Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެ

ކާމިޔާބު

Aayaa
Aayaa Level 410 Stories100 Login100 Comments
August 6, 2022 3 Mins Read
0 Comments

ސުކޫލަށް ގެންދާނެ ހުރިހާ ސާމާނެއް ދަބަހަށް އެޅުމަށްފަހު ޔަޝްމީ ހިންދެމިލިއެވެ. މިއަދަކީ ޗުއްޓީ ދުވަސްތައް ހަމަވެ އަނެއްކާވެސް ކިޔެވުމަށް ވަގުތު ހުސްކުރަންވީ ދުވަހެވެ. ޔަޝްމީއަށް ބަލައިލުމުން އޭނާ އިނީ ކުޑަކޮށް ހާސްވެފައިކަން އެނގެއެވެ.

“ދަރިފުޅާ.. ދަބަހަށް ހުރިހާ އެއްޗެއް އެޅިއްޖެތަ؟” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ޔަޝްމީގެ މަންމަ ލޮތްބާއެކު އަހާލިއެވެ.

“ލައްބަ މަންމާ…” ފުން ނޭވައެއް ލަމުން ޔަޝްމީ ބުނެލިއެވެ. ޔަޝްމީގެ މަންމަ އައިސް ޔަޝްމީގެ ގާތު އިށީނެވެ. އަދި ޔަޝްމީގެ ގައިގައި ލޮތްބާއެކު ބައްދާލިއެވެ.

“ދަރިފުޅާ.. މަންމައަށް އިނގޭ ދަރިފުޅު ތިއިނީ މިދިޔަ އަހަރު ނަތީޖަ ދަށްވީމަ މިއަހަރު ވާނެ ގޮތެއް ނޭނގި ހާސްވެފަކަން. އެކަމަކު ދަރިފުޅަށް އިނގޭތަ؟ ދަރިފުޅު އަދިވެސް އުންމީދު ކަނޑާލާ ހިސާބަކަށް ނުދޭ. ބޮކި އުފެއްދި މީހާ އެއްހާސް ފަހަރު މަސައްކަތްކޮށްގެން އެބޮކި އުފެއްދި އިރު ދަރިފުޅު އެންމެ ފަހަރަކު ފެއިލްވުމުން ދެރަވާކަށް ނުޖެހޭނެ.” ޔަޝްމީގެ މަންމަ އޯގާތެރިކަމާއެކު ނަޞޭޙަތް ދިނެވެ.

“އެކަމަކުވެސް މަންމާ.. އަޅުގަނޑު ހާސްވޭ.” މަންމަގެ އަތުގައި ހިފަހައްޓާލަމުން ޔަޝްމީ ބުނެލިއެވެ.

“ދަރިފުޅާ. ކާމިޔާބީއެއް ޙާސިލް ކުރެވޭނީ ވަރަށް ގިނަ އުނދަގޫތަކެއް ހުރަސް ކުރުމަށްފަހު. ފުރަތަމަ ކަމަކަށް ކާމިޔާބު ޙާސިލް ކޮށްދެއްވުން އެދި މާތްﷲގެ ހަޒްރަތުގައި ގިނަގިނައިން ދުޢާ ކުރަންވާނެ. ދަރިފުޅަށް މަންމަ އަބަދުވެސް ކިޔައިދެމެއްނު ދުޢާތައް. ސޫރަތުއް ޠާހާގެ 25 ވަނަ އާޔަތުން 28 ވަނަ އާޔަތަށް އެއީ ކިޔަވަން ފަސޭހަވޭތޯ އެދި ކުރާ ދުޢާއެއް. ހަމަ ޠާހާ ސޫރަތުގެ 114 ވަނަ އާޔަތުގެ ނިމޭ ބައިގައި އިންނާނެ ދުޢާއެއް. މިކަހަލަ ބައިވަރު ދުޢާ ކިޔޭނެ. އަދި އަޅުކަންތަކާއި ގާތްވެ ގޯސް ޢަމަލު ތަކުން ދުރުހެލިވާން ޖެހޭނެ. މިސާލަކަށް ވަރަށް ގިނަ ކުދިން ކިޔަވާ ފޫހިވެގެން މިއުޒިކް އަޑުއަހާނެ. އެކަމަކު މިއުޒިކަކީ ޙަރާމް އެއްޗެއްނު ދޯ. ކީރިތި ޤުރުއާނުގައި ސޫރަތުއް ރަޢްދުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވަނީ ހިތްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟ އެހެންވީމަ މިއުޒިކް އަޑުއަހައިގެން ލިބޭނެ ހިތްހަމަ ޖެހުމެއް ނޯންނާނެ. އަދި މިއުޒިކް އަޑު އަހަންޏާ ލިބޭނެ އެންމެ ބޮޑު އެއްގެއްލުމަކީ ދަސްކުރާ އެއްޗެހި ހަނދާނުގައި ހަރުލެއްވުމަށް އުނދަގޫވުން. ދަރިފުޅު ދެން ހަނދާން ކުރާތި ކާމިޔާބެއް ޙާސިލް ކުރެވޭނީ ޢަޒުމެއް ކަނޑައަޅައިގެންކަން. އެއަށްފަހު ކާމިޔާބަށްޓަކައި ބުރަކޮށް މަސައްކަތް ކުރަން ވާނެ. ބައެއް ފަހަރު ކާމިޔާބީއަށްޓަކައި މަސައްކަތް ކުރާއިރު ވެއްޓޭނެ. އަނެއްކާވެސް ހިތްވަރާއެކު ތެދުވެ ކުރިއަށް ހިނގައިގަންނާނީ. ކާމިޔާބަކަށްޓަކައި އެންމެ މުހިންމު އެއްކަމެއް އެއީ އެކުއްޖެއްގެ ހިތްވަރުވެސް. މަންމަގެ މިދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް މާޝާﷲ..” ޔަޝްމީގެ މަންމަ ނުހަނު ލޮތްބާއެކު ކިޔައިދިނެވެ.

“މަންމާ.. މަންމަގެ ތިނަޞޭޙަތްތަކުން އަޅުގަނޑު ވަރަށް ހިތްހަމަ ޖެހިއްޖެ. މަންމަ ދުނިޔޭގައި ހުރި ދުވަހަކު އަބަދުވެސް އަޅުގަނޑާއެކު ވާނެކަން އެނގުނީމަ ވަރަށް އުފާވެއްޖެ. ލަވް ޔޫ މަންމާ.” ޔަޝްމީ މަންމަ ގައިގައި ބައްދާލަމުން ބުނެލިއެވެ.

“ދަރިފުޅު ސުކޫލުގައި ބުރަކޮށް އުޅުނަސް ސިއްޙަތަށް ސަމާލުކަން ދެއްޗޭ. މާ ބުރަކޮށް އުޅިފަ ނުކައި ހުރެއްޖެއްޔާ ދަރިފުޅަކަށް ނުކިޔެވޭނެއްނު. ހަށިގަނޑަށް ފައިދާ ހުރި ކާނާކައި ނިދުމުގެ ކަންކަމަށް ސަމާލުކަން ދެއްޗޭ.. އެހެންވީމަ ކޮންމެ ދުވަހެއްގެ ހަވީރު ދަރިފުޅު ވާނެ ސިކުނޑި ހަމަ ޖައްސާލަން ބޭރަށް ނިކުމެލާ އުޅެލަން އިނގޭ.. އޭރަށް ސިކުނޑި ހަމަޖެހި ތާޒާ ވައި ލިބޭނީ.” ޔަޝްމީގެ ދަބަސް ބަލައިލަމުން ޔަޝްމީގެ މަންމަ ހިނިތުންވުމާއެކު ބުނެލިއެވެ.

“އަދި އެއް ވާހަކަ ބުނެލާނަން މަންމަ އިނގޭ.. ދަރިފުޅު ފޫހިވެއްޖެ ދޯ މިހާރު މަންމަގެ ނަޞޭޙަތްތަށް އަޑުއަހާ.” ޔަޝްމީގެ މަންމަ ޔަޝްމީއާ ދިމައަށް އެނބުރެމުން ބުނެލިއެވެ.

“ނޫނޭ މަންމާ. ހަމަ ހަޤީޤަތުގަވެސް މަންމަގެ ތިއޯގާތެރި ބަސްތައް އިވުނީމަ އަޅުގަނޑުގެ ހިތަށް ހަމަޖެހުން ލިބިއްޖެ. އަޅުގަނޑަށް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ހިތްވަރު ލިބިއްޖެ. މަންމަގެ ހެޔޮ ނަޞޭޙަތްތައް އަޑުއަހަން ދުވަހަކުވެސް އަޅުގަނޑުގެ ކަންފަތް ވަރުބައްޔެއް ނުވާނެ. އިންޝާ ﷲ..” ޔަޝްމީ ހިތުގެ އެންމެ ފުންމިނުން އޭނާގެ މަންމައަށް ޝުކުރު އަދާކުރިއެވެ.

“ދަރިފުޅު މާދަން ސުކޫލަށް ދިއުމުގެ ކުރިން މިކަމާމެދު ވިސްނާލަން މަންމަ ވަރަށް އެދެން. ދަރިފުޅު ސުކޫލަށް ހިނގައިފައި ތިދަނީ ހަމައެކަނި ފޮތް ދަބަސް ހިފައިގެން ނޫން. ތިދަނީ މަންމަގެ ހުވަފެންތައް ވެސް ހިފައިގެން. ބައްޕަގެ އުއްމީދުތަކާ ވެސް އެކީގަ. ދަރިފުޅު ބޭނުންވީހައި ކަމެއް ކޮށްދީގެން ބަލައި ބޮޑުކުރި މަންމަގެވެސް އުއްމީދަކާތަކާއެކީގަ. ދަރިފުޅު މޮޅުކުއްޖަކަށްވާން މަންމައާ ބައްޕަ އެދެނީ މަންމަމެންގެ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން. އެއީ ދަރިފުޅަށް ފުދުންތެރި އުފާވެރި ދިރިއުޅުމެއް ލިބުމުގެ އުންމީދުގަ. ބައްޕަގެ އުއްމީދަކީ ކިތަންމެ ބުރަ މަސައްކަތް ކޮށްގެން ވިޔަސް ދަރިފުޅަށް އެންމެ ރަނގަޅު މަދަރުސާއިން އެންމެ މަތީ ތަޢުލީމު ދިނުން. ދަރިފުޅަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ ބަލައި ބޮޑުކޮށް ކިޔަވައިދެނީ މީގެ އަހަރުތަކެއް ފަހުން ދަރިފުޅު ގިނަވެގެން މަގުތަކުގައި އުޅޭ މަންޒަރު ދެކޭކަށެއް ނޫން. މަންމައާއި ބައްޕަގެ ހުވަފެނަކީ ތިޔައީ މާދަމާގެ މުޖުތަމަޢު ބަލައިގަންނަ ޚިދުމްތެރި ދަރިއަކަށްވުން. މަދަރުސާއަށް ދާއިރު އަދި ކިލާހުގައި އިންނައިރުވެސް ސިކުނޑީން މިވާހަކަ ކައްސައި ނުލާވޭތޯ ބަލާތި. ދަރިފުޅާ އެކު އެގޮނޑީގައި މަންމަ މާދަމާއާ މެދު ދެކޭ ހުރިހާ އުއްމީދެއް ވެސް ވާކަމާ، ބައްޕަ ދެކޭ ހުރިހާ ހުވަފެނެއް ވެސް ވާކަން އަބަދުވެސް ހަނދާނުގަ ބަހައްޓާތި.

“ދަރިފުޅު މިއަދު ޢަޒުމު ކަނޑައަޅައިފި. މަދަރުސީ ޙަޔާތް ނިންމައި މުޖުތަމަޢަށް ނިކުންނަ ދަރިފުޅަކީ މަންމައާއި ބައްޕަ ފަޚުރުވެރިވާ، ޤައުމީ ޚިދުމަތުގެ ސަފުން ފެންނާނެ ހަރުދަނާ މީހަކަށް ވުމުގެ އަޒުމް. މަންމަ އެކަމާ ވަރަށް އުފާވޭ. މަންމަގެ އަބަދުގެވެސް ހެޔޮދުޢާ ދަރިފުޅާއެކު ވާނެ.” ޔަޝްމީގެ މަންމަ އަސަރާއެކު ވާހަކަ ދައްކާނިންމާލިއެވެ. ޔަޝްމީ އޭނާގެ މަންމަ ގައިގައި ބައްދާލަމުން ‘އިންޝާ ﷲ’ ބުނެލިއެވެ.

**

ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބު އަހަރެއް ކަމުގައި މާތްﷲ ލެއްވުން އެދި ދުޢާކުރަން.. ހިތްވަރާއެކު މަސައްކަތްކޮށް މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖައްސައިދިނުމަށާއި އަމިއްލަ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް މާދަން ސުކޫލުގެ ދޮރާށިން ވަދޭ. މާތް ﷲ ހުރިހާ ކުދިންގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން.😊

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ތީ އޭ ހަނދަކީ 16

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 13

Next
August 6, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 13

Previews
August 4, 2022

ތީ އޭ ހަނދަކީ 16



All Right Reserved!