ކޮޓަރީގެ ކަނެއްގައި އިށީންދެ އިން ނޫރާގެ ލޮލުގައިވީ ނަފްރަތެވެ. ކޮޓަރި ތެރޭގައި ވީ ހުރިހާ އެއް އެތަން މިތަނަށް އުކާލާފައި ވީ އިރު ބިންމަތީގައި ތަޅައިން ގޮސް އޮތް ސެންޓުފުޅިއެތް އޮތެވެ. ބާލިސް ތަކާ ބެޑުޝީޓާވެސް އޮތީ ބިންމަތީގައެވެ. މުޅި ކޮޓަރި ތެރެއަށް ހީވަނި ތޫފާނެއް އަހިސްފައި ހެންނެވެ. [އެވަރުންވެސް އަޅެ އޭއްޗަކު މަރުވާކަށް ނޫޅުނެއް ނުން.. ނޫންނޫން.. މިވަރަކުން މަ މިކަމެއް ނުނިންމާނަން. އަހަރެން މާއިލް ހޯދާނަން.. އެއީ އަހަރެންގެ ހައްގެއް.] ނޫރާ ބުނެލިއެވެ. އަދި […]
ލާރާ އެނދުން ތެދުވެ އަލަމާރި ކައިރީ ހުއްޓުނެވެ. އެވަގުތު މީހަކު ދޮރު ހުޅުވާލިއެވެ. އިއަރ ޕޮޑްސް ޖަހައިގެން ހުރުމުން މީހަކު ވައިން ކަމެއް ލާރާއަކަށް ނޭނގެއެވެ. އޭނަ އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި ޖީބުގައި އޮތް ވަޅި ނެގިއެވެ. ކަޅު ކުލައިގެ ލޭސް ފޮތީގެ އަބާޔާއެއް ނަގާ ފަހަތައް އެނބުރުނު ލާރާ ދިޔައީ ސިއްސައިގެނެވެ. ދޮރު ކުރިމަތީގައި ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސް އެއް ލައިގެން މޫނު މަތީގައި މާސްކެއް އަޅައިގެން […]
“މަގޭ މާއިލް” ގެ 4 ވަނަ ބައި އަޕްލޯޑް ކޮއްލެވޭލެއް ތަންކޮޅެއް ލަސްވެދާނެކަން އަޅުގަނޑު ހިތާމަޔާއިއެކު ދަންނަވާލަމެވެ. އަޅުގަނޑުގެ ކޮއްކޮ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައި ވުމުގެ ސަބަބުން ގިނަ ވަގުތު ކޮއްކޮ ކައިރީ ހޮސްޕިޓަލްގައި ހޭދަ ކުރާތީވެ، ވާހަކަ ނުލިޔެވޭ ވާހަކަ ހިތާމަޔާއެކު ބުނެލަމެވެ. އެހެންކަމުން “މަގޭ މާއިލް” ގެ 4 ވަނަ ބަޔާއި އެކު 5 ވަނަ ބައިވެސް އަޕްލޯޑް ކޮއްލަދޭނެ ވާހަކަވެސް ބުނެލަމެވެ. އަދިވެސް އެއްފަހަރު ވާހަކަ ލަސް ވާނެތީވެ […]
މާއިލްއާއި ވިޝާމް ލާރާ ގާތުގައި ކައިވެނި ކުރަން އަހާނެ ގޮތެއް ރާވާލިއެވެ. މާއިލް އިނީ ވަރަށް އުފާވެފައެވެ. އެކުވެރިޔާއަށްޓަކާ ވިޝާމް ވެސް އިނީ ވަރަށް އުފަލުންނެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ އެމީހުންގެ ވާހަކަ ކަނުލާ އަޑުއަހަން މީހަކު ހުރިކަމެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. [އައްސަލާމު އަލައިކުމް] ކެބިން އަށް ވަދެލަމުން ނޫރާ ސަލާމް ގޮވާލިއެވެ. [ވާލައިކުމް ސަލާމް. ތިއީތޯ އަލައް ޖޮއިންވި ކުއްޖަކީ؟ މީ ލާރާ. ދެންމީ އީން. […]
ފަތިހުގެ ހަމަ ހިމޭން ވަގުތެވެ. ލާރާ އިނީ މުސައްލަ މަތީގައި ޤުރުޢާން ކިޔަވާށެވެ. ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ހާރު ކައިގެން އިރު އަރަންދެން ލާރާ އިނީ ޤުރުޢާން ކިޔަވާށެވެ. 30 6 ވުމުން ލާރާ ދިޔައީ އޮފީހަށް ދިޔުމަށް ތައްޔާރުވުމަށެވެ. ކަޅު ކުލައިގެ ބޮޑު ހެދުމަކާއި އެކު ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު ލާރާގެ ރީތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ލާރާ ރެޑީ ވެލައިގެން ނުކުން އިރު ޖަޒްލާ އިނީ […]
މި ވާހަކަ އަޅުގަނޑުގެ ކުރީގެ އެކައުންޓް “__Cutyyy___” ގައިވެސް އިންނާނެއެވެ. ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ގަޑިން 1 ވެސް ޖަހައިފިއެވެ. ހުރިހާ އެންމެން އަރާމު ނިދިން ނިދާފައި ވީއިރު އައިނާ އިނީ ބަނދަރު މަތީގައި މީނީ ކީއްކުރަން ބާއެވެ؟ އައިނާ މުޅި ހަށިގަނޑުގައި ވަނި ލެޔެވެ. އައިނާ މޫނު މަތީގައިވީ މަސްހުނި އިހުސާސް ތަކެކެވެ. ރުޅިވެރިކަމާއި އުފާވެރިކަމެވެ. “އެމީހުން” މިއަދު އެކަމާ ރުޔެވެ. މަޢާފަށް އެދުނެވެ. ނަމަވެސް އައިނާ ރޮއެ ހޭރުނުނު ހިރު ހުނީ ވެސް […]
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ގަޑިން 1 ވެސް ޖަހައިފިއެވެ. ހުރިހާ އެންމެން އަރާމު ނިދިން ނިދާފައި ވީއިރު އައިނާ އިނީ ބަނދަރު މަތީގައި މީނީ ކީއްކުރަން ބާއެވެ؟ އައިނާ މުޅި ހަށިގަނޑުގައި ވަނި ލެޔެވެ. އައިނާ މޫނު މަތީގައިވީ މަސްހުނި އިހުސާސް ތަކެކެވެ. ރުޅިވެރިކަމާއި އުފާވެރިކަމެވެ. “އެމީހުން” މިއަދު އެކަމާ ރުޔެވެ. މަޢާފަށް އެދުނެވެ. ނަމަވެސް އައިނާ ރޮއެ ހޭރުނުނު ހިރު ހުނީ ވެސް ހަމަ “އެމީހުން” ނެވެ. އެހެންވެ މިއަދު އައިނާ އެމިހުންނަށް ހަމްދަރުދީ […]
ޖިންނީންނަށް ވުރެ އިންސީން ލޯބި ދިނުމަށް ކުޅަދާނަހެއްޔެވެ؟ އެންމެންވެސް ގަބޫލު ކުރާ ގޮތުގައި ޖިންނީންނަކީ އިންސާނުންނަށް ހުރި ނުރައްކަލެކެވެ. ނަމަވެސް ލާރާ ދެކޭ ގޮތް ތަފާތެވެ. އެހެން އަންހެން ކުދިންނެކޭ އެއްފަދައިން ލާރާވެސް ލޯބިވިއެވެ. ލޯބި ވެވޭނީ އެކަކު ދެކެއެވެ. އެއްފަހަރުއެވެ. އެކަކު ދެކެއެވެ. ލާރާ ވެސް އެލޯބިވިއެވެ. ނަމަވެސް ލާރާގެ ލޯކުރިމަތީގައި އެ ލޯބި ގެއްލުނީއެވެ. ބުނެލަން ފަސޭހައެވެ. ނަމަވެސް މާޒީ ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ހެއްޔެވެ؟ ލާރާގެ ހިޔާލު ތަކުން ނިކުމެވުނީ ވާރޭ ވެހެން […]