ޑިއުޓީ ނިންމާފައި ގެއަށް ދާން ނިކުތް އިރު މެންދަމު ބާރަ ޖެހީއެވެ. ގެއާ މާދުރުނޫން ހިސާބަކަށް އާދެވިފައި ހުއްޓާ ކުރިމަތިން މީހަކު ހުރަސްކުރިހެން ހީވިއެވެ. ކުއްލިއަކަށް އަހަރެންގެ ފަހަތުން އަންހެނެއްގެ ހުނުމުގެ އަޑު އިވުނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ވަގުތަކީ ދަން ވަގުތަކަށް ވެފައި އެއްވެސް މީހެއްގެ ހިލަމެއް ފެންނަން ނެތުމުން އަހަރެންގެ ގައިން ހީބިހި ނަގާގޮތް ވިއެވެ. ހިތްވެސް ހީވީ މޭފަޅާފައި ނިކުންނަން އުޅުން ހެންނެވެ. ފަސްއެނބުރި ބަލާލެވުނީ ދެހިޔާލެއްގައި ހުރެއެވެ. އަހަރެންގެ ފުރަގަހުގައި އަންހެނަކު […]
މަގުމަތީގައި އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ފުރޭނިގެން އަހަންނަށް ގެފެންނަ ހިސާބަށް ދެވުންއިރު ސަލާމަތެއްނެތެވެ. މުޅިގެ ވަށައިގެން ޕޮލިސްޓޭޕު ދަމާފައިވީއިރު ގޭގައި ހުޅުނުހިފާ އެންމެ ތަންކޮޅެއްވެސް ނެތެވެ. އެކިދިމަދިމާލުގައި ފުލުހުންނާއި އަލިފާން ނިވާ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ގޭގެ މައިދޮރާއި ދިމާއަށް އަހަންނަށް ދުއްވައިގަނެވުނެވެ. އަހަރެންގެ މުޅިހަޔާތް އެދެމީހެއްގެ މަށްޗަށް ބިނާވެފައިވާ ލޯބިވާ މަންމައާއި ކޮއްްކޮ ސަލާމަތް ކޮށްދިނުމަށްޓަކައެވެ. އެހިސާބުގައި އެއްވެފައިވާ މީހުންގެ ވާހަކައިން އެނގުނުގޮތުގައި އެދެމައިންވަނީ އަދިވެސް ގޭތެރޭގައެވެ. އަލިފާނުގެ ހޫނާއި […]
ނޯޓު؛ މީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ކުށް ހުރުން އެކަށީގެންވުމާއެކު އެކަމަށް މާފަށް އެދެމެވެ. ———————————————————————————— އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. އެތަށް ދުވަހަކަށް ފަހު އަހަރެންގެ ލޯބިވާ ފިރިމީހާ މަނާލް މިހުރީ އަހަރެންގެ ކުރިމަތީގައެވެ. މޫނުމަތިން ބަލިކަމަށް ފެނުނު ނަމަވެސް އޭނާގެ ހާލަތު އެދަނީ ރަނގަޅު ވަމުންކަން އަހަންނަށް އެނގެއެވެ. ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް ހަތް މަސްދުވަސް ހޭދަކުރުމަށްފަހު ރާއްޖޭގެ ފަސްގަނޑުގައި ފައިޖެހުމުން […]