
ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ
މަންމަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތެއް ހިއްސާކޮށްލާނަމެވެ. ދަރިފުޅާއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އިންސާފަކީ މަދު ބަޔަކަށް ލިބޭނެ އެއްޗެކެވެ. ނަމަވެސް ކެތްތެރިވާށެވެ. އެއްމެ އޯގާވަންތަ ރަސްކަލާނގެ އަހަރެންމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. މިއަދު ނުލިބޭ އިންސާފު މާދަމާ ލިބޭނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ދުއާ ކުރާށެވެ. މަދަދު ދެއްވާނެއެވެ.
ބޭރުގައި މާސްޓާރސް އަށް ކިޔެވުމަށްފަހު އަހަރެން މާލެ އައީމެވެ. އެއާރޕޯޓުން އަހަންނަށް މަރުހަބާ ކިޔަން ލައިނަކަށް އެތުރިގެން އަހަރެންގެ އާއިލާގެ މެންބަރުން ތިއްބެވެ. މާބޮނޑިއާއި ހަދިޔާތަކާއި އެކީގައެވެ. ބޭބެގެ ދެ އަހަރަށް ދާ ދަރިފުޅުން ފެށިގެން މާމަ އާއި ހަމައަށެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުފިލާ ހިނިތުންވުމެވެ. ކޮންމެ މީހަކާއި ވަކިވަކިން ސަލާން ކުރަމުން ދިޔައިރު އެއްމެންގެ ދުލުން ބޭރުވަމުން ދިޔައީ އުފާވެރިކަމުގެ ބަސްތަކެވެ. އަހަރެންނާއި މެދު ފަހުރުވެރިވާ މިންވަރު ތަކުރާރުކޮށް ބަޔާންކޮށްދެމުން ދިޔައެވެ. މަންމައަށް އަހަރެންގެ އަތުން ދޫކުރެވޭ ވަރެއް ނޫނެވެ. ތިން އަހަރަށްފަހު އުފަން ރަށަށް މަންމަ ގާތަށް އައުމުން މައިވަންތަކަމުގެ ލޯބިން މަންމަގެ އުނގު އޮތީ ފުރާލާފައެވެ. އެކޮޅުގައި އުޅުނު އިރު ވަޒީފާއެއްގައި އުޅެމުން ކިޔެވުން ކުރިއަށް ގެންދަންޖެހުމުން މާލެއަށް އަންނަން އަހަންނަށް ފުރުސަތެއް ނުލިބެއެވެ. މުޅިއަކުން ހުސް ވަގުތު ނުލިބެނީއެއްނޫނެވެ. ފަހަކަށް އައިސް އަންނަ ހިތް ނުވަނީއެވެ.
އެއްމެންގެ ތެރޭގައި ސަމާލުކަމުގައި އުޅުނު އިރު އަހަރެންނަށް އިރުކޮޅުކޮޅާއި ދުރަށް ބަލާލެވެއެވެ. ކޮންމެ ފަހަރަކުވެސް ނަޒަރު އަބުރާ ގެންނަން ޖެހެނީ ހިތް ރޮއްވާލަފައެވެ. މި ހާއްސަ ދުވަހުގެ ހާއްސަކަން ހިތަށް ލިބެމުން ނުދަނީ ހިތުގެ މިލްކުވެރިޔާ ކައިރީގައި ނެތުމުންނެވެ. އިސްވެދިން ލޯބި މިއަދު ނެތުމުންނެވެ. ކުރި ހުވާތަކާއި އިގުރާރުތައް ބިލާހަކަށް ވުމުންނެވެ. ސަބަބެއް ނެތި ދުރުވުމުންނެވެ. ވޭން ދެނިވި އިންތިޒާރެއްގައި އަހަރެން ބެހެއްޓުމުންނެވެ. އެހެން މިތުރަކު ވީ ހެއްޔެވެ؟ އަހަރެން މަތިން ފޫހިވީ ހެއްޔެވެ؟ އެ ވައުދުތަކަކީ ސަމާސާއެއް ހެއްޔެވެ؟ ޖަވާބު އެގެން ބޭނުން އެތައް ސުވާލުތަކެއް އެބަހުއްޓެވެ. ކުރަން ބޭނުން އެތައް ޝަކުވާތެކެއް އެބަހުއްޓެވެ. ނަމަވެސް ކައިރީގައި ނެތުމުން މިއަޑު ނީވޭނެއެވެ.
ހުރިހާ ހިތާމައެއް ހިތު ތެރޭގައި ފޮރުވަމުން މާލެ އައިސް އުފާވެރި ދުވަސްތަކެއް ވޭތުކުރެވޭތޯ މަސައްކަތް ކުރީމެވެ. އެއްމެ ގާތް އެކުވެރިޔާއާއި ދެމީހުން ކުންފުންޏެއް ހުޅުވައިގެން އާމްދަނީއެއް ލިބޭތޯ އަތުރުކުރި އޮޅީމެވެ. މުވައްޒަފުން ނަގައި ހީނުކުރާހާ އަވަހަށް މަސައްކަތް ފެށޭ ގޮތް ވެއްޖެއެވެ. އަހަރެން ހުރީ އުފަލުންނެވެ. އެހަނދާންތަކާއި ދުރުވުމަށް ލިބުނު ބާރަކަށް ވީމައެވެ. ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި ގެބިގެން އުޅުނަސް ދޭތެރެއަކުން އެނަން ސިކުޑީގައި ދައުރުވެއެވެ.
މިއަދަކީ ކުންފުންޏަށް ބޮޑު ދުވަހެކެވެ. މާލޭގެ ބޮޑު ވިޔަފާރިވެރިއެއްގެ އިމާރެތެއްގެ ކޮންކްރެޓާއި ހަވާލުވާ ދުވަހެވެ. މިދިޔަ ހަފުތާއިން ފެށިގެން އަހަރެމެން އުޅުނީ އެބިޑް ކާމިޔާބު ކުރެވޭތޯއެވެ. މިއީ ކުންފުންޏަށް ލިބޭނެ ވަރުގަދަ އިންވެސްޓްމެންޓަކަށް ވެގެން ދާނެތީއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތު ދިޔައީ ވަރަށްވެސް ފުރިހަމަ ކޮށެވެ. އެމީހުންގެ ފަރާތުން ބޭނުންވާ ކަންތައް ހިއްސާކުރިއެވެ. އަދި އަހަރެމެން އިތުރަށް އެގްރިމެންޓުގެ ތަފްސީލަށް ދިޔައިމެވެ އެވިޔަފާރިވެރިޔާގެ ފަރާތުން ބައިވެރިވި އެއް މުވައްޒަފަކީ އަހަރެން ގްރޭޑް ދިހައެއް ކިޔަވަން އުޅުނު އިރު އެކުގައި ކިޔެވި ގާތް ކުއްޖެކެވެ. އޭރު ދެމީހުން ގާތްކޮށް އުޅުނު ނަމަވެސް އަހަރުތައް ފާއިތު ވަރަކަށް ދެމީހުންގެ ގުޅުން ދިޔައީ ކެނޑެމުންނެވެ. ދެމީހުންގެ މިސްރާބު ހުރީ ތަފާތު ދިމާލަށްކަމުން އެކުގައި ހޭދަކުރެވޭ ވަގުތުތައް މަދުވެގެން ދިޔައީއެވެ.
އޮފީސް ނިއްމާލުމަށްފަހު ދެމީހުން ކޮފީއެއް ބޯލަން ދިޔައީ އަހަރުތަކުގައި ހިގައިދިޔަ ވާހަކަތައް ހިއްސާކޮށްލުމަށެވެ.
“މީހަކާއި އިންނަން މިއުޅެނީ” ކޮފީތަށިން ފޮދެއް ބޯލުމަށްފަހު އޭނާ ބުނެލިއެވެ.
“މަރުހަބާ.. ކޮން ނަމެއް ކިޔާ ކުއްޖެއް.. މަށާއި މީޓްކޮށްދެންވާނެއެއްނު” އަހަރެން އެކުވެރިޔާއަށްޓަކައި އުފާވީމެވެ.
“މީޓްކޮށްދޭނަން ވެޑިންއަށް އައިމަ. ދަރުބާރުގެޔަށް މާދަމާ ރޭ އަށަކަށް އާދޭ..ކަލޭ ނޫޅެންތަ މީހަކާ އިންނަން” ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް ހެވުނީއެވެ. އޭނަ ވީ ކީއްތޯ އެހުމުން އަހަރެން ހިނގަނޑު އޮއްބަމުން ވާހަކަ އޮޅުވާލީމެވެ. އަހަރެންގެ ބޭކާރު އާދޭސްތައް އެހެން މީހުންނަށް އިއްވަން ބޭނުމެއް ނޫނެވެ.
ދަރުބާރުގެޔަށް އަހަންނަން ދެވުނު އިރު މީހުން ކޯޅި ކޯޅި އަށް ވަންނަމުން ދިޔައެވެ. އަތުގައި ބޮޑެތި ޕާރުސަލްތަކާއި މާބޮޑިތައް ހިފައިގެންނެވެ. އަހަރެންގެ އަތުގައި އޮތީ ރަތް ފިނިފެންމަލަކާއި ރަތްކުލައިން ޕާރުސަލް ކޮށްފައިވާ ކުޑަ ފޮށްޓެކެވެ. އަހަރެންނާއި ނާއިމްއަކީ އެއްމެ ކުރީއްސުރެ ސަމާސާކުރުމުގައި އެއްމެ އުހުގައި އުޅޭ މީހުންނެވެ. އޭރު ދެމީހުން އެކަކު އަނެކަށް ރީތިވާ އަންހެން ކުދިންނަށް މާބޮޑި ދީގެން އެކުއްޖާ ހޯދަން އުޅެމެވެ. އެހެންކަމުން މިރޭވެސް އޭގެ ސަމާސާއެއް ކޮށްލަން ބޭނުންވީއެވެ.
މީހުންގެ ބައިގަނޑު ތެރެއިން އަހަރެންނަށް ޖާގަ ލިބުނީ ކުޑަ އިންތިޒާރަކަށްފަހުގައެވެ. ދޫލާއިގެ ކޮޅުން ފުޅާ ހިނިތުންވުމަކާއި އެކީ ހިގަމުން ދިޔަ އަހަރެންގެ ހިނިތުންވުން ޖޯޑާއި ކައިރިވަރަކަށް ފަޑުވަމުން ދިޔައެވެ. ހިތުގައި އާވިންދެއް ޖަހަން ފެށީއެވެ. ކުރިމަތިން ފެންނަން ހުރި ސޫރައަށް ކަޅި ޖަހާނުލައި ބެލެވެން ފެށުނެވެ. ހުދު ކުލައިގެ ކައިވެނީގެ ހެދުމުގައި އެހެރީ އަހަރެންގެ ހިތުގެ މިތުރާއެވެ. ނަމަވެސް އެހެން މީހެއްގެ މިތުރަކަށް ވެގެންނެވެ. އަހަރެންނަކީ ކެތްކުރަން ދަންނަ އިންސާނަކަށް ވިޔަސް ލޮލުން ކަރުނަ ހިލާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހިތަށް ކުޅަދާނަ ނުވީއެވެ.
“ސާބަސް މިއޮތް ފަދަ ރޭވެސްތަ. ގަދަ އިނގޭ..” ނާއިމް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ނަމަވެސް އެއިން އެއްވެސް ބަހެއް އަހަރެންގެ ސިކުޑީގައި ހަރުލާގޮތެއް ނުވިއެވެ. ކަޅި ޖަހައި ނުލައި އަދިވެސް އަހަންނަށް ބެލެމުން ދިޔައީ ކުރިމަތީގައި ހުރި ޒަރާއަށެވެ. ޒަރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އެއްފަހަރު އަހަންނަށް އަނެއް ފަހަރު ނާއިމްއަށް ބަލާލަނީ ދެލޯބޮޑުކޮށްގެން ހުރެއެވެ.
“ތި ގޮތްގަނޑު ދޫކޮށްލާކަށް ނުވޭދޯ. ނުކެރިފަ ތިހިރީއޯ” އަހަންނަށް ހޭވެރިކަންވީ ދެވަނަ ފަހަރަށް ނާއިމްގެ އަޑު ޖެހުމުންނެވެ. ދެފަރާތަށް ބޯ ހަލުވާލުމަށްފަހު އަނެއްކާވެސް ޒަރާއަށް ބަލައިލީމެވެ. މީ އަނެއްކާ އަހަރެންގެ ޒަރާ ބާއޭ ހިތުގައި ސުވާލު ކޮށްލީމެވެ. ޒަރާ އަހަންނަށް މިފަދަ އަނިޔާއެއް ނުދޭނެއޭ ހިތަށް އެރިއެވެ. މީ އަނެއްކާ ޒަރާއަށް މަޖުބޫރުވެގެން ކުރި ކަމެއްބާވައެވެ؟ ނޫނީ މީ ޒަރާއާއި ވައްތަރު އެހެން އިންސާނެއް ހެއްޔެވެ؟ ހިތަށް ތަސައްލީއެއް ލިބޭނެ ކޮންމެވެސް ގޮތެއް އަހަރެން ހޯދަން އުޅުނީމެވެ. ގަބޫލުކުރަން ބޭނުންނުވާތީއެވެ.
“ޔާރާ އަހަންނަށް ތިހާ އަނިޔާ ނުދީ.. ރަހުމެއް ވާނަމަ އަދި އެއްފަހަރު ލޯބިވަމޭ ބުނެލާ. އެހެން މީހެއްގެ ހައްގަކަށް މިރޭ ތިވީ އަހަރެންގެ ހިތް ހަލާކުކޮށްފައި. އާދޭ އަހަންނާއި އެކު ދާން. ކަލާ ބުނި ގަނޑުވަރު އަހަރެންނާއި އެކީ ބިނާނުކުރުމަށް އާދޭ..” އަހަރެންނަށް އެހާ ހިސާބަށް ބުނެވުނުތަނާ ނާއިމް ހެމުން ބާރަށް އަތް ޖަހަން ފެށިއެވެ. އަހަރެން ލޮލުން ހިލި ކަރުނަތައް ހިންދާލުމަށްފަހު ގަދަކަމުން ހިނިތުންވެލީމެވެ. ބޭރުން ހިނިތުންވެލައިގެން ހުއްޓަސް އަހަރެންގެ ހިތް ހަލާކުވެއްޖެއެވެ. އެއީ އަހަރެން ސަމާސާއަކަށް ބުނި ބަސްތަކެއް ނޫންކަން ޒަރާއަށް ނޫން މީހަކަށް ނޭނގޭނެއެވެ. ނަމަވެސް ޒަރާގެ ފަރާތުން އެޔަށް ސަމާލުކަން ނުލިބުމުން އަހަރެންގެ ހިތުގައި އިތުރަށް ރިއްސާލިއެވެ.
“އަދިވެސް ފެންވަރު އެބަހުރިދޯ..ކަލޭ އެކްޓް ކުރަން ފޮނުވަންވީ” ނާއިމް ބުނެލިއެވެ. އަހަރެން ދިއްކޮށްލި ފިނިފެންމަލުގައި ހިފަން ނުކެރި ޒަރާ ހުރުމުން އަހަރެން އެ މާ ގަދަކަމުން ޒަރާ އަތަށް ދިނީމެވެ. ޒަރާ ހުރީ އަހަރެން ދެކެ ބިރުންކަން އަހަންނަށް ފާހަގަކުރެވުނެވެ. މަޑު މަޑުން ނާއިމްގެ ފަހަތަށް ޖެހެމުން ދިޔައީ އަހަރެންގެ ނަޒަރުން ސަލާމަތްވުމަށެވެ. ނާއިމް ހުރީ އެކަންވެސް މަޖާކަމަކަށް ވެފައެވެ
އަލަތު ކައިވެނި ކުރެވުނު ދެބައިވެރިންނަށް މަރުހަބާ ކިޔުމަށްފަހު އަހަރެން އެތަނުން ދާން ނިކުތީމެވެ. އެއްމެންގެ ވަލީމާގައި ހީ ސަމާސާ ކުރަމުން ދިޔައިރު ތަގުދީރު އަހަންނާއި ކުޅެމުން ދިޔައީ ހިތި ސަމާސާއެކެވެ. ސައިކަލަށް އަރައި ބާރު ސްޕީޑުގައި ދުއްވާލީމެވެ. މިސްރާބު ހުރީ ޒަރާ އާއި ދެމީހުންގެ ލޯބީގެ މަންޒިލަށެވެ. އާޓިފިޝަލް ބީޗްގެ އެފަރާތުގައި ވަކިން ހުރި ބެންޗަކަށެވެ.
އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދު އަހަރަމެންގެ އަހުދުތަކަށް ހެކިވާނެއެވެ. އެއްވެސް ރަހުމެއް ނެތި ބިންދަމުން ދިޔަ ރާޅުތަކުން ސަލާމަތްވުމަށް ޒަރާ ހީ ހީފައި އުޅުނު ހަނދާން އަދިވެސް އެބަހުއްޓެވެ. ކަކުންޏެއް އޭގެ ހޮރުން ނިކުތުމާއި އެކު ބިރުން ބާރަށް އައިސް އަހަރެންގެ ހިމާޔަތް ހޯދާނެއެވެ. ހުދުކުލައިގެ ވެލިގަނޑުގައި އިށީދެގެން ލޯބިވާވަރު އިގިލިން ނުލިޔާ އެއްމެ ރެއެއްވެސް ނުދާނެއެވެ. ގަހަކުން މަލެއް ވެއްޓިފައި އޮތްނަމަ އެނަގައިގެން ގޮސް މޫދަށް ދޫކޮށްލާނެއެވެ. އަދި ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން ހުންނާނެއެވެ. ޒަރާގެ ހިނިތުންވުމަކީ ދުނިޔޭގައި އަހަންނަށް ވާ އެއްމެ ބޮޑު އަޖައިބެވެ. އެޖާދޫގައި އަހަރެން ޖެއްސި ފުރިހަމަކަމެވެ.
އަހަރެންނާއި ޒަރާއާއި ބައްދަލުވީ މި ފަސްގަނޑުގައެވެ. ފިހާރައަކުން އައިސްކްރީމް ކޯން ގަންނަން ދިޔަ ވަގުތަކީ ޒަރާވެސް އެތަނަށް ދިޔަވަގުތެވެ. ޒަރާ ހުރީ އަހަރެންނާއި ޖެހިގެން ފަހަތުގައެވެ. އަހަރެން ބޭރުގައި ތިބި އަހަރެންގެ އެކުވެރިންނަށް ވާވަރަށް އޯޑަރު ދިނީމެވެ. އޭރު ޒަރާ ދިޔައީ ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ. ޒަރާ އަށް މާބޮޑު ސަމާލުކަމެއް އަހަރެން ނުދިނަސް ކޮންމެވެސް ކަމަކާއި ނުރުހުންވެފައި ހުރިކަން ވާހަކައިން އެގެއެވެ. އަހަރެންގެ ތިން ކޯނު އަތަށް ނެގުމުގެ ކުރިން ލާރި ދައްކަން ޖީބުގައި އޮތް ވޮލެޓް ނެގީމެވެ. ވޮލެޓް ހުޅުވައި ބަލާލިއިރު ލާރި ހުރީ ދެ ކޯނަށް ވާވަރަށެވެ. އަހަރެން ފަހަތް ބަލައި އެކުވެރިންގެ ސަމާލުކަން ހޯދަން އުޅުނީމެވެ. ނަމަވެސް އެދެމީހުން ތިބީ އޮލަ ވާހަކައެއްގައި ކަމުން އަހަރެން ހޫރުވަމުން ދިޔަ އަތް ފެންނަވަރެއް ނޫނެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ އަހަރެން އެބަ އަންނަމޭ ބުނެ ބޭރަށް ދިޔައީމެވެ.
އަހަރެން ލާރި ހިފައިގެން އެތެރެއަށް ވަން ވަގުތަކީ ޒަރާ ބޭރަށް ދާން ނުކުތް ވަގުތެވެ. އަވަސް އަރުވާލާފައި ވަންނަން އުޅުމުން އަހަރެންގެ ގައިގައި ޖެހި ޒަރާ އަތުގައި އޮތް އައިސްކުރީމް ނުވެއްޓުނީ ކިރިއާއެވެ. އަހަރެން އެކަމަށް އަޅައިނުލައި އަވަހަށް ކައުންޓަރަށް ލާރި ދިއްކޮށްލީމެވެ. އަހަރެންނަށް ލިބުނީ އޯޑަރު ކުރި ބާވަތުގެ ދެ ކޯނެވެ. އަނެއް ކޯނު ޒަރާގެ ކޯނާއި އޮޅުނީއެވެ. ތިން ކޯނު އަތައް ނަގައިގެން އަހަރެން ބާރަށް އެތަނުން ނިކުތްއިރު ޒަރާ މަގުގެ އެއްކަންމަތީގައި ހުއްޓެވެ. އަހަރެން އެކުވެރިންނަށް ދެ ކޯނު ދިނުމަށްފަހު ޒަރާއާއި ދިމާލަށް ދިޔައީމެވެ. ޒަރާ އަދިވެސް ހުރީ ފޯނެއްގައެވެ. އެއް އަތުން އައިސްކޯނުގައި ހިފަހައްޓައިގެން ހުރި އިރު އެއަތް ތަފާތު ދިމާލަށް ގެންދަމުން ދިޔައެވެ. މޫނު މަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
“އެސްކިއުސް.. ތީ އަޅުގަނޑު އޯޑާރ ކުރި ފުލޭވަރ” އަހަރެން ޒަރާއާއި ހަމަވުމުން ބުނެލީމެވެ. ޒަރާގެ ސަމާލުކަން ނުލިބުމުން ދެވަނަ ފަހަރަށް ތަކުރާރުކޮށްލީމެވެ.
“ކިހިނެތްވީ..” ޒަރާއަށް އަހަރެން ބުނި އެއްޗެއް އަދިވެސް ސާފުވިހެން ހީނުވުމުން ހިތްވަރުކޮށްލާފައި އަނެއްކާވެސް ބުނެލީމެވެ. ޒަރާ ދެބުމަ ކައިރިކޮށްލަމުން އަތުގައި އޮތް ކޯނަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް އެކޯނު ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފަމުން އަހަރެން އަތުގައި އޮތް ކޯނު ޒަރާއަށް ދިއްކޮށްލީމެވެ. ނަމަވެސް އޭގައި ހިފުމުގެ ބަދަލުގައި ޒަރާ ފޯނު ކަންފަތުގައި ޖަހަމުން އަނެއް ފަރާތަށް އެބުރުނެވެ.
އަހަރެން އަތުގެ އިޝާރާތުން އެކުވެރިން ގާތުގައި ދިޔުމަށް ބުނީމެވެ. އަދި މަޑުކޮށްގެން ހުރީ ޒަރާ ނިމޭނެ އިރަކަށެވެ.
ޒަރާ ފޯނު ނިމުމުން އަހަރެން ގޮވާލީމެވެ.
“ކީކޭ” ޒަރާ އަހާލިއެވެ. އަހަރެން ހިނިތުންވެލަމުން އައިސްކޯނު ދިއްކޮށްލީމެވެ. އޭގައި ހިފުމުގެ ބަދަލުގައި ޒަރާ ބަލައިލީ އަހަންނަށެވެ. އަހަރެން ވީ ގޮތް ކުރުކޮށް ކިޔައި ދިނުމުން ޒަރާ އަށް ހެވުނެވެ. އެހިނިތުންވުމަށް އަހަރެން ފުރަތަމަ ފަހަރަށް ފިދާކުރަމުންނެވެ.
“އިޓްސް އޯކޭ. ޒަރާ ބޭނުމެއްނޫން ތިއެއް. އެއްކޮށް ދިޔާވެފަ އެއްނު ތިއޮތީ” ހިނިތުންވެލަމުން ޒަރާ ބުނެލިއެވެ. އަހަރެން ވެސް ހީލީމެވެ. ސިފައާއި އެއްވަރަށް ނަންވެސް ރީތި ކުއްޖެއްދޯއޭ ހިތާހިތާ ކިޔާލެވުނެވެ.
“އެހެންވީމަ މާ ރަގަޅެއްނު. ދޭތި ލިބުނީއެއްނު” އަހަރެން ބުނެލީމެވެ.
“އާން… ސޮރީ އިނގޭ ޒަރާ ފޯނުގައި ހުރީމަ ނޭގުނީ..”ޒަރާ މާފަށް އެދުނެވެ.
“އެކަނިތަ އައިސްކޯން ބޯން އަންނަނީ. ކޮބާ ރައްޓެހިން” ޒަރާ ދާން އުޅުމުން ކޮންމެވެސް ވާހަކައެއް ދައްކައި މަޑުކުރުވަން ބޭނުންވިއެވެ. ދެއްމެ ދިމާވި ކުއްޖާއާއި ބެހޭ ގޮތުން މިހާ އަވަހަށް ޝައުގު އުފެދުނީއެއް ނޫނެވެ. އެއީ އަހަރެން އޭރު އުޅުނު ގޮތެވެ. ތަނަކުން ރީތި ކުއްޖެއް ފެނިއްޖެއްޔާ ވާހަކަ ނުދައްކައި ނުހުރެވެނީއެވެ. އޭރު ރައްޓެހިވެގެން އުޅުމަކީ ކުޅޭ ކުޅިވަރެކެވެ. ލޯބިވަމޭ ބުނަނީ ސަމާސާއަކަށެވެ. އެކުވެރިންނާއި ވާދައަށެވެ.
“ޒަރާގެ ނުތިބޭނެ އެހާ ބައިވަރު ރައްޓެހިން. ބެސްޓްފުރެންޑް ވީ ރަށުގަ” ޒަރާ ކުރިއަށް ހިގައިގަންނަމުން ބުނެލިއެވެ. އަހަރެން ޒަރާގެ ފަހަތުން ދިޔައީމެވެ.
” އަހަރެން ވެދާނަން ޒަރާގެ ފުރެންޑަކަށް. އެގޮތް ކިހިނެތް ވާނީ” ޒަރާގެ އިތުބާރު ހޯދަން އަހަރެން ބޭނުންވިއެވެ.
“ހާދަ އަވަހަށް.. ” ދެމީހުން ވާހަކަ ދައްކަމުން ގޮސް އިށީނީ ބީޗްގެ އެއްފަރާތުގައި ހުރި ބެންޗުގައެވެ. ޒަރާއަކީ ނާޒުކު އަދި މީހުންނަށް އެހާމެ އަވަހަށް އިތުބާރު ކުރާ ކުއްޖެއްކަން އަހަންނަށް އެއްމެ ފުރަތަމަ ބައްދަލުވުމުންވެސް އެގިއްޖެއެވެ. އެހެން އަންހެން ކުއްޖެއް ނަމަ ރުޅިއައިސް އެއްޗެހި ކިޔައިގަންނާނެއެވެ. ނަމަވެސް ޒަރާގެ ހިތް ވަރަށް ހެވެއެވެ. އޭގެ ފައިދާ ނަގައިގަންނަން އަހަރެން ބޭނުންވިއެވެ، ނަމަވެސް ޒަރާއާއި ބެހޭ ގޮތުން އެގޭ ވަރަކަށް އަހަރެންގެ ޝައުގު ދިޔައީ އިތުރުވަމުންނެވެ. އެހިނިތުންވުމެގެ ފަހަތުގައި ވާ އެތައް ހަގީގަތެއް އެބަހުއްޓެވެ.
“ޒަރާގެ ނަން ބުނެފިން. ތީ ކާކުކަން އަދިވެސް ނުބުނަމެއްނު” ވާހަކެއްގެ މެދު ތެރެއިން ޒަރާ އަހާލިއެވެ.
“ޒަރާ ބޭނުން ނަމެއް ކިޔަސް އެއްމެ ރަގަޅު” އަހަރެން ބުނެލީމެއެވެ.
“އޯކޭ.. ކިހިނެތް ވާނެ ޒާން” ޝަހާދަތް އިގިލި ދިއްކޮށްލަމުން ޒަރާ ބުނެލިއެވެ.
“ކީއްވެ ޒާން.. މާ ހާއްސަ ކުއްޖަކީތަ” އަހަރެން އަހާލީމެވެ.
“ނޫން. އެއީ ވަރަށް ރީތި ނަމެއް.. ދެން ކޮބާ އަސްލު ނަމަކީ”
“މުނާޒު..” ނަމުން ތައާރަފު ވެލީމެވެ.
“ސޮރީ ދެން ކިޔާނީ މުނާޒު”
“ނޫން.. މާރީތި ޒާން” އަހަރެން އެހެން ބުނި ފަހުން ޒަރާ އަހަންނާއި މުހާތަބު ކުރަނީ އެނަމުންނެވެ.
ދެމީހުންގެ ބައްދަލުވުންތައް އެތަނުގައި ފެށުނު ގޮތަށް ކުރިއަށް ގެންދަން ފެށީމެވެ. އެކަކު އަނެކަކަށް ގުޅޭނެ ނަންބަރެއް ނުދީ އެތައް ދުވަހަކު އުޅުނީމެވެ. ޒަރާ އެތަނަށް ކޮންމެ ރެއަކު އަންނާނެކަން އަހަންނަށް އެގެއެވެ. އަހަރެންވެސް ހުސްވަގުތު ހޯދައިގެން ޒަރާއަށް އެވަގުތު ކޮންމެ ރެއަކު ހާއްސަކުރަމެވެ. ދުވަސްތައް ފާއިތުވި ވަރަކަށް ދެމީހުންގެ މެދުގައި ރައްޓެހިކަން އުފެދުނެވެ. އަދި އެޔަށްފަހު އެހެން ގުޅުމަކަށް ބަދަލުވާން ފެށިއެވެ. ސީދާ އެކަކު އަނެކަކު ކައިރީގައި ލޯބީގެ ވާހަކަ ނުދެއްކި ނަމަވެސް ކޮންމެ ބަލައިލުމަކާއި ކޮންމެ ބައްދަލުވުމަކު އެއިހްސާސް ވާން ފެށިއެވެ.
ބަގީޗާގައި އުޅޭ މާބަރު ހެން ފެންނަ ކޮންމެ މަލެއް ކައިރިއަށް ދިޔަ އަހަރެން މިހާރު އެއާދަ ދޫކޮށްލައިފީމެވެ. އެކުވެރީން ވަރަށް ސުވާލު ކުރިއެވެ. އަހަރެން ހަގީގީ ލޯބި ވެވިއްޖެކަމަށް ބުނީމެއެވެ. އަދި އެމަލަށްޓަކައި ގުރުބާންވާން ހުރި ވާހަކަވެސް ބުނީމެއެވެ. އެކުވެރީން ކުރީ ޖެއްސުމެވެ. ނަމަވެސް އެޔަށް ސަމާލުކަން ނުދީ އަހަރެން ޒަރާއާއި އެކީ ވަގުތުތައް ހޭދަކުރަމުން ދިޔައީމެވެ. ޒަރާއާއި ހޭދަ ނުކުރާ ވަގުތުތަކުގައި އެހިޔާލުތައް ސިކުޑީގައި ދައުރުވަމުން ދިޔައެވެ.
ލޯތްބަކީ ކޯއްޗެއްކަން އަހަރެންނަށް ދަސްކޮށްދިނީ ޒަރާއެވެ. މިރޭ އަހަރެން އިންތިޒާރު މިކުރަނީ ޒަރާ އަންނާނެ އިރަކަށެވެ. ލޯބި ހުށަހަޅަން ތައްޔާރުވެގެންނެވެ. އަށެއް ޖަހަން ވަގުތު ކައިރިވާ ވަރަކަށް ހިތް ތެޅެމުންދާ ވަރު އިތުރުވެގެން ދެއެވެ. ކޮޅުކޮޅު ބަލައި ހޯދެމުން ދިޔައީ ޒަރާ އަންތޯއެވެ.
އަށެއް ޖަހަން ފަސް މިނެޓަށް ވެފައި ހުއްޓައި އަހަންނަށް ފެނުނީ ޒަރާ އެދިމާލަށް އަންނަ ތަނެވެ. ހަށިގަނޑު ތެދުކޮށްލައި ހިނިތުންވެލީމެވެ. އަތުގައި އޮތް ރަތް ފިނިމެންމާ ފަހަތަށް ލައި ފޮރުވީމެވެ. ޒަރާ އަހަރެންނާއި އަރައި ހަމަވުން ވާހަކަ ދައްކަން އުޅުނީމެވެ. ނަމަވެސް އަހަންނަށް ވުރެ ކުރިން ޒަރާ ވާހަކަ ދެއްކިއެވެ.
“ޒާން…ވާހަކަ އެއް ބުނަން ބޭނުން” ޒަރާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.
“ކިހިނެތްވީ ޒަރާ.. ކަމެއްވީތަ” އަހަރެން އަވަސް އަވަހަށް އަހައިލީމެވެ.
“ނޫން.. ކަމެއް ވީއެއްނޫން. ކަމެއް ނުވަނީ.. ޒަރާއަށް އާދެވިދާނެ މިތަނަށް ކޮންމެ ރެއަކުވެސް. އެކަމަކު ޒާން.. ޒަރާއަށް ކީއްވެ ހީވަނީ ޒާން އިތުރު…” އަހަރެން ޒަރާ ކައިރިއަށް ޖެހިލައި ޒަރާގެ ތުންފަތުގައި ޝަހާދަތް އިގިލި ޖައްސައި ވާހަކަ ހުއްޓުވީމެވެ.
“ޒާން އައި ލަވް ޔޫ” ޒަރާ އަހަރެންގެ ލޮލަށް ބަލައިލަމުން ބުނެލިއެވެ. އޭރު އެދެލޯ ވަނީ ފެންކަޅިވެފައެވެ.
“ޒަރާއަށް ހީ ކުރެވިގެން ތިއުޅެނީ ރަގަޅަކަށް ނޫން. އަހަރެން ޒަރާ ދެކެ ލޯބިވަން. ޔެސް ޒަރާ. އައި ލަވް ޔޫ” ފުރަތަމަ ފަހަރަށް ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބި ހާމަ ކުރީމެވެ.
“އަހަރެން އެވާހަކަ ނުދައްކާ މިއޮތްހާ ދުވަހު މިހިރީ އަހަރެން ހީކުރީ ޒަރާ ދެކެ ލޯބިވާ ވާހަކަ ހާމަކޮށްފިއްޔާ ޒަރާ އަހަންނާއި ދުރުވެދާނެކަމަށް. އަހަރެން ބިރުގަތީ.. އަހަރެން ބޭނުމެއްނޫން ޒަރާ އަހަރެންގެ ލޯ ކުރިމަތިން ގެއްލޭކަށް. ޒާން ވަރަށް ގިނަ އަންހެން ކުދިން ފަހަތުން އުޅެފިން. އެކަކު ޒަރާ ޔޫ އާރ ސްޕެޝަލް. މޯ ދޭން ސްޕެޝަލް. އިހްތިޔާރަކާއި ނުލައި ލޯބިވެވިއްޖެ. ޒަރާ ފެންނަ އިރަށް މިހިތް ތޮޅިލާ. އަތްފައި ފިނިވޭ..ތި ތަސްވީރު ލޯކުރިމަތިން އަބަދު ފެންނަނީ. ތިއަޑު އަބަދު އަހާލަން ބޭނުމީ.. “ޒަރާގެ އަތް އަހަރެންގެ މެޔާއި ކައިރި ކުރަމުން އަހަރެން ބުނީމެވެ. އަހަރެންގެ ހިތުގެ ހާލަތު ގަލަމަކުން ބަޔާންކުރެވޭހާ ވަރަށްވުރެ ބޮޑެވެ. އެހާމެ ފޮންޏެވެ.
އަހަރެން އެއްފައި މައްޗަށް އިށީންނަމުން ޒަރާއަށް އަތުގައި އޮތް ރަތް ފިނިމެންމާ ދިއްކޮށްލީމެވެ. އޭގައި ހިފަމުން ޒަރާ ހީލިއެވެ. އަދި އޭގައި ވާ ވަސްބަލަމުން ހެމުން ދިޔައެވެ. ލޯބީގައި ދީވާނާ ވެފައިވާ މީހެއްހެން އަހަރެންނަށް ހުރެވުނީ ބަލާށެވެ. ހެވިފައެވެ. ޒަރާ އެހާ އުފާވެފައި ހުއްޓައި ދުވަހަކުވެސް ނުދެކެމެވެ. އަދި އެއުފާވެރިކަމުގެ ފަހަތުގައި ވަނީ އަހަރެންކަން އެނގި ހިތް އުފަލުން ވިންދު ޖަހަމުން ދިޔައެވެ.
އެތައް އިރެއް ވަންދެން އޮބަހައްޓައިގެން ހުރި ކަރުނަތައް އެގޭ މަގާމް ދޫކޮށް އޮހެރުނެވެ. ދެއަތުން އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އިސްދަށަށް ޖަހައިގެން އަހަރެން އިނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. އެތާގައި ޖޯޑު ޖޯޑަށް ބައިވެރިންނާއި އެކު އުފާވެރި ވަގުތުތައް ހޭދަކުރަން މީހުން ތިބި އިރު އަހަރެން އިނީ އެކަނިވެރިވެފައެވެ. މިހިތުން ޖާގަ ދިން ހަމައެކަނި ފަރާތް އެހެރީ އެހެން މީހެއްގެ ހައްގަކަށް ވެފައެވެ. މަޑު އައްޔެއްގައި ނަމަވެސް ދިއްލައިފައި ހުރި އުއްމީދުގެ ހުޅުކޮޅު މިހާރު އެވަނީ އެއްކޮށް ނިވިފައެވެ. ދެން ދުވަހަކުވެސް ދިއްލޭނެ ކަމުގެ އުއްމީދުވެސް ގެއްލުނީއެވެ. ލޯބި މިވީ ހުވަފެނަކަށެވެ. ބިލާހަކަށެވެ. ލޯބިން ބީހިލާފައި މިއަދު އެދެނީ ސަޒާއެވެ.
އެތާގައި އެތައް ހަނދާނެއް އާކުރުމަށްފަހު އަހަރެންނަށް އެގަޔަށް އާދެވުނު އިރު ދަން ވެއްޖެއެވެ. އަވަހަށް ފެންވަރައިގެން ނިދަން އެރީމެވެ. މާދަމާ ވެގެން ދާނީ ބުރަ ދުވަހަކަށް ވުމުން އަވަހަށް އޮފީހަށް ދާން ޖެހޭނެއެވެ.
ފަތިސް ނަމާދުން ފޭބި ގޮތަށް އަހަރެން އިނީ އޮފީހުން ގެނައި ފައިލްތައް ދިރާސާކުރުމުގައެވެ. އެއްމެ އެކަށޭނެ ގޮތަށް އިމާރަތް ފަރުމާކޮށް ބޭނުންވާ އެހެން ކަންތައް ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެމީހުންނާއި އެކު އެއްމެ ހެދުނާއި މީޓިންއެއް އޮންނާނެއެވެ.
އަހަރެންނަށް އޮފީހަށް ދެވުނު ވަގުތަކީ ނާއިމް ސައިކަލުގައި އެތަނަށް މަޑުކުރި ވަގުތެވެ. ނާއިމްގެ ސައިކަލުގެ ފަހަތުގައި ޒަރާ އިނެވެ. އެތަން ނުފެންނަ ކަމަށް ހަދައި އަހަރެން އެތެރެއަށް ދާން އުޅުނީމެވެ.
“މުނާޒު.. ކަމެއް ކޮށްދީބަލަ” ނާއިމްގެ އަޑު އިވުމުން ގަދަކަމުން ހިނިތުންވެލަމުން އަހަރެން ބަލައިލީމެވެ.
“ޒަރާ މީޓިންގ ނިމެންދެން ތި އޮފީހުގައި ބޭންދިދާނެތަ. މީޓިންގް ނިއްމާފަ ދެމީހުން ތާކަށް ދާންވެގެން” ނާއިމް އެދުނެވެ.
“އޯކޭ.. ހަނީމޫނަކަށް ނުދަންތަ” އަހަރެންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
“ޒަރާ ބޭނުމެއް ނުވޭ ހަނީމޫނަށް ދާކަށް ދޯ” ޒަރާއަށް ދޯ އެއް ދެމުން ނާއިމް ބުނެލިއެވެ. ނަމަވެސް ޒަރާ އެޔަށް ޖަވާބެއް ނުދިނެވެ.
“ޒަރާ ދާންވީނު މުނާޒު އާއި އެކީ އޮފީހަށް. އަހަރެން އެބަ އަންނަން ވަރަށް އަވަހަށް” ޒަރާ ސައިކަލުން ފޭބުމުން ނާއިމް ދިޔައެވެ.
ޒަރާއާއި ދެމީހުން އެކަނިވީއެވެ.
33 Comments!
Comments are closed.
Maroon your back tha????????????yaayaaa
Hehe yaanaa ?
Mifaharu kuru vaahaka akaai ekko.. hope u like it ???
Maroon u r the best writer
Thanku liyaa trying be better ???
hii roon … v lobii mi stry waiting next part ♡♡♡love u
Thanku sam.. ??? soon ngey
waiting for next part.. ibaaraaiy kurun obi.. sifakohdhinun obiness to the max..
Thanku rachel green v happy vejje ????
Mee maroonge first furathama nazarun liyaa vaahaka. Tell me if you like it. Ragalhu kuranvy kanthahves bunelahchey. ?
V reethi waiting for next part
Thanku axu ???
Hey! Maroon u r back dw?kihineh haalukolhu?..varah nice mi storyge feshun?… storyge name ves varah loabi❤…pic varah beautiful?.. ibaaraaiy kurumaa sifakurun hama fabb!? Nd insha allah its gonna b one of ur best story… ?Waiting for the next ep.. ?ly. Tc❤❤❤❤
Adha my fav reader ?
Maroon v good. Hope you r doing fine too ?
Thanku so much for all the compliments ???
Tc loves ☺
Avahah up vaan jeheyne ehen nooni vaavei varah
Sure thanku ?
hey maroon u’re back dhw. ofcourse i liked more than it deserve!! 🙂 🙂 😀 daily kh up khdheyne kamah ummeedh kuran 🙂 mee maroon ge korean fan eh hingeyy 🙂
Thanku song joong ki.. maroon mihaaru nubalan korean series eh ekam v happy to know i have a korean fan. My first ?
Thanku dear ???
hehe welcome!! 🙂 😀
??☺☺ wen nxt part?
V reethi
Today thanku shahooo ???
wow? varah salhi
Thanku messi ???
Waau heevey salhi vaane hen. Thanks maroon ehaa avahah enburi aee thee ❤️
Thanku arisal .. loves ???
Maroon u are the best
Thanku roman regins ???
Hellow maroon thanks for the soon back.?? This is my second story of yours. varah loabi mi story ves. Waiting for the next part of the story.❤❤❤
Thanku amy… v happy vejje ?
Tbh i want to re-write my first story with more scences.. ekamaku dhn alun liyuneema huthuru vaane dhw.
Thanku so much for the support ???
Wow! 🙂
Thanku psenhi ???
Love you maroon. Avahah up kohdheythi
Dhemme upkoh dhinymi.. kiyaalahchey ?
Cool