Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އުއްމީދު……..

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 6, 2018 2 Mins Read
11 Comments

މިހާރު އެހެރަ މެންދުރު ވިއެވެ. ހެނދުނު އޮފީހަށް އައިގޮތަށް އަދި މި އުޅެނީ ނޭވާލާނެ ވަގުތެއް ވެސް ނުލިބިގެން ނެވެ. މިހާރު ބަނޑުހައި ވެގެން މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. ފޯނުވެސް މިއަދު ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އާނފަހެ ސިކުންތަކު އެއް ފަހަރު އެބަ ރޮއެގަނެއެވެ. އޮފީހުގެ ކޮންމެ މީހަކުވެސް ކަމަކު ބޭނުންވީމަ އެ ގުޅަނީ މަށަށެވެ. ހީވަނީ މަމީ ކުރާނެ ކަމެއްނެތިގެން އުޅޭ މީހެއްހެންނެވެ. ކޮއްކޮ ވެސް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އަދި މިއޮތީ ނިންމަން އޮތްހާ މަސައްކަތެވެ. ބޭންކަށް ގޮސް ޗެކުތައްވެސް ހަވާލު ކުރަން އެބަޖެހެއެވެ! ބިޑަށް ވެސް ދާން އެބަ ޖެހެ އެވެ! ނުވިތާކަށް ކޮއްކޮ ސެލޫނަށްވެސް ގެންދަން ޖެހޭނެ އެވެ. އެހެންނޫނީ މިރޭ ކާން ލިބޭނެ ކަމެއްވެސް ނޭނގެއެވެ. ބޯ ހަލާކުން ހަލާކެވެ. މިއަދުގެ ޕުރެކްޓިހަށްވެސް ނުދެވޭނެ އެވެ.

އަނެއްކާވެސް ކޮއްކޮ އެ ގުޅަނީ އެވެ. އޮފީހަށް އައި ފަހުން ފަންސާހަކަށް ފަހަރު ގުޅާފިއެވެ. އޮފީސް މީހުން ވެސް އެވަރަށް އެބަ ގުޅައެވެ. ވަނީ ވެސް އެހެންތާ އެވެ! އަހަރެން މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއް ގައެވެ. އެވެސް ބޮޑުބޭބެ ގެ ދޮށީ ފިރިހެން ދަރީ ގެ އޮފީހުގައެވެ. އެވެސް ވަރެއްގެ މީހެކެވެ. އޮފީހުގައި މަސައްކަތްކުރަނީ ހުސް ތިމާގެ މީހުންނެވެ. އެ މީހުން ކުރަން ޖެހޭ މަސައްކަތްތައް ވެސް ހަވާލު ކުރަނީ އަހަންނަށް ށެވެ. އޮފީސް މަސައްކަތުގެ އިތުރުން އެމީހުން ގެ އަމިއްލަ ކަންތައްތައް ކުރެންވެސް އަހަންނާ ހަވާލު ކުރެއެވެ. އެ މީހުން ބުނުމުން ނުކޮށްދީ އެއްވެސް ނުވެއެވެ.

އަހަންނަކީ މަންމަ އާއި ބައްޕަ ގެ ތިން ދަރިން ގެ ތެރެއިން ހަމައެކަނި ހުރި ފިރިހެން ދަރިއެވެ.އެހެންކަމުން އެ މީހުން ގެ ކަންތައްތައް ވެސް ކޮށްދޭންޖެހެނީ އަހަންނާއެވެ. ބަލިވެގެން މާލެ އަޔަސް ހޮސްޕިޓަލަށް ގެންދަން ޖެހެނީ އަހަންނަށެވެ. ރަށަށް އެއްޗެއް ފޮނުވަންޖެހުނަސް ފޮނުވަންޖެހެނީ ވެސް މަށަށެވެ. އަހަރެން ކިޔަވަން އުޅުނު އިރު ވެސް އުޅުނީ މިހާލުގައި އެވެ.ރަށުން އޯލެވެލް ހެދުމަށް ފަހު މާލެ އާއި ސީ.އެޗް.އެސް.ސީ އިން އޭލެވެލް ހަދާށެވެ. ކިޔެވުމަށް ވުރެ ބޮޑަށް ޖެހުނީ މީހުން ގެ ކަންތައްތައް ކޮށްދޭ ށެވެ. އެހެންކަމުން އޯލެވެލްގައި ލިބުނު މޮޅު ނަތީޖާއެއް އޭލެވެލް ގަ އެއް ނުލިބުނެވެ.

އަހަރެން އޭލެވެލް ގައި ކިޔަވަމުން އައި އިރު ވެސް އެއްވަނަ ޑިވިޝަންގެ ކުލަބަކަށް އަހަރެން ކުޅުނީ މެވެ. ނަމަވެސް އުޅެން ޖެހުނުލެއް ބުރަ ކަމުން ރަށު ގައި ކުޅުނުހާ މޮޅަކަށް ނުކުޅެވުނެވެ. އެހެންވެ ގިނައިން ހުންނަންޖެހުނާ ބެންޗުގައެވެ.

އަހަރެން އޭލެވެލް ނިންމިތާ އަދި މިވީ އެންމެ އަހަރެކެވެ. ނަމަވެސް އޮފީހު ގައި އުޅެން ޖެހެނީ ތަޖުރިބާކާރެއް ހެންނެވެ. އަހަރެން މާލެ ގައި މި މަސައްކަތް ކުރަނީ ހަމަ އެންމެ ސަބަބަކަށްޓަކައި އެވެ. އެއީ އަހަރެން އެންމެ ކުޑަ އިރުން ސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެވެ. ހުރިހާ ކަމަކަށް ކެތްކޮށްގެން ވެސް މި ހުންނަނީ އެހެންވެއެވެ.  އުއްމީދަކީ ކޮންމެ ވެސް އެއް ދުވަހަކުން އަހަރެން ގެ ހުވަފެން ހަގީގަތަކަށް ވުމެވެ.

(ނިމުނީ)

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވެވުނު ލޯބި

Next

ތަޤްދީރު (28)

Next
April 6, 2018

ތަޤްދީރު (28)

Previews
April 6, 2018

ވެވުނު ލޯބި

11 Comments!

  1. Any says:
    April 6, 2018 at 4:43 am

    ?????

  2. Nafoo says:
    April 6, 2018 at 9:31 am

    Nice.. Thankolheh dhigu koh story liyuni nama mi ah vure rythi vaane…..gud luck..?

    1. Baby girl says:
      April 6, 2018 at 9:33 am

      Thank you nafoo

  3. Mrs says:
    April 6, 2018 at 11:33 am

    Furathama vaahaka tha??? Sifakurunthah ithurukohlyma varah furihama vaane… Mihaaru ves Hama varah salhi… Dhn genesdhyfa in goiyy varah majaa..? Hama varah salhi vaahaka eh overall koh… Dhigu kolli nama varah furihama vaane…? avas musthaqbalegga ehn vaahakaeh kiyaalan libeyne kamah ummeedhu kuran…❤️❤️❤️

  4. lotus says:
    April 6, 2018 at 11:55 am

    Baby girl.. name ingothun ahaalee… how old r u..???

    1. Baby girl says:
      April 6, 2018 at 8:11 pm

      17 y

  5. inan says:
    April 6, 2018 at 2:23 pm

    Reethi vaahaka eh.. 🙂 ekam thankolheh dhigu kolli nama varah furihama vees.. adhi sifakurunthah gina kollaa.. in sha allah, eyrun vaahaka varah reethi vaane.. mihaaru ves hama varah reethi mi vaahaka… 🙂 dhn vaahaka varah kamudhiya majaa koh genesdhyfa huryma.. hama hini aadhevey faharu aadhey.. hehe.. kuriyah oiyy thaa Baby girl ge vaahaka thah fennaane kamah ummeedhu kuran.. miee first story tha mi site ga liyaa?

  6. Buddy? says:
    April 6, 2018 at 7:39 pm

    Wow.. Amaxin.. thankolheh dhigu kolli nama hama best.. bt adgi ves salhi ingeyy.. kuru koh foni koh genes dheefa ineema salhii… Ithuru vaahaka akah unmeedhu kurann… Good Luck baby girl ???

  7. Baby girl says:
    April 6, 2018 at 8:12 pm

    Thank you all Imsha Allah varah avahah vaahakaeve eh genesdheynan

  8. faa says:
    April 6, 2018 at 10:36 pm

    V nice mashaa allah

  9. Hidhuu says:
    April 7, 2018 at 1:24 pm

    Salhi.. vrh vrh salhii.. Best Of Luck Baby Girl ☺❤❤ Kuda koh dhigu kolli nama okai vaane.. mi ah vureh ves..

Comments are closed.



All Right Reserved!