އައިސައަށް މާމަކިޔާ ކުޑަ އަންހެން ދަރިފުޅު އުރާލައިގެން ޖޯއްޔާއި ދިމާލަށް ހިނގައިގަތެވެ. މިއީ އައިސައަށް ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. އެއީ މިއަދު އެ ތުއްތު ކުއްޖާ ބަލަން ދެވަނަ މީހަކު ނެތީމައެވެ. އެ ތުއްތު ކުއްޖާގެ މަންމަ ވަނީ އެ ކުއްޖާ ވަރަށް ކުޑައިރު އަމިއްލައަށް މަރުވެފައެވެ. އެ ތުއްތު ދަރިފުޅުގެ ދެލޯ ސިފަ ކޮށްދެނީ އެކުއްޖާގެ މަންމައެވެ. އެދަރިފުޅުގެ ކޮންމެ ހަރަކާތެއްވެސް ސިފަކޮށްދެނީ އޭނާގެ މަންމައެވެ. އާދައިގެމަތިން ތުއްތު ދަރިފުޅުގެ ދެލޮލަށް ބަލަހައްޓަައިގެން އިން […]