Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ރީޝާ!

axoo2404 Level 2100 Login
April 4, 2018 One Min Read
12 Comments

ފާރިޝް މިދިލިގަހެެއްގައި ލެނގިލައިގެންހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް  މުޅި ހަށިގަނޑުވެސް ކުރާ ކަހަލައެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ ކިހާ ހިތާމެރި ކަމެއް ނޫން ހެއްޔެވެ؟ ފާރިޝްއަށް ޖެެހިފައި ހުރި އެޗް.އައި.ވީ ބައްޔަކީ އެއްވެސް ފަރުވާއެއް ނެތް ބައްޔެއްކަން އޭނާއަށް ހަނދާންވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހެން ފަށައެވެ.އެހާ ޒުވާން އުމުރުގައި ދުނިޔެ ދޫކޮށްދާން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ އެދުވަހު މަންމަގެ ބަސް އެހުނުނަމައޭ ފާރިޝްގެ ހިތަށް އަރަމުން ދިޔައެވެ.

އިރުގެ ރަން ދޯދިތައް އެންމެންގެ މޫނުމަތިން ދާއޮހޮރުވަމުން ދިޔައިރު ބައެއް ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.އަނެއްބައި ކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަ އާއި މޮޅިވެރިކަމެވެ.

ފާރިޝްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ ކުލަ ވަރެވެ.އޭ ލެވެލްގެ ހުރިހާ މާއްދާއަކުން ފާސްވީމެވެ. އިމްތިހާނުން ލިބުނު ނަތީޖާ ފުރިހަމަ ކަމުން ރަށް ކައިރި އޮތް ރިސޯޓަކުން ރައްޓެއްސެއްގެ އެހީތެރި ކަމާއެކު ވަރަށް ފަސޭހައިން ވަޒީފާއެއް ލިބުނެވެ.ކިޔަވާނިމުމުން މަސައްކަތެއް ނުކޮށް ހުރުމަށްވުރެއް ރިސޯޓަށް ގޮސް ރުފިޔާކޮޅެއް ހޯދާލުމަކީ މާބުއްދިވެރި ކަމެއް ކަމުގައި ފާރިޝްގެ މަންމަ އަދި ހުދު އޭނާވެސް ދެކުނެވެ.

ރިސޯޓަށް ދާން ރަށުން ފުރީ މަންމައާއި ބައްޕަގެ އެތައް ނަސޭހަތެއް އަޑު އެހުމަށްފަހުގައެވެ. ލޯންޗަށް އަރަންދެން ރިސޯޓަށް ގޮސް ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައްތައް ހަނދާން ކޮށްދެމުން ދިޔައެވެ.އެއީ ކޮންކަހަލަ ތަނެއްކަމާއި އެތަނަށް އައިސް ގޮސް އުޅޭނީ ކޮންކަހަލަ ބައެއްކަން ކިޔައި ދެމުން ދިޔައެވެ.އަދި ފެންނަޙާ ކުއްޖަކާ އޭނާގެ މަޢުލޫމާތު ނޭނގި ވާހަކަ ދައްކާ ގައިގޯޅި ނުވުމަށް ނަސޭހަތްތެރިވިއެވެ.

ރިސޯޓަށް ފޭބުމާއެކު އެތަނުގެ މެނޭޖަރާއި ސީނިިއާރ ގިނަ ބަޔަކު ފާރިޝްއަށް މަރުހަބާކިޔެވެ.ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖާ ފާރިޝްގެ ލޮލުގައި އަޅައިގަތީ މެނޭޖަރާ ސަލާމްކުރަން އަތް ދިއްކޮށްލިތަނުންނެވެ.އެއީ މިރިސޯޓުގައި މަސައްކަތް ކުރާކުއްްޖެއް ނޫންކަން އެނގުނީ އެތަނުގެ ޔުނިފޯރމް ނުލާހުރުމުންނެވެ.އެއީ ޗުއްޓީއަށް ދަތުރު ހަދައިގެން އައިސް އުޅޭ ކުއްޖެކެވެ.ކައިރީގައި ހުރީ ދޮށީއުމުރުގެ ދެއަންހެނުންނެވެ.އެ އަންހެންކުއްޖާގެ މޫނުމަތިން އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުފެނުނަސް ފާރިޝްގެ ހިތް އޭނާއަށް ދެވިއްޖެއެވެ.ގޮތް ނޭނގުނަސ ލޯބި މިކިޔާ އެއްޗެެއް ވެވިއްޖެއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.ރާޅުޖަހާ އަޑުނޫން އިތުރު އަޑެއް ނީވެއެވެ.މަސައްކަތަށް ނިކުންނަން ޖެހޭ ފުރުތަމަ ދުވަސް ކަމުން މާގިނަ މަސައްކަތެއް ނެތެވެ.ޖެހޭ މަޑު ފިނިވައިރޯޅިތަކުން ހިތްހަމަޖައްސާލަން ޖޯލިފަތީގައި އިށީންތަނާހެން ަެއްކަލަ ނުުދަންނަ ކުއްޖާ ފެނިއްޖެއެވެ.އެލޯތްބަށް ފެންބޮވައިގަނެފަ ހުރިލެއްބޮޑު ކަމުން އެއްވެސް ފަސްޖެހުމެއްނެތި ގޮސް އޭނާގެ އަތުގައި ހިފާފައި ނަން ބުނީމެވެ. އެކުއްޖާ އަތް ދަމާގަންނާކަށް ވެސް ނޫޅުނެވެ.ރައްދުގައި ހީލާފައި ނަންބުންޏެވެ.”ރީޝާ!”

ފާރިޝްއަށް އެނަމާއި އެކުއްޖާވެސް ރީތި ވާހަކަ ބުނީ ރީޝާ އާއި ހަތަރު ކަޅިހަމަ ކޮށްފައެވެ.ކޮޓަރިއަށް ގޮސް އެނދުމަތީ ބޭނދުމާއެކު ރީޝާވެސް އިނީ އެކަމަށް ބޭނުންވެފައިކަން އޭނާގެ ދެލޮލުން ހާމަވެގެނ ދިޔައެވެ.ކުޑަވަގުތުކޮޅަކަށް ނަމަވެސް މަންމަ ބުނި ވާހަކަ މަތިން ފާރިޝް ހަނދާން ނެތިއްޖެއެވެ.އެއްވެސް ސަލާމަތީ ފިޔަވަޅަކަށް ބެލުމެއްނެތި އެކަކު އަނެކަކުގެ އެދުން ފުރިހަމަ ކޮށްދިފިއެވެ.

ރިސޯޓުގައި މަސައްކަތް ކުރި ތިންމަހުގެ ތެރޭގައި ފާރިޝްއަށް ގޮތް ނޭނގޭ ގޮތްތަކެއް ވާންފެށިއެވެ.ޗުއްޓީ ހޭދަކޮށްލުމުގެ ބަހަނާގައި ލަންކާއަށް ގޮސް ޓެސްޓްތަކެއް ހަދައިފިއެވެ.ނަތީޖާ ލިބުމާއެކު ފާރިޝަގެ މޫނުމަތިން ކުލަ އޮއްސިއްޖެއެވެ.ޖެހިފައި ހުރީ އެޗޮ.އައި.ވީ ބަލިކަން އިނގުމުން ދުނިޔެއިން މޮޔަވި ކަހަލައެވެ.ރަނގަޅަށް ވިސްނާލުމުން އެއީ ރީޝާ ދިން ހަދިޔާއެއްކަން ފާރިޝްއަށް އިނގުނެވެ.މިކަހަލަ ޒަމާނެއްގައި ހުރަސްތަކާއި އެއްޗެހި ލިބެން ހުންނައިރުވެސް އޭގެ ބޭނުން ނުހިފުމުން ފާރިޝް ދެރަވެއްޖެވެ.މިކަހަލަ ބޮޑު ފާފައަކަށް އަރައިގަނެވުނީތީ ލަދުގަތެވެ.

ރީޝާގެ ހިނިތުންވުމުގެ މާނަ ފާރިޝްއަށް އިނގުނީ އަދިކިރިޔާއެވެ.ރީޝާގެ ބޭނުމަކީ އޭނާގެ އެބަލި އެހެންމީހުންނަށް ހަދިޔާކުރުމެވެ. މަންމައަށް މިވާހަކަ އެންގީ އޭނާ ރަށަށް އައިސްފައެވެ.މަންމަ އެކަމާ ދެރަވިނަމަވެސް ދެން އެކަމާ ހިތްބަރުނުކުރުމަށް އެދުނެވެ.ވަޒީފާއިންވެސް ވަކިވީ އޭނާގެ ފަރާތުން އެހެން މީހަކަށް ދެރައެއް ނުދިނުމަށެވެ.

ފާރިޝް ސިއްސައިގެންގޮސް އަމިއްލަ ދުނިޔެއިން ހޭލެވުނީ މަންމަ އާއި ބައްޕަ ގެއަށް ދާން އައިސް ބުނުމުންނެވެ.ދުނިޔެއިން އޭނާގެ ހަޔާތަށް އިތުރު އުފަލެއް ނުލިބުނަސް މަންމައާއި ބައްޕަ އޭނާއަށް ހިތްވަރުދީ ކައިރީގައި ހުންނާތީ މާތްﷲ އަށް ޝުކުރު ކުރެއެވެ.

 

 

 

 

Share Article

Follow Me Written By

axoo2404

Level 2100 Login

a girl who loves to read and write stories all ur comments for my stories are happily appreciated..love u all

Other Articles

Previous

ތިޔަ އިންތިޒާރުގައި

Next

އަނދިރިފަރާތް 32

Next
April 4, 2018

އަނދިރިފަރާތް 32

Previews
April 4, 2018

ތިޔަ އިންތިޒާރުގައި

12 Comments!

  1. Tt says:
    April 4, 2018 at 8:04 pm

    Nice. Varah ibraitheri vaahaka eh mei. Mihaaruge zuvaanun’nah varah muhin’mu kameh mikahala kankamah samaalu vumyyy.

    1. 1x00 says:
      April 5, 2018 at 10:32 am

      Thank u ?

  2. Reader says:
    April 4, 2018 at 8:17 pm

    Reethi ibraitherI vaahakaeh

    1. axoo says:
      April 5, 2018 at 10:36 am

      thank u..<3

  3. idiot says:
    April 4, 2018 at 8:20 pm

    kihineh mi vaahaka kiyany?? ehbai nueh feney….

  4. Rsh says:
    April 4, 2018 at 8:33 pm

    Iburaitheri vaahaka eh… nice

    1. axoo says:
      April 5, 2018 at 10:36 am

      thank u..<3 Rsh

  5. Aysh says:
    April 4, 2018 at 10:05 pm

    Nice story. Varah iburaiy theri?

    1. axoo says:
      April 5, 2018 at 10:37 am

      thank u..<3

  6. Juma♡ says:
    April 4, 2018 at 10:12 pm

    Heyy i think this is ur first story n it’s nice.. bt there r some mistakes like furathama story feshi iru thinvana meehaage nazarun ais fahun furathama meehaage nazarah badhalu vefa anehkaa fahun story nimun iru thinvana meehaage nazarun.. overall koh hama salhi n dhn in story akah rangalhu kohlaane kamah heekuran? keep it up azoo.. waiting for ur nxt story.. dhigu vaahaka eh liyeba azuuu plxx??❤❤?

    1. Axoo says:
      April 5, 2018 at 10:53 am

      Thank u!!dhn faharakun ekan rangalhu kohlaanan..Thank u for the comment..i really liked it..
      Yeah this is my first story..? dhigu vaahaka eh liyan fashaafa innaany..but i am doing my o level this year..ehenve e vaahaka madu jahsaalaafa innaany..wait kohlaashey buneveynee ??
      Insha allah o level nimmaalaafa e kamaa ulheynan..
      Thank u once again..luv yuh ?❤❤

    2. Juma♡ says:
      April 6, 2018 at 9:52 pm

      Yeah ok.. waitingggg.. btw gud luck n ly2

Comments are closed.



All Right Reserved!