ޒުވާން އުމުރު ވޭތުވަމުން ދިޔައީ އާއިލާ އާއި ރައްޓެހިން ތިބިނަމަވެސް ޢިޝްޤީ އެކަނިވެރިކަމުގެ ތެރޭގައެވެ. އަމިއްލައަށް އެކުލަވާލައިފަވާ ޝަރުތުތަކާ ބައްދަލުވާ ފަރާތަކާ ދިމާނުވާތީއެވެ. މާބުރުގެ އުސޫލުން އަޖުމަ ބެލުމުގެ ސިލްސިލާއެއް ފެށުމަށް ނިޔަތެއް ވެސް ނެތީމައެވެ. ރައުދާ އާ ދިމާވީ އިއްތިފާގަކުންނެވެ. ފުރަތަމަ ނަޒަރުން ގަޔާވިނަމަވެސް ލޯބިވެވުނީ ވަަރަށް ރަނގަޅަށް އޭނާ ދަސްވެ ބޭނުންވާ ޝަރުތުތައް ފުރިހަމަ ވާކަން އިނގިގެންނެވެ. އުއްމީދު ކުރި ހުރިހާ ސިފައެއް ހުރިކަން ޔަގީންކޮށް ފަހުރުވެރި ކަމާއެކު ޒަވާޖީ ހަޔާތަށް ފެށީމެވެ. އެރީތި […]
ހުއްޓުމެއްނެތި ވާރެ ވެހެމުން ދިޔައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަބަދުވެސް އަޑު އިވުމަށް އެދޭ ލޯބި އަޑަށެވެ. 24 ގަޑި އިރު ވާހަކަ ނުދައްކާ ހުރުމަށްފަހު 12 ޖަހަން ކައިރި ވުމާއެކު ހަނީފް، ނަޒްމާއަށް ގުޅަން ފޯން ނެގީ ޑޭޓާ ވެސް ހުސްވެފަ ހުރުމާ އެކު އެ ލޯބިވާގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު ރިންގް ނުވަނީސް ކަންފަތުގައި ޖެހުނީ އެހެން އަޑެކެވެ. ” ޔޫ ޑޯންޓް ހޭވް އިނަފް ބެލެންސް ޓު މޭކް ދިސް […]
އަތުގައި އޮތް ކުޑަ ކެމެރާ އޮފް ކޮށްލަމުން ތެދުވެގެން ދުއްވައިގަތެވެ. ސާޔާވެސް މާ ބޮޑު ކަމަކަށް ނަހަދައި ގެއާއި ވީ ދިމާލަށް ދުއްވައިގަތެވެ. ރާއިޝްގެ ކިބައިން ސަލާމަށް ވުމަށެވެ. ގެއަށް ވަދެވުމާއިއެކު ފެން ތައްޓެއް ބޯން އަވަސްވެގަތެވެ. މޫނުމަތީގައި ވާ ހާސް ކަމާއި އެހެން ހުރިހާ އަސަރުތައް ފިލުވައިލުމަށްފަހު ބަދިގެއިން ނިކުތެވެ. “ސާޔާ ކަނބުލޯ އެއްޗެއް ބޭޏުންތޯ؟..” އައިސާއްތަ ސުވާލުކޮށްލިއެވެ. “ނޫން އައިސާއްތަ.. ފެން ފޮދެއްބޯލީއޭ..ކޮބާ އާޝް؟ ފޮނުވަބާ ކިޔަވަން..” ސާޔާ ކޮޓަރިއާއި ދިމާލަށް ދަމުންބުނެލިއެވެ. އާޝާ […]
“ދޮންތަ ވާހަކަ ދައްކަންތަ” ޖިވާ ބުނެލިއެވެ. ޒާއިން އަށް ތެޅިގަނެވުނެވެ. “ސާބަހޭ ކޮއްކޯ. ދޮންތައަށް އިގެޔޭ ކޮއްކޮ ތި ވިސްނާ ކަންތައް. ދޮންތަ އަށް ރަގަޅަށް އިގޭ ކޮއްކޮގެ ޝައުގުވެރިކަން އެ ކުއްޖަޔާ ހުންނަކަން. ދޮންތަ އެބަ އަންނަން ވާހަކަ ދައްކާލާފަ.” ޖިވާ މިހެން ބުނުމުން ޒާއިން ލަދުގަނެފަ އިނެއްކަމަކު ތޭންކްސް ދޮންތާއޭ ބުނެލިއެވެ. ޖިވާ ހީލާފަ އެކުއްޖަ ކައިރި އަށް ގޮސް އެކުއްޖަ ކައިރި އިށީއިނެވެ. *** މީހަކު ކައިރީގައި އިން ހެން ހީވެގެން ޒާރާ […]
ކަޅު ކުލައިގެ ބޮޑު ޕްރައިވެޓް ކާރު އައިސް މަޑުކޮށްލީ 5 ބުރި އަށް ނަގައިފަ ހުރި ބޮޑު އިމާރާތެއް ކައިރި އަށެވެ. އެވަގުތު އެމަގުން ހިގަމުން ދިޔާ އެތަށް ބައެއްގެ ހިނގުން މަޑުކޮށްލީ އެކާރުން ފައިބަނީ ކާކު ތޯ ބަލާލާށެވެ. އެމީހުންނަށް އަޑު އިވިފަ އޮތް ގޮތުން ވިއްޔާ ބިޒްނަސް މޭން އެއް އާއިލާ އާއެކު އެމެރިކާ އިން މިތަނަށް (މާލެ) އަށް އަންނަނީއެވެ. ވާހަކަ ތަކުގައި ސިފަ ކޮށްދޭ ހެން އެވާނީ ހޭންޑްސަމް މީހަކަށެވެ. ވަރަށް […]
“ވަޑައިގެންނެވި ހުރިހާ ޕްރިފެކްޓުން އަދި ސްކޫލްގެ ޕްރިންސިޕަލް އާއި އަދި އަޅުގަނޑުގެ ލޮބުވެތި ޓީޗަރުންނަށް އައްސަލާމު ޢަލައިކުމް.. އާދެ މިދަންނަވާލަނީ މިރޭގެ އައިޓަމްތައް ހުންނެވި ގޮތްތައް.. ފުރަތަމަ ކީރިތި ގުރުއާނުގެ ބަރަކާތުން މިރޭ ފައްޓަވައި ދެއްވީ ގްރޭޑް އަށެއްގެ ދަރިވަރު މަރިޔަމް ނުހާ ދެން އޮންނާނީ އަޅުގަނޑުމެންގެ ޕްރިންސިޕަލްގެ ވާހަކަ ކޮޅު..އެއަށްފަހު ހުރިހާ ޓިޗަރުނާއި އެހްން ކުދިންނާއި މިހުން ހޯލުން ދާނެ.. ދެން އައިޓަމްތައް ކުރިއަށް ދާނީ ބާރައިގެ ކުދިން ރާވާފައިވާ ތަވަލާއެއްގޮތަށް..ޝުކުރިއްޔާ..” އެނައުންސް ކުރަންއިން ކުއްޖާ […]
ހިފަހަށްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވުނީ ރަނގަބީލު ޖެއްސުމުންނެވެ. ސާޔާ އަވަސް ފިޔަވަޅުތަކެއްގައި ސިޑި ގިރާ ކުރުމަށްފަހު ހަލުވި ދުވެއްޔެއްގައި އޭނާގެ ކުލާހަށް ދިޔައެވެ. މިއަދު ސާޔާމެން މީޓިންގް އެއް އޮތުމުން އަވަހަށް ގެއަށްދެވޭގޮތެއް ނުވިއެވެ.މީޓިންއަށް އޭލެވެލް ކުދިން ދާން ޖެހެއެވެ. ލޯ އެ ސޫރައެއް ދެކުމަށް ‘ބޭގަރާރު’ ވާ ހިތްއެދޭ ސޫރަ ފެންނާނެތާއެވެ. ޒޫހާއާއި ދެކުދިން ގަޑިއަށް މީޓިންގް ރޫމް އަށް ދާން އަވަސްވެގަތެވެ. “އޭ ޒޫ.. ބަލާބަ އަޅެ ރުޔާން ފެނޭތޯ..” ވައިއަޑަކުން ސާޔާ […]
ހިމޭންވައިރޯޅިތައް ސާޔާގެ ހަށިގަނޑު ބޮސްދެމުންދިޔައެވެ. މީހުން އަތިރިމަތިން ހުސްވަމުން ދިޔަނަމަވެސް ސާޔާ އިނީ ދާން ނޭނގިފައިކަހަލައެވެ. މަޑު އޮރެންޖްކުލައަކުން އުޑުގައި ހީވަނީ އަލިފާން ރޯކޮށްލެވިފައިވާހެނެވެ. ސާޔާ އޭނާގެ ދަބަހުން ދަނބުކުލައިގެ ޑައިރީނަގައި މިއަދުހިނގައިދިޔަ ހުރިހާވާހަކައެއް ލިޔަންފެށިއެވެ. “ޑައިރީއެވެ. އަޅުގަނޑުގެ މި ބޭޑް އޯރ ވޯރސްޓް ލައިފް އަށް ދުވަހަކުވެސް ބަހާރު މޫސުން އަންނާނެހެއްޔެވެ؟ ހިތުގެއެދުމަށް ނުވަތަ މިކުރާ ފޮނި އިންތިޒާރަށް ނިމުމެއް އަންނާނެހެއްޔެވެ؟ ނޫނެކެވެ. ހިތަށް ކިތަންމެ ޒަޙަމެއްލިބުނެއްކަމަކު އޭނާއަށް ކީއްހެއްޔެވެ. ރުޔާން އަށް އަހަރެންމިއީ ކާކުހެއްޔެވެ؟ […]
މިއަދު ނާއިމް އަހަރެން އެގެޔަށް ގެންދިޔައީ ރޯދަމަހަށް އެގޭގެ ބަދިގޭގެ ކުޑަ މަރާމާތެއް ކޮށްލުމަށެވެ. އަހަރެމެންނަށް ގެއަށް ދެވުނު އިރު ޒަރާ އާއި ނާއިމްގެ މަންމަ ބަދިގޭގެ ކަބަޑުތައް ހުސްކޮށް ތައްޔާރީތައް ވަމުން ދިޔައެވެ. އަހަރެން ނާއިމްގެ މަންމައަށް ގޮވާލުމަށްފަހު މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ. “މުނާޒުގެ އަންހެނުން ކޮބާ” ނާއިމްގެ މަންމަ އަހާލިއެވެ. އަހަރެންނަށް ބަލާލެވުނީ ޒަރާއަށެވެ. ޒަރާ ހުރީ އަހަންނަށް ފުރަގަސްދީގެން ކަމުން ޒަރާއަށް އެކަމެއް ނޭނގޭނެއެވެ. “އަޅުގަނޑު އަދި މީހަކާއި ނީންނަން” […]