“އާދޫ؟” އެލީންއަނެއްކާވެސް ގޮވާލިއެވެ. ތިންވަނަފަހަރަށް ގޮވާލަންވެގެން އުޅުނު އެލީން ސިއްސައިގެން ދިޔައީ އާދިން އިނދެފައިކޮއްލި ސުވާލަކުންނެވެ. “ކީ…ކީކޭ؟” އާދިން ބުނިއެތި ޔަގީން ނުވެގެންކަހަލަގޮތަކަށް އެލީންއެއްސެވެ. “އެލީ އަހަރެންނާ މެރީކުރާނަންހޭ؟” އަނެއްކާވެސް އާދިންގެ ސުވާލު އަހަރެން ގާތުގައިއެއްސެވެ. އާދިންދޫކޮއްލީ ފިނި ނޭވާއެކެވެ. “އަހަރެންގެ ހަނދާންތަށް އެނބުރިއައިތާ މިހާރު 2 މަސް ވެއްޖެ.. އަހަރެން ބޭނުންވީ އެލީ އަހަރެންނަށް ޓްރީޓް ކުރާގޮތް ބަލައިލަން.. އަހަރެން ހަނދާއެބަހުރި.. އަހަރެންގެ މާމަ އަބަދުވެސް ބުނޭ. ލޯބިވާމީހާއަށްވުރެ ލޯބިދޭމީހަކާއެކީ އުޅޭ ދިިރިއުޅުމެއްމާ ކާމިޔާބުވާނޭ. އަހަރެންބެލީ […]
“ތީ.. ތީކާކު؟ މީ ކޮންތަނެއް؟” އާދިން ލަސްލަހުން އެއްސެވެ. އެލީންގެ ހަރަކާތްތަށް ހުއްޓުނެވެ. “މީ.. މީ އެލީންއޭނުން؟” އެލީން ބުނެލިއެވެ. “ކޮން؟ ކޮން އެލީންއެއް؟ މަ ނުދަންނަން އެލީންއެއް؟ ތީ.. ތީ ކާކު؟” އާދިން ބީރައްޓެހި ގޮތަކަށް އެލީންއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ޑަކްޓަރ!!!!!” ހިނދުކޮޅެއްތެރޭގައި ޑަކްޓަރުންނާއި ނަރުހުން އަހިސް އާދިންގެ ހާލަތުބަލަންފެށިއެވެ. “ބޭރުގަ މަޑުކޮއްލާ އިނގޭތޯ؟” ނަރުސް ކުއްޖަކު އެލީން ބޭރަށް ނެރެފައި ބުނެލިއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހިން އެލީންގެ ހިތް ދިޔައީ ފުނޑުފުނޑުވަމުންނެވެ. “އާދިންގެ […]
މެންދުރުގެ ވަގުތެވެ. ހޮސްޕިޓަލުގައި އެއްއަޑުވެފައިވަނީ ގިސްލުމާ ރުއިމުގެ އަޑެވެ. ނަބީލްގެ އާއިލާގެ އެތައްބަޔަކު ތިބި އިރު ނަބީލްގެ އެކުވެރިންނާއި ނަބީލްގެ މުވައްޒަފުންވެސް ނަބީލްގެ ޖަނާޒާގައި ބައިވެރިވިއެވެ. ނަބީލްގެ ފުރާނަނެއް ހަށިގަނޑު ކައިރީ އިން ނީރާގެ ލޮލުން ކަރުނަ ނުހިނދެއެެވެ. ނުވަ މަހާ ނުވަ ދުވަސް ވަންދެން އެތައްބުރައަކާއި ތަކުލީފު އުފުލާފައި ދުނިޔެއަށް އުފަން ކުރިދަރިފުޅު އެހާ އިހާނަތި ގޮތުގައި މަރާލާފައި އޮއްވާ ފެނުމުން އަސަރު ނުކުރާނީ ކޮން މަޔަކައްހެއްޔެެވެ؟ ނަބީލްގެ ހަށިގަނޑާއި ތަންކޮޅެއް ދުރުގައި އިން ރުވާންގެ […]
“ކަރެންޓް ޓައިމް، 6 އޭމް. ޕޭޝަންޓްސް ނޭމް ރުވާން އަހްމަދު ރަވާން. ވީއާރ ޕާރފޯމިންގ އަ ނިއުރޯފީ އޮން ހިސް ރައިޓް ލެގް. ހީ ވޯސް ސްޓަބްޑް އެއް ސަމްއޮފް އިސް ވެއިންސްއާރ ސެވިއާރލީ ޑެމޭޖްޑް. ސްކޭޕަލް..” ޑަކްޓަރ އެލެކްސް ސާރޖެރީ ފެށުމުގެ ކުރިން އެންމެނަށް އިވޭ ވަރަށް ބުނެލިއެވެ. ރަވާންއާއި އެކު ލަސް ހިނގުމެއްގައި އޮޕަރޭޝަން ރޫމް ކައިރިއަށް ދިޔަ ނޯޔާއަށް ވެއިޓިންގ އޭރިޔާގައި އިން ޒުވާން އަންހެން ކުއްޖާ އަޅައިގަތެވެ. އެކުއްޖާގެ ލޮލުން އޮހޮރެމުން […]
“ރުވާން މަރެއްނުވޭ. އޭނާ އަދިވެސް ދުނިޔޭގަ އެބަހުރި. އަޅުގަނޑުމެން އެ ސީންއަށް ދިޔަވަތުގު ރުވާންގެ ހޭ ހުރި. އެވަގުތު ރުވާން އަހަރުމެންނަށް ދިނީ ނޮކިޔާފޯނެއް. އޭގައި މަންމަގެ ނަމުން ޖަހާފައި ސޭވްކޮއްފައި އިންނަންބަރ މިއީ. އަވަހަށް ދުރުވޭ އިނގޭތޯ” އެހެން ބުނެ އެކޮޅުންފޯނު ކަނޑާލިއެވެ. ދެމަފިރިންވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެވަގުތު ނޯޔާގެ ކޮއްކޮ ނީރާދުވެފައި އެގެއަށް ވަނެވެ. “ދޮންތާ.. ދޮންތަބޭ.. މަގޭ.. މަގޭ ނަބީލް. ދޮންތާ މަގޭ ނަބީލް މަރައިފިއޭ” ރޮމުން ރޮމުން ނީރާ ބުނެލިއެވެ. […]
“އާހް” ޔޫރާއަށް ހަޅޭލަވައިގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯބޮޑުވީ ރިޝްވާންގެ ފުރަގަހުގައި ހުރި ޒުވާނާގެ އިސްތަށިގަނޑުގައި ހިފާ ދަމާލިވަގުތު ރިޝްވާންގެއަތަށް އެޒުވާނާގެ އިސްތަށިކޮޅު އައުމުންނެވެ. އެވަގުތު އެޒުވާނާ ހުރި ސިފަވެސް ޔޫރާގެ ލޮލުގައި އަޅައިގަތެވެ. ޝައްކެއްވެސް ނެތެވެ. އެއީ ޔޫރާގެ ރުވާންއެވެ. “ރު…ރު…ރުވާން…؟” ޔޫރާގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. ރުވާން ޔޫރާއާއި ދިމާލަށް ބަލައިލީ ވޭނުންފުރިފައިވީ އެހެނަސް، ލޯބިންނެވެ. އެއީ ޔޫރާއަށް ހީވިހީވުމެއްނޫންކަން ޔަގީންކޮށްދިނުމަށް ރުވާން ބޯޖަހާލިއެވެ. ޔޫރާގެ ދެލޮލަށް ގެއްލިފައި ހުރި ރުވާން ސިއްސައިގެން ދިޔައީ […]
“އެލީ؟؟” އެލީން ފެންނަން ނެތުމުން ޔޫރާ ގޮވާލިއެވެ. “އޭ އެލީ ދެން މަޖަލެއްނޫން އިނގޭ. ނިކުމޭ ދެން ފިލާ ނުހުރެ.” ޔޫރާ އަނެއްކާވެސް ގޮވާލިއެވެ. “އެ-” ތިންވަނަ ފަހަރަށްވެސް ޔޫރާ ގޮވަން އުޅުނެވެ. ނަމަވެސް އެވަގުތު ފަހަތުންއައި މީހަކު ޔޫރާގެ އަނގައާއި ނޭފަތްމަތީގައި ފޮތިގަނޑެއް އެޅުމުން އެކަމަށް ޔޫރާ ނުކުޅެދުނެވެ. ހަމައެވަގުތެވެ. ކައިޝަން ދިޔައީ މިލްޔާގާތަށް ދިޔުމަށް ހޮސްޕިޓަލަށް ދިޔުމަށެވެ. ކަޅުކުލައިގެ ގަމީހަކާއިއެކު ކަޅުކުލައިގެ ޖީންސްގައި ހުރި ކައިޝަން ވަރަށް ސްމާރޓްކަމަށް ދައްކައެވެ. އިސްތަށިކޮޅުވެސް ރީތިގޮތަކަށް ހާވާލާފައިވީ […]
10 ވަރަކަށް މިނިޓްވީ އިރު ކައިޝަންހުރީ ހޮސްޕިޓަލްގައެވެ. ރިސެޕްޝަންގައި އިން ކުއްޖާ ގާތުއަހާފައި ކައިޝަންއަވަހަށް ދިޔައީ އެކޮޓަރިއަށެވެ. “ކައި…” ކޮޓަރިދޮރު ހުޅުވާލި ކައިޝަން ފެނުމުން މިލްޔާ ގޮވާލީ ކުރަކިވެފައިވީ އަޑަކުންނެވެ. ކައިޝަން ހިތް ފުރާ ޝަކުވާވީނަމަވެސް މިލްޔާއިން ހާލުފެނި ހިތުގައި ރިއްސާލިއެވެ. “މިލޫ….” މަޑުމަޑުން ކައިޝަން މިލްޔާއަށް ގޮވާލިއެވެ. އޭރު ކައިޝަންގެ ދެލޮލުގައިވެސް ދިޔައީ ކަރުނަ ވިދަމުންނެވެ. ބަލާކަށް ނުހުރެ ކައިޝަން ދުވެފައި ގޮސް މިލްޔާގެ ތުންފަތަށް ބޮސްދިނެވެ. “އައި ހޭޓް ޔޫ!!! އައި ހޭޓް ޔޫ […]
ބޭރުގައި އެވާހަކަ އަޑުއަހަން ހުރި ކައިޝަން ހުރީ ހިތް ފުނޑުފުނޑުވާ ހާލުގައެވެ. އެކަހަލަ ލޯބިވާ މަންމައަކާއި ބައްޕައެއްލިބުނު ނަމައޭ ކައިޝަންގެ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. **** “އެލީ.. އެލީ.. ތެދުވަގަ. ކޮލެޖްއަށް ދާ ގަޑިޖެހެނީ” 45 7 ވީއިރުވެސް ނުތެދުވެއޮތުމުން ޔޫރާ ގޮވާލިއެވެ. “ޔޫރާ ދޭ. އަހަރެން ނުދާނަން..” އެލީން ބަލިއަޑަކުން ބުނެލިއެވެ. “އެލީ؟ ބަލީތަ؟” އެލީގެ އަޑު އިވުމުން ޔޫރާ ހާސްވެފައި އެއްސެވެ. ނަމަވެސް އެލީން އެއްޗެކޭ ނުބުނެ ދެލޯ މަރާލިއެވެ. ޔޫރާގޮސް އެލީންގެ […]