އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާއި ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ. އޭގެ ފޮނިކަމާއި މީރުވަހުން، ދިރިއުޅުމަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމުގެ ފޮނި އުންމީދުގައެވެ. އަދި ހަމަ އެހެންމެ، މަލެއް ފޮޅި ފުރިހަމަ ވުމަށް އެޅިދާނެ ކޮންމެ ހުރަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ތައްޔާރުވެގެން ތިބޭ ޙާލުގައެވެ. ނަމަވެސް އެ މާ ފަރިނުވަނީސް ފިޔަތައް މިލައި […]
އެހެން ދުވަސްތަކެކޭ އެއްފަދައިން ޝަރާ އަށް ހޭލެވުނީ ގަޑިޖެހެން އެންމެ ބައިގަޑި އިރަށް ވެފައި ވަނިކޮށެވެ. އަވަސް އަވަހަށް ތެދުވެ ސްޗޫލަށް ދާން ތައްޔާރުވިއެވެ.ޝަރާގެ މަންމަ ހީކުރި ޝަރާ ހޭލައި އުޅޭ ކަމަށެވެ.ދަބަސް ކޮންޑުގައި އަޅުވައިގެން ޝަރާ މިސްރާބު ޖެހީ ސްޗޫލާ ދިމާލަށެވެ.އެ ފަރި ހިނގުމަށް ހުއްޓުމެއް އައީ އެހެންލާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހަކު ފެނިގެނެވެ. އާއެކެވެ! އެއީ އޭނާގެ ހަޔާތް ބަރުބާދު ކޮއްލި ދޮންބައްޕަ އެވެ. އެހެން ހުއްޓާ ޝަރާ އަށް ހޭވެރިކަމެއް […]