“އޭ މަބުނީ އޮބޯތޭވަރަށް ބޮޑު ވާހަކައެއް” މައިކަލް ބޯކަހަމުން ބުނެލިއެވެ. “ހޫމް ކިޔާބަލަ” ކައިރީގައި އިން ކޮފީޖޯޑުގައި ތުންޖަހަމުން ރިލްވާން ބުނެލިއެވެ. “އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން..” މައިކަލް ބުނި ޖުމްލައާއި އެކު ރިލްވާންކޮށިއެރިއެވެ. “ޕިސް ޕިސް. އެހާ ހައިރާން ކުރަނިވި ވާހަކައެއްތަ މަށަށް މިބުނެވުނީ” ރިލްވާންގެ ބުރަކަށީގައި ފިރުމާލަމުން މައިކަލް “އައި ރޯލް” ކޮއްލިއެވެ. “ހަހަ ނޫނޭ ނޫނޭ. ހަމަ ހުވާތަ؟؟” ރިލްވާން އަހާލީ ޔަގީންކޮއްލަން އަހާކަހަލަ ގޮތަކަށެވެ. “ޔެއާ.. އައި މީން. މިހާރު […]
“ތެންކިޔު ޔޫހާން.. ވަރަށް އުފާވެއްޖެ ޔޫހާން މަށާއެކީގަ މިހެން ޓައިމް ސްޕެންޑްކުރީމަ..” އެލީޝާ ހޮސްޕިޓަލުން ވަނީ 1 ހަފްތާ ޗުއްޓީ ނަގާފައެވެ. އެހެންކަމުން ޔޫހާންވެސް އެލީޝާއާއި އެކު އެވަގުތުތަށް ހޭދަ ކުރުމުގެ ބޭނުމުގައި 1 ހަފްތާ ޗުއްޓީނެގިއެވެ. “އޮފްކޯރސް. އަހަރެން އަބަދުވެސް އެލާއާއި އެކުވާނަން. އުފާވެރިކަމާއި ހިތާމައިގަވެސް” އެލީޝާގެ އަތަށް ބާރުކޮށްލަމުން ޔުހާން ބުނެލިއެވެ. ހިނިތުންވެލާފައި އެލީޝާ ޔޫހާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ދެލޯބިވެރިން ތިބީ އަތިރިއެއްގައި ކަމުން ޖެހެމުން ދިޔަ ވައިރޯޅިތަކުން ދިޔައީ އެލީޝާގެ ބޮލުގައި އިން […]
“ވަޓް ދި ހެލް؟؟” “ވަޓް ދި ހެލް؟؟” ލީޝާބުނެލި ބަހާއި އެކު ޔަލްވީއަދި، ޝާހާއަށް އެއްފަހަރާ ބުނެވުނެވެ. “އާނއެކޭ!! ޔޫހާންއަދިވެސް ވީ އަހަރުންގޭގަ. ނޭނގެ އެމީހުން ދެން އެކެމެރާ ނަގާފަ ކުރީ ކީއްކަމެއްވެސް. ހަމަ ހުވާ!” ލީޝާ ކޮފީ ޖޯޑުގައި ތުން ޖަހަމުން ބުނެލިއެވެ. “ލީޝާ ކީއްކުރަން ދެން ރޫމްގަ އޮތީވެސް؟ މަނަމަ ގޮސް ވަންނާނީ ކޮޓަރިއަށް. ކީކޭ ޔަލޫ ބުނަނީ؟” ޝާހާ ޔަލްވީއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “އާނއެކޭ! ލީޝާ މާ ފިނޑީ” ޔަލްވީވެސް ބުނެލިއެވެ. […]
އެއްވިސް އަޑެއްނުލައްވާ ލީޝާގޮސް ރީތިކޮށް އެނދުފެންނާނޭހެން ކެމެރާއެއް ބޭންދިއެވެ. އެކެމެރާ ކުޑަކަމުން ފެންނަވަރެއްވެސް ނޫނެވެ. ދެން ލީޝާ ކޮޓަރިއަށް ގޮސް ލެޕްޓޮޕް ބަލައިލިއެވެ. އޭރު ލީޝާގެ ލެޕްޓޮޕްއިން ދިޔައީ އެލީޝާއާއި ޔޫހާން ފެންނަމުންނެވެ. އެގޮތުގައި ވަގުތުތަށް ފާއިތުވަމުންގޮސް މިހާރު 10 ވެސް ޖަހާފިއެވެ. އޭރު ލެޕްޓޮޕްއިން ފެންނަމުން ދިޔަ މަންޒަރުން ލީޝާގެ ހަށިގަނޑުވެސް ދިޔައީ ތުރުތުރު ލަމުންނެވެ. ކޮޓަރިތެރޭއަށްވެސް ހީވަނީ ތޫފާނެއް އަހިސްފައިވީ ހެންނެވެ. “މަންމާ. މަންމަ ދެން ގެއަށް ދާންވީނުން އަރާމުކޮށްލާ ހަދަން؟ ރޭން ސުރެ […]
“ކޯއްޗެއްތަ ބަލަން ތިހުރީ؟؟ ދޭބަލަ ޑިފައިބްލެރޭޓާރ ހިފައިގެންއަންނަން!” ކައިރީގައި ހުރި ނަރުސް ކުއްޖާއާއި ދިމާލަށް ޔޫހާން ހަޅޭލަވައިގަނެވުނެވެ. އެކުއްޖާ ދުވެފައި ގޮސް ޑިފައިބްލެރޭޓާރ ގެނައެވެ. “200 ޖޫލްސް ރެޑީ” ޔޫހާން ގާތުގައި އެކުއްޖާ ބުނެލިއެވެ. “3 2 1 ޝޮކް” އެވަގުތު މާޔަންގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިނުތަކުގައިވީ ރޮނގުތަށް ސީދާވީ ވަގުތަށެވެ. ފުރާނައާއި އެތަށް އިރަކު ހަނގުރާމަކުރުމަށް ފަހު މާޔަންގެ އެންމެ ފަހު ނޭވާ ދޫއްކޮއްލާ އެނބުރި ހެއްދެވިފަރާތަށް ދިޔައީއެވެ. “ޔޫ.. ޔޫހާން…” ޔޫހާންއަދިވެސް ސީޕީއާރ ދެމުންދާތީވެސް […]
“މިހާރު ބިޒީ ކަމުން އާދެވެނީކީވެސް ނޫން ވިއްޔަ. އެހެންވެ އަހަރެން ބޭނުންވީ އަތުން އަތަށް މީތި ހަވާލުކޮއްލަދޭން” މައުނާގެ އަތަށާއި ނައިލާގެ އަތަށް ކާރޑެއް ލައިދެމުން އެލީޝާ ބުނެލިއެވެ. “އެކޮއެ ކައިވެނި ކުރަނީތަ؟” ނައިލާގެ ޖުމްލައިން ނަވްޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “އޯއެމްޖީ ޔޭސް އޮފްކޯސް އައިލް ބީ ޔުއާރ ބްރައިޑްސް މެއިޑް” މައުނާގެ ކާޑުގައި އިން “ވިލް ޔޫ ބީ މައި ބްރައިޑްސް މެއިޑް” ކިޔާލާފައި އުފަލުން ހުރެ މައުނާ ބުނެލިއެވެ. “ޔޫ ގާއިސް އާރ […]
“ބޭބެ ވާނެ އިނގޭ ވަގުތުން ވަގުތަށް މިބޭސްކާން. އެހެންނޫނީ ހަމަ ބޭބެގެ ހާރޓްރޭޓް ދައްވަމުންދާނީ. އޮޕްރޭޝަންއަކާއި ހަމައަށް ދާން ޖެހުންވެސް އެކަށީގެންވޭ. ދެން މިބޭސް ކައިފައި އެއްމަސް ފަހުން އަލުން ދުރުވޭ އިނގޭތޯ؟ އިތުރު އުނދަގުލެއްވާނަމަވެސް ވާނެ އަޅުގަނޑައް ދައްކާލަން އަންނަން” ޔޫހާންވާހަކަ ދައްކަމުން ދިޔައީ ޔޫހާން ކުރިމަތީގައި އިން ޕޭޝަންޓްއަށެވެ. “ޑަކްޓަރ އަޅުގަނޑުގެ ބައްޕަ ރަނގަޅުވާނެތޯ؟” ކައިރީގައި އިން އެމީހާގެ ދަރިފުޅު އަހާލިއެވެ. “ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ދެން އެންމެ ރަނގަޅު ދިޔަޔަސް” މޫނުބުރުގާއަޅައިގެން އިން […]
މިވާހަކައަކީ 2008 ވަނަ އަހަރުގައި ހިނގައިދިޔަ ހަގީގީ ހާދިސާއަކާއި ގުޅުވައިގެން ލިޔެފައިވާ ޙިޔާލީވާހަކައެކެވެ. އިރުގެއަތްވާއި އެކު އާވިއަރައަރަ ހުރި މަގުތަކުގައިވީ ހޫނުކަން ފިލަތް ތެތް ފިނިކަމަށް ބަދަލުވާން ފެށިއެވެ. ގަޑިން އޭރު ކިރިޔާ 30 8 ވަނީއެވެ. އުޑުމަތީގައިވީ ސާފު ހުދުވިލާތަށް ކަޅުވެލީ އަންނަންއޮތް ވިއްސާރައިގެ ތޫފާނުގެ ރަތް ސިގުނަލްދޭފަދައިންނެވެ. ވައިގަދަވާން ފެށިއެވެ. ވިދަން ފެށިއެވެ. ދުވާލުގެ ވަގުތު ނަމަވެސް އެއަލި އަހަރެން އިން ކޮޓަރީގެ ދޮރިފޮތިގަނޑުތެރެއިން ފުރޭނިގެން އަހިސް ކޮޓަރިއަށް ވަނެވެ. ފުރަތަމަ ގުގުރީގެ އަޑުއިއްވާލީވެސް […]
“ވަރަށް ވަރުބަލި. މާދަން ދާނަން ޑިއުޓީއަށް ދާން ބަލާ. އައި ލަވް ޔޫ ޓޫ” ޔޫހާންގެ ކޯލަށް އިންތިޒާރުގައި އިން އެލީޝާއަށް އައި ޔޫހާންގެ މެސެޖު ކިޔާލާފައި އެލީޝާގެ މޫނުއޮއްސުނެވެ. ނަމަވެސް ބަލާ އަންނަވާހަކަ ބުނުމުން އުފާވެލާފައި “ގުޑް ނައިޓް” ޖަހާފައި އެލީޝާ އޮށޯއޮތެވެ. ދަންވަރުގެ ވަގުތެވެ. މިހާރު ގަޑިން 3 ޖަހަނީއެވެ. އޭރުވެސް “ވަރުބަލި” ވެފައި އޮތް ޔޫހާން އޮތީ ހޭލާއެވެ. ލީޝާ، ޔަލްވީ އަދި ޝާހާގެ ފަރާތުން ލިބެމުން ދިޔަ ނިވާކަންކުޑަ ފޮޓޯތަކުން ޔޫހާންގެ […]