Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މައާފު ކުރާށެވެ. ނިމި މިދަނީ ކެއްނުކުރެވިގެނެވެ.

Anas Level 1
July 20, 2017 2 Mins Read
11 Comments

 

މަލީޝާއަކީ އާދައިގެ އާއިލާއަކަށް އުފަން ވަރަށް ރީތި ކުއްޖެކެވެ. މަލިޝާގެ ރީތިކަމާއި އެއްވަރަށް މީހުން މަލީޝާއާއިމެދު ފާޑު ފާޑުގެ ދޮގު ވާހަކަތަށް ދައްކާ މަލީޝާއަށް ބުލީކުރަމުން ދެއެވެ. ބައެއް ޓީޗަރުންވެސް މަލީޝާއާއި އެހެން ކުދިންނާއި ވަރަށް ތަފާތު ކުރެއެވެ. މީހުންގެ މަލާމާތްތަށް ރައްދުވާލެއް ބޮޑުކަމުން ބައެއްފަހަރު މަލީޝާގެ ހިތަށް އަމިއްލައަށް މަރުވާނަމޭވެސް ހިތަށް އަރައެވެ. ނަމަވެސް މިހުރިހާކަމެއް މަލީޝާގެ އެކުވެރިންނަކާ ހިއްސާއެއް ނުކުރެއެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މަލީޝާ ސްކޫލުން ގެއަށް މިއައީ މީހުންގެ މަލާމާތާއި ބުލީގެ ސަބަބުން ދުރިއުޅުމަށްވެސް ދަތިވެގެންނެވެ. ގެއަށް އައިގޮތަށްއައިސް އެންމެ ފުރަތަމަވެސް މަލީޝާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ ދޮރުގައި ތަޅުލުމަށްފަހު ގަނޑުކޮޅެއްނަގައިގެން އޭގައި ކުޑަ ނޯޓެއް ލިޔެލިއެވެ. އަދި ފޮރުވައިގެން ގެނގުޅުނު ޒަހަރު ފުޅި ނަގާ އެ އެއްކޮށް ބޯލުމަށް ފަހު ލިޔުނު ނޯޓު އަތަށް ލައިގެން އެނދުގައި އޮށޯވެ އެންމެ ފަހުފަހަރަށް ލޯ މަރާލިއެވެ.

މާގިނައިރެއް ނުވަނީސް މަލީޝާގެ ކޮއްކޮ އައިސް މަލީޝާއަށް ކާން އައުމަށް ގޮވިއެވެ. މަލީޝާ އެނދުގާ ދެލޯ މަރާލައިގެން އޮތުމުގެ ސަބަބުން މި ތުއްތު ކުއްޖާ ހީކުރީ އެކުއްޖާގެ ދައްތަ އެޔޮތީ ނިދާފައި ކަމަށެވެ. މަލީޝާގެ ކޮއްކޮ ގޮސް އޭނާގެ މަންމަ ގާތުގައި ދައްތަ އޮތީ ނިދާފައި ކަމަސް ބުންޏެވެ.

ރޭގަނޑު 10 ޖެހިއިރުވެސް އަދި މަލިޝާ ކާކަށެއް ނުނިކުމެއެވެ. އެންމެ ފަހުން މަލީޝާގެ މަންމަ މަލީޝާ ކޮބާތޯ ބެލުމަށް މަލީޝާގެ ކޮޓަރިއަށް ވަނެވެ. މަލީޝާގެ މަންމައަށް މަލީޝާ ފެނުމާއި އެކު ތަފާތުތަކެއް އިހުސާސް ކުރެވުނެވެ. މަލިޝާގެ މަންމަ މަލީޝާއާއި ކައިރިއަށް އައުމުން މަލީޝާގެ އަތުގައި އޮތް ނޯޓު ނަގާ ކިޔާލިއެވެ. އެ ނޮޓު ކިޔާލުމަށް ފަހު މަލީޝާގެ މަންމަ ގިސްލަމުން ގިސްލަމުން މަލީޝާއަށް ހަޅެއްލަވަން ފަށައިފިއެވެ. ރޯންވެސް ފަށައިފިއެވެ. މަލީޝާގެ ކޮއްކޮ ހުރީ މިވަނީ ކީއްކަން ފަހުމު ވާގޮތް ނުވެފައެވެ. މަލީޝާގެ ކޮއްކޮ ދުވެފައިގޮސް އޭނާދެ ބައްޕަ ގާތުގައި މަންމަ ރޯ ވާހަކަ ބުންޏެވެ. މަލީޝާގެ ބައްޕަވެސް އަވަހާ ދުވެފައި ދިޔައީ މަލީޝާގެ ކޮޓަރިއަށެވެ. އެވަގުތު މަލީޝާގެ ބައްޕައަށް ފެނުނީ މަލީޝާގެ މުޅަ މަސްގަނޑުގެ ކައިރީގައި މަލީޝާގެ މަންމަ އިނދެ ރޮއެ ނަގާަ މަންޒަރެވެ. ވާނުވާ އެނގުމާއިއެކު މަލީޝާގެ ބައްޕަވެސް އަޑުން އަޑުނަގާ ރޯންފެށިއެވެ. މަލީޝާގެ ކޮއްކޮ މިމަންޒަރުތަށް ބަލަމުން ދިޔައީ ހިތުގައި އެތަކެއް ސުވާލެއެއް ބަހަށްޓައިގެނެވެ.

އޭގެ އަނެއްދުވަހު ސުކޫލު އެސެމްބްލީގައި ސްކޫލު ޕްރިންސިޕަލް މަލީޝާގެ މަރުގެ ވާހަކަ ދެއްކިއެވެ. އަދި މަލީޝާ އެހާހިސާބަށް ދާންޖެހުނީ ކުދިން މަލީޝާއަށް މަލާމަތްކޮށް ބުލީކޮށް ހެދުމުންކަންވެސް ބުންޏެވެ. އެންމެނަށްވެސް މިވާހަކަ އެނގުމާއިއެކު އަނގަ ބެދުނެވެ. ބުނާނެ އެއްޗެއްނޭނގިފައި އެނމެންތިބީ ދެލޮލުން ފެންކަޅިވެފައެވެ. އެނމެންވެސް މަލީޝާގެ މަރުގެ އަސްލަކީ އެމީހުންގެ މަލާމާތާއި ބުލީ ކަމުގައި ގަބޫލު ކުރިއެވެ. ޓީޗަރުންވެސް މަލީޝާއާއިމެދު ކަންތަށް ކުރެވުނު ގޮތާއިމެދު ދެރަވެ އެކަމާ ހިތާމަކުރަމުން ދިޔައެވެ. އެއްކޮށްއުޅުނު އިރުގައި ބުލީކޮށް އުޅުނު އަންހެންކުދިންތަށް ތިބީ އެ ކުރެވުނު އަމަލާއި ދޭތެރޭ ދެރަވެ އިސްޖަހާލައިގެންނެވެ. މަލީޝާއާއި ދިމާއަށް ފާޑުފާޑުގެ ނަންނަމުން ގޮވި ފިރިހެންކުދިން މިއަދު ތިބީ އެދުވަހު އެކިޔުނު އެއްޗެއްގެ ސަބަބުން ހަދާނެ ގޮތް ހުސްވެފައެވެ. މަލީޝާގެ އެންމެގާތް އެކުވެރިޔާއަށް މަލީޝާ ދެރަވާކަން ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މަލީޝާ މިފަދަ ކަމެއް ކުރާނެކަމަށް އިހުސާސްވެސް ނުކުރެވެއެވެ.

އެދުވަހު ހެނދުނު މަލީޝާގެ ހަށިގަނޑު ޕޯސްޓްމޯޓެއިން ހަދައިގެން ގެނެސް ވަޅުލުމަށް އެންމެން ސަހަރާއަސް ޖަމާވިއެވެ. ނަމަވެސް ރޯމީހުން ރޮނިއެވެ. ގިސްލާ މީހުން ގިސްލަނީއެވެ. އެންމެންވެސް ތިބީ މަލީޝާގެ ހިޔާލުތަކަށް ގެނބިފައެވެ. އަދިވެސް މަލީޝާގެ ކޮއްކޮއަށް ދައްތަ މަރުވި ސަބަބެއް ނޭނގެއެވެ. ނަމަވެސް ދެން ދައްތަ ނުފެއްނާނެތީވެ މަލީޝާގެ ކޮއްކޮވެސް ހަމަ ރޮނީއެވެ.

މިއަދަކީ މަލީޝާ މަރުވިތަން 2އަހަރު ފުރުނު ދުަވަހެވެ. މަލީޝާގެ މަރުގެ ސަބަބުން އެތަށްކަމެއް މިވަނީ ބަދަލު ވެފައެވެ. މަލީޝާއާއި އެހެންކުުދިނަނާއި ތަފާތުކުރި ޓީޗަރުވަނީ ކިޔަވައިދިނުމުގެ ދައިރާއާއި ދުރަށް ގޮއްސައެވެ. ބުލީކުރި އަންހެންކުދިންގެ ތެރެއިން ބައެއްކުދިންނަށް ލިބުނު ޝޮކުގެ ބޮޑުކަމުން އަދިވެސް ކެއުމަށްވެސް އުނދަގޫވެއެވެ. އެކި އެކި ނަންނަމުންގޮވި ފިރިހެންކުދިންގެ ތެރެއިން ގިނަކުދިން އަދިވެސް ލަދުން އަންހެން ކުއްޖަކާ އަނގައިންވެސް ނުބުނެއެވެ. މަލީޝާގެ އެންމެ ގާތްއެކުވެރިޔާވެސް ލިބުނު ޝޮކުގެ ސަބަބުން އަމީއްލައަށް މަރވާން އެތަށްފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް މަލީޝާފަދައިން އެކަމުގައި ކާމިޔާބީއެއް ނުލިބުނެވެ. މަލީޝާގެ ކޮއްކޮއަށްވެސް މިހާރު ދައްތަގެ މަރުގެ ސަބަބު އެނގެއެވެ. ކޮންމެ ރެއަކު ދައްތަމަތިން ހަނދާންވެ މަލީޝާގެ ކޮއްކޮ ރޮވެއެވެ. މަލީޝާ ދުނިޔެ ދޫކޮށް ދިއުމާއި އެކު މަލީޝާގެ މައިންބަފައިންގެ ޖަވާޒީ ހަޔާތްވެސް ވަނީ ނިމިފައެވެ. މަލީޝާގެ މަންމަ އަބަދު އޮންނަނީ އޮށޯވެގެންނެވެ. ހިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. މަލީޝާގެ ބައްޕަ އުޅޭ ނުޅޭ ތަނެއްވެސް ނޭނގެއެވެ.

 

ހަގީގަތުގައި މަލީޝާގެ މަރުން އަސަރު ކުރީ މަލީޝާއަކަށް ނުނެވެ. އެއްކޮށްއުޅޭ އެންމެންނަށްވެސް މިކަމުން އަސަރުކުރިއެވެ. ދުވަހަކުވެސް ހަޔާތް ނިއްމާނުލާށެވެ. ދިރިއުޅުމުގައި އަދި ވަރަށް ބޮޑުތަން ބާކީ އެބައޮތެވެ. ދިރިއުޅެން ލިބިފައިމިވާ ވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާށެވެ.

Share Article

Follow Me Written By

Anas

Level 1

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ނުވަވަނަ ބައި)

Next

ފުން އިހުސާސެކޭ 12

Next
July 20, 2017

ފުން އިހުސާސެކޭ 12

Previews
July 20, 2017

ހިތުގެ މިލްކުވެރިޔާ (ނުވަވަނަ ބައި)

11 Comments!

  1. §ama? says:
    July 21, 2017 at 12:13 pm

    Reethi

  2. maroon says:
    July 21, 2017 at 12:18 pm

    Okayyyy… It is not fine to disrepect and humiliate anyone. You will never know under which circumstances they live. It only shows how degrade you are. ?
    And for maleesha suicide should never be an option. Share your story with family and friends.. and how about praying to Allah…
    Suicide does not end the pain.. it passes on to the people who care about you like your parents.. people will hate us but always remember there are people who love you. Be brave. Life will reward someday. Might not be in this life but jannah is waiting for you. ?

  3. Aashaa says:
    July 21, 2017 at 12:33 pm

    I went through it on my school days. My mom never love me.. She only love our obe and only younger brother..once i tried to kill my self.. But in sh allah i will never do that again.. Abadhuves school ga ves geygaves rangalhakah kameh nukurevey.. Kudhin ves malaamaaiy kurany..since grade 4 amillayah uniform isthiri kohggen laigen dhany..amillayh boluga funaa alahny..so kudhin va bully kurey.. Even teachers… Still i am 23 n they dont talk me until they need my help.. When they ask help from me i happily do the favour for them.. Last month one of thm ask me to help in their assignment n i did help.because of bullying and everything now i have my anger inside me. I tried to control it
    . Now my husband is my everything.he is very helpful. So dont try to kill ur self..

    1. maroon says:
      July 21, 2017 at 3:10 pm

      Aashaa ???
      ???

  4. Aashaa says:
    July 21, 2017 at 12:34 pm

    Btw note kolhuga oiy ehchh ingen beynun.

  5. Reader says:
    July 21, 2017 at 4:39 pm

    Maakurin kiyaafa innaanee mi story. Name thafaathuvedhaane. Ekam kurin ki in mi story.

  6. Adha? says:
    July 21, 2017 at 5:46 pm

    Varah salhi mi stry nd a good message too.. ” life is a gift from allah and it should be cherished.. u may face many problems in the life.. suicide is not a answer for it.. its the destruction… it doesn’t take the pain away it gives to someone else…so do always have faith in allah.. everything happens for a reason.. one day u will come to realise that everything was for best”..❤❤

  7. Ziun ♤ says:
    July 21, 2017 at 7:54 pm

    very nice and a sad story …
    poor maleesha ??

  8. Addu manje says:
    July 21, 2017 at 8:36 pm

    Story is short and sweet.. loved it soo much..This story would be the best advice to all those out there who are going through a rough life.. hope to see more such stories..
    🙂

  9. kada msg says:
    July 21, 2017 at 8:42 pm

    faahaga kureweny warah negetive msg eh kan dhyfa iny bully kuriyas kuriyah dhaan wisnadheyn waane plus maru wumaky hahleh noon kan wes angadheyn waane ….

  10. Almasa says:
    July 21, 2017 at 9:42 pm

    Mi stry akee bully kuraa kudhin nah varah rangalhu vaahakaeh….
    Nice stry not bad….gud

Comments are closed.



All Right Reserved!