ފާރިޝް މިދިލިގަހެެއްގައި ލެނގިލައިގެންހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް މުޅި ހަށިގަނޑުވެސް ކުރާ ކަހަލައެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ ކިހާ ހިތާމެރި ކަމެއް ނޫން ހެއްޔެވެ؟ ފާރިޝްއަށް ޖެެހިފައި ހުރި އެޗް.އައި.ވީ ބައްޔަކީ އެއްވެސް ފަރުވާއެއް ނެތް ބައްޔެއްކަން އޭނާއަށް ހަނދާންވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހެން ފަށައެވެ.އެހާ ޒުވާން އުމުރުގައި ދުނިޔެ ދޫކޮށްދާން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ އެދުވަހު މަންމަގެ ބަސް އެހުނުނަމައޭ ފާރިޝްގެ ހިތަށް އަރަމުން ދިޔައެވެ. އިރުގެ ރަން ދޯދިތައް އެންމެންގެ މޫނުމަތިން ދާއޮހޮރުވަމުން ދިޔައިރު ބައެއް ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.އަނެއްބައި ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަ އާއި މޮޅިވެރިކަމެވެ. ފާރިޝްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ ކުލަ ވަރެވެ.އޭ ލެވެލްގެ ހުރިހާ މާއްދާއަކުން ފާސްވީމެވެ. އިމްތިހާނުން ލިބުނު ނަތީޖާ ފުރިހަމަ ކަމުން ރަށް ކައިރި އޮތް ރިސޯޓަކުން ރައްޓެއްސެއްގެ އެހީތެރި ކަމާއެކު ވަރަށް ފަސޭހައިން ވަޒީފާއެއް ލިބުނެވެ.ކިޔަވާނިމުމުން މަސައްކަތެއް ނުކޮށް ހުރުމަށްވުރެއް ރިސޯޓަށް ގޮސް ރުފިޔާކޮޅެއް ހޯދާލުމަކީ މާބުއްދިވެރި ކަމެއް ކަމުގައި ފާރިޝްގެ މަންމަ އަދި ހުދު އޭނާވެސް ދެކުނެވެ. ރިސޯޓަށް ދާން ރަށުން ފުރީ މަންމައާއި ބައްޕަގެ އެތައް ނަސޭހަތެއް އަޑު އެހުމަށްފަހުގައެވެ. ލޯންޗަށް އަރަންދެން ރިސޯޓަށް ގޮސް ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައްތައް ހަނދާން ކޮށްދެމުން ދިޔައެވެ.އެއީ ކޮންކަހަލަ ތަނެއްކަމާއި އެތަނަށް އައިސް ގޮސް އުޅޭނީ ކޮންކަހަލަ ބައެއްކަން ކިޔައި ދެމުން ދިޔައެވެ.އަދި ފެންނަޙާ ކުއްޖަކާ އޭނާގެ މަޢުލޫމާތު ނޭނގި ވާހަކަ ދައްކާ ގައިގޯޅި ނުވުމަށް ނަސޭހަތްތެރިވިއެވެ. ރިސޯޓަށް ފޭބުމާއެކު އެތަނުގެ މެނޭޖަރާއި ސީނިިއާރ ގިނަ ބަޔަކު ފާރިޝްއަށް މަރުހަބާކިޔެވެ.ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖާ ފާރިޝްގެ ލޮލުގައި އަޅައިގަތީ މެނޭޖަރާ ސަލާމްކުރަން އަތް ދިއްކޮށްލިތަނުންނެވެ.އެއީ މިރިސޯޓުގައި މަސައްކަތް ކުރާކުއްްޖެއް ނޫންކަން އެނގުނީ އެތަނުގެ ޔުނިފޯރމް ނުލާހުރުމުންނެވެ.އެއީ ޗުއްޓީއަށް ދަތުރު ހަދައިގެން އައިސް އުޅޭ ކުއްޖެކެވެ.ކައިރީގައި ހުރީ ދޮށީއުމުރުގެ ދެއަންހެނުންނެވެ.އެ އަންހެންކުއްޖާގެ މޫނުމަތިން އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުފެނުނަސް ފާރިޝްގެ ހިތް އޭނާއަށް ދެވިއްޖެއެވެ.ގޮތް ނޭނގުނަސ ލޯބި މިކިޔާ އެއްޗެެއް ވެވިއްޖެއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.ރާޅުޖަހާ އަޑުނޫން އިތުރު އަޑެއް ނީވެއެވެ.މަސައްކަތަށް ނިކުންނަން ޖެހޭ ފުރުތަމަ ދުވަސް ކަމުން މާގިނަ މަސައްކަތެއް ނެތެވެ.ޖެހޭ މަޑު ފިނިވައިރޯޅިތަކުން ހިތްހަމަޖައްސާލަން ޖޯލިފަތީގައި އިށީންތަނާހެން ަެއްކަލަ ނުުދަންނަ ކުއްޖާ ފެނިއްޖެއެވެ.އެލޯތްބަށް ފެންބޮވައިގަނެފަ ހުރިލެއްބޮޑު ކަމުން އެއްވެސް ފަސްޖެހުމެއްނެތި ގޮސް އޭނާގެ އަތުގައި ހިފާފައި ނަން ބުނީމެވެ. އެކުއްޖާ އަތް ދަމާގަންނާކަށް ވެސް ނޫޅުނެވެ.ރައްދުގައި ހީލާފައި ނަންބުންޏެވެ.”ރީޝާ!” ފާރިޝްއަށް އެނަމާއި އެކުއްޖާވެސް ރީތި ވާހަކަ ބުނީ ރީޝާ އާއި ހަތަރު ކަޅިހަމަ ކޮށްފައެވެ.ކޮޓަރިއަށް ގޮސް އެނދުމަތީ ބޭނދުމާއެކު ރީޝާވެސް އިނީ އެކަމަށް ބޭނުންވެފައިކަން އޭނާގެ ދެލޮލުން ހާމަވެގެނ ދިޔައެވެ.ކުޑަވަގުތުކޮޅަކަށް ނަމަވެސް މަންމަ ބުނި ވާހަކަ މަތިން ފާރިޝް ހަނދާން ނެތިއްޖެއެވެ.އެއްވެސް ސަލާމަތީ ފިޔަވަޅަކަށް ބެލުމެއްނެތި އެކަކު އަނެކަކުގެ އެދުން ފުރިހަމަ ކޮށްދިފިއެވެ. ރިސޯޓުގައި މަސައްކަތް ކުރި ތިންމަހުގެ ތެރޭގައި ފާރިޝްއަށް ގޮތް ނޭނގޭ ގޮތްތަކެއް ވާންފެށިއެވެ.ޗުއްޓީ ހޭދަކޮށްލުމުގެ ބަހަނާގައި ލަންކާއަށް ގޮސް ޓެސްޓްތަކެއް ހަދައިފިއެވެ.ނަތީޖާ ލިބުމާއެކު ފާރިޝަގެ މޫނުމަތިން ކުލަ އޮއްސިއްޖެއެވެ.ޖެހިފައި ހުރީ އެޗޮ.އައި.ވީ ބަލިކަން އިނގުމުން ދުނިޔެއިން މޮޔަވި ކަހަލައެވެ.ރަނގަޅަށް ވިސްނާލުމުން އެއީ ރީޝާ ދިން ހަދިޔާއެއްކަން ފާރިޝްއަށް އިނގުނެވެ.މިކަހަލަ ޒަމާނެއްގައި ހުރަސްތަކާއި އެއްޗެހި ލިބެން ހުންނައިރުވެސް އޭގެ ބޭނުން ނުހިފުމުން ފާރިޝް ދެރަވެއްޖެވެ.މިކަހަލަ ބޮޑު ފާފައަކަށް އަރައިގަނެވުނީތީ ލަދުގަތެވެ. ރީޝާގެ ހިނިތުންވުމުގެ މާނަ ފާރިޝްއަށް އިނގުނީ އަދިކިރިޔާއެވެ.ރީޝާގެ ބޭނުމަކީ އޭނާގެ އެބަލި އެހެންމީހުންނަށް ހަދިޔާކުރުމެވެ. މަންމައަށް މިވާހަކަ އެންގީ އޭނާ ރަށަށް އައިސްފައެވެ.މަންމަ އެކަމާ ދެރަވިނަމަވެސް ދެން އެކަމާ ހިތްބަރުނުކުރުމަށް އެދުނެވެ.ވަޒީފާއިންވެސް ވަކިވީ އޭނާގެ ފަރާތުން އެހެން މީހަކަށް ދެރައެއް ނުދިނުމަށެވެ. ފާރިޝް ސިއްސައިގެންގޮސް އަމިއްލަ ދުނިޔެއިން ހޭލެވުނީ މަންމަ އާއި ބައްޕަ ގެއަށް ދާން އައިސް ބުނުމުންނެވެ.ދުނިޔެއިން އޭނާގެ ހަޔާތަށް އިތުރު އުފަލެއް ނުލިބުނަސް މަންމައާއި ބައްޕަ އޭނާއަށް ހިތްވަރުދީ ކައިރީގައި ހުންނާތީ މާތްﷲ އަށް ޝުކުރު ކުރެއެވެ.