މަގުމަތީގައި ހިނގަމުން ދިޔަ ނަވްޔާގެ ވަކި މަންޒިލެއް ނެތް އިރު މޫނުމަތިވެސް ވަނީ މިލާ މޯޅިވެފައެވެ. އޭނާގެ ދިރިއުޅުން މިހާރު މިވަނީ ކިހިނެތް ވެފަހެއްޔެވެ؟ އޭނާގެ އުފާވެރި ދިރިއުޅުމަށް މިޖެހުނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ ޔޫހާންދެކެ ލޯބިވުން އެއީ ނަވްޔާގެ ހަޔާތަށް އެޅުނު ޒަހަރެއް ބާއޭވެސް އޭނާ ހިތަށް އެރިއެވެ. އެވަގުތު ވިދާލުމަކާއި އެކު ބާރު ގުގުރީގެ އަޑު އިވުނެވެ. ވިއްސާރަ ވާން އުޅޭ ކަމުގެ އަލާމާތްތަށް ދައްކަން ފެށިއެވެ. އުޑުމަތީގައި އިން ފުރިހަމަ ހަނދުވެސް ކަޅުވިލާތަކުގެ […]
“ހައު އެބައުޓް ގާލްއެއް ވިއްޔާ ޔަލީން. ބޯއި އެއްވިއްޔާ އީތަން. ކަޑަ؟” އިރުކޮޅަކު ފޮތް ބަލަން އިނދެފައި ޔޫހާންއެއްސެވެ. “ނޫން އެލާއަށްވެސް އެންމެ ކަމުދިޔަ ދެނަން ތިއީ. ހިހި. އަދި ވާނެ އިނގޭ އަހަރެމެން ވަން މޯ ބޭބީ ހޯދަން. މިފަހަރު ލިބޭ ޖެންޑާރ ނޫން އަނެއް ޖެންޑާރ ގެ ބޭބީއެއް” އެލީޝާ ދެއަތް ޖޯޑުކޮއްލަމުން ބުނެލިއެވެ. “އެލާ ބޭނުން ގޮތެއް” ޔޫހާން ހިނިތުންވެލާފައި އެލީޝާގެ ކޮލުގައި ފިރުމާލިއެވެ. ރޭގަނޑުގެ ވަގުތެވެ. ޒިކުރާ އިންޓާރ ނޭޝަނަލް ކޮލެޖުގައި […]
ހޮސްޕިޓަލުގައި އެޑްމިޓުވެފައި އޮތް ނަވްޔާ ދޫކޮށްލިތާ 2 ހަފްތާ ފަހުން ނަވްޔާއާއި ޖައިޝްގެ ކައިވެނި ކުރެވުނެވެ. މާ ގޮތް ބޮޑު ގޮތަށް ކުރެވުނު އެ ކައިވެންޏަށް ފަހު ޖައިޝް ދިރިއުޅެމުން ދިޔައީ ނަވްޔާގެ ގޭގައެވެ. ފިރިއެއްގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަވްޔާއަށް ދެމުން ދިޔައިރުވެސް، ނަވްޔާ ޖައިޝްއާއި ދޭތެރޭގައި ކަންކުރަމުން ދިޔައީ ވަލުޖަނަވާރަކާއި ދޭތެރޭގައިވެސް ކަން ނުކުރާނެ ހާއިހާނެތިކޮށެވެ. ކޮންމެރެޔަކު ނިދަން ބާއްވަނީ ބިންމަތީގައެވެ. ބާލީހެއް ފޮތިގަނޑެއް ނުދެއެވެ. ނަވްޔާއާއި 3 ފޫޓްއަށް ވުރެ […]
“އެއީ.. އެއީ މީގެ 5 މަސް ކުރިން.. ޔޫހާން ކައިރިއަށް ޝީ ކޭމް. ޝީ ވޯސް އޮބްސެސްޑް. ހަމަ ހުވާ ޔޫހާން މިޝްއަލްއާއި ދެމެދު އެކަހަލަ އެއްވެސް ގޮތަކަށް ނުދެކެން. ޔޫހާން ދެން އެހީ މިޝްއަލް ކައިރީ ކިހިނެތް ހެދިއްޔާތޯ ޔޫހާން ފަހަތުން އުޅުން ހުއްޓާނީ. ޝީ ސެއިޑް ސްލީޕް ވިތް މީއޭ. ޖަސްޓް ވަންސްއޭ. އެހެންވެ ޔޫހާން ކުރީ. އައި ނޯ އައި ޝުޑް ހޭވް ނޮޓް ޑިޑް އިޓް. ވަރަށް ވަރަށް ބޮޑަށް ސޮރީ […]
“ނަވްޔާ!” ދޮރާ ފުރަގަސް ދީގެން އޮތް ނަވްޔާއަށް ނާއިލް ގޮވާލިއެވެ. ވަގުތުން ނަވްޔާ ކޮޅަށް ޖެހުނެވެ. “ދޮންބެ.. ނަވް-” “މަށަކަށް ގޮވާނެ ކަމެއް ނެތް. ޖައިޝްއާއި ކައިވެނި ކުރަން ތައްޔާރުވޭ!” ނަވްޔާގެ ވާހަކަ ހުއްޓުވާފައި ނާއިލް ބުންޏެވެ. އެޔަށް ފަހު ނަވްޔާގެ ޖަވާބަކަށް މަޑުކުރުމެއްނެތި ނާއިލް ނުކުމެފައި ދޮރު ޖެހިއެވެ. މަޑުދުވެއްޔެއްގައި އަހިސް ޔޫހާން ސައިކަލު މަޑުކޮއްލީ “ބްލަޑް މޫން” ގޭ ކުރިމައްޗަށެވެ. އެލީޝާއަށް ގެނައި މޭވާކޮތަޅަށް ބާރުކޮށްލަމުން ޔޫހާން ކުރިއަށް ހިނގައިގަތެވެ. “އެލާ؟” ކޮޓަރީގެ ދޮރުގައި […]
“އައިޝަތް އެލީޝާ މާޔަން” ހަމަ ހިމޭންކަމުގެ ސާލެއް އޮޅާލާފައިވީ އެލީޝާގެ ކޮޓަރީގައިވީ ފަޅުކަން ފިލުވާލީ ޑަކްޓަރުގެ އަޑުންނެވެ. “ޑޮކްޓަރ އަޅުގަނޑުގެ ވައިފް ރަނގަޅުތޯ؟” ހާސްވެފައިވީ ހާލު ޔޫހާން އެއްސެވެ. “ޔޫ އާރް ހާރ ހަސްބަންޑް ރައިޓް؟” ޔޫހާން ބޯޖަހާލިއެވެ. ވަގުތުން ހީލާފައި ޑަކްޓަރ ޔޫހާންއާއި ސަލާމްކޮއްލިއެވެ. “ނަތިންގ ޓު ވޮރީ އެބައުޓް. ކޮންގްރާޖުލޭޝަންސް. ޔުއަރ ވައިފް އެލީޝާ އިސް ޕްރެގްނެޓް” ޑޮކްޓަރު ދެއްވީ އުފާވެރި ޙަބަރެކެވެ. ވަރަށް އުފާވެރި ޙަބަރެކެވެ. އެދުވަހަށް އެލީޝާ އެންމެ އިންތިޒާރުވެސް ކުރި […]
“ސަމާސާއެއްނޫން އެލާ.. ހީ ވޯސް މިގޭގަ.. ހީ ވޯސް ސްލީޕިންގ ވިތް ނަވްޔާ.. ނާއިލް ސޯ ދެމް.. ހީ އައި ވިޓްނެސްޑް އިޓް” މައުނާ ބުނެލިއެވެ. ދެލޯބޮޑުވީ އިރު އެލީޝާގެ ހިތަށް އެރީތޫނު ތަދެކެވެ. ފޯނު އަތަށް ބާރުކޮއްލެވުނު އިރު ހިންދިރުވާލެވުނެވެ. އެވަގުތު ކޮޓަރި ދޮރުހުޅުވާލި އަޑުއިވުނެވެ. ކޮޓަރިތެރެއަށް ވައިން ޔޫހާންއަށް އެލީޝާ ހުރި ގޮތުންވެސް އެލީޝާއަށް އެޙަބަރު ލިބިއްޖެކަން ޔޫހާންއަށް އެނގުނެވެ. ދެލޯ ކަރުނުން ފުރިފައިވީ އިރު އެލީޝާގެ ތުންފަތް ދިޔައީ ތުރުތުރުލަމުންނެވެ. މޫނުމައްޗަށް ޖަންބުކުލަ […]
“ވަދޭ..” ނަވްޔާގެ ކޮޓަރީގައި ޓަކި ޖަހާލުމާއި އެކު އެތެރެއިން ބުނި އަޑު އިވުނެވެ. ކަރު ކެހިލާފައި ޔޫހާން ދޮރު ހުޅުވާލިއެވެ. ކުރު ޓޮޕް ކޮޅަކާއި އެކު ކުރު ސޯޓުކޮޅެއްގައި ނަވްޔާ ހުރި އިރު، ނަވްޔާގެ އިސްތަށިކޮޅުވެސް ވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. ގޮތަކަށް ބުނާނަމަ ނަވްޔާ އިނީ “ނައިޓީ” އެއް ލައިގެންނެވެ. ޔޫހާން ވަނުމާއި އެކު ނަވްޔާ ގޮސް ޔޫހާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޔޫހާންގެ ސިކުނޑިއަށް ވަގުތުން ވަހުޝީ ޙިޔާލުތަށް ވެރިވެގަތެވެ. ހިނދުކޮޅަކަށް ނަމަވެސް އެލީޝާ މަތިން […]
“ދިސް ވޯސް އޯލް މައި ފޯލްޓް… އަހަރެންނަށް މިއަދު މި ލިބުނީ އަހަރެންނަށް ހައްގު އަދަބު. އަހަރެން.. އަހަރެންގެ ބޯއިފްރެންޑްއާއި ޗީޓު ކުރީ. އެހެން މީހެއްގެ ދަރިއަކަށް ނަހަލާލަށް ބަލިވެ އިނީ.. އައި ޑިސާރވްޑް ދިސް.” މިޝްއަލްގެ ދެލޮލުން ކަރުނަ ހިލުނެވެ. “އަހަރެންނަށް މީޓް ވީ ނިއު ބޯއިއަކާ. އޭނާއާއި އެކު އަހަރެންނަށް ކުރަން ނުޖެހޭ ކަންކަން ވެސް ކުރެވުނީ….” “ދެޓްސް ނޮޓް ޔުއާރ ފޯލްޓް. ކާކުތަ އެހެން ހެދީ. ޔުއާރ ބޯއިފްރެންޑް؟” އެލީޝާއެއްސެވެ. “ޔެސް…… ހިސް […]