން އުޅުނީމެވެ. ނަމަވެސް އަޑުއިވޭ ގޮތެއްނުވިއެެެވެ. އަހަރެން އެވަގުތު ފޯނުމަތިން ހަނދާންވިއެވެ. ޖީބުގައި ފޯނެއްނެތެވެ. އަހަރެން ގޮތްހުސްވިއެވެ.

މި މީހުންގެ ކިބައިން ސަލާމަތްވާނެ ގޮތެއް އަހަރެންގެ ވިސްނުމަކަށްނައެވެ. މަންމައާއި ބައްޕަ އަހަރެންނަށް ވީނުވީއެއް ނޭނގިގެން ހޯދާނެކަން ޔަގީނެވެ. ލޮލުން ކަރުނަ އަންނަންފެށީ އަހަރެންގެ ގަސްތަކާނުލައެވެ. އަހަރެންނަށް ސިހުން ގެނުވީ މޫނުނިވާކޮށްގެން ތިބިމީހުންގެ ތެރެއިން އެކަކު މޫނުގަ އަޅާފައިވާ މާސްކު ނެގުމަށްފަހު އަހަރެންނާއި ދިމާލަށް އަންނަތަން ފެނުމުންނެވެ.

“މީ ކާކުކަން ނޭނގިފަދޯ ތިހުންނަނީ ….. މިއީ ސުކޫލްދައުރުގެ ވިޝްފާ ދެކެ އިންތިހާޔަށް ލޯބިވި ކައިސް.. މިހާރު އެނގިއްޖެ. ވިޝްފާ ރަށަށް އައިސްގެން އުޅޭ ހަބަރުލިބިގެން ވަރަށް ފާރަލައިފިން. އަހަރެންގެ ކަންކަށިމައްޗަށް ވިޝްފާ ދިން ހަދިޔާގެ ބަދަލްދޭން މިތަނަށް މިގެނައީ. ސާފުވެއްޖެ” ކައިސް ހެޔޮނުވާނެ އަހަންނަށް ތިހެން ނަހަދާ އަހަރެން ގެއައް ދިޔަދީ… އަހަރެން އާދޭސްކުރަން…” އެހެނަސް ކައިސް އަހަރެންގެ ބަހެއް ނޭހިއެވެ. އަހަރެން ރޮއިރޮއި އޮތްވައި ކައިސް އޭނާގެ ކަރުހިއްކުން ފިލުވައިލީ އަހަރެންގެ ޖިސްމު ކުދިކުދި ކުރަމުންނެވެ. އަހަރެން އަޑުން އަޑުނަގައި ރުއީމެވެ. އެހެނަސް ކައިސް އަކަށް އަހަރެންގެ ރުއިމަކުން އަސަރެއްނުކުރިއެވެ. އެއީ އިންސާނެއް ނޫނެވެ. . އެއީ އިންސާނެއް ނަމަ އަހަރެންގެ ރުއިމާއި އާދޭހުގެ އަޑުއިވި އަހަރެން އެބިރުވެރިކަމުން ސަލާމަތްކުރީހެވެ.

އެހެނަސް ކުރާނެކަމެއް ނެތެވެ. އަހަރެންގެ އިއްފަތްތެރިކަން ނަގައިލަމުން އަހަރެންގެ ހަށިގަނޑުގައި ދަތާއިވޭން ހޭލެއްވުމަށްފަހު ކައިސްއާއި އޭނާގެ ބައިވެރިން އެގެއިން ނުކުމެގެން ދިޔައީއެވެ. ނިވާކަމެއްނެތި ފޭރާންވީދި އަހަރެން އޮތީ ވަރުދެރަވެފައެވެ. އެހެނަސް. އަހަރެންގެ ނަފުސުގެ ދިފާއުގައި އެއްކަމެއްވެސް އަހަންނަކަށް ނުކުރެވުނެވެ. އަހަރެންނަށް ނޭވާލެވުނު ނަމަވެސް އަހަރެންގެ ރޫހުވަނީ މިދުނިޔެއާއި ވަކިވެފައެވެ.

އަހަރެންނަށް ހަމަހޭވެރިކަން ވީއިރު އަހަރެން އޮތީ އޭޑީކޭ ހޮސްޕިޓަލުގައެވެ.  މަގަތުގައި މަންމައާއި ބައްޕަ ތިއްބެވެ. އަހަންނަށް ރޮވެންފެށުނެވެ. މަންމަގެ ގައިގައި ބައްދައިގަންނަމުން ހިތްފުރޭވަރަށް ރޯލީމެވެ. މަންމަ އަހަރެންނަށް ހިތްވަރުދިނެވެ. ހުރިހާކަމެށްވެސް ފަހުން  ރަނގަޅުވާނެޔޭ ބުނަމުންނެވެ. އެހެނަސް މަންމަޔަށް އަހަރެންގެ ގައިގައި އެބިރުވެރި ރޭގައި ހަރުލައިގެންދިޔަ ލަކުނާއި ޒަހަމްތައް ދުވަހަކު ފިލައިދިއުމެއް ނުވެއެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށް އަހަރެން ބަޔާންދިނީމެވެ. ކައިސް ފުލުހަށް ހާޒިރުކުރުމުން ކުށަށް އިއުތިރާފުވިއެވެ. ފަނަރަ އަހަރުދުވަހުގެ ޖަލުހުކުމެއް ކައިސްއަށް އިއްވުން ވެެގެންދިޔައީ އަހަންނަށް ލިބުނު ކާމިޔާބީއަކަށެވެ. އެހެނަސް އެރޭގެ ބިރުވެރިކަން ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ހަނދާނުން ފިލައިގެނެއް ނުދާނެއެވެ. އެނާމާން  ރެޔަކީ އަހަރެންގެ ހަޔާތައް އައި އެންމެ ހިތާމަވެރި ރެއެވެ. އެހެނަސް ދިރިއުޅުމުގެ މައިދާނުގައި އަހަރެން ކުރިޔަށްދާނީ ހިތްވަރާއި އަޒުމާއި އެކުގައެވެ. އެރޭގެ ހަނދާންތައް ހިތުން ނެރެލުމަށް ގިނަގުނަ މަސައްކަތް އަހަރެން ކުރާނަމެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ހިތި ނިމުން 15

Next

މި ހިތުން މަޤާމޭ މި ދެނީ 6

Next
November 12, 2020

މި ހިތުން މަޤާމޭ މި ދެނީ 6

Previews
November 11, 2020

ހިތި ނިމުން 15



All Right Reserved!