Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

ނީލާ

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
March 29, 2018 3 Mins Read
29 Comments

ނީލާ އޭނާގެ އަލަތު ލޯބިވެރިޔާ ނިޝާމްއާ ކައިވެނީގެ ގޮތުން ގުޅުނީ އުމުރުން އެންމެ އަށާރަ އަހަރުގައެވެ. އާއިލާގެ ނުޤަބޫލުގައި ނީލާ އެ ކައިވެނި ކުރީ ނިޝާމްދެކެ ވެވިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ނިޝާމްއާއެކު ބޭއްވުނު އެކަހެރި ބައްދަލުވުންތަކުގައި ކުރެވުނު ފާފައިގެ މަތިއެޅުމަށްޓަކައިވެސްމެއެވެ. ނިޝާމްވެސް ނީލާއާއި ކައިވެނި ކުރީ އޭނާ އެދޭފަދަ ސިފަތަކެއް ނީލާގެ ކިބައިގައި ހުރީމައެވެ. އިންސާނިއްޔަތުކަން ހުރީމައެވެ. ނޫންނަމަ މަލުގެ ފޮނިކޮޅު ބޯލެވުމުން އެފަދަ ގިނަ ފިރިހެނުން މަލަށް ފުރަގަސްދޭނީއެވެ.

ކައިވެންޏަށް ތިންމަސްވީއިރު ނީލާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނިޝާމްގެ އެހީތެރިކަން ކުޑަވާން ފެށިކަން ނީލާއަށް އިހުސާސްވިއެވެ. ނިޝާމް ގޭގައި ހޭދަކުރާ ވަގުތުތައް މަދުވާން ފެށިއެވެ. ފޯނަށް ނުގުޅޭ ވަގުތުތައްވެސް ގިނަވާން ފެށިއެވެ. ނީލާއަށް ނިޝާމް ގާތު އެސުވާލު ކުރެވުމުން ނިޝާމް ދައްކަނީ ހަމަ އެއް ބަހަނާއެކެވެ. މަސައްކަތުގެ ބުރަ ވާހަކައެވެ. ނީލާ އެވާހަކަތައް ޤަބޫލުކޮށް ކެތްތެރިކަމާއެކު އުޅެމުންދިޔައީ ނިޝާމްއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް ފުރަތަމަ ދަރިފުޅު ލިބުމާއެކު ނިޝާމްގެ އުޅުން ކުރިއަށްވުރެވެސް ބޮޑަށް ބަދަލުވިކަން އޭނާއަށް ފާހަގަކުރެވުނެވެ. ދަރިފުޅު ލިބުނުފަހުން ނިޝާމް ގެއަށް ވަނުން ދަންވާން ފެށިއެވެ. ދަރިފުޅަށް ކޮށްދޭން ޖެހޭ ޚަރަދުތައްވެސް ގިނަ ފަހަރަށް ނުކުރެވި ދާން ފެށުމުން ނީލާ ކަންބޮޑުވިއެވެ. ދަރިފުޅަށް ބޭނުންވާނެ ނެޕީފަދަ ތަކެތި ނިޝާމްއަށް ހޯދައިދެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް ނީލާގެ އާއިލާ މީހުން އޭނާއާ ގުޅުން ކަނޑާލާފައިވުމުން އެމީހުން ގާތު އެހީއަކަށް އެދެން ދާކަށްވެސް ނީލާއަކަށް ނުކެރުނެވެ. ނިޝާމްގެ އާއިލާ މީހަކު ދުނިޔޭގައިވެސް ނެތުމުން އޭނާއަށް އެހީވާނެ މީހަކު ނެތެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އޭނާއަށް އަމިއްލައަށް މަސައްކަތްތައް ކުރެވޭވަރަށް ގަދަވަންދެން ދަރިފުޅު ފޮތިން ނެޕީ ޖަހާށެވެ. ޒަމާނާ ނުގުޅޭ ކަމަކަށްވީ ނަމަވެސްވެހެވެ.

ދަރިފުޅަށް އަހަރު ވުމާއެކު ނީލާ ވަޒީފާއަކަށް ދާން ބޭނުންވިއެވެ. ނަމަވެސް ދަރިފުޅު ބަލައިދޭނެ މީހަކު ނެތުމުން އޭނާ ނިންމީ ގޭގައި ޓިއުޝަން ދޭށެވެ. ރަނގަޅު ތަޢުލީމެއް ލިބިފައި ހުރުމުން އޭނާއަށް އެކަން ކިތަންމެ ރަނގަޅަކަށްވެސް ކުރެވުނެވެ. ނަމަވެސް އެއީ ނިޝާމް މާ ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. އެހެނަސް އެއްޗެކޭ ނުބުނެއެވެ. ޓިއުޝަން ދީގެން ނީލާއަށް ރަނގަޅު އެއްޗެއް ލިބެއެވެ. ވަރަށް ޚަރަދަށް ބަލައިގެން ދެކޮޅު ޖައްސައިގެން ބައެއް މަސްމަހު ކޮންމެވެސް ވަރަކަށް އެއްޗެއް ރައްކާވެސް ކުރެވެއެވެ.

ދަރިފުޅުގެ ކަންތައްތައް ކުރަމުން ފިރިމީހާއަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ބަރާބަރަށް ދެމުން ކުދިންނަށް ޓިއުޝަން ދެމުން ގޭގެ މަސައްކަތްތައް ކުރުން ވީ ނުހަނު ބުރަ ކަމަކަށެވެ. ނަމަވެސް ނީލާ ހިތްވަރު އެލުވައެއް ނުލައެވެ. އެއްވެސް ކަމަކަށް ފަރުވާކުޑަ ނުކޮށް ކަންތައްތައް ކުރަމުން ގެންދިޔައީ ނުހަނު ފުރިހަމައަށެވެ. އޭނާގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކަމުން ޖެހިގެން އައި އަހަރު އޭނާގެ ޓިއުޝަން ކްލާހަށް ކުދިން އިތުރުވެގެން ދިޔައެވެ. އެއީ އޭނާއަށް ލިބުނު އިތުރު ހިތްހަމަޖެހުމަކަށްވިއެވެ. ނަމަވެސް އަހަރުގެ ދެމަސް ފާއިތުވެގެން ދިޔައިރު ނީލާ ދެވަނަ ފަހަރަށް ބަލިވެ އިންކަމުގެ ސިގުނަލްތައް ލިބެން ފެށިއެވެ. ނީލާއަށް އެކަމުން އިތުރު ނުތަނަވަސްކަމެއް ވެރިވިއެވެ. ފިރިމީހާގެ އެއްވެސް އަޅާލުމެއް ނުލިބޭތީއެވެ. ދެދަރިންނަށް ޚަރަދުކުރެވޭވަރުގެ ތަނަވަސްކަން ނުލިބިދާނެތީއެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ ނިޝާމްއާއި އެވާހަކަ ދެއްކިއެވެ. ނަމަވެސް އެއީ އޭނާގެ ދިރިއުޅުމުގައި ސިއްކަ ޖެހުނު ރެޔަށްވިއެވެ. ނިޝާމް އޭނާ ވަރިކޮށްލާފައި ދިޔައީއެވެ. އެކަމަކާ ނީލާ މާބޮޑު ދެރައެއް ވީހެނެއް ހިއެއްނުވެއެވެ. ފިރިމީހާ ހުއްޓަސް އޭނާއަށް ވާ ފައިދާއެއް ނެތީތީއެވެ.

ނިޝާމް ނީލާ ވަރިކޮށްފައި ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ރަށު މީހުންގެ ފަރާތުން އޭނާ ރަށުން ފުރައިގެން ދިޔަކަން އެނގުނެވެ. އޭގެފަހުން ދެހަފްތާއެއް ވެފައި ލިބުނީ ޒަޚަމްތަކަކާއެކު މާލޭގައި ނިޝާމް މަރާލާފައި އޮތް ވާހަކައެވެ. އެކަމުގެ ހަޤީޤަތް އަދި އަދަށް ދާންދެންވެސް އޮތީ ނޭނގިއެވެ. އޭގެފަހުން ނީލާ އިތުރު ކައިވެންޏެއް ނުކުރެއެވެ. އެތައް ބަޔަކު އޭނާގެ ކައިވެންޏަށް އެދި ހުށަހެޅިއެވެ. ނަމަވެސް ދަރިފުޅަށް ދޮންބައްޕައަކު ހޯދައިދޭން ބޭނުންނުވާކަމަށް ބުނެ ހުހަށް ހުރީއެވެ. ދެދަރިން ސްކޫލަށް ވެއްދުމާއެކު ނީލާވެސް ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއަށް އެދި ހުށަހެޅިއެވެ. އޯލެވެލް ނިންމާފައި ޓީޗިންގ ހަދާފައިވުމުން އޭނާއަށް ނުހަނު ފަސޭހައިން ވަޒީފާވެސް ހަމަޖެހުނެވެ. އެފަހަރު ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކަށް އޭނާ ހޮވުނީތީއެވެ.

ކޮންމެ ރެޔަކު ފަތިސް ނަމާދަށް ހޭލާފައި ދެދަރިން ނަގާ ނަމާދަށް އަރުވާފައި އޭނާ ވަންނަނީ ބަދިގެއަށެވެ. ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ދެދަރިންނަށް ރަނގަޅަށް ނާސްތާ ދިނުމަކީ އޭނާ ވަރަށް ސަމާލުކަންދޭ ކަމެކެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި އޭނާ ވަޒީފާއަށް ދާން ތައްޔާރުވާނެއެވެ. އޭރު ދެކުދިން ތިބޭނީ ދާން ތައްޔާރުވެގެންނެވެ. ތައްޔާރުވެގެން ނުކުމެ ތިންމައިން އެކުގައި ސްކޫލަށް ދާއިރު މަންޒަރު ކިތަންމެހާވެސް ހިތްގައިމުވާނެއެވެ. ދުވަހަކުވެސް ގަޑިއެއް ނުޖެހޭނެއެވެ. އެއްވެސް ސަބަބަކާއިހުރެ ދެދަރިންކުރެ އެއްވެސް ދަރިއެއްގެ ކަމެއް ހަނދާން ނައްތައެއް ނުލާނެއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ދަރިއެއްގެ ކަމަކު ތަނަކަށް ދާން ޖެހިއްޖެނަމަ ގަޑިއަށް ހާޒިރުވާނެއެވެ. ކޮންމެ ދުވަހެއްގެވެސް އާދަ މިގޮތުގައި އޮވެދެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އޭނާގެ މަސައްކަތުން ގެވެސް ރަނގަޅު ފެންވަރަކަށް ހެދިއެވެ. ދޮށީ ދަރިފުޅު ސްކޫލުގެ ކިޔެވުން ނިންމާލީ ރަން ވަނަތަކެއް ހާސިލްކޮށްގެންނެވެ. ދޮށީ ދަރިފުޅު ކިޔަވާ ނިމުމާއެކު ނީލާ ރަށުގައި ހުންނަ އޭނާގެ ގެ ކުއްޔަށްދީފައި ދެދަރިން ގޮވައިގެން މާލެ ބަދަލުވީ މަތީ ތައުލީމު ހޯދައިދިނުމަށެވެ. ހަގު ދަރިފުޅުވެސް ސްކޫލުގެ ކިޔެވުން ނިންމާލީ ރަން ވަނަތަކަކާއެކު ފާހަކޮށްލެވޭ މޮޅު ކުއްޖަކަށްވެގެން ނީލާގެ ހުރިހާ ހުވަފެންތަކެއްގައި ކުލަ ޖައްސާލަދީފައެވެ. އެކަނިމާއެކު ވީ މަތިވެރި ޤުރުބާނީގެ އަގު އޭނާއަށް ހޯދައިދީފައެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން

Next

ލޯބި ވިޔަސް…

Next
March 29, 2018

ލޯބި ވިޔަސް…

Previews
March 29, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން

29 Comments!

  1. Fai says:
    March 29, 2018 at 6:46 pm

    V V Reethi sandy ge aavahakaeh genesdeyney kohduvahakun

    1. Saandy says:
      April 1, 2018 at 11:44 am

      ThanQ Fai.. Ehen neynge vaki dhuvaheh bunaakah 🙂

  2. Fai says:
    March 29, 2018 at 6:49 pm

    V V V reethi

    1. Saandy says:
      April 1, 2018 at 11:45 am

      ThanQ Fai 🙂

  3. reee says:
    March 29, 2018 at 7:10 pm

    Wow great

    1. Saandy says:
      April 1, 2018 at 11:46 am

      ThanQ reee 🙂

  4. maroon says:
    March 29, 2018 at 7:23 pm

    Vaahaka v reethi. V gina anhen kudhinnah libeyne v mathiveri filaavalhakah vaane kamah umeedhu kuran. Adhi firin ves mikamun iburaiy haasil kuraane kamah ummeedhu kuran. Daughters and sons respect mom.
    Job well done sandy ?. Hope to see more stories. Ekam need a reason why nisham changed so much. Maybe got bored. Dhn maruvi sababu negeythy question markeh???. The story is about the girl.. so e mi questions thah hithah eriyas v hiyhama jehigen story kiyaa nimunee. V reethi .

    1. Saandy says:
      April 1, 2018 at 11:46 am

      ThanQ maroon 🙂

  5. mishy says:
    March 29, 2018 at 7:23 pm

    Woww..vrh reethi… luv react eh dhiifin saandii…ly…

    1. Saandy says:
      April 1, 2018 at 11:47 am

      ThanQ mishy 🙂

  6. Any says:
    March 29, 2018 at 9:45 pm

    V reethi adhi beynun mi vahaka dhigukoh kiyalan ❤??

    1. Saandy says:
      April 1, 2018 at 11:48 am

      ThanQ Any.. Thikamaa dheytherey visnaalaanan 🙂

  7. shanhaa says:
    March 30, 2018 at 2:43 am

    mi vaahaka adhi dhigu vehjehyaa reethi vaany dhykydhin boduvy bahpage maruge hageegah hoodhi manmage aailaa ai bahdal vun dho reethi vaany kan nyge ?vaahaka hama habys????????

    1. Saandy says:
      April 1, 2018 at 11:48 am

      ThanQ shanhaa.. Vaahaka dhigukollumaa dheytherey visnaalaanan 🙂

  8. 1x00 says:
    March 30, 2018 at 9:29 am

    Mi story varah reethi..kiyaalaa hihvaa vaahaka eh..hurihaa kudhinnah ves iburatheh libey kahala vaahaka eh..
    Ekm nisham maruvi kihineh kan kuda gothakah bunedhinnama ithuru furihama kameh genuvys..
    Vaahaka varah reethi?????

    1. Saandy says:
      April 1, 2018 at 11:49 am

      ThanQ 1xoo.. Aslu ebai nugenaee mee Neela ge vaahakaeh veema 🙂

  9. Rishy says:
    March 30, 2018 at 11:50 am

    ☺Nice

    1. Saandy says:
      April 1, 2018 at 11:50 am

      ThanQ Rishy 🙂

  10. mee kaaaaaku says:
    March 30, 2018 at 12:03 pm

    eww

    1. reader says:
      May 16, 2018 at 11:10 pm

      thikahala cooment kuran heyo vaaanetha mikahala reethi vaahakathakah mee kaaaaaku eh kamaku… this story is veryyyy nice…. i love it…. adhi thankolheh dhigukoh kiyaalan beynun…..

  11. snow says:
    March 30, 2018 at 4:05 pm

    Wow. Varah Reethi

    1. Saandy says:
      April 1, 2018 at 11:50 am

      ThanQ snow 🙂

  12. Lai says:
    March 30, 2018 at 5:43 pm

    v.v.reethi .?.saandy mi story dhigukohlaafa alun liyedhyba..?I want to know why nisham was killed..???????

    1. Saandy says:
      April 1, 2018 at 11:51 am

      ThanQ Lai.. Thikamaa dheytherey visnaalaanan 🙂

  13. Sssssssshhssss says:
    April 2, 2018 at 8:58 pm

    hiyalee floke vaahaka hagee hadhaisa category ah nulaaba dhw. konmes varege thedhuveri kameh ves onnan vaane dhw mikaha kantha kuraairuves

    1. Saandy says:
      April 3, 2018 at 3:31 pm

      Sssssssshhssss! Mee hageegy haadhisaaeh.. Khiyaaly floke vaahakaeh noon.. Neyngey vaahaka nudhekkun ran’galhu vaane 🙂

  14. ifaa says:
    April 17, 2018 at 4:11 pm

    varah ibraitheri story eh.. varah salhi!

    1. Saandy says:
      April 17, 2018 at 6:25 pm

      ThanQ ifaa 🙂

  15. cutie afuar says:
    November 12, 2018 at 4:05 pm

    very nice
    love it <3 keep it up

Comments are closed.



All Right Reserved!