Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ޖަނާ

Pinkish Level 6100 Comments10 Stories100 Login500 Comments
July 5, 2017 4 Mins Read
31 Comments

އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ މިއަދު އަހަންނަށް ތަހައްމަލް ކުރަން ޖެހިފައިމިވާ އަނިޔާ އަކީ އަހަރެން ކުރި ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟

***
ޖަނާ ކޮޓަރީގެ މޭޒެއްގެ ކައިރި އިށީއިނެގެން އޭނާގެ ހިތުގައިވާ ޝަކުވާ ބަންޑުން ކުރަމުން ދިޔައީ އޭނާގެ އެއްމެ ގާތް އެކުވެރިޔާ އަށެވެ. އާއެކެވެ. އޭނާގެ ޑައިރީގައެވެ. ވާނީވެސް އެހެންތާ އެވެ. އޭނައަށް އިތުބާރު ކުރާ މީހަކީ ހަމައެކަނި އޭނާގެ ޑައިރީ އެވެ.

***
އަހަރެންނަކީ 24 އަހަރު ވެފައިވާ މީހަކީމެވެ. އަހަރެން ކައިވެނި ކުރީ އެއްމެ 22 އަހަރުގައެވެ. އަމިއްލައިން ބޭނުންވެގެންނެއް ނޫނެވެ. ގަދަ ކަމުންނެވެ. އަހަރެންގެ ފިރިމީހާ ދެކެ އަހަރެން އިންތިހާ ލޯބިވެއެވެ. ކައިވެނީގެ ކުރިންވެސް އަދި ކައިވެނީގެ ފަހުން ވެސް މެއެވެ.

އަހަރެންގެ ފިރިމީހާ ކާމިލްގެ ލޮލުން އަހަންނަށް ބައެއް ފަހަރު ތަފާތު އަސަރުތައް ފެނެއެވެ. ނަމަވެސް ދެނެގަންނާކަށް ނޭގެއެވެ. ކާމިލް އަހަންނަށް އަނިޔާ ކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގަނީ އަހަރެންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ކަން އަހަރެންނަށް އިގެއެވެ.

ނަމަވެސް އެއީ އަހަރެން ކުރި ކުށެއްގެ ސަޒާއެއް ނޫނެވެ. އެއީ އަހަރެންގެ ކުށެއް ނޫންކަން އަންގައިދޭން އަހަރެން ހާދަ މަސައްކަތެއް ކުރީމެވެ. ނަމަވެސް އެއްވެސް ކަމެއް ކާމިލް އަޑެއް ނާހައެވެ.

އެއީ ކޮންކުށެއްކަން އިގުމަށް ދާން ޖެހޭނީ މީގެ 3 އަހަރު ކުރިޔަށެވެ. އެއީ ހާދަ އުފާވެރި ދުވަސް ތަކެކެވެ. ދުވަހަކުވެސް އުފާވެރިކަން ނިމުމަކަށް ނާންނާނޭ ހީކުރި ދުވަސް ތަކެކެވެ.

އަހަރެން ވަޒީފާ އަދާ ކުރަމުން ދިޔައީ ކާމިލްގެ ބައްޕަގެ އޮފީހުގައެވެ. އަހރެންނާއި ކާމިލް ބައްދަލު ވީ އަހަރެން އޭނަގެ އެސިސްޓެންޓްގެ މަގާމު އަދާ ކުރަން ފެށި ދުވަހުއެވެ. އަހަންނަށް ފުރަތަމަ ނަޒަރުންވެސް ކާމިލް ކަމުދިޔައެވެ. “ލަވް އެޓް ފަސްޓް ސައިޓް” އޭ މީހުން ބުނަނީ ކީއްވެކަން ވެސް އެދުހު އިގުނެވެ.

ކާމިލް ވެސް އަހަރެންނާ ދޭތެރޭ ޝައުގުވެރިކަން ހުންނަހެން އަހަންނަށް ހީވިޔެވެ. ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް އަހަންނަށް އެކަން ޔަގީން ވިއެވެ.

ކާމިލް އަހަރެންނަށް ލޯބި ހުށައެޅީ ހުރިހާ އޮފީސް މީހުންގެ ކުރިމަތީގައެވެ. ކާމިލްގެ ލޮލުން އެދުހު ލޯބިނޫން އެއްޗެއް އަހަންނަކަށް ނުފެނުނެވެ. އަހަރެންނަށް އެދުހު ރޮވުނެވެ. އުފަލުން ގޮހެވެ. އަދި ހިތުގެ އަޑިން މި ގުޅުން ނުކެނޑޭނެ ކަމަށް އަޒުމު ކަނޑައެޅީމެވެ.

ނަމަވެސް ކޮންމެ ލޯބިވެރިންނަށް އެސްފީނަ ލާން ކޮންމެސް މީހަކު ހުންނާނެއެވެ. އެގޮތުން ލީނާ އަކީ ކާމިލް ގެ ލޯތްބަށް ފެން ބޮވަިގެންފައި ހުރި މީހެކެވެ. ކާމިލް އަޅާނުލިޔަސް ލީނާ ކާމިލް ފަހަތަކުން ނުނެއްޓެއެވެ. ލީނާ ރާވަމުން ދިޔައީ އަހަރެމެން ދުރުކުރުވުމަށެވެ. އަހަރެން ހުރީ އެކަމަށް ސަމާލުވެގެންނެވެ.

ނަމަވެސް ތަގުދީރުގައި ވާނެ ކަމެއް އަހަރެމެންނަށް ބަދަލު ކުރެވޭނެ ހެއްޔެވެ. ލީނާ ކާމިލްގެ މަންމަ އުސް އިމާރާތަކުން ވައްޓާލީ އަހަރެންގެ ލޯ ކުރިމަތީގައެވެ. އަދި އެކަން އެޅުވީ އަހަރެންގެ ބޮލުގައެވެ.

އޭރު އެތާ ހުރި އެހެން މީހެއް ވެސް އެކަމަށް އެއްބަސް ވިއެވެ. ލީނާ ލާރި ދިނީމައެވެ. ކާމިލް ހުންނަނީ އޭނާގެ މަންމަ އެކަންޏެވެ. ކާމިލް އޭނާގެ މަންމަ ދެކެ އިންތިހާ ލޯބިވެއެވެ. އެދުހު ކާމިލްގެ މަންމަ ސަލާމަތް ވި ކަމުގައި ވިޔަސް ކާމިލް ގެ މަންމަ އަށް ވާހަކާ އެއް ނުދެއްކެ އެވެ. އަހަރެންގެ ބަދުނަސީބު ކަމުންނެވެ.

އަހަރެންގެ ދިރިއުޅުން ބަދަލު ވީ އެދުހު އެވެ. އަހަރެންގެ ކަންފަތް ބުޑުގައި އަދި ވެސް ކާމިލްގެ ވިހަގަދަ ބަސްތައް ހަރުލާފަ ހުއްޓެވެ.

“އަހަރެން ޖަނާ އަށް ކީއްކުރީމަތަ އަހަންނަށް ތިހެން ތިހެދީ؟ އަހަރެންގެ ކޮންކުށެއް އޮވެގެން؟ ނޫނީ އަހަރެންގެ މަންމަގެ ކޮން ކުށެއް އޮވެގެން؟ އަހަރެން މިއަދު ތި މުޑުދާރު އަންހެނާ އަށް ނަފުރަތު ކުރަން. ހަނދާން ކުރާތި ޕޮލިހުންގެ ކިބައިން ސަލާމަތް ވިޔަސް އަހަރެންގެ ކިބައިންނެއް ނުވެވޭނެ. އައި ހޭޓް ޔޫ ޖަނާ އަހުމަދު” ކާމިލް އަށް ހުރީ ވަރަށް އަސަރު ކޮށްފައެވެ.

ނަމަވެސް އަހަރެންގެ ވާހަކަ ވެސް އަޑު އަހާލި ނަމައެވެ. އަހަންނަށް އިތުބާރު ކުރިނަމަ އެވެ. މުޅި ދުނިޔެ އެއްކޮޅުގަ ހުއްޓަސް ކާމިލް ހުންނާނީ އަހަރެންގެ ކޮޅަށް ކަމަށް އަހަންނަށް ހީކުރެވެނެވެ.

އަހަރެން ކާމިލް ކައިރި ބުނަން ބޭނުންވަނީ އަހަރެން އަދިވެސް ލޯބިވާކަމެވެ. އަހަރެން މިރޭ މިދިރިއުޅުން ދޫކޮށްފަ ވަރަށް ދުރަށް ދާނަމެވެ. އަހަރެންނަށް މި އަނިޔާތަކަށް ކެތް ނުކުރެވޭތީ އެއް ނޫނެވެ. އަހަރެންގެ ހަށިގަނޑު ގައި މިވާ އަހަރެމެންގެ ދަރިފުޅަށް ޓަކައެވެ. މިދަރިފުޅަށް ގެއްލުމެއްވާން ނޭދޭތީއެވެ. އަހަރެން އެހެން މީހަކާ ނުގުޅޭނަން ކަމަށް ވައުދުވަމެވެ. އަބަދުވެސް ހުންނާނީ ކާމިލްގެ އަނބިމީހާގެ ގޮތުގައެވެ.

***

“ޓޮއް ޓޮއް ޓޮއް”

“މިދޮރުހުޅުވާ އަންހެނާ. ދޮރު ތަޅުލައިގެން ކޮން ގަނޑެއް ތި ގަންނަނީ” ޖަނާ ސިއްސައިގެން ދިޔައީ ކާމިލް ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ވަގުތުން ފޮތް ލައްޕާލާފަ ގޮސް ދޮރު ހުޅުވިއެވެ.

ކާމިލް ފުރަތަމަވެސް ހިފީ ޖަނާގެ އިސްތަށިގަޑަށެވެ. “އާހް”

“މަންމަ އަށް ބޭސް ދޭން މިރޭ މިޖެހުނީ އަހަންނަށް. ކަލޭ ހަމަހޭގަތަ ތިހިރީ. ހަހް މީނަ އަށް ހެޔޮވާނެ. މަންމަ މަރާލަން ވިއްޔަ ބޭނުންވާނީ” ކާމިލް މިހެން ބުނެ ޖަނާގެ މޫނުގައި ޖެހިގޮތަށް މޫނު ރަތް ކޮށްލާފަ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ޖަނާ އެނދުމައްޗަށް ވެއްޓިގަނެ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ޖަނާ އަށް ނިދުނީ ވެސް އެހެން އޮއްވައެވެ.

ކާމިލް ކޮޓަރިއަށް ވަނީ 12 ވެސް ޖެހިފަހުންނެވެ. އޭރު ޖަނާ މައުސޫމް ގޮތަކަށް ނިދާލާފަ އޮތެވެ. އޭރު ކާމިލް ހުރީ ފެންކަޅިވެފަ އެވެ.

“ޖަނާ އެވެ. އަހަރެން ޖަނާދެކެ ހާދަ ލޯބިވީމެވެ. ލޯބި ވާން ވެސް ވަމެވެ. އަހަރެން ހާދަ ހުވަފެނެއް ދުށީމެވެ. އަހަރެމެން އުފަލުގައި އުޅެނިކޮށެވެ.” މި ބަސްތައް ވީ ކާމިލްގެ ހިތުތެރޭގައެވެ. ކާމިލް އެނދަށް އަރާ އޮށޯއޮވެލިއެވެ.

**

ކާމިލް އަށް ލޯ ހުޅުވާލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާތީއެވެ. ވަގުތުން މަންމަ ކަން އިނގިގެން ގޮސް ދޮރު ހުޅުވިއެވެ. ފުރޮޅުލީ ގޮނޑި އެއްގައި މަންމަ އިނެވެ. ކާމިލް އެ ގޮނޑި އާއެއްވަރަށް ތިރިވެލިއެވެ.

“ޖަ..ޖަނާ” މަންމަގެ އަޑު ބޭރު ވިއެވެ. އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހުއްޓާލިއެވެ. ނަމަވެސް ޖަނާ އެއް ނެތެވެ. ” ކާމިލް ކޮބާ ޖަނާ” “މަންމާ ސާބަސް. މަންމަ ގެ ދުވަސް ދުއްވާލަން އުޅުނު ޖަނާތަ ތިހޯދަނީ” މަންމަ ވާހަކަ ދެއްކުމުން އުފާވި ނަމަވެސް ޖަނާގެ ވާހަކަ އެހުމުން ކާމިލް ފޫހިވިއެވެ. ނަމަވެސް ކާމިލް ހައިރާންވީ މަންމަގެ އަތުގެ ހޫނު ހަމަލާއެއް ކަންކަށި މައްޗަށް އެރުމުންނެވެ.

“ތީތަ ޖަނާ ދެކެ ވީ ލޯތްބަކީ؟ އަހަރެންގެ ދަރިފުޅޭ ބުނަންވެސް ލަދުގަނޭ. މީހަކު ބުނެލި އެއްޗަކަށް ބަރޯސާ ވެގެން ތި ހުންނަނީ. އެ ނިކަމެތި ކުއްޖާގެ ކޮން ކުށެއް އޮތީ؟ އެފަކީރު ހާދަ ވޭނެއް ތަހައްމަލް ކޮށްފިއޭ. އޭނަ ކާމިލް އަށް ނުކޮށްދެނީ ކޮންކަމެއް. ކޮންމެ ދުވަހަކު އަނިޔާ ކުރިޔަސް އަނބިމީހާގެ ވާޖިބް އަދާ ކުރޭ. އަޅެ އޭރު ވާހަކަ ދެއްކުން ނަމަ. ނަމަވެސް އެ ފަކީރުގެ ބަދުނަސީބު ކަން.”

“މަންމަ ކީކޭ ތި ކިޔަނީ؟ އޭނަޔޭ މަންމަ ވައްޓާ”

“އޭނަ އެއް ނޫން އަހަރެން ވައްޓާލީކީ. އޭނައެއް ނޫން” މަންމަ އަށް ގިސްލެވެން ފެށުނެވެ.

“މަންމާ” ކާމިލް ވެސް ހުރީ ފެންކަޅިވެފަ އެވެ.

“ލީނާ އަހަރެން ވައްޓާލީ” ކާމިލް އަށް ލިބުނީ ޝޮކެކެވެ. ކާމިލް އަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. މިވީ ކިހިނެއް ހެއްޔެވެ. ލޯބިވާ ޖަނާ އަށް އިތުބާރު ކުރެވުނުނަމަ އެވެ.

“ދަރިފުޅާ ޖަނާ ކައިރިން މާފަށް އެދިބަލަ. ކޮބާ އޭނަ؟” މަންމަ މިހެން ބުނުމުން ކާމިލް ކޮޓަރި ތެރެއަށް ބަލާލި އެވެ. ނަމަވެސް ޖަނާ އެއް ނެތެވެ. ޖަނާގެ އެއްވެސް ސާމާނެއްވެސް ނެތެވެ. އެވަގުތު ކާމިލް ގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ އޮތް ގަނޑުކޮޅެކެވެ. ވަގުތުން ގޮސް އެ ބަލާލިއެވެ.

“އަބަދުވެސް ލޯބިވޭ. ވިލް މިސް ޔޫ” ކާމިލް އަށް ރޮވެން ފެށުނެވެ. މާފަށް އެދެވުނެވެ. ނަމަވެސް އަޑުއަހާކަށް ޖަނާ އެއް ނެތެވެ. ހަމަ އެވެގުތު ޖާނާގެ ޑައިރީ ވެސް ކާމިލްގެ ލޮލުގައި އަޅައިގަތެވެ. ރޮމުން އެވެސް ކިޔާލިއެވެ. ޖަނާ ބަނޑު ބޮޑު ކަން އިނގުމުން އިތުރަށް ކުރެވުން ކަންތައް ހިތަށް އަރާ ރޮވުނެވެ. ކުށެއް ނެތް ކުއްޖަކަށް މިދެވުނީ ކިހާ ބޮޑު އަނިޔަލެއް ހެއްޔެވެ.

މަންމަ އައިސް ކާމިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “އަދި ޖަނާއަކަށް އެހާ ދުރަކަށް ނުދެވޭނެ. ދޭބަލަ އެމަންޖެ ގެންނަން. ހެޔޮނުވާނެ.” މަންމަ ރޮމުން ބުނެލިއެވެ. ކާމިލް ކަރުނަ ފޮހެލުމަށް ފަހު ދުވެފަ ނިކުތެވެ. ފުރަތަމަ ވެސް ކާމިލް ދިޔައީ އެއާޕޯޓަށެވެ.

ކާމިލް ހީކުރި ގޮތަށް ޖަނާ އެތާ ހުރި ގޮނޑިއެއްގައި އިނެވެ. ހީވާގޮތުން ފުރާ ގަޑި ނުޖެހޭތީއެވެ. ޖަނާ އަށް ކާމިލް ފެނުމުން ތެދުވެވުނެވެ. ބިރުންގޮހެވެ. ކާމިލް އަށް މިމަންޒަރު ފެނި ހިތުގާ ރިއްސާލިއެވެ. ޖަނާ އަށް ހުރިހާ އުފަލެއް ދޭން ބޭނުންވިއެވެ. ކާމިލް ގޮސް ޖަނާ ގައިގަ ބައްދާލީ ދޭން ދޫނުކޮށްލާނެ ފަދައިންނެވެ.

“ޖަނާ އަހަންނަށް މާފް ކުރާނަންތަ. ޕްލީޒް ހިނގާބަ ގެއަށް . ޖަނާއާ ނުލައި ނޫޅެވޭނެ. މަންމަ ހުރިހާ އެއްޗެއް ކިޔާދީފި” ޖަނާ ހައިރާންވެފަ ހުރުމުން މަންމަ ވާހަކަ ދެއްކިކަމަށް ކާމިލް ބުނެލިއެވެ. ޖަނާ އަށް ރޮވުނެވެ.

“އަހަރެން އަބަދުވެސް މާފް ކުރާނަން. އައި ލަވް ޔޫ” ޖަނާ ރޮމުން ބުނެލިއެވެ. “އަހަރެން ޖަނާ ގެންގުޅޭނީ ވަރަށް ލޯބިން. މިދަރިފުޅަށް ޓަކައިވެސް ހިނގާ. އައި ލަވް ޔޫ ސޯ މަޗް” ކާމިލް މިހެން ބުނުމުން ޖަނާ ހައިރާން ވިއެވެ. ކާމިލް އަށް އޭނަ ބަނޑުބޮޑު ކަން އިނގުމުންނެވެ. ޖަނާ ހުރިގޮތުން ކާމިލް ހިނި އަންނަގޮތް ވިއެވެ. އަދިވެސް އެ މައުސޫމު ކަމެވެ.

“ޑައިރީ” ކާމިލް މިހެން ބުނުމުން ޖަނާ އަމިއްލަ ނިއްކުރީގައި ޖަހާލިއެވެ. އޭނަ އަވަސް ކުރަން ހަދައިގެން އައީ ޑައިރީ ބާއްވާފައެވެ.

“ޖަނާ އަހަރެން ވައުދު ވަން. އަހަރެން ޖަނާ އަށް ފުރިހަމަ އިތުބާރު ކުރާނަން. ދެން މި ދެމަދަކަށް އެކަކަށްވެސް ނުވަދެވޭނެ. އެ ހެޔޮ ލީނާ ވިޔަސް. ގަބޫލު ކުރަން ދޯ” ކާމިލް މިހެން ބުނުމުން ޖަނާ ބޯ ޖަހާލީ އުފަލުން ހުރެއެވެ. ދެމީހުން ގެއަށް ދިޔައެވެ.

އަޑިގަޑަކަށްފަހު އުސްގަޑެއް އަންނާނޭ ބުނާފަދައިން ޖަނާގެ ހަޔާތަށްވެސް އުފާވެރިކަން އައެވެ. މިހާރު ކާމިލް ޖަނާ އަށް ވަރަށް ހެވެ. ވަރަށް އޯގާތެރިއެވެ. މަންމަ ވެސް ހުރީ އުފަލުންނެވެ. މާމަ ދަރިއެއް ލިބޭތީއެވެ. މިހާރު މީ އެއްމެ އުފާވެރި އާއިލާ ކަމަށް ޖަނާ ގަބޫލު ކުރެއެވެ.

ނިމުނީ

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

މިލްކު ކޮށްލީ ހިތޭ (ކިޔުންތެރިންގެ ސަމާލުކަމަށް)

Next

ވަފާތެރިމަވިމޭ ( ފަހުބައި)

Next
July 5, 2017

ވަފާތެރިމަވިމޭ ( ފަހުބައި)

Previews
July 5, 2017

މިލްކު ކޮށްލީ ހިތޭ (ކިޔުންތެރިންގެ ސަމާލުކަމަށް)

31 Comments!

  1. maroon says:
    July 5, 2017 at 9:29 pm

    ?? v loabi

    1. Pinkish says:
      July 5, 2017 at 9:39 pm

      Oww thankx maroon ??

  2. Greeny says:
    July 5, 2017 at 9:34 pm

    Me first nice

    1. Pinkish says:
      July 5, 2017 at 9:42 pm

      Owww thankx darla.. ??

  3. ????? says:
    July 5, 2017 at 9:36 pm

    Vvvv rythi

    1. Pinkish says:
      July 6, 2017 at 2:38 am

      Oww.. thankx darla ??

  4. Pinkish says:
    July 5, 2017 at 9:36 pm

    Hope readers ah kamudhaane kamah.. dnme pinkish kiyaalaafin.. i think ebahuri mistakes thah.. buneladhehcheyy… ebain dww bunevifa kaamil ge bahpa office ey vx.. hehe… sorryy.. next time improve kuraanan.. plx leave a comment.. ???

  5. Afoo says:
    July 5, 2017 at 9:50 pm

    Wow….awesome thnkx 4 the lovely stry pinkish

    1. Pinkish says:
      July 6, 2017 at 2:16 am

      Thankxx darla ??

  6. khajja says:
    July 5, 2017 at 9:56 pm

    Masha allah v rythi v furihama ?? keep it up ??❤?❤???

    1. Pinkish says:
      July 5, 2017 at 10:55 pm

      Thankx khajja.. it means a lott… ??

  7. Reader says:
    July 5, 2017 at 10:18 pm

    Salhi. Hope Maroon ge vaahaka ves v avahah up kohdheyne kamah

    1. Pinkish says:
      July 5, 2017 at 10:56 pm

      Thankx dear ??

  8. Adha? says:
    July 5, 2017 at 10:35 pm

    Aaarchaa! Its really beautiful.. ??? mikahala loabi loabi vaahaka adhives liyahchey.. great work!?❤

    1. Pinkish says:
      July 5, 2017 at 10:59 pm

      Thankxx darla.. ??

  9. Chum handi says:
    July 5, 2017 at 10:57 pm

    amazing

    1. Pinkish says:
      July 5, 2017 at 11:00 pm

      Awwn thankx Chum handi.. ??

  10. Navya says:
    July 6, 2017 at 12:19 am

    Vaahaka v obi?

    1. Pinkish says:
      July 6, 2017 at 12:37 am

      Thank-you so much navya ??

  11. yaanaa says:
    July 6, 2017 at 5:41 am

    Varah reethi pinkish??keep it up?

    1. Pinkish says:
      July 6, 2017 at 10:30 am

      Thankx yaana darl ??

  12. Mee kocheh says:
    July 6, 2017 at 6:07 am

    Thaakun thaakun nujeheey vaahakaeh…. Ewwwwwww….

    1. Pinkish says:
      July 6, 2017 at 10:32 am

      Ohh.. dhn liyaa story eh kamudhaane kamah hykuran.. ??

  13. Mazuw says:
    July 6, 2017 at 1:44 pm

    luv it… varah lwbi

    1. Pinkish says:
      July 6, 2017 at 1:48 pm

      Thankx dear ??

  14. raiii says:
    July 6, 2017 at 8:45 pm

    wowwww

    1. Pinkish says:
      July 7, 2017 at 3:13 am

      Thankxx raiii ??

  15. princess says:
    July 15, 2017 at 10:17 pm

    Wow v reeti ekamaku leena ah adabu deefa ninmmalinama v furihama vees

    1. Ram says:
      October 23, 2017 at 10:24 pm

      Yeah but kuru story eh v ma..

  16. ???? says:
    August 16, 2017 at 10:32 am

    Ram n pinkish….. 1 or 2..

    1. Ram says:
      October 23, 2017 at 10:23 pm

      Ram aslu

Comments are closed.



All Right Reserved!