މެންދުރުގެ އައިތްވާއިއެކު ދިއްލާލާފައިވީ މަގުތަށް މަޑުމަޑުން ހަވީރުގެ ހިތްގައިމުވަގުތާއި އެކު ފިނިވެލަން ފެށިއެވެ. އެކި އުމުރުުފުރައިގެ އަންހެން ކުދިންނާއި ފިރިހެންކުދިން ބުރުޖެހުމައިގެން ބޭރުގައި އުޅެމުންދިޔައެވެ. ބަދިގެތެރޭގައި ނައިލާއަށް އަތްގާތްކޮއްދިނުމަށް ނަވްޔާ އުޅުނެވެ. ހަށިގަނޑުލޮޑުވެފައި ވުމުގެ ސަބަބުން އޭރު މައުނާއަށް އޮތީ ނިދިފައެވެ. ބަދިގެތެރެ މީރުވަސްކޮއްލާފައިވަނީ ނޫޑުލީހުގެ ވަހުންނެވެ. “މަންމާ. ކޮއްކޯ. މިއީ އަހަރެންގެ ސެކެޓްރީ ޖައިޝް. ޖައިޝް. މިއީ އަޅުގަނޑުގެ މަންމަ ނައިލާ އަދި ކޮއްކޮ ނަވްޔާ” ނާއިލްގެޔަށްވަދެ ފެންނަން ހުރި ނަވްޔާއާއި ނައިލާ ޖައިޝްއަށް ތަޢާރަފުކޮއްދިނެވެ. […]
ކައިނިމުމުން ޔޫހާން ބޭރަށް ނުކުމެލީ ސިނގިރޭޓެއް ބޯލުމަށެވެ. އޮފީހުން ގުޅުމުން މާޔަންއަށް ދާންޖެހުމުން ޔޫހާން ހުރީ އެކަންޏެވެ. ބޭރުގައި ހުރި އިރު ޔޫހާންގެ ބޮލުގައި އުދުހެމުން ދިޔައީ ލީޝާއެވެ. ހަށިގަނޑަށް ބަލާނަމަ އެލީޝާއަށް ވުރެ ލީޝާ ކިތަންމެ ހާވެސް ރީއްޗެވެ. ލީޝާއަކީ ޔޫހާންއަށްވުރެ ވެސް ބޮޑު ކުއްޖެއްކަމުން ޔޫހާންހުރީ “ކުރާ” ހިތްވެފައެވެ. ފުރަތަމަ ފެނިލުމުންވެސް ޔޫހާންގެ ހިތް މިކުއްޖާ ކަތިލާފައެވެ. “އަހަރެންމަތިންތަ ތިވިސްނަނީ؟” ފަހަތުން އިވުނީ ލީޝާގެ އަޑެވެ. “މީހުންގެ ސިކުނޑީގައި ހިނގާކަންކަން ބުނެލަން ހާދަ މޮޅޭ […]
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ހޮސްޕިޓަލުތެރޭގެ އެކިއެކި ހިސާބުގައި މީހުންތަށް ހޭލަމޭލަ ވަމުން ދިޔައެވެ. ހޮސްޕިޓަލު ތެރޭގައި އެއް އަޑުކޮއްލާފައިވީ ކިއު ނަންބަރުތަށް “ބީޕް” ގޮވާއަޑަށެވެ. ހޮސްޕިޓަލުގައި ހީވާގީ ކަމާއި އެކު ތަފާތު ޑަކްޓަރުން މަސައްކަތް ކުރަމުން ދިޔައިރު ޑަކްޓަރު އެލީޝާވެސް ދިޔައީ އޭނާގެ މަސައްކަތްތަށް ފުރިހަމަ ގޮތުގައި ކުރަމުންނެވެ. އެލީޝާއައި ރަށުގައި ހުރި ހަމައެކަނި ސައިކޭޓްރިސްޓް ކަމުން ކޮންމެދުވަހަކުވެސް އެލީޝާއަށް ގިނަގުނަ ޕޭޝަންޓުން ލިބެއެވެ. ހަމަހިމޭންވެފައިވީ ފަޒާގައި މެންދުރުނަމާދުގެ މޫރިތި ކަލިމަ ތަކުގެ އަޑުއިވިގެންދިޔައެވެ. އެވަގުތު ވެގެން […]
މިއަދުމިއީ އަހަރެންގެ ހަޔާތަށްއައި އެންމެ އުފާވެރިދުވަހެވެ. އެންމެޅަދުވަހުންސުރެ އެންމެ ލޯބިވި އަހަރެންގެ ލޯބިވެރިޔާ ލައުރާއާއި ކައިވެނި ކުރެވުނު ދުވަހެވެ. މިކައިވެނި ކުރަން އަހަރެން ތެޅުނު ވަރު އެނގޭނީވެސް ހަމައެކަނި އަހަރެންނަށެވެ. ގާޒީ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަމުން ދިޔަ އަހަރެންގެ ދެލޯ ދެން ދައުރުކޮށްލީ ލައުރާގެ 12 އަހަރުގެ އަންހެން ދަރިފުޅު ލައިކާއަށެވެ. ވަގުތުން އަހަރެންގެ ދެއަތް މުއްކެވިގެންދިޔައެވެ. ހިނިތުންވެލައިގެން ހުރި ލައިކާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މަންމައަށް ޓަކައި އުފާވެފައިވާ މިންވަރެވެ. ނަމަވެސް […]
އެއީ ވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއް ނޫނެވެ. މޫސުމީ ގޮތުން އެ ދުވަހާ އެއްގޮތް ކަމެއް ހުއްޓަސް، މީގެ 6 އަހަރު ކުރިން [ނިޔާމަ] ބޯޓުގައި މާލެދާން ފުރި ދުވަހު ސަނާއަށް ކުރެވުނު އިހުސާސް، މިއަދު އޭނާއަށް ކުރެވޭ އިހުސާސް ވަރަށް ތަފާތެވެ. އުފަން މައިންބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުންނެއް ނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ […]
ދަންވަރުގެ ވަގުތެވެ. ނަމަވެސް އެހެން ރޭރޭ އޮންނަފަދަ އަމާން އޮމާންކަމެއްމިރެއަކުނެތެވެ. ބޯކޮއްވިއްސާރަވެހި ގުގުރަމުން ދިޔައިރު މީހަކު ބިރުން ރޫރޫ އަޅާހާވެއެވެ. އެންމެން އަރާމު ނިދިންނިދާފައިވީއިރު، މަގުމަތިން ޒުވާން އަންހެންކުއްޖަކު ފެންނަން ހުއްޓެވެ. ރޭގަނޑުގެ އެއަނދިރީން އެކުއްޖާފެންނަމުންދިޔައީ ހިޔަންޏެއްފަދައިންނެވެ. އެކުއްޖާގެ ކޮނޑުމަތީގައި އަހަރެއްހާ ކުޑަކުޑަ ކުއްޖަކު އޮތެވެ. ވަމުން ދިޔަ ފިނިން ތުރުތުރު އަޅަމުން ދިޔައިރު އެބޮޑު ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. އެކުޑަކުޑަ ފުރާނަ އުރައިގެންހުރި ޒުވާންއަންހެން ކުއްޖާގެ ދެލޮލުން ކަރުނައިގެ އެއްވިސް އަސަރެއް ފެންނާކަށް ނެތެވެ. […]
ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި 2 ރަކުއަތް ނަމާދެއްކޮއްލިއެވެ. ﷲ އަށްޓަކައި ދުޢާދެންނެވީ އެކައިވެނީގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ލައްވާތޯއެވެ. ނަމާދުކޮށް ނިންމާފައި މުސައްލަ އޮޅާލާފައި ގޮސް ކަބަޑުގައި ޔޫރާ މުސައްލަ ބާއްވާލިއެވެ. އިސްތަށިކޮޅުގައި އަތް ހާކާލާފައި އަނެއްފަރާތަށް އެނބުރުނު އިރު ޖެހޭނުޖޭހިސާބުގައި ހުރި ރުވާންފެނި ޔޫރާގެ މޫނުމައްޗައް ލަދުވެތިކަން ވެރިވިއެވެ. ހިނިތުންވެލާފައި ރުވާން އޭނާގެ ބާރުގަދަ ދެއަތް ޔޫރާގެ ހަށިގަނޑުވަށާލިއެވެ. “ފައިނަލީ! ޔޫ އާރ އޯލް މައިން!” ރުވާން ބުނެލިއެވެ. ޔޫރާގެ މޫނުމަތީގައިވީ ރަތްކަން އިތުރައް […]
“އަހަރެން މިލްޔާދެކެ ލޯބިވޭ. އެކަމަކު މިލްޔާ އޭރު ކުރިކަން އެއީ އަހަރެންނަށް އެކްސެޕްްޓް ކުރެވޭނެ ކަމެއްނޫން. އޭރު އާދިންގެ ފުރާނަ ސަލާމަތް ނުވިނަމަ ގައިމުވެސް އަހަރެން މިލްޔާ ދޫކޮއްލީމުސް” ކައިޝަން ބުނެލިއެވެ. އެދުވަހުގެ ހަނދާވުމުން މިލްޔާ ދޫކޮއްލީ ފިނިނޭވާއެކެވެ. ހަގީގަތުގައި ކަންވީގޮތުން މިލްޔާ ހުރީ އާދިން ކުރިމައްޗައް ދެން އަރަން ނުކެރިފައެވެ. ނަމަވެސް މަޢާފަށް އެދުން އެއީ މިލްޔާ ކުރަން ޖެހޭކަމެއްކަމަށް މިލްޔާވެސް ގަބޫލުކުރެއެވެ. “އަހަރެން.. ވާހަކައެއް ދައްކާލަން.. އޯކޭތަ ވަނަސް؟” މިލްޔާ އަހާލިއެެވެ. އާދިން ބޮޑަށް […]
ދަންވަރުގެ ހަމަހިމޭންވަގުތެވެ. ދަންވަރުގެމި ހަމަހިމޭންކަމުގައި މުޅި ދުނިޔެނިދާފައިވީ އިރު އަންހެން ކުއްޖަކު އޭނާގެ ކޮޓަރީގައި އިން ސްޓަޑީ ޓޭބަލްކައިރީގައި ފޮތެއްހިފައިގެން އިނެވެ. އެކުއްޖާ މިގަޑީގައި ހޭލާ އިނދެގެން މިކުރަނީކީއްބާއެވެ؟ ސްޓަޓީ ޓޭބަލްގައި ދަނބުކުލައިގެ ފޮތެއްހިފައިގެން އިން އަހަރެންގެ ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. އަހަރެންގެ ލޮލުން ކަރުނައަންނަމުން ދިޔަވަރުން އަހަރެންނަށް ދިޔައީ މަންޒަރުވެސް ފުސްވަމުންނެވެ. ނަމަވެސް އަހަރެންގެ އެ އިހުސާސްތަށް ބޭރުކުރަން އަހަރެން އެފޮތުގައި އެވާހަކަ ލިޔަން ބޭނުމެވެ. އަދިއެއްފަހަރު އެފޮނި، އަދި ހިތި ހަނދާންކޮއްލަން އަހަރެން […]