
ކުށަކީ ކޮބާ… ފަހުބައި
އަހަރެމެންނަށް އާސަހަރާޔަށް ދެވުނު އިރު މަންމަ ހިނަވާ ހުރިހާ ކަމެއް ކޮށްނިމި މަންމަގެ މޫނު ދައްކަމުން ދަނީއެވެ. އޭރު ބޭޔާ ދައްތަޔާ ކޮއްކޮމެން ވެސް ސަހަރާޔަށް ވަންނަ ދޮރު ކައިރީ މަޑު ކޮށްލައިގެން ތިއްބެވެ. އަދި ރަށުގެ ބައެއް މީހުނާއި ނުދަންނަ އެތައް ބަޔަކު ވެސް ސަހަރާޔާ ތަންކޮޅެއް ދުރުގައި ތިއްބެވެ.
އެހެނަސް އަހަރެން އެމީހުނަކަށް ސަމާލު ކަމެއް ނުދެމެވެ. އަހަރެން ބޭނުންވީ އެއްމެ ވަގުތު ކޮޅެއް ވެސް ނަގައި ނުލައި މަންމަގެ މޫނު ދެކިލުމަށެވެ.
އެހެން ކަމުން އަހަރެން އަވަސް އަވަހަށް މަންމަގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށްޓަކައި ސަހަރާޔަށް ވަނުމަށް ހިނގައިގަތީމެވެ. އަދި އަހަރެންގެ ފަހަތުން ނާއިލް ވެސް ހިނގައިގަތެވެ.
އެވަގުތު ކުއްލި އަކަށް ދައްތަ އަހަރެންގެ ކުރިމަށްޗައް އަރާ ފާޑަކަށް އަހަރެންގެ މޫނަށް ބަލައިލުމަށް ފަހު އަހަރެންނަށް ސަހަރާގެ ތެރެޔަށް ނުވަދެވޭނެ ކަމަށް ބުންޏެވެ.
އެވަގުތު އަހަރެން ވަރަށް ހައިރާންވިއެވެ. އަދި އެއީ ކީއްވެގެންތޯ ސުއާލު ކުރުމުން ދައްތަގެ ޖަވާބަކަށް އައީ ހަމަ އެއް ޖަވާބެކެވެ.
އެހެނަސް އަހަރެން ދުލެއްނުދެމެވެ. އެއީ އަހަރެންގެ ވެސް މަންމަ ކަމާއި ދައްތަ މެންނަށް ސަހަރާގެ ތެރެޔަށް ވަދެވޭ ކަމަށް ވަންޏާ އަހަރެންނަށް ވެސް ސަހަރާ ތެރެޔަށް ވަދެވެން ޖެހޭނެ ކަމަށް ބުނީމެވެ.
އެހެނަސް އަހަރެން އެވަރަށް ރޮއެ އާދޭސް ކުރުމުން ވެސް ދައްތަގެ އިތުރުން އެމަންޒަރު ބަލަން ކައިރި ތިބި އާއިލާގެ އެހެން މީހެއްގެ ހިތަށް ވެސް އެއްޗެއް ނޭރިއެވެ. އަހަރެންނާ ދޭތެރޭ އިންސާނިއްޔަތު ކަމެއް ނެތްއިރު އެމީހުންގެ ހިތުގައި މިކިޔާ ރަޚުމްގެ ކުޑަ ނަމަވެސް ކަންފުޅެއް ވެސް ނެތެވެ.
އެވަގުތު ދެލޯ ފުހެލަމުން އަހަރެން ސަހަރާޔާ ދުރަށް ޖެހިލީ ތަނުގެ ޚާލަތުގެ ގޮތުން މަސްލަޚަތު ގޯސް ކުރަން ބޭނުން ނުވާތީއެވެ. އަދި ދައްތަމެންގެ ނިންމުން ބަދަލު ވޭތޯ ހެއްދެވި ފަރާތަށް ހިތައި ހިތުން ދުއާ ވެސް ދަންނަވަމުންނެވެ. އެހެނަސް އެގޮތުގައި ފަނަރަ ވަރަކަށް މިނެޓު ވީ އިރުވެސް އެހެން ގޮތެއް ނުފެނުނެވެ.
އެންމެ ފަހުން އަހަރެން ނާއިލް އާ އެކީ ކާރެއްގައި އައީ ގެޔަށެވެ. އެތާ ކިތައްމެ އިރަކު ހުއްޓަސް ސަހަރާގެ ތެރެޔަށް ނުވަދެވޭނެކަން ޔަޤީން ވާތީއެވެ.
ކާރުގެ ފަހަތު ޝީޓުގައި ބޯ ޖައްސާލައިގެން އިން އިރު ވެސް އަހަރެންނަށް ގިސްލެވެއެވެ. ކިތައްމެ ހިތްގަދަ މީހެއް ނަމަވެސް އެޚާލަތުގައި ވާނީ ހަމަ އެފަދަ ގޮތެކެވެ.
އެކަން އިޚުސާސް ކުރެވޭނީ އެފަދަ ކަމެއް ދިމާވީމައެވެ. އަނެއް ކޮޅުން އަހަރެންނަށް ނުރޮއެ ކެތްކުރެވޭނީ ވެސް ކިހިނަކުން ހެއްޔެއެވެ؟ އެއީ އަހަރެންގެ ވެސް މަންމަ ވިއްޔާއެވެ.
އަހަރެން ދެރަވީ ސަހަރާގެ ތެރެޔަށް ނުވަދެވިގެނެއް ނޫނެވެ. އަހަރެން އެންމެ ދެރަވީ އެންމެ ފަހު ވަގުތު ވެސް މަންމަގެ މޫނު ދެކިލުމުގެ ފުރުސަތު އަހަރެންނަށް ނުލިބުނީމައެވެ.
އެވަގުތު ރަޚުމަތް ތެރިއެއްގެ ޚައިސިއްޔަތުން ނާއިލް އަހަރެންނަށް ވަރަށް ހިތްވަރު ދީ ހެދިއެވެ. ކެތްތެރި ވުމަށް އެދިއެވެ.
*** *** ***
ގެޔާ ހަމައަށް އާދެވުމުން އަހަރެން ގެޔަށްލައިފަ ނާއިލް ވެސް ދިޔައީއެވެ. އަހަރެން އައިސް ކޮޓަރި ތެރެޔަށް ވަދެވުމާއި އެކު ކޮޓަރީގެ ހަތަރު ފާރު ވަށައިގެން ހަރުކުރެވިފައި ހުރި މަންމަގެ ފޮޓޯތައް ފެނުމުން މަންމަގެ ހަނދާންތައް އާވެގެން ދިޔައެވެ.
އަހަރެން އެންމެ ކުޑަ އިރުގަޔާއި އަދި ބޮޑު ވަންދެން އެތައް ރެއެއްގެ ނިދި ނަގައިލައި މަންމަގެ ހުރިހާ އުފަލެއް އެއް ފަރާތްކޮށް މަންމަ އަހަރެންނަށްޓަކައިވި މަތިވެރި ޤުރުބާނީއެވެ. އަހަރެންނަށް ދިން ފުރިހަމަ ލޯތްބެވެ.
ހަމަ އެހެންމެ އަހަރެންނާ ދޭތެރޭގަ ބެހެއްޓި އޯގާތެރިކަމެވެ. އެހަނދާން ތަކުން އަހަރެންގެ ހިތް އިތުރަށް ރޮއްވައިލިއެވެ. މަންމަގެ އެހަނދާން ތައް ދުވަހަކު ވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ.
އަހަރެން ދިރިއުޅެމުން ދިޔައީ މަންމަ އާ ވަކިންނެވެ. އެއީ ވެސް އެމީހުންގެ ސަބަބުންނެވެ. އަމިއްލަ ގެދޮރު ހުރެވެސް އެގޮތަށް މަންމަޔާ ދުރުގައި އުޅެން ޖެހުނީ މަޖުބޫރު ވެގެންނެވެ. އެނޫން ގޮތެއް އަހަރެންނަށް ނެތީމައެވެ.
އެހެނަސް މަންމަޔާ ކިތައްމެ ދުރުގައި ހުރި ނަމަވެސް އަހަރެން އައީ މަންމަގެ އެންމެ ފަހު ނޭވަޔާ ހަމައަށް ވެސް މަންމަގެ ޚާލު ވަރަށް ގާތުން ބަލަމުންނެވެ.
އަދި މަންމަ އަހަރެންގެ ގާތުގަ އެދުނު ކޮންމެ ކަމެއް ވެސް އެއްވެސް ޝަކުވާޔަކާ ނުލައި ހިތުގެ އަޑިން ހިތްހެޔޮ ކަމާއިއެކު މިއަދާ ހަމަޔަށް ވެސް އައީ ކޮށްދެމުންނެވެ.
ބަޔަކަށް ނޭނގުނު ކަމުގައި ވިޔަސް އަދި ބަޔަކު ޤަބޫލު ކުރިޔަސް ނުކުރިޔަސް މީ ހަޤީޤަތެވެ. މިކަމަށް ހެއްދެވި ފަރާތުން ހެކިވާނެއެވެ.
*** *** ***
ދުވަސްތައް ހަލުއި ކަމާއި އެކު ފާއިތު ވަމުން ދެއެވެ. އެގޮތުން މަންމަ ނިޔާވިތާ ވެސް މިއަދަށް ފަސް އަހަރު ފުރުނީއެވެ. އެހެނަސް އެދުވަހު އެމީހުން އަހަރެންނާ ދޭތެރޭ އެހާ އިހާނެތި ގޮތަކަށް ކަންތައް އެކުރީ ކީއްވެ ކަމެއް އަދި އަދަށް ދާންދެން ވެސް ޚުދު އަހަރެން ނަކަށް ނޭނގެއެވެ. އަދި އެމީހުން އަހަރެންނަށް ނަފުރަތު އެކުރަނީ ކީއްވެ ކަމެއް ކުޑަކޮން ވެސް އަހަރެންނަކަށް ނުވިސްނެއެވެ.
އެކަމަކު އަހަރެންނަށް އެނގޭ ހާ ވެސް ކަމަކީ އެދުވަހު އެމީހުން އަހަރެންނާ ދޭތެރޭ ކަންތައް ކުރި ގޮތަށް ވަލު ޖަނަވާރެއް ވެސް ކަންތައް ނުކުރާނެ ކަމެވެ.
އަހަރެން ވެސް މީ ހަމަ އެ މަންމަގެ ބަނޑުން އުފަންވި އެ މަންމަގެ ދަރިއެކެވެ. ވީ އިރު އަހަރެންގެ ކުށަކީ ކޮބާ ހެއްޔެއެވެ؟ އަދި އަހަރެންނާ ދޭތެރޭ އެގޮތަށް ކަންތައް ކުރަން އެމީހުންނަށް އޮތީ ކޮން ހައްޤެއް ހެއްޔެއެވެ؟
ހަމަ އެހެންމެ އަހަރެންނާ ދޭތެރޭ އެމީހުން އެގޮތަށް ކަންތައް އެކުރީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ހުރިހާ ގޮތަކުން ބެލިޔަސް އެގޮތަށް އަހަރެންނާ ދޭތެރޭ ކަންތައް ކުރުމުގެ އެވެސް ޚައްޤެއް އެމީހުންނަކަށް ނޯންނާނެއެވެ.
އެކަމަކު އަހަރެންނާ ދޭތެރޭ އެމީހުން އެގޮތަށް ކަންތައް ކުރީ މަންމަގެ މުދާތަކާއި މަންމަގެ ގެޔާ ހެދި ކަމަށް ވާނަމަ މިދެން ފުކެއް ބޮޑު ވަރެއެވެ. އަހަރެން އެމީހުންނަށް ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ.
ނިމުނީ
18 Comments!
Comments are closed.
assalaam alaikum… miothee vaahakaage fahu part… alhuganduge vaahakathakah saport kuravvaa hurihaa faraaih thakah ves mi part ves kamudhaane kamah ummeedhu kuran… adhi hurihaa ammen naky hama ahama bayeh noonkan ves mifurusathuga handhaan kohdhen… gudnyt all my friends….
Mee real story eh tha.. If so that’s so sad. Hope u will continue to write. Good luck
he he he… no amin hama hiyaalee… and thanks amin….
Story ge idea rythi Ekam kunnu eh naadhey vaahaka nimunu iruvx. Aslu emyhun Ehen hedhi sababaa ehchehi bunedhyfa ninmaali nama v salhi vys. Good luck ?
Keep writing ??
I agree with you Yalaa..
thanks yalaa… dhen faharakun iraadha kureviyyaa rangalhu kureveythoa masakkaih kuraanan….
Kobaba kusaky varah hama nujehey dhn dho
Alhey..ekushaky kobaikan bunedhyba..and mi story vvv.reethi
Jumlakoh vaahaka varah reethi adhives huri kudhi kudhi kuhthah filuvaalaafa maskaikolyma salhi vaane keep writing all the best faadu kiumaky kurierumeh kamah balaa
Hama habeys adhi ves reethi vaahaka eh fennane kamah heekuran
thanks asurumaa… asurumaa ge thi hiyaal heyo hithun gaboolukohfin…
nice .. waiting u r next stry … ♡♡ v reethii
keep it up…..
thank u so much sam….
Alhe haadha avahakah thi ninmaaly.. adhi dhigukn genesdhinnama.. but varah reethi mi story.. hope to see more stories from u?❣?
Reethi… Ekm vaahakaige sihtu vefa oi kameh eba vaakan angadjeefa ebaoi… Kushakee kobaa. Vaahaige namun eba egey foruvifa oi hageegatheh vaakan…. Vaahakaeh reethi vaanee fahu vaguthu vaahakaiga sihru vefaivaa kameh haama vumun…. Vaahaka vvvv reethi rkamaku nimun kamaku nudhey. E familymeehun eyna dheke rulhi annan vee sababu eynayah egi kiuntherinnah ves eynage kushaki kobaa kan rgigrn nimunu nama vvvvvvv reethivees… Anyways dhn liyaa vaahaka ehge nimmun reethi vaane kamah unmeedhu kuran. Mokhu vaahaka yakah vaani evaahaka ehga kiyamun dhaairu neygey hageegathrh rkulevi adhi nimey iru hurihaa kanehves varah reeyhikoh egi nimun…. Keep it up. Al the best
thanks shu…..thi hiyaalu heyohithun gaboolu kohfin….
thanks adha…. dhen next time dhow adhaa…
Nice
ވަރަށް ރީތި ވާހަކައެއް
މިވާހަކަ އަށް 1 ވަނަ