Skip to content
އެސްފިޔަ

ލޯބި ވިޔަސް…

ސާދަވިލޭރޭގެ ހަނދުފެނި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ވާހަކަ މީހުން ކިޔާތީ އަޑުއަހާ އުޅެމެވެ. ނަމަވެސް އެހަނދު ފެނުމުން އަހަންނަކަށް އުފާވެރި ކަމެށް ނުލިބެއެވެ. އެ ހަނދު ފެނުމުން އަހަރެންގެ ހިތަށް ލިބެނީ ބަޔާން ކުރަން ނޭނގޭވަރުގެ ހިތްދަތި ކަމެކެވެ. އަހަރެންގެ ހަޔާތުގެ އަދިރި ސަފުހާ ތަކާއި އެ ހަނދާއި ވަނީ ގުޅިލާމެހިފައެވެ. އެ ހަނދު ފެންނަ ކޮންމެފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލައެވެ. އަހަރެންގެ ހަޔާތުގައި އަހަންނަށް ލޯބިވެވުނު ކުއްޖާގެ ހަނދާން ތަކާއި އެހަނދާއި ވަނީ ގުޅިފައެވެ.
އަހަންނަކީ ކުށްވެރިޔަކީމެވެ. އެކަނިވެރިޔަކީމެވެ. ހަލާކުވެ ވީރާނާ ވެފައިވާ ހިތެއްގެ ވެރިޔަކީމެވެ. އަހަރެންގެ ވަށައިގެން އަބަދުމެވަނީ ނުތަކަވަސް ކަމާއި ހިތްދަތި ކަމެވެ. ކަރުނަ އަޅާ ރުއިމަކީ އަހަރެންގެ އާދައަކަށް މިހާރުވަނީ ވެފައެވެ. މި ހާލުގައި އަހަރެން ޖެއްސީ ވެސް ޙުދު އަހަންނެވެ. އަހަރެންގެ އެކަނިވެރިކަމަކީ އަހަރެންގެ މާޒީ ނަގައިދިން ފިލާވަޅު ތަކުން ނެގުނު އިމްތިހާނުގެ ނަތީޖާއެވެ.
އާއެކެވެ. ކުށްކުރީ އަހަންނެވެ. އެ ކުއްޖާގެ ހިތް ފުޑުފުޑު ކޮށްލީ ވެސް އަހަންނެވެ. އަހަރެން އެކަން ގަބޫލު ކުރަމެވެ. ނަމަވެސް އެއީ އެކުގައި އުޅުނު ދައްތައެއްގެ މަކަރުވެރި އެއްބަސް ވުމަކާގުޅިގެންނެވެ. އެކުއްޖާ އަށް ނޭނގޭ ކަމަކީ އެއީ އެވެ.
ކުރިން އަހަރެން އޭނާ ދެކެ ލޯބި ނުވަމެވެ. އަހަރެން އޭނާ ދެކުނީ ހަމައެކަނި އެކުވެރިއެއް ގޮތުގައެވެ. އަހަރެން ހީކުރީ އޭނާ ވެސް އަހަރެން ދެކޭނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ. ދައްތަގެ އެއްބަސް ވުމަށް އާ ބަސް ބުނެ ރައްޓެހިވާން އެހީވެސް އެހެންވެގެންނެވެ.
އަހަރެން ހީކުރި ގޮތާ ޙިލާފަށް އޭނާ އަހަރެންގެ ” ލޯބި ” ޤަބޫލުކުރިއެވެ. ކުޑަ އިރުއްސުރެ އަހަރެން ދެކެ ލޯބިވާ ވާހަކަ އޭނާ އަހަރެން ގާތު ބުންޏެވެ. މި ސަބަބަށްޓަކައި އަހަރެން ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް ނޭނގޭ އެހެން ސަބަބަކަށް ޓަކައި އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އެ ރެއަކީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ރޭ ކަމަށް އޭނާ ބުނީ ދެން ވާން އޮތް ކަންތަށް ރޭކާވެސް ނުލާ ހާލުގައެވެ.
އަރައިގެން އައި އިރާ އެކު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައީ ހިތްދަތި ކަމެވެ. އޭނާގެ ލޯބިވާ ބޭބެ މަރުވި ވާހަކަ ރަށު ތެރެއަށް ފެތުރިގެން ދާން އެއްގަޑިއިރު ނެގިހެން އަހަންނަކަށް ހިއެއް ނުވެއެވެ. ތުންތުން މަތިން އެވާހަކަ އަހަންނާއި ހަމައަށް އައީ އެކި ގޮތް ގޮތަށެވެ. އެތަނުން ގަބޫލު ކުރަންވީ ކޯއްޗެއް ކަން އަހަންނަކަށް ނޭނގެއެވެ.
އޭނާގެ ބޭބެ މަރުވި ވާހަކަ އަހަރެން ގާތުގައިބުނީ އަހަރެންގެ މަންމައެވެ. އެވާހަކަ އަހަންނަށް އެގުމުން އަހަރެން ވަރަށް ދެރަވިއެވެ. އޭނާ ދެރަވާނެ ވަރު ހިތަށް އަރާފައި ރޮވުނެވެ. މިހުރިހާ ވާހަކައެއް އަހަރެންގެ ދައްތައަށް ހިއްސާކުރީމެވެ. ދަށްތަގެ ނުބައިކަން އަހަންނަށް އެގުނީ ދެނެވެ.
އެއް ހަފްތާ ވަންދެން އޭނާ އާ ރަށްޓެހިވެގެން އުޅުމަށް ދައްތަ އަހަންނަށް އަމުރު ކުރިއެވެ. އަދި އެ ހަފްތާ ނިމުމުން އޭނަ ދޫކޮށްލުމަށް ވެސް އަހަންނަށް އަމުރު ކުރިއެވެ. މިކަން މިހެން ނުކޮށްފިނަމަ “މިވެނި ކަމެށް ކުރާނަމޭ” ބުނެ އަހަންނަށް ބިރުދެއްކިއެވެ.
ދެން ކަންތަށް ވެގެން ދިޔައީ އަހަރެން ދުވަހަކުވެސް ހީކުރި ގޮތަކަށް ނޫނެވެ. ރެއާއި ދުވާލު އަހަންނަށް އޭނާ އާއި މެދު ވިސްނެން ފެށުނެވެ. އޭނާ އުޅޭނެ ހާލަކާއި މެދު ވިސްނި ކަންބޮޑުވާން ފެށުނެވެ. ނޭނގި ހުރެ އޭނާ ދެކެ އަހަންނަށް ލޯބިވެވުނެވެ.
ހަފްތާ އެއް ފާއިތުވެގެން ދިޔައިރު ވެސް އަހަންނަށް އޭނާ ދޫކޮށެއް ނުލެވުނެވެ. ދައްތައަށް މި ވާހަކަ އެގުމުން ދައްތަ އަހަރެންދެކެ ވަރަށް ރުޅި އައެވެ. އަހަންނާ ދިމާލަށް އެއްޗެހި ގޮވާ އަހަރެން ރޮއްވާ ހެދިއެވެ. އަދި ނުވިތާކަށް އަހަރެން ނުކުރާ ކަންތަކުގެ ވާހަކަ މީހުން ކައިރީގައި ދައްކާ އަހަރެން ބުދުނާމަ ކޮއްލިއެވެ. އެރޭގެ އެ ހަނދު ކުރިމަތީގައި އަހަރެންގެ ހިތް ފުޑުފުޑު ކޮށްލިއެވެ.
އޭނާ ކައިރީގައި ލޯބި ނުވެޔޭ ބުނީ އަހަރެންގެ ދައްތަ އެވެ. އަހަރެންގެ ފޯނުން އޭނާއަށް މެސެޖުކޮށް އަހަރެން ދޫކޮށް ލުމަށް އޭނާ ގާތުގައި އަހަރެންގެ ދައްތަ ބުންޏެވެ. އޭނާ ހީކުރީ އޭނާއާ ދިމާލަށް އެހުރިހާ އެއްޗެއް ބުނީ އަހަރެން ކަމަށެވެ. ވާނުވާ ނޭނގި ހުރެ އެތަށް އެއްޗެއް އޭނާ އަހަންނާ ދިމާލަށް ބުންޏެވެ. އަހަންނަށް ކުރެވުނު ކަމަކީ ރުއިމެވެ.
އަހަންނަށް ކުށްވެރި ކުރެވުނީ އަހަރެންގެ އަމިއްލަ ނަފުސެވެ. ދައްތަގެ އެނުބައި ރޭވުމަށް އާ ބަސް ނުބުނި ނަމަ އެހެން ނުވީސް ހެއްޔެވެ.
އަދިވެސް އަހަރެން އޭނާ ދެކެ ލޯބިވެއެވެ. އުމުރަށް ވެސް ލޯބިވާނަމެވެ. އަބަދުވެސް ދެކެން އެދެނީ އޭނާގެ ސޫރައެވެ. ހަނދު ފެންނަ ކޮންމެ ފަހަރަކު މާޒީގައި އޭނާއާ އެކު ހޭދަވި ދުވަސްތަށް ލޮލަށް ސިފަވެ ރޮވެއެވެ.
ނަމަވެސް މި ކަން އެނގެނީ އަހަންނާއި އަހަރެންގެ ދައްތައަށް އެކަންޏެވެ. ދެން ﷲ އަށެވެ. އެހެންމީހުންނަށް އަހަރެން ފެންނަނީ ހަމަ އާދައިގެ އުފާވެރި ދިރިއުޅުމެއްގެ ވެރި މީހެއްގެ ގޮތުގައެވެ. އަހަރެން ހިތާމަ ކުރާވަރު އެކަކަށް ވެސް ނޭނގޭނެއެވެ. އެހުރިހާ ކަމެއް ވަނީ އަހަރެންގެ ހިތުތެރޭގައި ކަޝްފު ކުރެވިފައެވެ.
އަހަރެންގެ ސިކުޑީގައި އަބަދުމެ ވަނީ އޭނާގެ ހަނދާން ތަކެވެ. އެ ހަނދާން ތައް އަހަރެންގެ ސިކުޑިން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އުމުރަށް އޭނާ ދެކެ ލޯބިވާނަމެވެ. އިންތިޒާރު ކުރާނަމެވެ. މާޒީ އަހަންނަށް ނަގައިދިން ފިލާވަޅު ތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލާނަމެވެ.

Comments (24)

  1. laurdiy

    Yey me first v reethi love you ❤❤❤❤

    1. Aani
      laurdiy

      thank you

  2. talent?

    your story is amazing.
    Ur 13 dhww.. u have talent…good job…

    1. Aani
      talent?

      thankyou

  3. lotus

    story v nice.. its a good piece of writing considering yo age.. m sure u can become a successful writer if u keep trying n moving forward? my best wished for u dear.. but i wanted to know wat exactly was the plan of the sister in the story n y she did it… best of luck aani???

    1. Aani
      lotus

      well.. the girl was prettier than the sister , she was really jealous of her.. thats why she tried to ruin her life and sadly she achived it…
      and thank you soooooooo much

  4. lotus

    One more thing, thankolhe bodah haadhisaa aka vaakahala kameh adhi kunneh vaahakaigaa himanaalumum vaahaka ithura furihama vaane???.. waitin for yo next story

    1. Aani
      lotus

      thank you ..
      i will do my best to improve that…
      i really appreciate your comment..

  5. Nadha

    Wow amazing. You have the talent. Looking forward for more amazing stories from u in the future.good luck.

    1. Aani
      Nadha

      thank you..

  6. Zaee

    Vaanuvaa eh neyge.. so sad???

    1. Aani
      Zaee

      ahaha..
      okey??
      BTW thanks for reading …

  7. Rishy

    ??Good? keep it up

    1. Aani
      Rishy

      thank you

  8. maldha

    Knmex vareh vey but u can improve it

    1. Aani
      maldha

      thanks
      i will try to improve it

  9. Zaaaai

    V reethi mivaahakavexx
    And I know who it is
    ?

    1. Aani
      Zaaaai

      thank you

  10. Zaaaain

    Story is amazing
    And thank you
    ??

    1. Aani
      Zaaaain

      thank you …
      but for what are you saying thanks???

  11. snow

    vv reethi ???

    1. Aani
      snow

      thank you

  12. sharu

    vvv reethi

    1. Aani
      sharu

      thank you

Comments are closed.