ވަށައިގެން ފެންނަންއޮތް ފެހިކަންގަދަ ވާދީއަށް ނަޒަރު ހުއްޓާލައިގެން ރަޝަމް ހުރިއިރު އެލޮލުގައިވަނީ ހައިރާންކަމެވެ. ފެންނަމުންދާ ޤުދުރަތީ މަންޒަރުގެ ފުރިހަމަކަމުން އޭނާ ހުރީ އާޝޯހުވެފައެވެ. ހަމަ އެވަގުތު ފަރީލާގެ ހަޅޭކުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގަތެވެ. ރަޝަމް ބިންމަތީގައި ބަނޑުޖެހުމަށްފަހު އަޑު އަންނަ ދިމާއަށް އަތްދިއްކޮށްލީ ހާސްކަމާއެކުއެވެ. ރަޝަމްގެ އަތުގައި ޖެހުނު ތުއްތު އިނގިލިތަކާއިއެކު އަނެއްކާވެސް އިވިގެންދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑާއިއެކު ފަރީލާގެ ހަޅޭކުގެ އަޑެވެ. ކުރިއަށްވުރެ އަޑު ބާރުވެފައި އަސަރުގަދައެވެ. ބުނާކަހަލައެވެ. ރަޝަމްއެވެ! އަހަންނަށް އެހީވާށެވެ! […]
ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ […]
އަހަރެން ހިތަށް އަރައެވެ. އަހަރެންގެ އެއްބަނޑު މީހުންނަށް މިތިބެނީ ކިހިނެތް ވެފަބާއެވެ! އެމީހުން ހިތްހަމަޖެހޭ ގޮތަކަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އަޅެ މީ އަހަރެންގެ އަމިއްލަ ދިރިއުޅުމެއްނޫން ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ބައްޓަންކުރާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށެވެ. އަހަރެން މީގެ ކުރިންވެސް ދިރިއުޅުމުގެ ކަންތައްތައް ނިންމީ އަހަރެން ބޭނުންވާ ގޮތަށެވެ. އެއީ އަހަރެންގެ ވިސްނުން ހުރިގޮތެވެ. އަހަންނަކީ ކުޑައިރުއްސުރެވެސް ރީތި އެއްޗެއްސަށް ލޯބިކުރާ މީހެކެވެ. ހިތްކިޔާ ކޮންމެ އެއްޗެއް ހޯދުމަކީ އަހަރެން ބޭނުންވާގޮތެވެ. މަންމައާއި […]
ނޯޓް: މިއީ އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖެއްގެ ހަޔާތުގައި ހިނގާފައި ވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ، ހަޤީޤީ ވާހަކައެވެ. ނަން ހާމަކުރަން ބޭނުން ނުވާތީ، އެކުއްޖާގެ ނަން ވާހަކައިގަ ނުހިމަނަމެވެ. އޭގެ ބަދަލުގައި ބަލާފައިވާނީ ފުރަތަމަ ނަޒަރުން މި ވާހަކަ ކިޔާލަ ދެވޭތޯއެވެ. ****** އޮއްސެމުން ދިޔަ އިރަށް ބަލަން އިން އަހަރެންގެ ލޮލުން އޮހޮރެމުންދާ ކަރުނަތަށް ކޯތާފަތުން ފޭދެމުން ދިޔައެވެ. އެ ވަޤުތު އަހަރެންގެ މުޅި ޚިޔާލުގައި ވެސް ވަނީ އަހަރެންގެ […]
ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން ދާ ހިތް އެދި ގޮވަނީ އެންމެ ކަމަކަށެވެ. އެ ހިތުގައި ކަލާޔަށް އޮތް ލޯބީގެ ޒައްރެއްގެ މިންވަރު ވިޔަސް ޤަބޫލު ކުރުމަށެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ފުހެލާފައި، ވެއްޓިފައި ވާ ޤަލަން ނަގާ އަނެއްކާވެސް ލިޔަން ފެށީމެވެ. “އޭ.. އަނޫޝާ އެވެ. ކަަލާ އަހަަންނާ ދުރުވިޔަސް، އެކަމުގައި އަހަރެންގެ ޝަކުވާއެއް ނެތެވެ. އެހެނޭ ކިޔާފައި އަހަރެން އަނޫ ދެކެ ވާ ލޯތްބަށް ޒައްރެއްގެ މިންވަރު ވިޔަސް ބަދަލެއް ނާންނާނެއެވެ. އަދިވެސް […]
އަހަރެން އިނީ ހައިރާންވެފައެވެ. ރީތިކަމުންނެވެ. ދިރިއުޅުމުގަ އަމިއްލަ ރަށްނޫން ރަށެއް ފެނުނު ފުރަތަމަ ފަހަރެވެ. ނީތާބުނިގޮތުގައި އަހަރުމެން އެރަށަށް އައީ ވަޒީފާ އަދާކޮށްގެން ދިރިއުޅުން ފުރިހަމަ ކުރުމަށެވެ. ފާލަމަށް ފޭބުމަށްފަހު، އަހަރެން ކޮންރަށެއްތޯ އެހުމުން ބުނީ ބ އަތޮޅުގެ ރިސޯޓެއްކަމަށެވެ. ރިސޯޓަކަށް ކީއްކުރަންތޯ ސުވާލުކުރުމުން ބުނީ، އާދެވުނީ އަހަރުމެންގެ މަންޒިލަށްކަމުގައެވެ. އަދި މާދަމާ އަހަރުމެންގެ މަސައްކަތް ފަށަން ޖެހޭކަމުގައެވެ. ލޯންޗުންއައި ދެފިރިހެންކުދިން އަހަރުމެން ދެމީހުން ގޮވައިގެން އަހަރުމެން ތިބުމަށް ހަމަޖެހިފައިވާ ރޫމަށް ދާން ހިނގައިގަތެވެ. ރޫމްއަށް ދިޔައިރު […]
ނިޔެ އާރާސްތުވުގައި ޤުދުރަތީ މުސީބާތްތަކާ ކުރިމަތިލައި އިންސާނީ ދަރިފަސްކޮޅަށް ނުރައްކާވާ މިންވަރަށް މޫސުމީ ބަދަލުތަށް އައުންއެއީ ދުނިޔެ ތަޖުރިބާން ކުރަންޖެހިފައިވާ ވަރުގަދަ ނިޒާމެކެވެ. ތަފާތު އެކިއެކި ތޫފާންތަކެއް ދުނިޔެ ދެކެމުން އަންނައިރު އިންސާނީ ދަރިފަސްކޮޅު ވުޖޫދުންވެސް ފޮހެލާވަރުގެ ތުފާންތަކަށް، ދުނިޔެ އަބަދުވެސް ހުންނަނީ ސިހިފައެވެ. އަހަރެންނަކީ ދަރުމަވެރިއެކެވެ. މިފަދަ މުސީބާތްތަކުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ދިނުން އެއީ ހެޔޮ ފާލެއްކަމުގައި ދެކެމެވެ. މިގޮތުން އެފަދަ ކާރިސާތަށް ގާތުން ބަލައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި އަހަރެން […]
ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދާ ހާލު، އެކަރުނަތަށް ފޮހެމުން މި ލިޔަނީ އަހަރެންގެ މާޒީގެ ކަޅު ދުވަސްތަކުގެ ވާހަކަ އެވެ. މިހާރު ހިތުގައި މި އަޅާ ވޭންތަކުން އެ މާޒީ ވަރަށް ރަނގަޅަށް ހަނދާން އާވެ އެވެ. އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުން އަހަރެންގެ ހިތުގައި މީހަކު ދެކެ ލޯބި އުފެދުނީއެވެ. އެއީ “ހައިޝަމް” އެވެ. އެ ލޯބި ހާސިލް ކުރަން އަހަންނަށް ކުރެވޭނީ މަސައްކަތެވެ. ހައިޝަމަކީ އަހަރެންގެ […]
“ތީ ކާކު؟” އަހަރެން ކުރިމަތީގައި ހުރި އަންހެންކުއްޖާ ގާތު އަހާލީމެވެ. ފުރަގަސްދީގެން ހުރިއިރު އަހަންނަށް ފެންނަން ހުރީ އެކުއްޖާގެ ރަންކުލައިގެ އިސްތަށިގަނޑެވެ. އަހަރެން ކުރިއަށްދާން ފިޔަވަޅެއް އަޅާލީމެވެ. ނަމަވެސް ހުއްޓުން އެރީ ފައިގައި ފެންޖެހުމުންނެވެ. އަހަންނަށް ތިރި ބަލައިލެވުނީ އެވަގުތެވެ. އަހަންނަށް މި ހުރެވުނީ… އަހަންނަށް މިހުރެވުނީ ކަކޫތާ ފެނުގައި ހެއްޔެވެ؟ ކުރިމަތިން އަޑެއް އިވިގެން އަހަރެން ބަލާލީމެވެ. އެއްކަލަ އަންހެންކުއްޖާ ޖެހިތާ ލަކުނުވެސް ނެތެވެ. މިހާރު ކޮބާ ހެއްޔެވެ؟ އެހާ އަވަހަށް އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ […]