Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

އުންމީދު

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 2, 2024 5 Mins Read
23 Comments

މިވާހަކައަކީ 2008 ވަނަ އަހަރުގައި ހިނގައިދިޔަ ހަގީގީ ހާދިސާއަކާއި ގުޅުވައިގެން ލިޔެފައިވާ ޙިޔާލީވާހަކައެކެވެ.

އިރުގެއަތްވާއި އެކު އާވިއަރައަރަ ހުރި މަގުތަކުގައިވީ ހޫނުކަން ފިލަތް ތެތް ފިނިކަމަށް ބަދަލުވާން ފެށިއެވެ. ގަޑިން އޭރު ކިރިޔާ 30 8 ވަނީއެވެ. އުޑުމަތީގައިވީ ސާފު ހުދުވިލާތަށް ކަޅުވެލީ އަންނަންއޮތް ވިއްސާރައިގެ ތޫފާނުގެ ރަތް ސިގުނަލްދޭފަދައިންނެވެ. ވައިގަދަވާން ފެށިއެވެ. ވިދަން ފެށިއެވެ. ދުވާލުގެ ވަގުތު ނަމަވެސް އެއަލި އަހަރެން އިން ކޮޓަރީގެ ދޮރިފޮތިގަނޑުތެރެއިން ފުރޭނިގެން އަހިސް ކޮޓަރިއަށް ވަނެވެ. ފުރަތަމަ ގުގުރީގެ އަޑުއިއްވާލީވެސް އެވަގުތެވެ. އުނގުގައި އޮތް އަހަރެންގެ 3 ވަނަ މަހަށް އެޅިފައިވީ ދަރިފުޅު ނޫރައިން ރޯންފެށިއެވެ. ބިރުންނެވެ. ގުގުރީގެ އަޑުބާރުކަމުން ނޫރައިންގެ ކަންފަތަށް ތަދުވީކަން ގައިމެވެ. އަހަރެން އަނގައިން މަޑު ނާނާއެއް ލައްވާލީމެވެ. ދަރިފުޅު މަސައްލަސް ކުރުމަށެވެ. ނަމަވެސް ދަރިފުޅުގެ ރުއިން ދިޔައީ އަހަރެންގެ ހިތުގެ ވިންދާއެކީ ބާރުވަމުންނެވެ. ދެލޯ ފުރިބާރުވީ ކަރުނައިންނެވެ. ގުގުރާތީއެއްނޫނެވެ. އެބޯވިއްސާރަ ދުވަހު އަހަރެންގެ ހަޔާތްވޭތުވެ ދިޔަގޮތް މަތިން ހަނދާންވާތީއެވެ.

“އާހް..!” ދަރިފުޅުގެ ނޫރައިންގެ ކުޑަކުޑަފައިން އަހަރެންގެ ބަނޑުގައި އިން “ކޮލޮސްޓޮމީ ބޭގް” ގައި ޖެހުނެވެ. ޖެހުނީވަރަށް ބާރަށެވެ. އަހަރެންނަށް ވަރަށް ތަދުވިއެވެ. ދަރިފުޅު ގޮވައިގެން އަހަރެންގޮސް އެނދުގައި އޮށޯއޮތީމެވެ. ކޮޓަރިތެރެއިން އިވެމުން ދިޔަ ބަޤަރާ ސޫރަތުގެ މާތް ކަލިމައިގެ އިތުރުން ރަޙްމާން ސޫރަތްވެސް ފޯނުން ޖަހާލީމެވެ. ހިތަށް ހަމަ ޖެހުން ގެނެސްލުމަށެވެ. ނަމަވެސް އަހަރެންގެ ހިތަށް ދިޔައީ އުނދަގޫވަމުންނެވެ. އެހެނަސް ނޫރައިން އިރުކޮޅެއްތެރޭގައި ނިދައިފިއެވެ. ކޮންމެއަކަސް އެހެންވެ އަހަރެންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އަހަރެން ލުއި ފިޔަވަޅު ތަކެއްގައި ގޮސް ޖާލިދޮރު ކައިރީގައި ހުއްޓިލީމެވެ. އޭރު ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަހަރެން ކަނާއަތުން އަހަރެންގެ ބަނޑުގައި އިން “ކޮލޮސްޓޮމީ ބޭގް” ގައި ފިރުމާލީމެވެ. އަހަރެނަށް ވަގުތުން މަންޒަރު ފުސްވިއެވެ. ދެލޯ ކަރުނުން ފުރުމުންނެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ހިތާހިތުން އަހާލެވުނެވެ. ވާރޭގެ ތެރެއަށް ގެއްލިފައި އިން އަހަރެންގެ ހިތާ ސިކުނޑި ގެނބިގެން ދިޔައީ މީގެ 16 އަހަރުކުރީގެ އެހިތި ހާދިސާއަށެވެ.

“ދަރިފުޅާ ނޫރީން؟ އަދިވެސް ރެޑީ ނުވަނީ؟” ފަހަތުން އިވުނީ އަހަރެންގެ ބައްޕަ ފައުޒީގެ އަޑެވެ. އުމުރުން 8 އަހަރުގެ، އަހަރެން އިނީ ޓީވީ ބަލަންށެވެ. އޭރު ދިޔައީ އަހަރެންގެ ދަބަހަށް ފޮތްވެސް އަޅަމުންނެވެ.

“މިނިމެނީއޭ ބައްޕާ! ދެން މިދަނީ!” އަހަރެން ބުނެލީމެވެ. ކޮނޑުގައި ދަބަސްއަޅުވާލަމުންނެވެ. “ދަރިފުޅު އެކަނިތަ ދަނީ؟ އެހެރީ އަޅެ ވާރޭ ވެހޭވަރު!” ބައްޕަގެ ކަންބޮޑުވުން ފާޅުކޮއްލިއެވެ. “ދެން ބައްޕާ. ތިހާ ހާސްވާއެއްޗެއް ނޫނޭ. ސުކޫލް ގެޔާ އެހާ ދުރީކީވެސް ނޫން. ކުޑައަޅައިގެން ދިޔައީމަހަމައެވީނުން؟ އެހެންނޫނަސް މަންމައާއި ބައްޕަ އަބަދު ބިޒީ ނޫރީއަކަށް ޓައިމްއެއްނުވެސް ދޭ” އަހަރެން ޝަކުވާކޮއްލީމެވެ. އަހަރެންގެ މިކުޑަކުޑަ އާއިލާއަކީ މުއްސަނދި ބަޔެއްނޫނެވެ. ނަމަވެސް ފަގީރުބައްވެސް ނޫނެވެ. ފުދިގެން އުޅެވޭ ވަރުގެ ބަޔެކެވެ. އަހަރެންމިއީ މަންމައާއި ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅު ކަމުންވެސް އެއީ ވެދާނެކަމެކެވެ. އަހަރެންގެ ބައްޕައަކީ ޓެކްސީ ޑްރައިވަރެކެވެ. އަހަރެންގެ މަންމަ އަކީ ފަހާމީހެކެވެ.

“ދަރިފުޅަށް އެނގެއެއްނުންދޯ އެއީ ހަމަ ދަރިފުޅަށްޓަކާ ކަން؟ އެހެން ނޫންނަމަ ބައްޕަމެން ކިހިނެއްތަ ދަރިފުޅަށް ކިޔަވައިދީ ދަރިފުޅު ބޭނުންވާ ކުޅޭ އެއްޗެހި ގަނެދީ ހަދަނީވެސް؟” ބައްޕައަހަރެންގެ އަތުގައި ހިފާ ނަސޭހަތް ލައިދިނެވެ. އެއީ އަބަދުވެސް ބައްޕަގެ ނަސޭހަތެވެ. އަހަރެން ހީލީމެވެ. “ދެން ދަނީ” އޭ ބުނެ އަހަރެން ފުމެމުން ކަހަލަގޮތަކަށް ނުކުތީމެވެ. އަހަރެން ހުރީ ކިހާ އުފަލުގަހެއްޔެވެ؟

“ދަރިފުޅާ އަދިވެސް ސުކޫލަށް ނުދަނީ؟ މިހާރު އެޔޮށް ގަޑިޖެހިގެން ދިޔައީ!” އަހަރެން ފެނުމާއި އެކު އަހަރެންގެ މަންމަ އައިންތު ބުނެލިއެވެ. އަހަރެން ޗުސްތަޅުވާލީމެވެ. “ދެން މަންމާ! މިދަނީއޭ” ނިކުންނަ ދޮރު ކައިރީއިން ރީނދޫކުލައިގެ ކުޑަ ނަގަމުން އަހަރެން ބުނެލީމެވެ. ފަހާނިމުނު ހެދުން ކޮތަޅަކަށް ލާފައި މަންމައަހިސް އަހަރެން ގާތުގައި އުޑަފައިން އިށީނެވެ.

“މަންމި ދާންތަ ދަރިފުޅު ސުކޫލަށްލައިދޭން؟” “ދެން މަންމި ތިކުރާކަމެއްކޮއްބަ މިހާރު ނޫރީ މިއީ ބިގް ގާރލް އެކޭ. މިއަދު ތި ހެދުން ވިއްކާލާފަ ވާނެ ވަރަށް މީރުކެއުމެއް ހަދާލަން. އަމް.. ނޫރިގެ ފޭވް ޕްލީޒް. ކެރެޓުބަތް” މަންމަގެ ޖުމްލަ ހަމަ ނިމުމާއި އެކު އަހަރެން ބުނެލީމެވެ. މަންމަ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

އަހަރެން އިސްކޫލާއި ދިމާލަށް ހިނގަމުން ދިޔައީމެވެ. އެއްވިސް ޙިޔާލެއްފިކުރެއްނެތިއެވެ. ވާރޭވެހެމުން ދާތީވެ ބިންމަތީގައި ހެދިފައިވީ ކުދި ފެންގަނޑުތަކަށް ނާރާ ދެވޭތޯ އަހަރެންގެ ސަމާލުކަން ބެހެއްޓީމެވެ.

“ރެއިން ރެއިން ގޯ އަވޭ،

ކަމް އަގެއިން އަނަދާ ޑޭ،

ލިޓިލް ނޫރީންއިސް ގޮއިންގް ޓު ސުކޫލް،

ރެއިން ރެއިން ގޯއަވޭ”

އަހަރެން ދިޔައީ އަނގައިން މަޑު ރާގެއްލައްވަމުން ލަވައެއް ކިޔަމުންނެވެ. އެވަގުތު އަހަރެންގެ ކުރިމަތީގައި މީހަކު ހުއްޓުނެވެ. ފިރިހެނެކެވެ. އަހަރެންނަށް ފެނުނީ އޭނާގެ ފައި އެކަންޏެވެ. އަހަރެން ލަސްލަހުން އެފިރިހެންމީހާގެ މޫނަށް ބަލައިލީމެވެ. އޭނާ ހުރީ ހިނިތުންވެލައިގެންނެވެ.

“ތިއީ ހާދަ ރީތި ކުޑައެކޭ. ރީނދޫކުލަ ދޯ؟ ތިއީ ބޭބޭއަށް އެންމެ ރީތި ކުލައަކީ” އެމީހާ ބުނެލިއެވެ. އަހަރެން ބޯޖާހާލީމެވެ. “ސުކޫލަށް ދޯތިދަނީ؟” އަނެއްކާވެސް އެމީހާއެހިއެވެ. އަހަރެން މިފަހަރުވެސް ހަމައެކަނި ބޯޖަހާލީއެވެ.

“ބޭބެއާއި އެކީ ކުޑަ ޝެއާރ ކުރަންވީނުން؟” އެމީހާއެއްސެވެ. “އެކަމަކު ބޭބެ ތިހުރީ ތެމިފައެއްނުން؟” އަހަރެން ބުނީމެެވެ.

“ކުޑައެޅީމަ އޯކޭ ވާނެއްނުން؟” އެމީހާ ބުނެލިއެވެ. އަަހަރެން ހުރީ ދެފިކުރެއްގައެވެ. އެމީހާގައިން ދުވަމުން ދިޔައީ ނުބައިވަހެކެވެ. ހުރީ ބިރުވެރި ގޮތަކަށެވެ. ނަމަވެސް މަންމަ އަބަދުވެސް ބުނެއެވެ. އެހެން މީހުންނަށް އެހީތެރިވާންވާނެއެވެ. އޭރުން އޭގެ ހެޔޮބަދަލު އަހަރެންގެ ދިރިއުޅުމަށްވެސް އަންނާނެއެވެ. އަހަރެން އެއްބަސްވީމެވެ. އެއީ ބޮޑު، ބިޔަ ފިރިހެނެކެވެ. ކުޑައާއި އެއްވަރަށް ތިރިވާން ބުނުމުން އޭނާއަހަރެންގެ ލޫޅާފަތިހަށިގަނޑު ނަގާ ކިހިއްޔައްޖެހިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަގުގެ ދެފަރާތް ބަލާފައި އޭނާ އަހަރެން ގޮވައިގެންވަނީ މާދުރުނޫން ހިސާބެއްގައި ހުރި، ބޭނުން ނުކުރާ މިސްކިތެއްގައި ހުރި ފާޙާނާއަކަށެވެ.

އޭނާގެ އަތުގައި އޮތް އެކުޑަ އެއްލާލިއެވެ. ލައިގެން ހުރި ޓީޝާޓު ބާލާ އަހަރެންމޫނު ވަށާލިއެވެ. އަހަރެން ނޭވާ ހާސްވާން ފެށިއެވެ. އަހަރެންގ ހަޅޭކުގެ އަޑުވެސް އެޓީޝާޓުގެ ތެރޭގައި ތާށިވިއެވެ. ސަލާމަތްވުމަށް އަހަރެން އަތުކުރި އޮޅާލީމެވެ. އަހަރެންގެ ފައިން ޖެހުނީ އޭނާގެ ބަނޑުގައެވެ. އަހަރެން ތެދުވެވޭތޯ އުޅުނީމެވެ. ނަމަވެސް އޭނާ މާ ހުޝިޔާރެވެ. އަހަރެން ހަށިގަނޑުދަމާފައި ގެންގޮސް އޭނާ އަހަރެންގެ ބޯވެއްދީ އެތަނުގައި އިން ކުނިވެފައި ހުރި ބާލިއްޖަކަށެވެ. އަދި އޭގެ ތެރެއަށް ފެން އެޅިއެވެ. އަހަރެން ނޭވާ ހާސްވާން ފެށިއެވެ. އަނެއްކާވެސްމެއެވެ. އަހަރެންގެ ފުރާނަ ނަންގަވަނީއޭ ހީވާންފެށިއެވެ. ހިތާހިތުން މަންމައާއި ބައްޕައަށް ގޮވާލެވުނެވެ. ދެންވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

ވަޒީފާގައި ހުރި އަހަރެންގެ ބައްޕައަށް ލިބުނީ ފޯނުކޯލެކެވެ. ހޮސްޕިޓަލުންނެވެ. އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދިއެވެ.

“ތިއީ ފާތިމަތް ނޫރީން ފައުޒީގެ ބައްޕަތޯ؟ ނޫރީންގެ ހާލުވަރަށް ދެރަ! ވަރަށް އަވަހަށް ހޮސްޕިޓަލަށް ދުރުވޭ” އަހަރެންގެ ބައްޕައަށް އެލިބުނު ކޯލާއެކީގައި އަހަރެންގެ ބައްޕަ ހުރިހާކަމެއް ބަހައްޓާފައި ދުއްވައިގަތީ ހޮސްޕިޓަލަށެވެ. މަންމައަށް އެނގުނީ އަހަރެން އެންބިޔުލާންސްއަށް ލީތަން މަންމަގެ އެކުވެރިޔަކަށް ފެނުމުންނެވެ. ދުވެފައި އަހަރެންގެ މަންމަ ހޮސްޕިޓަލަށް ވައިން އިރު ޑަކްޓަރަކާއި ވާހަކަދައްކަން އަހަރެންގެ ބައްޕަ ހުއްޓެވެ. އަހަރެންގެ މަންމައެވާޙަކަ އަޑުއަހަން ބޭނުންހެންނެއް ހިޔެއްނުވެއެވެ. ދުވެފައި އަހަރެންގެ މަންމަ އަހިސް ހުއްޓުނީ އަހަރެން އޮތް އެނދުގާތުގައެވެ. މަންމަ ރޮއެގަންފައި ބިންމައްޗަށް ޖެހުނު ތަން އަހަރެން ދުށީމެވެ. މަންމަ ބުނެދިން ގޮތުގައި އަހަރެންގެ މުޅި ހަށިގަނޑުގައިވީ ލެޔެވެ. ކޮލުގައި އެމީހާ ދަތްއަޅާފައި އިންތަން ފެންނަން އިން އިރު، އަހަރެންގެ ހަށިގަނޑުގައި އަޅާފައިވީ ހުދުފޮތިގަނޑުގެ އިތުރުން އެއްވިސް ނިވާކަމެއްނެއް ހަށިގަނޑުވެސް ދިޔައީ ރޫރޫ އަޅަމުންކަމަށް މަންމަ ބުންޏެވެ. ނަމަވެސް ވާނުވާ އަހަރެންނަކަށް އޭރު މާސާފެއްނޫނެވެ.

އަހަރެންގެ އެތެރެ ހަށީގެވެސް ބައިވަރު ގުނަވަންތަކަށް ވަނީ ގެއްލުންވެފައިކަމަށް ޑަކްޓަރު ބުންޏެވެ. އަހަރެންގެ “އެނިއުސް” އަދި “ލާރޖް އިންޓެސްޓައިން” ގެ ސާޖަރީއެއްހެދުނެވެ. އަހަރެންގެ ހަށިގަނޑުގައި މި “ކޮލޮސްޓޮމީ ބޭގް” ހަރުލީ އެދުވަހުގެ ފަހުންނެވެ. ވީނުވީ އަހަރެންނަށް އިހުސާސްވާން ފެށީ ސާޖަރީއިން ނިކުމެވުމުންނެވެ. އަންހެން ކުއްޖާގެ ބޮލުގައި އެޅޭ ތާޖު ކަމުގައިވާ “އިތްފަތްތެރިކަން” އޭނާ އަހަރެންގެ އަތުން އަތުލައިފިއެވެ. އަހަރެންގެ ތާޖު ހަލާކުކޮއްލައިފިއެވެ. އެންމެންގެ ކުރިމަތީގައި އަހަރެން ލަދުގަންނަން ޖެހި ފަޞީހަތްވިއެވެ. ލަދުގަތެވެ. ދެރަވިއެވެ. ބިރުގަތެވެ. އަހަރެންގެ ލޮބުވެތި ބައްޕައާވެސް ހަތަރު ކަޅި ހަމަ ކުރުމަށް އަހަރެން ނުކުޅެދުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އަހަރެން އުމުރަށްވެސް ނުކުޅެދޭ މީހަކަށް ވުމެވެ. ނަފްސާނީ ގޮތުން އަހަރެން ހަލާކުވެގެން ދިޔުމެވެ. “ޕީ.ޓީ.އެސް.ޑީ” (ޕޯސްޓް ޓްރައުމަޓިކް ސްޓްރެސް ޑިސްއޯރޑާރ) ގެ ޝިކާރައަކަށް އަހަރެންވެގެންދިޔައެވެ.

އަހަރެންނަށް ކައުންސިލަރެއްގެ އެހީ ހޯދަން ފެށުނެވެ. އަންހެނެކެވެ. ނަމަވެސް އަހަރެން އެމީހާއާއި ވާހަކަދައްކަން ބިރުގަތެވެ. ފުރަތަމަ ޖުމްލައަކަށްވެސް އަހަރެންގެ ދުލުން ނިކުތީ “އެމީހާ އަތުލެވިއްޖެހެއްޔެވެ؟” މަންމަ ބުންޏެވެ.

އެއީ 56 އަހަރުގެ މުސްކުޅިއެކެވެ. ނަން ނާހާށެވެ. ބުނާނެހާހިތްވަރެއް އަހަރެންގެ ނެތެވެ. މިހާދިސާގެ ކުރިން 5 ފަހަރުމަތިން އެމީހާ ވަނީ ހައްޔަރުކުރެވިފައެވެ. 2 އަހަރުވަންދެން މޮޔައިންގެ ކޮށީގައިވެސް ބެހެއްޓުނުކަމަށްވެއެވެ. އެހެންކަމުން އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވުނެވެ. ނަމަވެސް އޭނާ އެވަގުތު ހުރީ މަސްތުގެ ހާލުގައި ކަން ފުލުހުންގެ ޓީމަކަށް އެނގުމުން އޭނާގެ ޖަލު ހުކުމް 12 އަހަރަށް ބަދަލުވިއެވެ. އިންސާފަކީ މިއީހެއްޔެވެ؟ އަހަރެންގެ ފުރާނަ ކިރިޔާ ސަލާމަތްވިކަމެވެ. ނަމަވެސް އެ ހުކުމް ކުރީ އެންމެ 12 އަހަރެެވެ.

އެވަގުތު ޖަހާލި ބާރުގުގުރިއާއި އެކު އަހަރެންގެ މާޒީގެ ޙިޔާލުތަކުން އަަހަރެންނަށް ނުކުމެވުނެވެ. ފުންނޭވާއެއް ދޫކޮއްލެވުނެވެ. 2020 ވަނަ އަހަރުގައި އޭނާ ވަނީ ޖަލުން ނިކުމެފައެވެ. 2024 ވަނަ އަހަރުގެވެސް ނިމުން އަންނަނީއެވެ. އަދިވެސް އޭނާ ދުނިޔޭގަ އެބައުޅެއެވެ. އެއްވިސް ބިރެއްނެތިއެވެ. ހަލާކުވެގެން ދިޔައީ އަަހަރެންގެ ދިރިއުޅުމެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އޭނާ ޖަލުން ދޫކޮށްލުމާއި އެކު އަހަރެން މީހަކާ އިނީމެވެ. އެއީ އަހަރެންދެކެ އެންމެ ކުޑައިރުން ސުރެ ލޯބިވީ އަހަރެންގެ މިހާރުގެ ފިރިމީހާ ރިޔާޝްއެވެ. އަހަރެންނަކީ މީހަކު އެއްވިސް ރަހުމެއްނެތް ކުޅަދުރެއް ފޮނިބޮއެފައިވާ އަންހެން ކުއްޖެކަން އެނގިހުރެވެސް ރިޔާޝް ބޭނުންވީ އަހަރެންނާ ކައިވެނި ކުރާށެވެ. އަހަރެންގެ ނުކުޅެދުންތެރިކަން އެނގި ހުރެވެސް ރިޔާޝް އަހަރެންދެކެވީ ހަގީގީ ލޯއިތްބެވެ.

އަހަރުމެން ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ޖޫން މަހެވެ. އެއީ އޭނާ ޖަލުން ދޫކޮށްލިތާއެއްމަސް ފަހެވެ. އަހަރެން ހަގީގަތުގައި ރިޔާޝް ދެކެވެސް ބިރުގަތެވެ. ރިޔާޝް ނިދަނީވެސް އަަހަރެން ނިދާ ކޮޓަރިއަކު ނޫނެވެ. ކައިވެނިކޮށް 3 އަހަރުވީ އިރުވެސް ކަންވެގެން ދިޔައީ އެހެންނެވެ. ރިޔާޝް ގަދަކަމުން އަހަރެން ގައިގަ ބެހޭކަށްވެސް ނޫޅެއެވެ. އަހަރެން ތައްޔާރުވަންދެން އޭނާ ކެއްކުރިއެވެ. އަހަރެންގެ ހިތުގައި ރިޔާޝްއަށް ޓަކައި ލޯބި އުފެދުނު ހަގީގީ ސަބަބަކީވެސް އެއީއެވެ. އަހަރެންގެ ހަށިގަނޑުގައި ރިޔާޝް ފުރަތަމަ ފަހަރަށް ބީހިލީވެސް 2023 ވަނަ އަހަރުއެވެ. އޭރު ކައިވެންޏަށް 3 އަހަރުވެއްޖެއެވެ. ރިޔާޝް ހުރިހާކަމެއްވެސް ކުރީ އަހަރެން ބިރުނުގަންނާނެ، ތަދުނުވާނޭ ހެންނެވެ. 1 އަހަރު ފަހުން މިހާރު އަހަރެމެންނަށް ލޯބިކުއްޖަކުވެސް ދެއްވައިފިއެވެ. ނަމަވެސް އަދިވެސް ރިޔާޝް އަހަރެން ގައިގައި އިނގިލި ކުރިންވެސް ޖައްސާލާނީ ހުއްދަ ހޯދައިގެންނެވެ. އަހަރެންނަށް ލިބުނީވެސް އަހަރެން ބޭނުންވިފަދައިން އަންހެން ކުއްޖެކެވެ. ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅަށް އެއްވިސް މީހަކު އެހެން ހެދިޔަކަ ނުދޭނަމެވެ. އެވަގުތު ރިޔާޝް ކޮޓަރިއަށް ވަނެވެ. އަހަރެން ގާތުގައި އޮށޯއޮތެވެ. އަހަރެން ދެލޯ މަރާލީމެވެ. އަހަރެންނަށް ދިމާވިފަދަ ކަމެއް ދިމާވި ކޮންމެ ކުއްޖަކަށް ރިޔާޝްފަދަ ފިރިޔަކު ދެއްވާތޯ ހިތާހިތުން ދުޢާކޮއްލެވުނެވެ.

(ނިމުނީ)

ގަބޫލު ކުރަން ދަތި ނަމަވެސް މިހާރުމިއީ މިއަނިޔާވެރި ދުނިޔޭގައި އާދަވެފައި އޮތް ނުބައި ފާފައެކެވެ. މިކަހަލަ ކަންކަމުގެ ސަބަބުން ހަލާކުވެގެން ދަނީ ކިތަށް ނޫރީންގެ ޙަޔާތްހެއްޔެވެ؟ ﷲ އެކުދިންނަށް ކެއްތެރިކަން ދެއްވާށި.. މިވާހަކަ ހާއްސަ މިކޮއްލީ އެއްވެސް ސިފައެއްގައި މިކަހަލަ އެއްވެސް ޙާދިސާއެއް ހިނގާފައިވީ ހުރިހާ ކުދިންނަށެވެ. މިއީ ހަނު ހުންނަން ޖެހޭ ވާހަކަ ތަކެއްނޫނެވެ. މިއީ އެންމެނަށް އެނގެން ޖެހޭ ވާހަކައެވެ. ފިރިހެނުންގެ ސިފައިގައި ޖަނަވާރުންވެސް އުޅޭކަން އިނގެންއެބަޖެހެއެވެ. ވިސްނާލަބަލާށެވެ! ވިސްނާ ފިކުރުކުރާށެވެ! އެފަދަ ކޮންމެ ކުއްޖަކަށްވެސް ރިޔާޝް ފަދަ ފިރިޔަކު މިންވަރު ކުރައްވާށި! އެކުދިންނަށް ޝިހާގެ ފަރާތުން ބުނެލަން އޮތީ، ހިތްވަރު އެލުވާނުލައްޗޭ. މިދުނިޔޭގަ އިންސާފު ނުލިބުނަސްވެސް، އާޙިރަތުގައި އެކަމަކަށް އެމީހުންނަކަށް ފުރަގަހެއް ނުދެވޭނެ! އެދުވަހު އެމީހާ ފަޞީހަތް ކުރެވިގެން ދާނީ އެންމެހާ މީސްތަކުން ކުރިމަތީގައި. ﷲ އެއްވިސް އަޅަކަށް ކެއްނުވާވަރު ބުރައެއް ނުޖައްސަވާނެ. ﷲ އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ!

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިނެސްކަން ލޯބި (27)

Next

ތިނެސްކަން ލޯބި (28)

Next
December 3, 2024

ތިނެސްކަން ލޯބި (28)

Previews
December 2, 2024

ތިނެސްކަން ލޯބި (27)

23 Comments!

  1. Your fav bab says:
    December 2, 2024 at 7:58 pm

    I’m the first
    Wooo!!
    Very interesting

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:36 am

      Hihi

  2. Repunzil says:
    December 2, 2024 at 8:11 pm

    Actually that’s true
    Mihaaru hama konmme dhe habarakun eh habareh ga kahala gothakah onnany thi kahala noorin eh ge vaahaka
    We should actually consider this as a lesson and teach the society to respect woman and upbring our sons as people who respect women’s
    Also should teach our daughters how to defend themselves and not to trust this world

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:37 am

      Ya frr agreed
      Ekm vess ehn kan vamun dhaa iruvess they are always blaming the gurl thats just wrong!

  3. Your fav bab says:
    December 2, 2024 at 8:26 pm

    Hama asluves dhw!!!
    I literally cried bro!
    I dunno hama lolun karuna aiy!!
    Mikahala kitheh kids ge life dhw e halaakuvany.
    Thank God mikahala kudhinnah rangalhu husband eh dhevvathi!!!!!
    Keep it up

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:38 am

      Awlheyyyyy sorryyyyy rovvaalevuniima😭😭😭😭😭😭😭😭😭😭😭😭😭😭😭
      Ya fr ehn vefa thibey girls ah needed hama very much understanding husband

    2. shihaamaa ali shihaamaa ali says:
      December 3, 2024 at 12:38 am

      Jazaakallah Khairan❤️❤️

    3. Eena says:
      December 3, 2024 at 3:41 pm

      Not everyone gets a good husband and it’s not always women’s fault

    4. shihaamaa ali shihaamaa ali says:
      December 3, 2024 at 6:36 pm

      agreed

  4. Nawar says:
    December 2, 2024 at 9:09 pm

    E kahala meehunnah insaanuney kiyan vx heyo nuvaane…..
    E meehunge aailaa meehakah meeha,u ehn hadhaifihyaa e meehun annaane thalhaigannan….
    Ekm e meehunnakah neyngeyne ehn meehunge ihsaas thakeii….
    Eiii hithuga rahumeii vx onna baeiii noon…
    Mi haaru raahjeyge maguthakaai thanthanakee eh gothakah vx anhen kudhinah amaan thaneii noon….
    Anyways mi. vhk vx varah varah reethi….

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:40 am

      Jazaakallah Khairan❤️
      Asluga vess e myheh ge dhariakah or kokko akh ehn v ma thelhifolheyne ekm they forget to remember ehn kujjakah ehn hedhinama e kujjaa ah vess ehn vaane kan..
      Adhu ge haalath

  5. gurrrrl says:
    December 2, 2024 at 11:54 pm

    asluve nawar ge vhk yaa alhugandhuves ehkolhu raahjegeyge maguthakakee mhr ehves amaan kameh oii thaneh noon..heyonuvaane m vhk kiyaafa hama rovihje kithheh kudhinge naajaidh faidhaa egothhah meehun nagaafa huhnaane… ekehala meehun nakee ehves insaanihyathuge kameh ves oii baaeh noon hama srs koh… alhugandhu bunelan beynun vanii efadha kameh dhimaa vefa huri kuhjakas dhimaa nuvaa kuhjakas vrh rahkaatheri vaashey.. shiherrr you are the best n thank you so much thigothha fahuru verikamaaeku kuri ah dhaathi.. well vrh reethi ingeyy hama rovihje.
    keep it up n be safe love youu

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:42 am

      Jazaakallah Khairan❤️
      Sorryyy ekam rovvaalevuniima😭😭😭😭
      Asluves shiher vess agreed.. we NEED to be protected!!!
      Vrh vrh ufaavejje gurrrl thihen buniima gurrrl ge support abadhuves shiher ah libey vrh vrh happy vey ehnve🥰
      I hope mi story kiyaafa neyngi nama vess mikan ehvess gothakah dhimaavefa huri kujjaku motivate kolla dhevun kamah

    2. shihaamaa ali shihaamaa ali says:
      December 3, 2024 at 12:43 am

      Eii shiher ge goal akyy❤️
      Lym gurrrl

    3. Ghost girl 👻 says:
      December 3, 2024 at 9:47 am

      Btw I miss yu

  6. Ghost girl 👻 says:
    December 3, 2024 at 9:47 am

    Woo varah salhi I love your all the story’s keep it up ❤️🫶🏼 aslahvx mimujthamau there mhr ehvx rahkaatheri eh noon I agree 💯

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:16 pm

      Jazaakallah Khairan❤️

  7. shihaamaa ali shihaamaa ali says:
    December 3, 2024 at 12:16 pm

    You, too

  8. Ava says:
    December 3, 2024 at 3:37 pm

    What the freak…. He’s still living freely. Eventhough he was under addict that moment what he did was a crime though. Who knows till today how many people have been a victim of his.why did they release that filthy old thug from moyainge koshi, that’s where he belongs. No one deserves to live with fear.. Such ppl need to be behind bars.. Why can’t they get justice for the victims they are humans too they deserve to live freely and happily. Anyways it breaks my heart to see such crimes by ppl everyday now.. How could someone be so brutal evx enme 8 y/o kid akah.. The disgusting and remorse truth of today.

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 6:32 pm

      yesyes frr shiherr vess hithah eri emyhun kwhcheh handhaan vegn baaeyy eyna mental hospital in dhookolly.. imagine alhe how scared she have been she was only 8 vihya

  9. Ava says:
    December 3, 2024 at 7:20 pm

    Frr he should be in mental asylum and Eyoh holy thaa Adhi ekan kury vx eventhough it was beynun nukura thaneh. Not everybody is good and it does not come back in a good way as it happened to nooryn.. Every should be safe and careful..

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 9:38 pm

      yep
      actually this happened in south korea tho.. ehaa detail kuraakh nukerunu but she was brutally raped hama.. he took her to a church actually saying she need to go to church ey.. ethaaga huri bathroom akh vehdhee.. you can search in google (Cho Do-soon case 2008) and it’ll show.. there’s even a movie about this story cause they said this was the most brutal rape case in korea so far

  10. Lamtty Lamhaaa says:
    December 10, 2024 at 11:44 am

    Ma Sha Allah this was good ❤️

Comments are closed.



All Right Reserved!