މިހާރު އެހެރަ މެންދުރު ވިއެވެ. ހެނދުނު އޮފީހަށް އައިގޮތަށް އަދި މި އުޅެނީ ނޭވާލާނެ ވަގުތެއް ވެސް ނުލިބިގެން ނެވެ. މިހާރު ބަނޑުހައި ވެގެން މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. ފޯނުވެސް މިއަދު ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އާނފަހެ ސިކުންތަކު އެއް ފަހަރު އެބަ ރޮއެގަނެއެވެ. އޮފީހުގެ ކޮންމެ މީހަކުވެސް ކަމަކު ބޭނުންވީމަ އެ ގުޅަނީ މަށަށެވެ. ހީވަނީ މަމީ ކުރާނެ ކަމެއްނެތިގެން އުޅޭ މީހެއްހެންނެވެ. ކޮއްކޮ ވެސް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އަދި މިއޮތީ ނިންމަން […]
ފާރިޝް މިދިލިގަހެެއްގައި ލެނގިލައިގެންހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް މުޅި ހަށިގަނޑުވެސް ކުރާ ކަހަލައެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ ކިހާ ހިތާމެރި ކަމެއް ނޫން ހެއްޔެވެ؟ ފާރިޝްއަށް ޖެެހިފައި ހުރި އެޗް.އައި.ވީ ބައްޔަކީ އެއްވެސް ފަރުވާއެއް ނެތް ބައްޔެއްކަން އޭނާއަށް ހަނދާންވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހެން ފަށައެވެ.އެހާ ޒުވާން އުމުރުގައި ދުނިޔެ ދޫކޮށްދާން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ އެދުވަހު މަންމަގެ ބަސް އެހުނުނަމައޭ ފާރިޝްގެ ހިތަށް އަރަމުން ދިޔައެވެ. އިރުގެ ރަން ދޯދިތައް އެންމެންގެ މޫނުމަތިން ދާއޮހޮރުވަމުން ދިޔައިރު ބައެއް ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.އަނެއްބައި ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަ އާއި މޮޅިވެރިކަމެވެ. ފާރިޝްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ ކުލަ ވަރެވެ.އޭ ލެވެލްގެ ހުރިހާ މާއްދާއަކުން ފާސްވީމެވެ. އިމްތިހާނުން ލިބުނު ނަތީޖާ ފުރިހަމަ ކަމުން ރަށް ކައިރި އޮތް ރިސޯޓަކުން ރައްޓެއްސެއްގެ އެހީތެރި ކަމާއެކު ވަރަށް ފަސޭހައިން ވަޒީފާއެއް ލިބުނެވެ.ކިޔަވާނިމުމުން މަސައްކަތެއް ނުކޮށް ހުރުމަށްވުރެއް ރިސޯޓަށް ގޮސް ރުފިޔާކޮޅެއް ހޯދާލުމަކީ މާބުއްދިވެރި ކަމެއް ކަމުގައި ފާރިޝްގެ މަންމަ އަދި ހުދު އޭނާވެސް ދެކުނެވެ. ރިސޯޓަށް ދާން ރަށުން ފުރީ މަންމައާއި ބައްޕަގެ އެތައް ނަސޭހަތެއް އަޑު އެހުމަށްފަހުގައެވެ. ލޯންޗަށް އަރަންދެން ރިސޯޓަށް ގޮސް ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައްތައް ހަނދާން ކޮށްދެމުން ދިޔައެވެ.އެއީ ކޮންކަހަލަ ތަނެއްކަމާއި އެތަނަށް އައިސް ގޮސް އުޅޭނީ ކޮންކަހަލަ ބައެއްކަން ކިޔައި ދެމުން ދިޔައެވެ.އަދި ފެންނަޙާ ކުއްޖަކާ އޭނާގެ މަޢުލޫމާތު ނޭނގި ވާހަކަ ދައްކާ ގައިގޯޅި ނުވުމަށް ނަސޭހަތްތެރިވިއެވެ. ރިސޯޓަށް ފޭބުމާއެކު އެތަނުގެ މެނޭޖަރާއި ސީނިިއާރ ގިނަ ބަޔަކު ފާރިޝްއަށް މަރުހަބާކިޔެވެ.ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖާ ފާރިޝްގެ ލޮލުގައި އަޅައިގަތީ މެނޭޖަރާ ސަލާމްކުރަން އަތް ދިއްކޮށްލިތަނުންނެވެ.އެއީ މިރިސޯޓުގައި މަސައްކަތް ކުރާކުއްްޖެއް ނޫންކަން އެނގުނީ އެތަނުގެ ޔުނިފޯރމް ނުލާހުރުމުންނެވެ.އެއީ ޗުއްޓީއަށް ދަތުރު ހަދައިގެން އައިސް އުޅޭ ކުއްޖެކެވެ.ކައިރީގައި ހުރީ ދޮށީއުމުރުގެ ދެއަންހެނުންނެވެ.އެ އަންހެންކުއްޖާގެ މޫނުމަތިން އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުފެނުނަސް ފާރިޝްގެ ހިތް އޭނާއަށް ދެވިއްޖެއެވެ.ގޮތް ނޭނގުނަސ ލޯބި މިކިޔާ އެއްޗެެއް ވެވިއްޖެއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.ރާޅުޖަހާ އަޑުނޫން އިތުރު އަޑެއް ނީވެއެވެ.މަސައްކަތަށް ނިކުންނަން ޖެހޭ ފުރުތަމަ ދުވަސް ކަމުން މާގިނަ މަސައްކަތެއް ނެތެވެ.ޖެހޭ މަޑު ފިނިވައިރޯޅިތަކުން ހިތްހަމަޖައްސާލަން ޖޯލިފަތީގައި އިށީންތަނާހެން ަެއްކަލަ ނުުދަންނަ ކުއްޖާ ފެނިއްޖެއެވެ.އެލޯތްބަށް ފެންބޮވައިގަނެފަ ހުރިލެއްބޮޑު ކަމުން އެއްވެސް ފަސްޖެހުމެއްނެތި ގޮސް އޭނާގެ އަތުގައި ހިފާފައި ނަން ބުނީމެވެ. އެކުއްޖާ އަތް ދަމާގަންނާކަށް ވެސް ނޫޅުނެވެ.ރައްދުގައި ހީލާފައި ނަންބުންޏެވެ.”ރީޝާ!” ފާރިޝްއަށް އެނަމާއި އެކުއްޖާވެސް ރީތި ވާހަކަ ބުނީ ރީޝާ އާއި ހަތަރު ކަޅިހަމަ ކޮށްފައެވެ.ކޮޓަރިއަށް ގޮސް އެނދުމަތީ ބޭނދުމާއެކު ރީޝާވެސް އިނީ އެކަމަށް ބޭނުންވެފައިކަން އޭނާގެ ދެލޮލުން ހާމަވެގެނ ދިޔައެވެ.ކުޑަވަގުތުކޮޅަކަށް ނަމަވެސް މަންމަ ބުނި ވާހަކަ މަތިން ފާރިޝް ހަނދާން ނެތިއްޖެއެވެ.އެއްވެސް ސަލާމަތީ ފިޔަވަޅަކަށް ބެލުމެއްނެތި އެކަކު އަނެކަކުގެ އެދުން ފުރިހަމަ ކޮށްދިފިއެވެ. ރިސޯޓުގައި މަސައްކަތް ކުރި ތިންމަހުގެ ތެރޭގައި ފާރިޝްއަށް ގޮތް ނޭނގޭ ގޮތްތަކެއް ވާންފެށިއެވެ.ޗުއްޓީ ހޭދަކޮށްލުމުގެ ބަހަނާގައި ލަންކާއަށް ގޮސް ޓެސްޓްތަކެއް ހަދައިފިއެވެ.ނަތީޖާ ލިބުމާއެކު ފާރިޝަގެ މޫނުމަތިން ކުލަ އޮއްސިއްޖެއެވެ.ޖެހިފައި ހުރީ އެޗޮ.އައި.ވީ ބަލިކަން އިނގުމުން ދުނިޔެއިން މޮޔަވި ކަހަލައެވެ.ރަނގަޅަށް ވިސްނާލުމުން އެއީ ރީޝާ ދިން ހަދިޔާއެއްކަން ފާރިޝްއަށް އިނގުނެވެ.މިކަހަލަ ޒަމާނެއްގައި ހުރަސްތަކާއި އެއްޗެހި ލިބެން ހުންނައިރުވެސް އޭގެ ބޭނުން ނުހިފުމުން ފާރިޝް ދެރަވެއްޖެވެ.މިކަހަލަ ބޮޑު ފާފައަކަށް އަރައިގަނެވުނީތީ ލަދުގަތެވެ. ރީޝާގެ ހިނިތުންވުމުގެ މާނަ ފާރިޝްއަށް އިނގުނީ އަދިކިރިޔާއެވެ.ރީޝާގެ ބޭނުމަކީ އޭނާގެ އެބަލި އެހެންމީހުންނަށް ހަދިޔާކުރުމެވެ. މަންމައަށް މިވާހަކަ އެންގީ އޭނާ ރަށަށް އައިސްފައެވެ.މަންމަ އެކަމާ ދެރަވިނަމަވެސް ދެން އެކަމާ ހިތްބަރުނުކުރުމަށް އެދުނެވެ.ވަޒީފާއިންވެސް ވަކިވީ އޭނާގެ ފަރާތުން އެހެން މީހަކަށް ދެރައެއް ނުދިނުމަށެވެ. ފާރިޝް ސިއްސައިގެންގޮސް އަމިއްލަ ދުނިޔެއިން ހޭލެވުނީ މަންމަ އާއި ބައްޕަ ގެއަށް ދާން އައިސް ބުނުމުންނެވެ.ދުނިޔެއިން އޭނާގެ ހަޔާތަށް އިތުރު އުފަލެއް ނުލިބުނަސް މަންމައާއި ބައްޕަ އޭނާއަށް ހިތްވަރުދީ ކައިރީގައި ހުންނާތީ މާތްﷲ އަށް ޝުކުރު ކުރެއެވެ.
ސާދަވިލޭރޭގެ ހަނދުފެނި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ވާހަކަ މީހުން ކިޔާތީ އަޑުއަހާ އުޅެމެވެ. ނަމަވެސް އެހަނދު ފެނުމުން އަހަންނަކަށް އުފާވެރި ކަމެށް ނުލިބެއެވެ. އެ ހަނދު ފެނުމުން އަހަރެންގެ ހިތަށް ލިބެނީ ބަޔާން ކުރަން ނޭނގޭވަރުގެ ހިތްދަތި ކަމެކެވެ. އަހަރެންގެ ހަޔާތުގެ އަދިރި ސަފުހާ ތަކާއި އެ ހަނދާއި ވަނީ ގުޅިލާމެހިފައެވެ. އެ ހަނދު ފެންނަ ކޮންމެފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލައެވެ. އަހަރެންގެ ހަޔާތުގައި އަހަންނަށް ލޯބިވެވުނު ކުއްޖާގެ ހަނދާން ތަކާއި އެހަނދާއި ވަނީ […]
ނީލާ އޭނާގެ އަލަތު ލޯބިވެރިޔާ ނިޝާމްއާ ކައިވެނީގެ ގޮތުން ގުޅުނީ އުމުރުން އެންމެ އަށާރަ އަހަރުގައެވެ. އާއިލާގެ ނުޤަބޫލުގައި ނީލާ އެ ކައިވެނި ކުރީ ނިޝާމްދެކެ ވެވިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ނިޝާމްއާއެކު ބޭއްވުނު އެކަހެރި ބައްދަލުވުންތަކުގައި ކުރެވުނު ފާފައިގެ މަތިއެޅުމަށްޓަކައިވެސްމެއެވެ. ނިޝާމްވެސް ނީލާއާއި ކައިވެނި ކުރީ އޭނާ އެދޭފަދަ ސިފަތަކެއް ނީލާގެ ކިބައިގައި ހުރީމައެވެ. އިންސާނިއްޔަތުކަން ހުރީމައެވެ. ނޫންނަމަ މަލުގެ ފޮނިކޮޅު ބޯލެވުމުން އެފަދަ ގިނަ ފިރިހެނުން މަލަށް ފުރަގަސްދޭނީއެވެ. ކައިވެންޏަށް ތިންމަސްވީއިރު ނީލާ އިނީ […]
ހުއްޓުންއަރާފައި ހުރި މަލާކަށް ސިހުންލިބުނީ އަލޫކް ކުކުރާލުމުންނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަލޫކްގެ ގާތަށްޖެހިލުމަށްފަހު އިޚްތިޔާރުން ބޭރުގައި މަލާކަށް އަލޫކްގެ ނިތްކުރީގައި އަތްޖައްސާލެވުނެވެ. ކުއްލިއަކަށް އަތްދަމައިގަނެވުނީ އަލޫކްގެ ނިތްކުރި ހޫނުކަމުންނެވެ. މުޅިމީހާއޮތީ ހުންއައިސް ތުރުތުރު އަޅާ ޙާލުގައެވެ. އަލޫކަށް އެހީވާން ކިތަންމެ ބޭނުން ނަމަވެސް އެފަދަ ވަގުތެއްގައި ދެމީހުން އެތަނުން ފެނުމުން ވެދާނެ ގޮތަކާއި އަބުރަށް ލިބިދާނެ ހުތުރަކަށްޓަކައި މަލާކް ހިތާދެކޮޅަށޤ މަޑުމަޑުން، ފަރުވާތެރިކަމާއެކު ސިޑިން އަރަން ފެށިއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން މަލާކްގެ ގިޔުޅު އަތުކުރީގައި ހިފުމާއެކު […]
އާފުރެމުން ގަލަން އެނދުމަތީގައި ބޭއްވުމަށްފަހު ގަޑިއަށް ބަލައިލީމެވެ. ގަޑިން މެންދަމުން އަލިވެ ދޭއްޖެހީއެވެ. ލޮލުން ފައިބަމުން ދިޔަ ޝަބްނަމް ކަރުނަ ތިކިތަށް ފޮހެލަމުން އަހަރެން ކުރިމަތީގައި އޮތް ޑައިރީއަށް މާނައިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ޑައިރީ ލައްޕާލިއެވެ. ” މާދަމާ ވެސް އީޝަލް އަށް މި ޑައިރީ ފެނިއްޖެ ނަމަ، އޭނަ އަހަންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ” އަހަރެންގެ ހިތަށް އަރާ ފައިބަމުން ދަނީ މި ސުވާލެވެ. އަހަރެން އޮތީ ޑައިރީއަށް ބަލަ ބަލަ […]
އެޕާރޓްމެންޓް ހުޅުވާލުމަށްފަހު މަލާކް ސޫޓްކޭސް ގެންގޮސް އޭނާގެ ނަންޖަހާފައިވާ ކޮޓަރީގައި ބެހެއްޓިއެެވެ. އަދި އެއަށްފަހު ކޮޓަރި ތަރުތީބުކޮށް ނިންމާލައިގެން އައިސް ކާއެއްޗެއް ހެދުމުގެ މަސައްކަތް ފެށިތަނާ ބެލް ޖެހެންފެށިއެވެ. “ހެއި…އައިއެމް ނުހާ..ނައިސް ޓު މީޓް ޔޫ..ރާއްޖެ ކުއްޖެއްދޯތީ؟” ކުރިމަތީގައިހުރި އަންހެންކުއްޖާ ރީތި ހިނިތުންވުމަކާއެކު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ރައްދުގައި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މަލާކްވެސް ސަލާމްކޮށްލއެވެ. ނުހާ ކޮޓަރި ރަމަތަ ކުރަމުން ދިޔައިރު މަލާކްވެސްއޭނާއަށް އެހީވިއެވެ. ދެމީހުންއެކުގައި ހަވީރުގެ ސަޔަށް ސޭންޑްވިޗް ތައްޔާރުކޮށްލައިގެން ތިބެ އެތައް ވާހަކަ ތަކެއް […]
މެޑްރިޑްގެ އެއަރޕޯރޓުގެ އެރައިވަލްސް ދޮރާށިން ނުކުމެެެގެން އައި މަލާކް މުޅިތަނަށް ލޯހިންގާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މައިންބަފައިންގެ ހުވަފެން ތަކުގައި ކުލަޖެއްސުމަށްޓަކައި ޤައުމަށް ޚިދުމަތްކުރުމަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް އޭނާ ޑޮކްޓަރުކަން ކިޔަވަން އެއައީ ވަރަށް ބޮޑު އުންމީދަކާއި އެކުގައެވެ. ބޯޑެއްގައި އޭނާގެ ނަން ލިޔެލައިގެން ހުރި ފިރިހެންކުއްޖާ ފެނުމުން އޭނާ ސޫޓްކޭސް ހިފައިގެން އަވަހަށް މިސްރާބުޖެހިއެވެ. “އައްސަލާމްޢަލައިކުމް..އަޅުގަނޑަކީ މީ މަލާކަކީ..” މަލާކް ސަލާމްކޮށްލަން އަތްދިއްކޮށްލުމުން ފަރުވާ ކުޑަ ގޮތަކަށް ސަލާމްބަލައި ގަތުމަށްފަހު އެޒުވާނާ މަލާކަށް އޭނާގެ ފަހަތުން […]
އިރު އުދަރެހާ ތޮޅެމުން ދިޔައިރު ރަތްވިލާތަށްވެސް ދިޔައީ ބައިވެރިވަމުންނެވެ. ހިތްފަސޭހަ ވައިރޯޅިތަކާއިއެކު ރުކުގެ ފަންތަށް ހެލޭތީ ރީތި ރާގެއް ކުޅޭހެން ހީވެއެވެ. ހިތްތަކަށް ހިތްހަމަޖެހުން ގެނުވައިހައި އެ މާހައުލު ހިތްގައިމެވެ. ނަމަވެސް އޭނާގެ ހިތަށް ހިތްހަމަޖެހުން ނުލިބެނީ ކީއްވެގެން ކަމެށް ނޭންގެއެވެ. ޝާހިލް އިނީ ކަރުނުން ދެލޯ ފުރިފައެވެ. އަމިއްލަ ނަފްސުދެކެ ފޫހިވެފައެވެ. އެހެންމީހުންނަށް ބޮޑު އުނދަގުލަކަށް ވެފައިވާކަން އޭނާއަށް ގަބޫލުކުރެވެއެވެ. މިއީ އޭނާގެ ވިސްނުން ހުންނަ ގޮތެއްނޫނެވެ. ހަޔާތުގެ ހަންހާރައާއި އުފަލުން ފުރިފައިވާ ދުވަސްތަށް ވޭތުކުރުމުގެ […]