Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެ

އިތުބާރު-1

Shai
Shai Level 110 Stories
December 12, 2022 2 Mins Read
1 Comment

މިއަދަކީ ގުރޭޑު 6 ގެ އެއްވަނަ ޓާރމުގެ އެންމެ ފަހު ދުވަހެވެ. ޕީޓީއެސް މީޓިންގއަށް ދާން ފެންވެރުމުގެ ނިޔަތުގައި އަހަރެން ފާހާނައަށް ވަނީމެވެ. އަދި ނިކުމެ އަހަރެން ޔުނީފޯމު ލައި ރީތިވީމެވެ. “ދަރިފުޅާ! އަވަސްކުރޭ!!” އަހަރެންނަށް މަންމަ ގޮވި އަޑު އެވަގުތު އިވުނެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. “މިދަނީ!” އަހަރެން ކޮޓަރިން ނިކުމެ ފެންފުޅިއަށް ފެން އެޅީމެވެ. މަންމަ އެވަގުތު އިނީ ފެންޑާގައި އަހަރެންގެ އިންތިޒާރުގައެވެ. އަދި އަހަރެން ގޮވައިގެން ސައިކަލަށް އަރާ ހަމަޖެހެވުމުން ސައިކަލުގައި އަހަރެންނާއި އެކު ސްކޫލަށް ދިޔައެވެ.

އަހަރެމެން ދެމައިން ހޯލުގައި ޖަހާފައި ހުރި ގޮނޑި ބަރިން ގޮނޑިއެއްގައި އިށީނީމެވެ. ބައްޕަ ވެސް އައީ އެވަގުތެވެ. އަދި އަހަރެންނަށް ގޮވުމުން ތިން މީހުން ގޮސް އަރަބި މިސް ކާރިއިން ގޮނޑިއެއްގައި އިށީނީމެވެ. އަރަބި މިސް ބުނީ އަހަރެންނަކީ ވަރަށް ބަސްއަހާ ކުއްޖެއް ކަމަށެވެ. މިގޮތަށް ޕީޓީއެސް މީޓިންގ ނިމުނެވެ.

3 ދުވަސް ފަސް…

މާދަމާއަކީ އަހަރެންނާއި އަހަރެންގެ އާއިލާ މަކުނުދޫއަށް ފުރާ ދުވަހެވެ. އެހެންކަމުން އަހަރެމެން އުޅުނީ ފޮށިތަންމަތި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. އަހަރެމެން ފުރުވަން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއި އޭނާގެ މަންމައާއި ދޮންތަ ވެސް ދިޔައެވެ. އަހަރެމެން ސަލާންގަލާން ކުރުމަށްފަހު ދޯންޏަށް އަރާ ހަމަޖެހިލާހާ އިރުކޮއްފައި ދޯނި ފަޅުތެރެއިން ނިކުތެވެ.

އެތަކެއް އިރުފަހުން އަހަރެމެންގެ މަންޒިލަށް ލަފައިފިއެވެ. އަހަރެމެން އަވަސްވެގަތީ ދޯނިން ފޭބުމަށެވެ. އަހަރެމެން ބާލުވަން އަހަރެންގެ މާމައައި ޖަންނަތު ކޮއްކޮއާއި އަހަރެންގެ ދައްތައެއް ކަމަށްވަ މިނާ ވެސް އައެވެ. އަހަރެމެން ތިން މީހުން ގަތްގަނޑަކަށް އުމުރުން އެއްވަރުވާނެއެވެ. އަދި އަހަރެމެން ތިން މީހުންވެސް އުޅޭނީ ވަރަށް އެއްކޮށެވެ.

މާމަމެންގެ ގެޔަށް ދިޔަ މަގުމަތީގައި ތިން ކުދިން ވަރަށް ސަކަރާތްޖަހާލީމެވެ. އަހަރެމެން އަބަދުވެސް މަކުނުދޫގައި ތިބެނީ މާމަ ގޭގައެވެ. މާމައާއި ކާފައަށް ކަމުދަނީ ވެސް އެގޮތެވެ. ސަބަބަކީ މާމައާއި ކާފައާއި އަހަރެންދެކެ ވަރަށް ލޯބިވާނެއެވެ. ކޮންމެ ފަހަރަކު ޗުއްޓީގައި އަހަރެން އެކަނި ވިޔަސް އަހަރެން ތިމާގެ މީހަކާއި އެކުއަންނަމެވެ. މާމަމެން އަހަރެން ޗުއްޓީގައި އެއްކޮށް އެރަށުގައި ބަހައްޓާށޭވެސް ކިޔާނެއެވެ. އެހެންވީމާ އަހަރެން ޗުއްޓީގައި އެރަށަށް ދަމެވެ.

މާމަމެން ގެޔަށް ދެވިއްޖެއެވެ. މާމަމެން ހުރީ ހަވީރުގެ ސައި ވެސް ތައްޔާރުކޮއްފައެވެ. ސައިބޮއެ އަވަދިވެގެން އަހަރެން ވަނީ މިނާއައި ޖަންނަތު ގޮވައިގެން އަހަރެން އެރަށަށް އައިސް އުޅޭ ކޮޓަރިއަށެވެ. ކޮޓަރިތެރެއަށް އަހަރެންނަށް ފައިއެޅުންހެންހީނުވޭ އެތާއޮތް ގޮނދަޑި މައްޗަށް ޖަހާ އަހަރެން “އައި މިސް ޔޫ!” އޭ ކިޔާ ފުންމައިގަތީމެވެ. އަދި އެތާއޮތް ބާލީހެއްގައި އޮޅުލައިގަތީމެވެ. މިނާ ހުރީ އެވަގުތު އަހަރެން އުޅޭގޮތް ބަލާފައި ކޮސްވެފައެވެ. “މިހާރު ހާދަ ތަފާތޭ ދޯ؟” މިނާއަށް ކޮސްވެފަ ހުރިލެއް ބޮޑުކަމުން ބުނެވުނެވެ. “އާނއޭ ދޯ!؟” އަހަރެން ރައްދުގައި ބުނެލީމެވެ. އާއެކެވެ. އަހަރެންގެ ކުޑައިރުގެ އުޅުމާއި މިހާރު ވަރަށް ތަފާތެވެ. އެވެސް އެވީ ދޮގަކަށް ނޫނެވެ.

 

 

2 ވަނަބަޔަކަށް އިންތިޒާރުކުރައްވާ!! 🙂

Share Article

Shai
Follow Me Written By

Shai

Level 110 Stories

Other Articles

Previous

ތީ އޭ ހަނދަކީ 24

Next

ކެޔޮޅު-1

Next
December 12, 2022

ކެޔޮޅު-1

Previews
December 8, 2022

ތީ އޭ ހަނދަކީ 24

One Comment

  1. No one says:
    March 16, 2025 at 12:40 pm

    Masham Allah varah reethi

Comments are closed.



All Right Reserved!