މަލީޝާއަކީ އާދައިގެ އާއިލާއަކަށް އުފަން ވަރަށް ރީތި ކުއްޖެކެވެ. މަލިޝާގެ ރީތިކަމާއި އެއްވަރަށް މީހުން މަލީޝާއާއިމެދު ފާޑު ފާޑުގެ ދޮގު ވާހަކަތަށް ދައްކާ މަލީޝާއަށް ބުލީކުރަމުން ދެއެވެ. ބައެއް ޓީޗަރުންވެސް މަލީޝާއާއި އެހެން ކުދިންނާއި ވަރަށް ތަފާތު ކުރެއެވެ. މީހުންގެ މަލާމާތްތަށް ރައްދުވާލެއް ބޮޑުކަމުން ބައެއްފަހަރު މަލީޝާގެ ހިތަށް އަމިއްލައަށް މަރުވާނަމޭވެސް ހިތަށް އަރައެވެ. ނަމަވެސް މިހުރިހާކަމެއް މަލީޝާގެ އެކުވެރިންނަކާ ހިއްސާއެއް ނުކުރެއެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މަލީޝާ ސްކޫލުން ގެއަށް މިއައީ މީހުންގެ […]
މަންމަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތެއް ހިއްސާކޮށްލާނަމެވެ. ދަރިފުޅާއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އިންސާފަކީ މަދު ބަޔަކަށް ލިބޭނެ އެއްޗެކެވެ. ނަމަވެސް ކެތްތެރިވާށެވެ. އެއްމެ އޯގާވަންތަ ރަސްކަލާނގެ އަހަރެންމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. މިއަދު ނުލިބޭ އިންސާފު މާދަމާ ލިބޭނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ދުއާ ކުރާށެވެ. މަދަދު ދެއްވާނެއެވެ. ބޭރުގައި މާސްޓާރސް އަށް ކިޔެވުމަށްފަހު އަހަރެން މާލެ އައީމެވެ. އެއާރޕޯޓުން އަހަންނަށް މަރުހަބާ ކިޔަން ލައިނަކަށް އެތުރިގެން އަހަރެންގެ އާއިލާގެ މެންބަރުން ތިއްބެވެ. މާބޮނޑިއާއި ހަދިޔާތަކާއި […]
އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާއި ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ. އޭގެ ފޮނިކަމާއި މީރުވަހުން، ދިރިއުޅުމަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމުގެ ފޮނި އުންމީދުގައެވެ. އަދި ހަމަ އެހެންމެ، މަލެއް ފޮޅި ފުރިހަމަ ވުމަށް އެޅިދާނެ ކޮންމެ ހުރަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ތައްޔާރުވެގެން ތިބޭ ޙާލުގައެވެ. ނަމަވެސް އެ މާ ފަރިނުވަނީސް ފިޔަތައް މިލައި […]
އެހެން ދުވަސްތަކެކޭ އެއްފަދައިން ޝަރާ އަށް ހޭލެވުނީ ގަޑިޖެހެން އެންމެ ބައިގަޑި އިރަށް ވެފައި ވަނިކޮށެވެ. އަވަސް އަވަހަށް ތެދުވެ ސްޗޫލަށް ދާން ތައްޔާރުވިއެވެ.ޝަރާގެ މަންމަ ހީކުރި ޝަރާ ހޭލައި އުޅޭ ކަމަށެވެ.ދަބަސް ކޮންޑުގައި އަޅުވައިގެން ޝަރާ މިސްރާބު ޖެހީ ސްޗޫލާ ދިމާލަށެވެ.އެ ފަރި ހިނގުމަށް ހުއްޓުމެއް އައީ އެހެންލާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހަކު ފެނިގެނެވެ. އާއެކެވެ! އެއީ އޭނާގެ ހަޔާތް ބަރުބާދު ކޮއްލި ދޮންބައްޕަ އެވެ. އެހެން ހުއްޓާ ޝަރާ އަށް ހޭވެރިކަމެއް […]
އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ މިއަދު އަހަންނަށް ތަހައްމަލް ކުރަން ޖެހިފައިމިވާ އަނިޔާ އަކީ އަހަރެން ކުރި ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟ *** ޖަނާ ކޮޓަރީގެ މޭޒެއްގެ ކައިރި އިށީއިނެގެން އޭނާގެ ހިތުގައިވާ ޝަކުވާ ބަންޑުން ކުރަމުން ދިޔައީ އޭނާގެ އެއްމެ ގާތް އެކުވެރިޔާ އަށެވެ. އާއެކެވެ. އޭނާގެ ޑައިރީގައެވެ. ވާނީވެސް އެހެންތާ އެވެ. އޭނައަށް އިތުބާރު ކުރާ މީހަކީ ހަމައެކަނި އޭނާގެ ޑައިރީ އެވެ. *** އަހަރެންނަކީ 24 އަހަރު ވެފައިވާ މީހަކީމެވެ. އަހަރެން ކައިވެނި […]
ސައިރެންގެ އަޑާއިއެކު ބާރު ދުވެއްޔެއްގައި އައި އެމްބިއުލާންސް މަޑުކޮށްލީ އދ އަތޮޅު ހޮސްޕިޓަލްގެ ދޮރުމައްޗަށެވެ. ލަސްތަކެއްނުވެ އޭގެ ތެރެއިން ނިކުތީ ތިން ފުލުސް އޮފިސަރުންނެވެ. އެމީހުންނާއި އެކު އެނދުގައިއޮތް ބަލިމީހާ އެތެރެއަށް ވެއްދުމަށް ހޮސްޕިޓަލުގެ އިތުރު ދެ މުއައްޒަފަކުވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެއްވެފައިވާ މީހުންގެ ތެރެއިން މުސްކުޅި ފިރިހެނަކު ދުވެފައި ކަހަލަ ގޮތަކަށް ހޮސްޕިޓަލުގެ ތެރެއަށް ދެމިގަތެވެ. “އަހަރެންގެ ދަރިފުޅު! ޒޫކް! ކޮބާ އޭނަ؟” ފައިސަލް ފުލުސް އޮފިސަރަކާއި މުޚާތަބްކޮށް ބުންޏެވެ. އޭރު އޭނާއަށް މާނޭވާލެވެއެވެ. “ބޭބޭ! […]
އައިސައަށް މާމަކިޔާ ކުޑަ އަންހެން ދަރިފުޅު އުރާލައިގެން ޖޯއްޔާއި ދިމާލަށް ހިނގައިގަތެވެ. މިއީ އައިސައަށް ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. އެއީ މިއަދު އެ ތުއްތު ކުއްޖާ ބަލަން ދެވަނަ މީހަކު ނެތީމައެވެ. އެ ތުއްތު ކުއްޖާގެ މަންމަ ވަނީ އެ ކުއްޖާ ވަރަށް ކުޑައިރު އަމިއްލައަށް މަރުވެފައެވެ. އެ ތުއްތު ދަރިފުޅުގެ ދެލޯ ސިފަ ކޮށްދެނީ އެކުއްޖާގެ މަންމައެވެ. އެދަރިފުޅުގެ ކޮންމެ ހަރަކާތެއްވެސް ސިފަކޮށްދެނީ އޭނާގެ މަންމައެވެ. އާދައިގެމަތިން ތުއްތު ދަރިފުޅުގެ ދެލޮލަށް ބަލަހައްޓަައިގެން އިން […]
އަހަރެމެންނަށް އާސަހަރާޔަށް ދެވުނު އިރު މަންމަ ހިނަވާ ހުރިހާ ކަމެއް ކޮށްނިމި މަންމަގެ މޫނު ދައްކަމުން ދަނީއެވެ. އޭރު ބޭޔާ ދައްތަޔާ ކޮއްކޮމެން ވެސް ސަހަރާޔަށް ވަންނަ ދޮރު ކައިރީ މަޑު ކޮށްލައިގެން ތިއްބެވެ. އަދި ރަށުގެ ބައެއް މީހުނާއި ނުދަންނަ އެތައް ބަޔަކު ވެސް ސަހަރާޔާ ތަންކޮޅެއް ދުރުގައި ތިއްބެވެ. އެހެނަސް އަހަރެން އެމީހުނަކަށް ސަމާލު ކަމެއް ނުދެމެވެ. އަހަރެން ބޭނުންވީ އެއްމެ ވަގުތު ކޮޅެއް ވެސް ނަގައި ނުލައި މަންމަގެ މޫނު ދެކިލުމަށެވެ. އެހެން […]
ފަހަރު ތަޢުބާ ވެވުނު ޖިހާދު1000 މުސައްނިފާ ރޯޒީ ކޮންމެ އަންހެއްކުއްޖެއްގެ ހަޔާތަކީ ފަލްސަފާއެކެވެ. އޮޅުން ބޮޅުން ގިނަ ހާދިސާ ތަކެކެވެ. ރައިހާނާގެ ހަޔާތުގެ ހާދިސާތަކަކީވެސް ހަމަ މިކަހަލަ ހާދިސާ ތަކުން ފުރިފައިވާ ހަޔާތުގެ ސޮފްހާތަކެކެވެ. ރައިހާނާ ބޭނުންވަނީ އޭނާގެ ހަޔާތުގެ މިހާދިސާތަށް މިފޮތުން ކިޔާލާފަ ކޮންމެ މީހަކުވެސް ރަނގަޅު ފިލާވަޅެއް ދަސް ކުރުމަށެވެ. އަހަރެންނަށް މިފޮތް ލިބުނީ އަހަރެން ދަތުރު ކުރަމުން ދިޔައިރު ދަތުރުގަ ދިމާވި އަރަބި ކުއްޖެއްގެ އަތުންނެވެ. ލަންކާގެ ޓާމިނަލް ތެރޭގައި އަހަރެން އިނީ […]