Skip to content
އެސްފިޔަ

އެހެނަސް…(3)

ހުއްޓުންއަރާފައި ހުރި މަލާކަށް ސިހުންލިބުނީ އަލޫކް ކުކުރާލުމުންނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަލޫކްގެ ގާތަށްޖެހިލުމަށްފަހު އިޚްތިޔާރުން ބޭރުގައި މަލާކަށް އަލޫކްގެ ނިތްކުރީގައި އަތްޖައްސާލެވުނެވެ. ކުއްލިއަކަށް އަތްދަމައިގަނެވުނީ އަލޫކްގެ ނިތްކުރި ހޫނުކަމުންނެވެ. މުޅިމީހާއޮތީ ހުންއައިސް ތުރުތުރު އަޅާ ޙާލުގައެވެ. އަލޫކަށް އެހީވާން ކިތަންމެ ބޭނުން ނަމަވެސް އެފަދަ ވަގުތެއްގައި ދެމީހުން އެތަނުން ފެނުމުން ވެދާނެ ގޮތަކާއި އަބުރަށް ލިބިދާނެ ހުތުރަކަށްޓަކައި މަލާކް ހިތާދެކޮޅަށޤ މަޑުމަޑުން، ފަރުވާތެރިކަމާއެކު ސިޑިން އަރަން ފެށިއެވެ.

ކުއްލިއަކަށް ބާރުގަދަ އަތަކުން މަލާކްގެ ގިޔުޅު އަތުކުރީގައި ހިފުމާއެކު އޭނާގެ ކަރުބުޑުން ތޫލި ހަޅޭކެއް ބޭރުވެގެން ދިޔައެވެ. ލަސްލަހުން ފަސްއެނބުރި ބަލާލިއެިރު ، ބަރުވެފައިވާލޯ ހުޅުވޭތޯ މަސައްކަތް ކުރަމުން އަލޫކް މަޑުމަޑުން ތެދުވިއެވެ. އޭނާގެ ކަރުބުޑުންވޭނީ އާހެއްގެ އަޑު ބޭރުވުމާއެކު މަލާކްގެ ހިތްހަމްދަރު ދީއިން ފުރި ބަންޑުން ވިއެވެ. އަލޫކްގެ ގާތަށް އައިސް އޭނާ ސިޑީގެ ހަރުފަތްމަތީގައި ބައިންދާފައި މަލާކްގޮސް ބޭރު ދޮރުން ބޯދިއްކޮށްލި އިރު މަގުގެ އެއްފަރާތެއްގައި އަލޫކްގެ ކާރު ޕާކުކޮށޤފައި އޮތެވެ. ނަމަވެސް މަސްތުގެ ޙާލުގައި އަލޫކަށް ކާރެއްނުދުއްވޭނެ އެއްނޫންހެއްޔެވެ؟ ހަދާނެގޮތް ހުސްވެގެން މަލާކްގެ ނިތަށް ރޫތައް އަރައިގެންދިޔައެވެ. ކަރުއެލުވާލައިގެން ހުރެ މަލާކް އެތެރެއަށް ވަދެ އަލޫކްގެ ގާތުގައި އިށީނދެލިއެވެ. އަލޫކް މަލާކްގެ ކޮނޑުގައި ބޯއަޅާލިއެވެ. ދެލޯ ބޮޑުވެގެންދިޔަ މަލާކް އަލޫކަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ. އަލޫކްގެ ރީތި އިސްތަށިގަނޑާއި ކުޅެލަން ކިތަންމެ ބޭނުންވިނަމަވެސް އޭނާ މަޑުމަޑުން އިނެވެ. އެހާމަތީ ބިޒިނަސް މޭންއެއް އަދި ޑޮކްޓަރެއްގެ ދަރިޔަކާއި އަޅާކިޔާއިރު އޭނާ މީކާކުހެއްޔެވެ.

އެތައް އިރަކު އހެން އިނުމަށްފަހު މަލާކަށް މޮޅު ޚިޔާލެއް އައެވެ. އަލޫކްގެ ގަމީހު ޖީބުން ކާރުގެ ތަޅުދަނޑި ނަގައިގެން، އަލޫކަށް އެހީވެގެންގޮސް އޭނާ ކާރުގެ ފަހަތު ސީޓުގައި ބޭންދުމަށްފަހު މަލާކްގޮސް ކުރިޔަށްއަރައި ކާރު ސްޓާޓު ކޮށްލިއެވެ. އިވުނު އަޑާއެކު ފަހަތް ބަލާލި މަލާކްގެ ގާތަށް ވަރަށް ހިނިވެސް އައެވެ. ފަހަތުސީޓުގައި އޮށޯވެލައިގެން އޮތް އަލޫކް އޮތް މަޖާގޮތުންނެވެ. ހުވަފެނެއްގައި އޮވެގެން އަލޫކް ޖައްސަމުން ދިޔަ ވައްތަރުންނެވެ. ނަމަވެސް މަލާކްގެ އެހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އޭނާއަކަށް އަލޫޚްގެ ގެއެއް އިނގެނީކީ ނޫނެވެ. އަދި އެގެ ހޯދައިގެން ދިޔަޔަސް އޭނާ އެގެއަށް ވަދެ އަލޫކްގެ ޙާލަތު ބަޔާންކޮށްދޭނީ ކޮނދުލަކުންހެއްޔެވެ؟ ވަކި މިސްރާބެއްނެތި ކާރު ދުއްވަމުން ގޮސް، އެންމެފަހުން މަލާކް ކާރު މަޑުކޮށްލީ ކާރު ޕާކު ކުރާޒޯންއެއްގައެވެ. އަތުގައި އޮތް ފެންފުޅިން ރުމާލެއް ތެންމާލުމަށްފަހު އަލޫކްގެ ނިތްކުރިމަތީގައި ރުމާ ބާއްވާލުމަށްފަހު އަލޫކްގެ ޖެކެޓު ނަގައި ގައިގައި އަޅާލަ ދީފައި އޭނާ ކުރީ ސީޓުގައި ހަމަޖެހިލިއެވެ.

އަލޫކަށް ފެންނަ ހިސާބެއްގައި ކާރުގެ ތަޅުދަނޑި ބޭއްވުމަށްފަހު މަލާކް ކާރުންފައިބައިގެން ގެއާދިމާލަށް މިސްރާބުޖެހުއެވެ. މާބޮޑަށް މަގުތަކާއި އެއްޗެހި ދަސްވެފައި ނެތުންނަމަވެސް ހިތުގައިއޮތް ނުތަނަވަސްކަމާއެކުވެސް އޭނާ ފަހަތަށް ނުޖެހި ކުރިޔަށް ހިނގަމުން ދިޔައެވެ. ދެތިންފަހަރަކު މަގު އޮޅިގެންނަމަވެސް ފަޔަށްތަދުވެ ވަރުބަލިވީފަހުން ގެއާހަމައަށް އާދެވުނެވެ.

ނުހާ އިނީ މަލާކްގެ އިންތިޒާރުގައެވެ. މަގުއޮޅުނީ ކަމަށްބުނެ ދޮގެއް ހަދާލުމަށްފަހު މަލާކް ގޮސް ކޮޓަރިއަށްވަނެވެ. ނުހާވެސް އަވަހަށް ނިދަން ދިޔައެވެ.

މަލާކްގެ ލޮލަކަށް ނިންޖެއްނައެވެ. އަލޫކް ފަރާތުންފެނުނު ޤަބޫލުކުރަން ދަތި އެމަންޒަރުގެ ސަބަބުން އޭނާގެ ހިތުގައި ނުތަނަވަސްކަމުގެ އިތުރުން އެތައް ސުވާލު ތަކެއް އުފެދިގެން ދިޔައެވެ. އަލޫކަށް އެހެން ދިމާވާން ޖެހުނު ސަބަބަކީ ކޮބައިބާއެވެ؟ އަނެއްކާ އަލޫކަކީ އޭނާ ހީކުރާ ކަހަލަ ހަރުދަނާ ޒުވާނަކީ ނޫންބާއެވެ؟ އަލޫކް އެގޮތަށް އެގޭގައި އެފެނުނީ ކީއްވެބާއެވެ؟ ހަމަހޭގައި ނޫންނަމަވެސް އޭނާ މަލާކްގެ އަތުގައި އެހިފީ ކީއްވެބާއެވެ؟ އޭނާގެ ކޮނޑުގައި ބޯއަޅައިގެން އެއޮތީ އޭނާމީ ކާކުކަމަށް ހީކޮށްބާއެވެ؟ މިފަދަ އެތައް ސުވާލު ތަކަކުން މަލާކްގެ ސިކުނޑި ތޮއްޖައްސަމުން ދިޔައެވެ.

އަލޫކަށް ހޭވެރި ކަމެއް ވީއިރު އޭނާއަށް އޮވެވުނީ އަމިއްލަ ކާރުގައެވެ. ނިތްކުރި މަތީގައި އޮތް ރުމާ ނެގުމާއެކު އޭނާ އިނީ ވާނުވާ ނޭނގިފައެވެ. ސުވާލު މާކުތަކުން ހިތްފުރިފައެވެ. ވެދިޔަ އެއްވެސް ކަމެއް ރަނގަޅަށް ހަނދާނުގައި ނެތަސް ، އޭނާއަށް މަލާކްގެ ސޫރަ ރޭ ފެނިފައިވާކަން އޭނާއަށޤ އިނގެއެވެ. ހުވަފެނުގައި ވިޔަސް، އަވާމެންދުރެއްގައިނަމަވެސް، ނޫނީ ހަމަ އަސްލު ޙަޤީޤަތުގައި ނަމަވެސް ރޭ އޭނާއަށް މަލާކް ފެނުނެވެ. އަވަހަށް ތެދުވެ ސީޓޫގައި ލެނގިލިއިރު އޭނާގެ ބޮލުގައި ރިހުމެއްވެސް އުފެދިފައި ހުއްޓެވެ. ހަމަ އަސްލުގައިވެސް މަލާކް ރޭ އޭނާ ގާތަށް އައީބާއެވެ؟

ކޮލެޖަށް ދާން މަލާކަށް ހޭލެވުނީ ކިރިޔާ ނަމާދު ކޮށޤލައިގެން ދެވޭވަރަށެވެ. ރޭގައި ދިމާވި ކަންތަކުގެ ސަބަބުން ނުނިދި އެތައް އިރަކު އޮތުމަށްފަހު އޭނާއަށް ނިދުނީ މެންދަމުން އަލިވެ 3 ޖެހި ފަހުންނެވެ. އަވަހަށް ނުކުމެ ކޮފީއެއް ބޮއެލައިގެން އެންމެން ގޮސް ބަހަށް އެރިއެވެ.

ރަސްމީކޮށް ކިޔެވުންތައް ފެށިގެން ދިޔުމުން ހުރުހާކުދިންވެސް ވަރަށް ބުރަ ޝެޑިއުލެއްގައި މަސައްކަތް ކުރަންޖެހުނެވެ. ދޭތެރެ ދޭތެރެއިން މަލާކަށް އަލޫކާމެދު ފިކުރުކޮށްލެވެއެވެ. ހިތާހިތުން އަލޫކްގެ ހާލު ރަނގަޅުވާނެކަމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާކޮށްލެވެއެވެ.
“މަލާކް…!” ފަސްއެނބުރި ބަލާލިއިރު ދާދި ކައިރީގައި އަލޫކް ހުރިތަން ފެނުމުން މަލާކްގެ ހިތަށް ފިނިވާގޮތްވިއެވެ. “އަހަރެން ބޭނުން މަލާކްއާ ވާހަކަ ދައްކާލަން ކުޑަކޮށް…މާދަމާގެ ލަންޗް ޓައިމް އަހަންނަށް ފްރީ ކޮށްދެވިދާނެ؟” އަލޫކްގެ ވާހަކައިން މަލާކްގެ ހިތުގެ ތެޅުން އަވަސްވިއެވެ. “އޯ..އޯކޭ..” އާގަންނަމުން ކަހަލަ ގޮތަކަށް މަލާކަށް ޖަވާބު ދެވުނު އިރު އޭނާގެ އަޑުވެސް ތުރުތުރުލައެވެ. ދެޖީބަށް އަތްޖަހާލައިގެން އަލޫކް ހިނގާފައިގޮސް ލިފްޓަށް އަރަންދެން މަލާކަށް ބަލަހައްޓައިގެން ހުރެވުނެވެ. އަނެއްކާ އަލޫޚް ބުނަން އުޅެނީ ކޮންވާހަކައެއްބާއެވެ؟ ރޭގެ ހާދިސާގެ ވާހަކަބާއެވެ؟ އަލޫކަށް ރޭވެދިޔަ ކަންކަމުން އެއްވެސް މިންވަރެއް އިނގެނީ ބާއެވެ؟ އަވަހަށް މާދަމާ ވާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. mishy

    Ayy… me 1st dhwh… vrh reethi mi prt s…. waitin 4 the nxt prt… nxt prt dhigu khleveythw balahcheyy..ly…♥♥♥♥…

    1. Zelll
      mishy

      Thanks? yah will try ingey mishy

  2. Xaaaan

    Aharenves hithah araa avahah maadhamaa vaane namaey eyrun next part kiyaalan libeynehnun??? masha allah mi story v reethi bt v kuru enme koyaa hihvaa vaguthu nimeny?????

    1. Zelll
      Xaaaan

      Ahaha..thanks xaaaan

  3. EHLEE

    Wow ??? v reetih

    1. Zelll
      EHLEE

      Thankyou

  4. unique

    yea dhw xaaaan masha Allah varah ves reethi mihaar vvvv interesting…… im waithing n waiting mirey up koh dheveyne nama dhw

    1. Zelll
      unique

      Will try ingey …thanks

  5. Yumi

    Haadhakurey

    1. Zelll
      Yumi

      Next part will be better inshaallah❤

  6. lotus

    I also agree with xaaan.. waiting for the next part.. v kiyaa hivvey

    1. Zelll
      lotus

      Part 4 will be out soon, thankyou?❤❤

  7. cuty

    Haadha kurey vaahaka. But reethi igey. waiting for the next part.

  8. Zelll

    Thanks ALL for the support and comments❤… ahaha …inshaallah will fullfill your requests and will try to make the next parts a lot better, and hope that i’ll get the support from you in the future too❤❤

  9. aphro grl

    Haadha ryhcheyy? mi vaahakaige cover pic adhi maa rythihen hyvey? next part mirey up kolla dhyba pls

    1. Zelll
      aphro grl

      Ahaha assuves cover pic dhw??♥♥

    2. Zelll
      aphro grl

      Thanks aphro grl❤??

  10. Pinky shifoo

    Wow ❤️❤️❤️… V v v reethi ingey mi part vx ???… Eagerly waiting for the next part ???…

    1. Zelll
      Pinky shifoo

      It’ll be out soon, but might take time cox I’m trynta make it longer and more…..interesting, so it might take time♥ sorry for that but inshaallah it’ll be out soon okeyh?❤??

Comments are closed.