Skip to content
އެސްފިޔަ

ލަދަކާ ހުރެ ތަދެއް ނުފިލާނެ

އާފުރެމުން ގަލަން އެނދުމަތީގައި ބޭއްވުމަށްފަހު ގަޑިއަށް ބަލައިލީމެވެ. ގަޑިން މެންދަމުން އަލިވެ ދޭއްޖެހީއެވެ. ލޮލުން ފައިބަމުން ދިޔަ ޝަބްނަމް ކަރުނަ ތިކިތަށް ފޮހެލަމުން އަހަރެން ކުރިމަތީގައި އޮތް ޑައިރީއަށް މާނައިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ޑައިރީ ލައްޕާލިއެވެ.

” މާދަމާ ވެސް އީޝަލް އަށް މި ޑައިރީ ފެނިއްޖެ ނަމަ، އޭނަ އަހަންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ” އަހަރެންގެ ހިތަށް އަރާ ފައިބަމުން ދަނީ މި ސުވާލެވެ. އަހަރެން އޮތީ ޑައިރީއަށް ބަލަ ބަލަ އެވެ. މިހެން އޮއްވާ މަންޒަރު ފުސް ވެ މުޅި ތަން އަނދިރި ވީ އެވެ. ނޫނެކެވެ. އަހަންނަށް ނިދުނީއެވެ.

ްއަހަރެންގެ ޑައިރީގައި ވަނީ ކޮން އެއްޗެއް ތޯ ހުދު ކިޔުންތެރިންނަށް ވެސް ސުވާލު އުފެދިއްޖެ ދޯއެވެ؟ އެންގެން ބޭނުން ނަމަ ކިޔުމަައިގެން ކުރިއަށް ގެންދަވާށެވެ. މި ކިޔާލަ ދެނީ އެވެ.
އަހަންނަށް ހޭލެވުނީ ދޮރުގައި ޓަކިދޭންފެށުމެވެ. އަވަސް އަވަހަށް ގަޑިއަށް ބަލާލުމަށްފަހު ފުންމައިގެން ތެދުވީއެވެ. އޭރު އަހަރެންގެ މަންމަ ކޮލެޖަށް ދާ ގަޑި ޖެހެނީ ކަމުގައި ބުނުމުން ތެދުވެގެން ގޮސް ދޮރު ހުޅުވާލީމެެވެ. މަންމަ ހެވިލާފައި ފެންވަރަން ދިއުމަށް އެދުމުން އަހަރެން އަވަސް އަވަހަށް ތުވާލި ހިފައިގެން ފާހަނާއަށް ވަދެ ތައްޔާރުވެލައިގެން ކޮލެޖަށް ދިއުމަށް ގެއިން ނިކުތީމެވެ.

ޒީނަތު ގެއިން ނުކުތުމަށްފަހު ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ ގިރުވާން ރީތި ކޮށްލުމަށް ފަހު އަވަސް ހިނގުމެއްގައި ކޮލެޖަށް ދިއުމަށް މިސްރާބު ޖެހީމެވެ.

ހެންވޭރު ސަކީނާ މަންޒިލާ އަރާ ހަމަވުމުން އަހަންނަށް ފުންނޭވާ އެއް ލެވުނެވެ. އެއީ އަހަރެންގެ ކޮލެޖް ހުންނަ އިމާރާތެވެ. “މައި ކޮލެޖް” ގެ ނަން ބޯޑަން ބަލަހައްޓައިގެން ކުޑަ އިރުކޮޅަކު ހުރުމަށްފަހު އަވަސް އަވަހަށް އެތެރެއަށް ވަދެ ލިފްޓަށް އަރާ ތިން ވަނަ ފަންގި ފިލާއަށް އެރީމެވެ. އެޑްމިން ކައުންޓަރަށް ގޮސް ކޯސް ފީ ދެއްކުމަށް ފަހު އަހަރެން ވަނީ އަހަރެންގެ ކްލާސް އޮންނަ ލެކްޗާރ ހޯލް އަށެވެ.

ްޗުއްޓީއަކަަށް ފަހު ކުލާހަށް އައި އިރު، ކުރިން ކުލާސްގައި ނެތް ދެތިން ކުއްޖަކު ކުލާހަށް އިތުރުވެފަ ތިއްބެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ރަތް ޝޯލް އެއް އަޅައިގެން އިން ލޯބި ލޯބި އަންހެން ކުއްޖެކެވެ. ފަރަތަމަ ފެނިލިމުން ވެސް އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ. އެއީ ހޫރު ޕަރީ އެއް ފަދަ ޖިންސުއްލަތީފެކެވެ.

ކުލާސް ފެށުމުގެ ކުރިން ލެކްޗަރާރ އެދުނީ އެކަކު އަނެކަކަށް ތަޢާރަފު ވެލުމަށެވެ. އަހަރެން ހުރީ އެ މަންޖެގެ ތައާރަފަކަށް ފެންބޮވައިގަންފައެވެމ އަހަރެންގެ ކަރު ހިތްކުން ފިލުވާލީ މާ ލަސްތަކެއް ނުވެ އެވެ. އެއީ އީޝަލް އެވެ. އުމުރުން އަހަންނަށް ވުރެ ދެ އަހަރު ހަގެވެ. އަހަންނަށް މިހާރު އެކާވިސް އަހަރު ފުރިއްޖެއެވެ.

ކުލާސް ނިންމާލާފައި ގެއަށް ދާން ހިނގައިގަތީ އާދައިގެ މަތިން އަހަރެންގެ ކުލާސް ކުއްޖެއް ކަމަށް ވާ ނިހާން އާއި އެކީއެވެ. ” އޭ.. ބުރޯ.. ހިނގާބަ މިތަނަށް ކޮފީއަކަށް އަރާލާފަ ދާން” ކުރިމަތީ ހުރި ކެފޭ އަކަށް އިޝާރާތް ކޮށް އަހަރެން ބުނެލީމެވެ. ދެމީހުން ގޮސް މޭޒެއް ކައިރި އިށިއިނީމެވެ. އަދި ވެއިޓަރަށް ގޮވާ ކޮފީއަށް އޯޑަރު ދިނީމެވެ. އެއަށް ފަހު މިއަދު ކުލާހުގައި އިން މަންޖެގެ ވާހަކަ ނިހާން ގާތު ބުނީމެވެ. ” ކަލޯގަޔާ… ލޯބި ބިޓެއް. މަށަށް އޭނަ ދެކެ ލޯބި ވެވިއްޖެ ” އަހަރެން މިހާ ހިސާބަށް ބުނުމުން ނިހާން ހިނިގަނޑެއް ޖަހާލިއެވެ. ” އޭއް… މަޖާނުވެ، ސީރިއަސް ވެބަ… ކައޭ ވާނެ މަށަށް އޭނަ ސެޓް ކޮށްްލަ ދޭން އިނގޭ؟ ” ” އޭތް … ކައޭ އަމިއްލަ އަށް ތިކަން ކުރަން މަށަށް ފެންނަނީ… މާ ލަދުން އުޅެގެން ނުވާނެ… ލަދަކާ ހުރެ ތަދެއް ނުފިލާނެ ” އަހަރެން އެހެން ބުނުމުން ނިހާން ބުނެލިއެވެ.

ނަމަވެސް އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މިވާހަކަ އީޝަލް ގާތު ބުނަން އަހަރެން ޖެހިލުންވެއެވެ. ކިލާސް ކުއްޖަކަށް ވެފައި، އޭނަ އަހަންނަށް ދީފާނެ ޖަވާބަކަށް ވިސްނާފައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އީޝަލް އާއި އަހަރެން ކޮލެޖުން ދިމާވާ ވަގުތުތަކުގައި އަހަންނަށް ވަމުން އައި ގޮަތް ގޮތް މި ޑަައިރީގައި އައީ ލިއަމުންނެވެ.

ހިތަށް އަރައެވެ. އީޝަލް އަށް މި ޑައިރީ ފެންނާނެ ނަމައެވެ. އަހަރެން މާ ލަދު ގަންނަނީއެވެ.

Comments (12)

  1. unique

    hahahah…. aslu miee mihaaru emmenge ves haalu dhw

  2. mishy

    Haha… loll… dhn dhwh… hrdha ladhu ganna miihek… hahha… vrh reethi mi strii… vrh dhuas vejje zidhrn ge strii akh waitt kurrthr… nd finally… ly…waitin 4 ur nxt strii..

  3. mishy

    Hahah…. lol… vrh dhuas vejje xidhrn ge strii akh wait kurr thr… nd finally..vrh reethi mi strii s… waitiin 4 ur nxt strii… ly…♥♥

  4. ކޮންމެސް މީހެއް

    ކޮން ޒީނަތެއް ތަ؟ މީ ވަހަކަ.ކޮމް ގަ އަސްލަމް ލިޔެފަ އިން ވާހަކައިގެ ފެށުން ކޮޕީކޮށްފަ.

    1. Partey
      ކޮންމެސް މީހެއް

      bro zidhaan ge vaahaka thakah comment nukohba.. hajam nuvanyaa….

    2. Teacher
      ކޮންމެސް މީހެއް

      hajam nuviyas boduvaru…

  5. lotus

    Alhey.. story ga ulhey boy sounds soooo cute? kihinebaa vaanee… waiting for the next part.. kon irakun kiyaalan libeynee?

  6. NASH

    varah salhi…next part avahah up koh dheyythi ingeyy…waitin……gud luck zidhan

  7. Lily

    Mives dhn vaahaka eko????

  8. Lamsha

    Hehehe… Story varah reethi. I love ur all the story’s… Keep it up. Nd gud luck?

  9. luv queen

    : ) nice

  10. Kooji

    haadha kurey

Comments are closed.