” ކޮބާ އާދަނާ ޙާލު އަޙުވާލު ކިހިނެއްތަ؟ ” އިބްރާހީމްބެ އައިސް ހޮޅުއަށީގައި އިށީންނަމުން ބުންޏެވެ. ” ﷲ އިރާދަކުރެއްވީތީ މިވަގުތު ވަރަށް ރަނގަޅު. އިބްރާހީމްބެ ކިހިނެއްތަ؟ މާލޭގައި އުޅެލާފަ ރޯދައަށް ރަށަށް ޖައްސާލީދޯ؟” އާދަނު އަހާލިއެވެ. ” ރަނގަޅު! އާނ! މިފަހަރު ހިތަށްއެރީ ރޯދައަށް ރަށަށޭ އަންނާނީ. ރަށަށްވެސް އަންނަންވާނެއެއްނު. މިހާރު ފަނަރަވަރަކަށް އަހަރު ވެދާނެ ރަށަށް ނާންނަނީ. އާދަނު ވަރަށް ބަލިވި ވާހަކަ އަޑުއެހިން. އެކަންތައް ކިހިނެއްތަވީ؟ ގައިމު ނުލާހިކު ލޯބިން ގުޅިގެން އުޅުނު […]
ކަމަކަށްފަހު ކަމެއް ދިޔައީ ނިމެމުންނެވެ. ނަމަވެސް މަސައްކަތުގައި އަހަރެން އެންމެ ބިޒީވީ ވަގުތު ކުއްލި އަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު މިހާ ބިޒީ ގަޑިއެއްގަ ގުޅަނީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އިންތިހާ އަށް ބިޒީ ވެފައި އިން ވަގުތެއް ކަމުން މި ގަޑީގަ ނޫނީ ގުޅާ މީހަކަށް ވެސް ގުޅަން ނޭނގުންދޯ އޭ އެވަގުތު އަހަރެންނަށް އަމިއްލަ ހިތާ ވެސް ސުއާލު ކޮށްލެވުނެވެ. އަނެއް ކޮޅުން ގިނަފަހަރަށް އަންނާނީ ވެސް ބޭކާރު ކޯލްތަކެވެ. […]
ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ އެނދު ކައިރި ހުރި މޭޒުމަތީ އިން ގަޑި ސޯނާވާ އަޑަށެވެ. އެހިނދު މޯޅިއަކަށް ދެމިލަމުން ކައްނެތް ގޮތަކަށް ބޯ ހިއްލައި ލަމުން އަހަރެން ގަޑިޔަށް ބަލައިލީމެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ. އަހަރެންނަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ވަގުތުން ހުއްމައިގެން ތެދުވެ ގަޑީގެ ސޯނާ އޮފް ކޮށްލުމަށް ފަހު ހަރުގަނޑުގަ އަޅުވާފައިން ތުވާލި ހިފައިގެން ހިނގައިގަތީ ފާހަނަޔާ ދިމާއަށެވެ. ފާހަނަޔަށްވަދެ ފެންވަރައިގެން ނުކުމެ އަވަސް އަވަސް ކޮށްލައިފަ ރީތި ވުމަށްފަހު […]
ފިނި ވައި ޖެހޭ ހިސާ ބުގައި ނާހީ އިންދާ ހުސާން އައިސް ނާހީ ސިއްސުވާލިއެވެ. ނާހީ ހަޅޭތް ލަވާ ގަންނަން އުޅެނިކޮއް ހުސާން ނާހީ އަނގަމަތީ އަތް އެޅިއެވެ. އެވަގުތު ނާހީ ހުސާން އަތުގާ ދަތް އެޅިއެވެ…………. ހުސާން ނާހީ ދެކެ ލޯބި ވާހެން ހީވާން ފެޝާއިފިއެވެ. ހުސާން ހިތައްއެރީ ދެމީހުން ރަޓެހިންގެ ގޮތުގައި ތިބޭމަ މާ ރަނގަޅުވާނެ ކަމަށެވެ………….. ނަމަވެސް ހުސާން އަށް ކެއް ނުކުރެވިގެން ރައްޓެހިވާން އަހައިފިއެވެ. ނާހީ ޖަވާބުދިނީ ………… […]
“ފަޒާލް! ފަޒާލްގެ މަންމަ ކުއްލި އަކަށް މާބޮޑަށް ހާލު ދެރަވެގެން މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮން މީގެ ކުޑަ އިރު ކޮޅެއްގެ ކުރިން ނިޔާވެއްޖެ! މިހާރު ވަޅުލުމަށްޓަކައި މަންމަގެ ހަށިގަނޑު ވީ އާސަހަރާ އަށް ގެންގޮއްސަ.” ފޯނު ނެގުމާއިއެކު އެމީހަކު ބުންޏެވެ. އެވަގުތު އަހަރެންނަށް ވީގޮތް ބުނެދޭން ވެސް ދައްޗެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ގުޅި އިރުވެސް މަންމަގެ ހާލު އާދައިގެ ގޮތެކެވެ. އެކަމަކު ކުއްލި އަކަށް މަންމަގެ ހާލު އެހާގޯސް ވެދާނެ ކަމަށް […]
މެދުގައި ހުރި އަލިފާންގަނޑަށް އަހަރެން ބަލަންހުރީ ވާނުވާ ނޭނގޭތީއެއް ނޫނެވެ. އެކަމުން ރެކެވެން ނެތީމައެވެ. މަޖުބޫރީ ހާލަތުގައި ހެދޭނެ އެހެން ގޮތެއް ނެތީމައެވެ. އަލިފާންގަނޑު ވަށާ ޖަހަމުންދިޔަ ހަތްވަނަ ބުރާއެކު އެމީހުން އެކުރަންޖެހޭ ކަމެއްކޮށް ނިންމީ އަހަރެންގެ ކައިވެނިވެސް ކުރެވިގެންނެވެ. އެއީ އަހަރެމެން މުސްލިމުން ކުރާ ކައިވެއްޏާ ތަފާތު ގޮތަކަށް ކުރެވޭ ކައިވެއްޏެކެވެ. އާނއެކެވެ. އަހަރެން ފަދަ މުސްލިމް އަންހެންކުއްޖެއްގެ އަލަތު ކައިވެނި ނިމިގެން އެދިޔައީ ހިނދޫ މީހަކާ އެކުގައެވެ. ރުހުމާނުލައި ގަދަބާރުންނެވެ. އަހަރެންގެ މަންމައަކީވެސް އަހަރެން […]
ކާލާ މަންނަ މޭޒު މަށްޗައް ވައްޓާލަމުން، ކޮބާ ތަރާވީހެއް ނެތްހޭ ކިޔައި، އަހަރެން ސަމާސާ ރާގަކަށް އެކުވެރިންނަށް ސުވާލުކޮށްލީމެވެ. ތާސްކުޅުމުގެ ގަދަ ފޯރީގައި އަހަންނާއި އަހަރެންގެ އެކުވެރި އަމްޖަދު، ދާނިޝް އަދި ޒާޖިލް ތިބީ ކުޅުމުގެ ތެރައަށް ގެއްލިފައެވެ. ރޯދަ ކުރުކޮށްލުމަށް ތާސްކުޅުމަކީ އަހަރެމެން އަބަދުވެސް ކުރާކަމެކެވެ. މެންދުރު ނަމާދު ވަގުތުގައި އެންމެދަނީ ދާނިޝްމެން ގެޔަށެވެ. ކޮންމެޔަކަސް އަސްރު ނަމާދުގެ ވަގުތަށް އަހަރެމެން ތާސްކުޅުން ހުއްޓާލީ އަމްޖަދުމެން ގެޔަށް މިރޭ ތަރާވީހަކަށް ދިޔުމަށް ނިންމައިގެނެވެ. ” އަފްރާހު… […]
ފެން ހުސްކުރި ބިއްލޫރިތަށި މޭޒުމަތީގައި ބަހައްޓަމުން ނޫރު އެނބުރިލީ އޭނާގެ ފަހަތުގައި ހުރި އޭނާގެ އަނބިމީހާ ޙުމޭރާ އާއި ވީ ފަރާތަށެވެ. ދެއުކުޅުގައި އަތް ވިއްދާލަމުން ހަށިފުރާ ނޭވައެއްލީ މީހާ ހަމަޔަކަށް އެޅިލުމަށްޓަކައެވެ. “ޙުމޭ ދުވަހަކު ވެސް ޖަވާހިރެއް ދެކުނިންތަ؟ އެއީ ކުޑަކުޑަ ގާކޮޅެއްގެ މިސާލަށް އޮންނަ އެއްޗެއް. ވީއިރު ޙުމޭ އެއަށް ލޯބިކުރަނީ ކޮން ސަބަބަކާ ހުރެތަ؟ އެއީ ހޯދަން އުނދަގު އެއްޗެއް ވީމަތަ؟ ނޫނީ ބޮޑު އަގުގައި ނޫނީ ގަންނަން ނުލިބޭނެ އެއްޗެއް ވީމަތަ؟ […]
ދިހަބުރިއަށް ނަގާފައިވާ އުސްއިމާރާތުގެ ޓެރެސްމަތީގައި ހުރިއިރު އަކްޔަންގެ ނަޒަރުހުއްޓިފައިވަނީ ހުޅަނގުފަރާތުގެ އުދަރެހަށެވެ. އޮއްސެމުންދިޔަ، އިރުގެ ރަންދޯދިތަކުގެ ސަބަބުން ރަތާއި، އޮރެންޖް އަދި ރީދުލުގެ ހިތްގައިމުކުލަތަކުން އުދަރެސް ފެވެމުންދިޔައެވެ. ދުރުދުރުން އުދުހެމުންދާ ދޫނިތަކުގެ ހަރަކާތްތަކުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އެހިތްގައިމު މަންޒަރަށް ހިތްދޫކޮށްލައިގެން ހުރިނަމަވެސް އަކްޔަންގެ ސިކުނޑީގައި ދައުރުވަމުންދަނީ މުޅީން އެހެން މަންޒަރެކެވެ. އެއީ މީގެ އަހަރެއްހައި ދުވަސްކުރީގެ ހަނދާންތަކެކެވެ. **** އެއީ އެއަހަރުގެ ބޮޑުއީދެވެ. އީދު ފާހަގަކުރަން އަކްޔަން ދިޔައީ އޭނަގެ ވަރަށްގާތް ރަހުމަތްތެރިއެއް ކަމަށްވާ […]