ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ދާއިންއާއި އޭނާގެ ރައްޓެހިން ތިބީ ރަށުގެ އަތިރިމަތި ސަރަހައްދުގައި ހަދާފައިވާ ބީޗްވިއު ރެސްޓޯރެންޓްގެ އޯޕަންއެއާރގައި ކޮފީ ބޯށެވެ. އޭރު އެތަނުގައި ދާއިންމެން ހަތަރު މީހުންގެ އިތުރުން އެހެންވެސް ދެ މޭޒެއްގަ ހައެއްކަ މީހުން ކޮފީ ބޯން ތިއްބެވެ. މުޅިތަނަށް ވެރިވެފައިވަނީ ސާދަވިލޭރޭގެ ހަނދުގެ ނަލަނަލަ އަލިކަމާއި އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިގެ ހިތްގައިމުކަމެވެ. ތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމާއި މަޑުމައިތިރިކަމެވެ. މާލޭގެ ހަލަބޮލި މާހައުލުގައި އުޅެ ފޫހިވެފައި […]
އޭ އިންސާނާއެވެ. ދުނިޔޭގެ މި ވަގުތީ އުފަލަށް ތިބާ ތި ދަހިވެތިވަނީ ކޮން ފައިދާއެއްލިބޭނެ ކަމަށްހެއްޔެވެ. މާދަން ލޯން މަރާލުމުން ތިބާއަށް ގެންދެވޭނެ އެކައްޗެއްވެސް ނޯންނާއެވެ. ތިޔަ ހޯދި އަގުބޮޑު މުދަލާ ފައިސާ ހަމަ އެދުވަހުން ދޫކޮށްލަންޖެހޭނެއެވެ. އެދުވަހުން ތިބާގެ ނިދަމުން އައި އަރާމު އެނދު ބަދަލްވެގެންދާނީ ސަންދޯކަށްށެވެ. ތިބާގެ ގެ ބަދަލްވެގެންދާނީ ކަށްވަޅަށްށެވެ. އެކުވެރިޔެއް އާއިލާމީހަކު ނެތް އެކަނިވެރި އެތަނުގައި ތިބާއަށް ކެތްވާނެހެއްޔެވެ؟ އަދިވެސް ވަގުތު އެބައޮތެވެ. އިސްލާހުވާށެވެ. ހުމެއިދުއަކީ ވަރަށް ގޯސްކޮށް އުޅެމުން އަންނަ […]
އާދުވަހަކަށް އިރުއެރީ ނޫ އުޑު ބަނަ ވިލާތަކުން ކަޝްފުއްކޮށްލަމުންނެވެ.ޖެހިލާ ބާރުވައިރޯޅިއާއެކު ވިދައި ގުގުރާއިރު ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ.ޖަހާލާ ބާރު ގުގުރީގެ އަޑާއެކުހިމަފޮދު ވާރޭ އޮއްސާލި އެވެ.ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ބޮސްދީފައި މުތީތަކެއް ފަދައިން ފައިބައިގެންދާ ފެންތިކިތަކަށް ގެއްލިފައި އައިނީ ހުއްޓެވެ.އޭނާގެ ހިޔާލުގައި ވަނީ އޭނާގެ މަންމައާ ބައްޕައެވެ.މީގެ އެއް އަހަރު ދުވަސް ކުރިން އައިނީގެ މައިންބަފައިން ވަނީ މި ކެހިވެރި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.އަހަންނައް ސިހުން ގެނުވީ ގެނުވީ ފޯނު އެލާމްވި އަޑަށެވެ.ބަލާލިއިރު […]
މިއީ ހަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގެ ނަންތަކަކީ ހިޔާލީ ނަންތަކެކެވެ. ހެނދުނުގެ ހިތްގައިމު ވަގުތެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ ވަނީ އަލިކޮށްފައެވެ. ނޫކުލައިގެ އުޑުގައި އެންމެ ވިލާ ރޮއްޖެއްވެސްނެތެވެ. ކަނޑުގައި ހީވަނީ ސަތަރިގަނޑެއް އަޅައިފައި އޮތް ހެންނެވެ. ކަނޑު ނޫކުލައިގައި އޮތް ކަނޑުގައި ފޮނުއަރުވަމުން ދިޔަ ލާންޗުގައި މޫނު ބުރުގާ އަޅައިގެން އިނީ ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އޭނަގެ ގާތު އޭނަގެ ދެ ދަރިން ކަމުގައިވާ ފަނަރަ އަހަރުގެ ނޫރާއާއި […]
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފިނިފިނި ވައިރޮޅި ޖެހެމުން ދިޔައެވެ. ފަޒާގައި ވެސް ތެއްފިނިކަމެއް ހުއްޓެވެ. އަހަރެން މިއިނީ އަތިރިމަތިގައެވެ. ފިނިވާތި ދެއަތް ދެއަތާ އުނގުޅާލަ އުނގުޅާލަ އެވެ. އުޑުމަތިން ވިއްސާރަ ގޮތް ދައްކާލި އެވެ. ނަމަވެސް އަހަރެން ގެއަށްދާ ހިޔާލެއް ނުކުރަމެވެ. ޖެހޭ ފިނި ވައިރޯޅީގެ އަސަރު ހިތަށާއި ސިކުނޑިއަށް ފޯރަމުން ދިޔައެވެ. ސްކޫލު ދައުރުގެ ފޮނި ހަނދާންތައް އާވާން ފެށިއެވެ. މަންޒަރުތައް ލޯމަތީ ސިފަވާން ފެށި އެވެ. އެއީ މީގެ 9 އަހަރު ކުރިއެވެ. އަހަރެން […]
އޮކްޓޫބަރ 27 އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ ލޯތްބަކީ ހަށިގަނޑަށް ފިނިކަމެއް ނުލިބުނަސް ހިތް ލޯބިވާ މީހާއަށް އެނބުރި ދެވޭނެކަން ސާބިތުކޮށްދިން ހާދިސާއެކެވެ. ކުޑަ ކުޑަ އަވަށެއްގެ މެދުގައިވާ އާދަޔާ ހިލާފު ގެއެކެވެ. މިގެ ވަށައިގެން ރީތި ކުޑަކުޑަ ބަގީޗާއެއް އޮވެއެވެ. އެބަގީޗާގެ ރީތިކަމަކީ ރަތްފިނިފެންމަލެވެ. މި ބަގީޗާއަކީ ކުރިން ދެ ފުރާނައެއް ކަމަށްވާ ދާނިޔަލް އާއި އެވްލީން ވަރަށް ލޯބިން ބަލަހައްޓަމުން އައި ބަގީޗާއެކެވެ. އެދެމީހުންގެ ލޯބީގެ ވާހަކައަކީ އެދެމީހުން ދަންނަ އެންމެން ދަންނަ ހަޤީޤަތެކެވެ. […]
ރޭގަނޑު މީހުން ނިދާ، ފައިހިލަވަޅު އޮބުނީމާ އެއީ އަހަރެމެން ގޯތި’ބުޅާތައް‘ރަސްކަން ކުރާ ގަޑިއެވެ.މި ދައްކަނީ އުޒައިރު،ޒަޔާ އަދި ޒީވާގެ ވާހަކައެވެ.އެ ތިން މީހުންނަކީ ބުޅަލުގެ އުސޫލުން ރޭގަނޑު ނުނިދާ ހޭލާ ’ދަމަށް‘ ތިބެފައި ދުވާލުވީމާ ނިދާ ބައެކެވެ.ތިން މީހުން އެއްތަންވާ ރެއަކު ވިއްޔާ ވަރަށް ފޯރި އަރުވައިލާނެއެވެ.ކަމަކަށް އޮންނާނީ ގޭމުކުޅުމާއި، ފިލްމު ބެލުމާއި ޓިކްޓޮކް ހެދުމެވެ. ކުރިންވެސް ބުނިހެން އެ ތިން މީހުން ވަރަށް ގުޅޭނެއެވެ.’ސިބްލިންގްސް ނައިޓޭ‘ ކިޔާ ތިން މީހުން ސަކަރާތް ގަންނައިރު އަހަރެން މީ […]
ކެމްޕަގޯވޑާ އިންޓާނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮއްލެވޭ އެއާޕޯޓެކޭ ކިޔާއަޑު އަހަރެން އަބަދުވެސް އަހަމެވެ.އެއާޕޯޓު ތެރެއަށް ވަދެގެން އައި އިރު އެކި އުމުރުފުރައިގެ އެކި ގައުމުތަކުގެ މީހުން ފުރުމަށް ޓަކައި އެތެރޭގައި ހޭލަމޭލާވުމުން ދިޔައެވެ. ފުދޭ ވަރަކަށް ދިވެހިން ވެސް ރާއްޖެ ދިއުމަށްޓަކައި އެއާޕޯޓަށް އައިސް ތިއްބެވެ. އަހަރެން ފެނުމާއި އެކު ގިނަ ބައެއްގެ ލޯތައް އަހަރެންނަށް އަމާޒުވަމުން ދިޔައެވެ.އަހަރެން ވަކި ހައިރާނެއް ނުވަމެވެ. އަހަރެންނަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވަ ކިޔުންތެރިއަކަށް ވީ ހިނދު […]
ސްކޫލު ދައުރުއްސުރެ އެއްކޮށް އުޅުނު އެންމެ ގާތް އެކުވެރިޔާއާ ލޯބީގެ ގޮތުން ގުޅެން ލިބުމަކީ އަހަރެންގެ ނަޒަރުގައި ވަރަށް ނަސީބުގަދަ މީހަަކަށް ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އަހަރެންނަށް ވެސް އެފުރުސަތު ލިބުނެވެ. އެންމެ ގާތްކޮށް އުޅުނު އާހިން އަހަރެން ކައިރީ ރައްޓެހިވާން އެހީ އަހަރެން ގްރޭޑް 8 ގައި އުޅެނިކޮށެވެ. އެއިރު އަހަރެންގެ ހިތުން އާހިންއަށް ޖާގަދެވިފައި ނުވިކަމުގައި ވިޔަސް އާހިންގެ އެ އެދުމަށް އަހަރެން އާން ބަސްދިނީމެވެ. އޭނާ އަކީ ރަނގަޅު ކުއްޖެއްކަން އަހަރެންނަށް އިނގޭތީއެވެ. […]