“ބޭބެ ވާނެ އިނގޭ ވަގުތުން ވަގުތަށް މިބޭސްކާން. އެހެންނޫނީ ހަމަ ބޭބެގެ ހާރޓްރޭޓް ދައްވަމުންދާނީ. އޮޕްރޭޝަންއަކާއި ހަމައަށް ދާން ޖެހުންވެސް އެކަށީގެންވޭ. ދެން މިބޭސް ކައިފައި އެއްމަސް ފަހުން އަލުން ދުރުވޭ އިނގޭތޯ؟ އިތުރު އުނދަގުލެއްވާނަމަވެސް ވާނެ އަޅުގަނޑައް ދައްކާލަން އަންނަން” ޔޫހާންވާހަކަ ދައްކަމުން ދިޔައީ ޔޫހާން ކުރިމަތީގައި އިން ޕޭޝަންޓްއަށެވެ.
“ޑަކްޓަރ އަޅުގަނޑުގެ ބައްޕަ ރަނގަޅުވާނެތޯ؟” ކައިރީގައި އިން އެމީހާގެ ދަރިފުޅު އަހާލިއެވެ.
“ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ދެން އެންމެ ރަނގަޅު ދިޔަޔަސް” މޫނުބުރުގާއަޅައިގެން އިން އެކުއްޖާގެ ދެލޮލަށް ބަލާލަމުން ޔޫހާން ބުނެލިއެވެ.
ޝުކުރުއަދާކޮށްފައި އެކުއްޖާ ބައްޕައަތުގައި ހިފައިގެން ނުކުތެވެ. ދެން އިން ޕޭޝަންޓްއަށް ރެޑީވެލުމަށް ފަހު ޔޫހާން ދެން އިން ނަންބަރަށް ގޮވާލިއެވެ. ކޮންޕިޔުޓަރއަށް ބަލަން އިން ޔޫހާންއަށް ދޮރާދިމާލަށް ބަލައިލެވުނީ “ޓޮއް ޓޮއް” އަޑު އިވުމުނެވެ. އެއީ އަންހެން ކުއްޖެއްކަން ކަށަވަރުވުމުންނެވެ. އެޒުވާން ޖިިންސުލަތީފު ފެނިފައި ކޮންޕިޔުޓަރ ކައިރީގައި އިން ޔޫހާންއާއި އެލީޝާގެ ފޮޓޯ ފްރޭމްވެސް ޔޫހާންއަށް ފޮރުވާލެވުނެވެ.
ތުއި ވެލާފައި “ކެޓް ވޯކް” ގައި ނަވްޔާއަހިސް ބަލިމީހާއަށް ހާއްސަ ކުރެވިފައިވީ ގޮނޑީގައި ނަވްޔާ އިށީނެވެ. ޔޫހާންއަށް އެކުއްޖާގެ ބޮލުން ފެށިގެން ފަޔާހަމައަށް ބަލައިލެވުނެވެ. ހީވީ މުޅި ހަށިގަނޑު ސްކޭން ކޮއްލިހެންނެވެ. ހަނދާން ކޮއްލުމުން އެއީ ކުރިން ދުވަހު ޒެހެކްއާއި އެކު އައި ކުއްޖާކަން ޔޫހާންއަށް އެނގުނެވެ. ޒެހެކްއަކީ ކްރިޓިކަލް ޕޭޝަންޓްއެއްކަމުން އެދުވަހު މިކުއްޖާއަކަށް ޔޫހާން މާ ސަމާލުކަމެއް ނުދެއެވެ. ޔޫހާންއަކީ “އަންހެނުންހިތި” ފިރިހެނަކަސް، އޭނާގެ މަސައްކަތް އޭނާ ކުރަނީ ވަރަށް ފުރިހަމަޔަށެވެ.
“މަރިޔަމް ނަވްޔާ ނިޔާޒް ދެއްތޯ؟” ނަވްޔާގެ އައި ޑީ ކާރޑްއަށް ބަލާލަމުން އަހައިލިއެވެ. “ލައްބަ” އަޑު ތުއި ކޮއްލާފައި ނަވްޔާ ބުނެލިއެވެ.
“ކިހިނެއްތޯ ވަނީ؟” ޔޫހާން އަހާލިއެވެ.
“އަޅުގަނޑު މޭގަ ރިއްސާތާ މިހާރުދުވަސްކޮޅެއްވެއްޖެ. ވަރަށް ބޮޑަށް ރިއްސާ. އެހެންވެ ދައްކާލަން މިއައީ” ނަވްޔާ މޭގައި ފިރުމާލާފައި ބުނެލިއެވެ.
“ނޭވާ ލާން އުނދަގޫވޭތޯ؟ ނޫނީ އިތުރުއެހެން ކަމެއްވެތޯ؟” ޔޫހާންއެއްސެވެ.
ނަވްޔާ ނޫނެކޭ ބުނުމުން ކައިރީގައި އޮތް ބްލަޑް ޕްރެޝަރ ބަލާ އެތިން ނަވްޔާގެ ޕްރެޝަރ ބަލައިލިއެވެ. އަދި ޝަހާދަތް އިނގިލީގައި “ޕޯލްސް އޮކްސްސިމީޓަރ” ލައްވާފައި ހާރޓް ރޭޓް ބަލާލިއެވެ.
“ޕްރެޝަރވެސް ހާރޓް ރޭޓްވެސް ހަމަ އޯކޭ. އެކަމަކުވެސް އަޅުގަނޑު ދޭނަން އީސީޖީއެއް ހަދާލަން. އީސީޖީއެއް ހަދާލާފައި އަލުން ދުރުވޭ އިނގޭތޯ” ޔޫހާން ނަވްޔާގެ ދޮން މޫނަށް ބަލައިލިއެވެ. ނަވްޔާ ހިނިތުންވެލިއެވެ. ކޮޓަރީގެ ކަނެއްގައި އީސީޖީގެ މެޝިނުގެ އިތުރުން އެތަނުގައި އެނދެއްވެސް އިނުމުންނެވެ. މިލިބުނީ ރަނގަޅު ފުރުސަތެކޭ ނަވްޔާ ހިތައްއެރިއެވެ.
“މިތަނުގަވެސް މީނީނުންތޯ ހެދެން؟ އަނެއްކާ އަޅުގަނޑަކަށް އެވަރަކަށް ނުހިގޭނެ. ޕްލީޒް ޑަކްޓަރ” އީސީޖީ މެޝިނަށް އިނގިލިދިއްކޮއްލަމުން ނަވްޔާ ބުނެލިއެވެ.
“ހެހެ ދޭ އޮށޯވެލަން” ޔޫހާންވެސް ވަކި ލިބުނު ފުރުސަތު ވަޔާ ދޫކޮއްލާކަށް ބޭނުމެއްނުވިއެވެ. އެނދާ ދިމާލަށް ހިނގައިގަން ނަވްޔާއަށް ބަލަން ހުރެފައި ކައިރީގައި އިން އަންގި ފޮށިން އަންގިއެއް ނެގިއެވެ. އީސީޖީ މެޝިނު ނަވްޔާއޮތް އެނދާކައިރިކޮއްލަމުން ހުރިހާ ފަށާއި އެއްޗެހި ބޭލުމަށް ބުނެލިއެވެ.
“މީތިވެސް ނަގަންޖެހޭނެ” ނަވްޔާގެ ފޫޅުގައި އިން އެތި ދައްކާލަމުން ޔޫހާން ބުނެލިއެވެ.
“ޑަކްޓަރ ނަގައިދީފާނަންތޯ؟ އަޅުގަނޑަކަށް ނޭނގެ އޭތި ނައްޓާކަށް” ދެއަތް ޖޯޑުކޮއްލާފައި ލޯބިގޮތަކަށް ނަވްޔާ ބުނެލިއެވެ. ހިނިތުންވެލާފައި ނަވްޔާގެ ފޫޅުގައި އިން އެތި ޔޫހާން ނައްޓަދިނެވެ. އެއަށްފަހު ގޮސް ދޮރުތަޅުލިއެވެ.
އީސީޖީ ނަގަމުން ދިޔައިރުވެސް ނަވްޔާ އޮތީ ކަޅިޖަހާނުލާ ޔޫހާންގެ ދޮންމޫނަށް ބަލަންށެވެ. ނަމަވެސް އެވަގުތު ޔޫހާންގެ ސަމާލުކަން ބޮޑަށް ހުރީ އީސީޖީއަށެވެ. ރިޕޯރޓު ލިބުމުން އެއްވިސް މައްސަލައެއް ނެތްކަމަށް ބުނެ ނަވްޔާގެ ހަށިގަނޑަށް ގުޅުވާފައިވީ އެއްޗެހިތަށް ޔޫހާން ނައްޓާލިއެވެ. އެނައްޓަމުން ދިޔައިރު ޔޫހާން ދިޔައީ ނޫންކަމަށް ހަދާފައި ނަވްޔާގެ ހަށިގަނޑުގައި ބީހެމުންނެވެ. ނަވްޔާ ހިނިތުންވެލައިގެން އޮތް އިރު ހީވާ ފަދައެވެ. މިއަދު އޭނާއަށް މުޅި ދުނިޔެވެސް ލިބިއްޖެއެވެ.
ބޭސްސިޓީ ދިނުމުން ކިޔުނަންބަރ ޔޫހާންއަތަށް ދީފައި އެއްލޯމަރާލާފައި ނަވްޔާ ނުކުމެގެން ދިޔައެވެ. އޭގައި ރީނދޫކުލައިގެ ސްޓިކީ ނޯޓް އެއްގައި އިނީ ނަންބަރެކެވެ. ޔޫހާންއަށް ހިނިތުންވެލީ ކިބުރުވެރިގޮތަކަށެވެ.
“ކޯއްޗެއްތަ ކާން ހެދީ މަންމާ؟” އާފުރެމުން ނިކުން ލީޝާ ސޯފާގައި ޤުރްޢާން ކިޔަވަންއިން އަނާޝާ ގާތުގައި އެއްސެވެ.
“ޕިސް ޕިސް ސާބަސް އިނގޭ ދަރިފުޅަށް. މިހާރު އެޔޮށް 3 ޖެހީއޭ. އަދި ކިރިޔާތަ ނިިކުންނަން ތި އިނގުނީ؟” އަނާޝާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ދެން ހެޔޮނުވާނެ މަންމާ މަށަށް ކާއެއްޗެއް ދީބަލަ ހާދަހައޭ!” ލީޝާ ފޫހިވެފައިބުނެލިއެވެ.
“ހުންނާނެ ބަދިގޭގަ ކާއެއްޗެހި. އަމިއްލަ އަޅައިގެން ކައި!” އަނާޝާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ފޫހިވެފައި ބަދިގެއަށް ވަދެ ކޮފީތަށްޓެއްގިރައިގެން އަހިސް ލީޝާ ސޯފާގައި އިށީނެވެ. އެވަރުގެ ކުޑަ ކަމެއްކުރަންވީމަވެސް ލީޝާއަށް ހުރީ އުނދަގޫވެފައެވެ. ފޯނުނަގާ ވައިބާއަށް ވައިން އިރު “ސެކްސީ ގާރލީސް” ޖަހާފައި އިން ގުރޫޕު ދިޔައީ ލީޝާގެ ފޯނު “ސްޕޭމް” ކުރަމުންނެވެ.
“އަޅެ އަސްލުވެސް އޭނަ ހާދަ ހޮޓޭ”
“ހަމަ ހުވާ އައި ޝުއާރލީ ގޮޓްދި އަގްލީ ފްރެންޑް”
“ހިތަށް އަރާ އެންމެރެޔަކަށްވެސް ލިބޭނެ ނަމައޭ ހަމަ ހުވާ”
ގުރޫޕުގައި ލީޝާގެ އިތުރުން އިން ޔަލްވީއާއި ޝާހާވެސް ދައްކަމުން ދިޔައީ ޔޫހާންގެ ވާހަކައެވެ. ކޮފީ ޖޯޑުން ކޯވަރެއްނަގާފައި ލީޝާވެސް ވަރުއަރުވާލާފައި ގުރޫޕުގައި “ޗެޓު” ކުރަންފެށިއެވެ.
“އެކަމަކު އިނގޭތަ ތިމީހުންނަށް؟ ޔޫހާން އެއުޅެނީ މަގޭ ކޮއްކޮ ގަނޑާ އިންނަން. އެންގޭޖް ވެސް ވެއްޖެމިހާރު” ލީޝާ ބުނެލިއެވެ.
“ވަޓް؟ އައްޗީޑީ! ޔޫހާން އެޔޮއް ހޮޓު ސޮރު އެލީޝާކަހަލަ މީހަކާ؟ ޔަކް ޔަކް”
“އެބުނާހެން. އެހާ ހޮޓު މީހަކު އެކަހަލަ މީހަކާއި އެކީ އުޅޭކަން އެނގުމުން ހިތް ކުދިކުދިވެއްޖެ”
ގުރޫޕުގައި އެންމެންވެގެން ދިޔައީ އެލީޝާއާއި ދިމާލަށް ދުލަށް އައިހާއެއްޗެއް ކިޔަމުންނެވެ. އެވާހަކައިގައި އެންމެ އިސްވެގެން އެއިނީ ލީޝާއެވެ. އެއްޗެހި މިގޮވެނީ އޭނާގެ އަމިއްލަ ކޮއްކޮއަށްކަންވެސް އެލީޝާއަށް ހަމަ ނޭނގެނީހެއްޔެވެ؟
“އައްސަލާމު އަލައިކުމް” “ރޯޝަނީ” ގެޔަށް ވަދެލަމުން އެލީޝާ ސަލާމް ގޮވާލިއެވެ.
“ވާލައިކުމް ސަލާމް. އަނހާ އެކޮއެ. މައު ހޯދަން ދެއްތޯ؟ ވެއްޖެ ކޮޓަރީގަ” ސިޓިންގރޫމްގައި އިން ނާއިލްގެ ބައްޕަ ނިޔާޒް ސަލާމް ބަލައިގަނެފައި ބުނެލިއެވެ. އެލީޝާ ހިނިތުންވެލާފައި ހިނގައިގަތީ މައުނާގެ ކޮޓަރިއަށެވެ.
“ހެއީ” ދޮރުގައި ޓަކި ޖަހާލާފައި ކޮޓަރިތެރެއަށް ވަދެލަމުން އެލީޝާ ބުނެލިއެވެ. އެނދުގައި އޮށޯވެލައިގެން އިން މައުނާ، އެލީޝާ ފެނުމުން ހިނިތުންވެލާފައި ތެދުވެ އިށީނެވެ. މައުނާ ކައިރީ ގޮނޑިއެއްގައި ނައިލާ އިންއިރު، މައުނާގެ ފައިބުޑުގައި އިށީންދެގެން އިން ނަވްޔާ އެލީޝާއާއި ދިމާލަށް ބަލާލާފައި މޫނު ކުނިކޮއްލިއެވެ. އޭރުވެސް ނަވްޔާ ދިޔައީ ފޯނުން ޔޫހާންއާއި މެސެޖު ކުރަމުންނެވެ.
“ޔޫހާންގެ ބްރައިޑް ޓު ބީ އެބައިންނެވި މިގޭގަ” “އައި ރޯލް” އިމޯޖީއަކާއި އެކު ނަވްޔާ މެސެޖުކޮއްލިއެވެ. “ހަހަ” ޔޫހާންގެ ރިޕްލައިގައި އިނެވެ. އެލީޝާއަށް ފޭކު ހިިނިތުންވުމެއް ދިނެވެ.
“މިއޮއް ހޫނުގަދަ ގަޑީގައި ކޮން ދަތުރެއް؟” މައުނާ އަހާލިއެވެ.
“މިހާރު ބިޒީ ކަމުން އާދެވެނީކީވެސް ނޫން ވިއްޔަ. އެހެންވެ އަހަރެން ބޭނުންވީ އަތުން އަތަށް މީތި ހަވާލުކޮއްލަދޭން” މައުނާގެ އަތަށާއި ނައިލާގެ އަތަށް ކާރޑެއް ލައިދެމުން އެލީޝާ ބުނެލިއެވެ.
“އެކޮއެ ކައިވެނި ކުރަނީތަ؟” ނައިލާގެ ޖުމްލައިން ނަވްޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“އޯއެމްޖީ ޔޭސް އޮފްކޯސް އައިލް ބީ ޔުއާރ ބްރައިޑްސް މެއިޑް” މައުނާގެ ކާޑުގައި އިން “ވިލް ޔޫ ބީ މައި ބްރައިޑްސް މެއިޑް” ކިޔާލާފައި އުފަލުން ހުރެ މައުނާ ބުނެލިއެވެ.
“ޔޫ ގާއިސް އާރ ގެޓިންގ މެރިޑް؟؟؟” “ކެޕިޓަލް” އަކުރުތަކުން ރުޅިއަހިސްފައިވާ ހާލު ޔޫހާންއަށް ނަވްޔާ މެސެޖު ކޮއްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







vrh reethi mi part ves vrh curious waiting for next
good work shiherr keep it up
lots of support n love you
Jazaakallah Khairan
Lots of love from me, too lym
Vv reethi
Can’t wait for the next part
I hate that yoohaann😡😡
How can someone be like that
Plsss ely AA yoohaann AA nugulhuvahchey
She doesn’t deserve him
Give someone who deserves her , her hand
Jazaakallah Khairan
In sha allah maadhamaa kiyaalan libeyne 🙂
Hahahaha seems like everyone hates yoohan to death already keke
ya dhn less c dhw who ella ends up with
Heyy shiherrr
mi part vx vrh reethi maasha allah💜💜
Navya ulhey gothun vrh foohivey eba.. she is soo annoying😭😭
Adhi leesha amilla kokko ah malaamaai kurey eba. arrgg i hate her now🤦♀️
Anyways love ur story very much.. kuru story too.. reyga comment eh nukohlevun e ah.. im either busy or forgetting.. sorry about that darls but hurihaa story ehvx hama kiyaalan..💜💜
Lyssm💜🦋
Heyy butterflyy
Jazaakallah Khairan
Hehe ikr? 🤣
Vrh happy vejje thihn bunelyyma🥰
Hehe its okayy eyy comment nukurevunass kee vihya shiher hama happy
Ilym❤️
Me thinking eleesha deserves jaish.. 💀
Whaaat😭
Hehe letss see dhww