“މިހާރު ބިޒީ ކަމުން އާދެވެނީކީވެސް ނޫން ވިއްޔަ. އެހެންވެ އަހަރެން ބޭނުންވީ އަތުން އަތަށް މީތި ހަވާލުކޮއްލަދޭން” މައުނާގެ އަތަށާއި ނައިލާގެ އަތަށް ކާރޑެއް ލައިދެމުން އެލީޝާ ބުނެލިއެވެ.
“އެކޮއެ ކައިވެނި ކުރަނީތަ؟” ނައިލާގެ ޖުމްލައިން ނަވްޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“އޯއެމްޖީ ޔޭސް އޮފްކޯސް އައިލް ބީ ޔުއާރ ބްރައިޑްސް މެއިޑް” މައުނާގެ ކާޑުގައި އިން “ވިލް ޔޫ ބީ މައި ބްރައިޑްސް މެއިޑް” ކިޔާލާފައި އުފަލުން ހުރެ މައުނާ ބުނެލިއެވެ.
“ޔޫ ގާއިސް އާރ ގެޓިންގ މެރިޑް؟؟؟” “ކެޕިޓަލް” އަކުރުތަކުން ރުޅިއަހިސްފައިވާ ހާލު ޔޫހާންއަށް ނަވްޔާ މެސެޖު ކޮއްލިއެވެ.
“ޔެޕް” ޔޫހާންގެ މެސެޖުގައި ހުރި “ނޯރމަލް” ކަމުން ނަވްޔާގެ ރުޅިގަނޑުދެގުނަވިއެވެ. ކުރިމަތީގައި ހެވިދިލިފައި އިން އެލީޝާގެ ދެލޯ ކޮނެލަންވެސް ބޭނުންވިއެވެ. ނަމަވެސް ނަވްޔާ ހަނުހުރެ ކޮޓަރިން ނުކުމެގެން ގޮސް ނަވްޔާގެ ކޮޓަރިއަށްވަނެވެ.
“ހެއީ. ނަވް ބުނީމޭނުން ނަވްވެސް ކާރޑިއޮލޮޖީއޭ ކިޔަވާނީ؟ ޑަކްޓަރ ބުނީމެއްނުން ހެލްޕްވާނަމޭ؟” ނަވްޔާ ވާހަކައިގެ މައުލޫ މުޅިން ބަދަލުކޮއްލިއެވެ. ރުޅި އަހިސްގެން ނުވަތަ ނަވްޔާ ޔޫހާންއަށް ވާހަކަ ދައްކާކަން އެލީޝާއަށް އެނގުނަސްވެސް ޔޫހާން ގެއްލޭނީ ނަވްޔާއަށް ކަން ނަވްޔާ ގަބޫލު ކުރެއެވެ. އެހެން ކަމުން ނަވްޔާއާއު ޔޫހާން ދުރުވާން ބޭނުން ނުވާވަރަށް ޔޫހާން “ސެޑިއުސް” ކުރެވޭތޯ މަސައްކަތް ކުރަން އަތްއޮޅާލިއެވެ.
“ހޫމް ހެހެ. ސުވާލެއް އޮތީއާ އަހާބަލަ؟” ޔޫހާން ބުނެލިއެވެ.
“އަސްލު ހާރޓް އިންނަނީ ކޮންތާކުތަ؟” ފުރަތަމަވެސް ނަވްޔާކޮއްލީ އެސުވާލެވެ.
“މޭތެރޭގައޭނުން ހަހަ” ޔޫހާން ބުނެލިއެވެ. ޔޫހާންގެ ޖަވާބުއައީވެސް ނަވްޔާ އެންމެ ބޭނުންވި ފަދައިންނެވެ. ވަގުތުން ނަވްޔާގެ މޭމަތިފެންނަކަހަލަ ފޮޓޯއެއް ނަގާފަައި ޔޫހާންއަށް ފޮނުވިއެވެ.
“ވަރަށް އުފާވެއްޖެ. ވިޝިންގ ޔޫ ބޯތް އަ ހެޕީ މެރިޑް ލައިފް” އެލީޝާގެ އަތުގައި ފިރުމަމުން މައުނާ ބުނެލިއެވެ.
“ތެދެއް. ދެކުދިންވާނެ ވަރަށް ބަސް އަހައިގެން އުޅެން” ނައިލާ ވެސް ބުނެލިއެވެ.
“ލައްބަ އިންޝާ ﷲ އެންމެންވާނެ އިނގޭ އަންނަން ޕާރޓީއަށް” އެލީޝާ ބުނެލިއެވެ.
“ޔަގީނެއްނުން؟!” މައުނާ އަވަސް އަވަހަށް ބުނެލިއެވެ.
ދުވަސްތަށް ފާއިތުވަމުންދިޔައެވެ. ޔޫހާންއާއި އެލީޝާގެ ކައިވެނީގެ ތައްޔާރީތަށް ވުމައިގެން އެންމެންވެސް އުޅުނެވެ. ޔޫހާންގެ އަންހެންކުދިންގެ “ލިސްޓު” ވެސް ހަމަ އޮތްގޮތަށް އޮތެވެ. މިހުރިހާކަމެއް އެލީޝާއަށް އެނގުމުން ދެންވާނީ ކިހިނެއްބާއެވެ؟
ރޭގަނޑުގެ ވަގުތެވެ. ޔޫހާންއާއި އެކު އެލީޝާއިނީ “ސަންފްލާވާރ” ރެސްޓައުރެންޓްގައެވެެ. ދެލޯބިވެރިންގެ ދެމެދުގައި ދެކެވެމުންވެސް ދިޔައީ ކުރެވެން އުޅޭ ކައިވެނީގެ ވާހަކައެވެ.
“އަހަރެން ބޭނުން ވަރަށް އަވަހަށް ބޭބީއެއްވެސް ހޯދަން” ދެއަތް ޖޯޑުކޮއްލާފައި ވަރަށް ލޯބިކޮށް އެލީޝާ ބުނެލިއެވެ.
“ބޭބީ އެކޭ؟” ޔޫހާން މޫނުކުނިވިއެވެ. ޔޫހާން އެހާ އަވަހަށް ބައްޕައަކަށް ވާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.
“ދެން ޕްލީޒް. އަހަރެން އަބަދުވެސް ބޭނުން ކުއްޖަކު ހޯދަން. ކޮއްކޮއަކާ ނުލާ ބޮޑުވީމަ ކަންނޭނގެ. ގާރލްއަކާ ބޯއި އަކާ. ޕްލީޒް” ތުން ކޮޅު އޮޅާލާފައި އެލީޝާބުނެލިއެވެ.
“ހެހެހެ އޯކޭ އޯކޭ އެލާ ބޭނުން ގޮތެއް” ޔޫހާން ޕާސްތާކޮޅެއް އަނގައަށް ލަމުން ބުނެލިއެވެ.
“އިނގޭތަ؟ އެލާ ޔޫހާންދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ. ދުވަހަކުވެސް އެލާ ދޫކޮށްނުލައްޗޭ އިނގޭ؟ އެލާ އެކަނި ކޮއްލާފަ ނުދައްޗޭ އިނގޭ؟ ޕްލީޒް؟” އެވަގުތުކޮޅުވެސް ދިޔައީ ޔޫހާންދެކެ އެލީޝާވާލޯބި ފެންނަމުންނެވެ.
“އޮފްކޯސް. އަހަރެން އަބަދުވެސް އެލާއާއި އެކިގަވާނަން” އެލީޝާގެ މަޑުކަފަކޮޅެއްފަދަ އަތުގައި ހިފާލަމުން ޔޫހާން ބުނެލިއެވެ. އެވަގުތު އެލީޝާއަށް އައީ ފޯނު ކޯލެކެވެ. ގުޅަމުން ދިޔައީ އަނާޝާ ކަމުން އެލީޝާއަވަހަށް ފޯނުނެގިއެވެ.
“ދަރިފުޅާ…. ބައްޕަ…. ބައްޕަ އެކްސިޑެންޓްއެއްވެގެން މިއުޅެނީ. އަވަހަށް އާދެބަލަ ހޮސްޕިޓަލަށް އާދެބަލަ” ރޮމުން ރޮމުން އަނާޝާ ބުނެލިއެވެ.
“ކި..ކީކޭ؟” އެލާޝާގެ އަތުން ވަރުދޫވެގެން ފޯނުވެއްޓުނެވެ. އެކޮޅުން އަނާޝާ ގޮވަމުން ދިޔައަޑުވެސް އިވެއެވެ. ހައިރާންވެފައި އިން ޔޫހާން ފޯނުނަގާ ކިހިނެއްވީތޯއެއްސެވެ.
“ދަރިފުޅާ މިއުޅެނީ ބައްޕަ ވަރަށް ބޮޑު އެކްސިޑެންޓްއެއްވެގެން.. އަވަހަށް އާދެބަލަ އެލާ ގޮވައިގެން ހޮސްޕިޓަލަށް” އަނާޝާ ބުނެލިއެވެ. ޔޫހާންއަވަސް އަވަހަށް ޕޭކޮއްލާފައި ގަބުވެފައި އިން އެލީޝާ ގޮވައިން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ވަދެވުމާއި އެކު ކަންފަތުގައި ގުގުމާލި ރުއިމާ ގިސްލުމުގެ އަޑެވެ. އެތަނުގައި ފުލުހުން ތަކެއް ތިބި އިރު މާޔަން އާއި އެކްސިޑެންޓްވި ކާރުދުއްވަންއިންމީހާގެ ފުރާނައެއް ހޮސްޕިޓަލަށްގެނައިރުވެސް ނެތެވެ. އެމާރޖެންސީ ރޫމްގައި މާޔަންގެ އިތުރުން ނިޔާޒްވެސް އޮތެވެ.
“ކިހިނެތްވީ؟” ރޮއެ ރޮއެ ހުރި އަނާޝާ ގާތުގައި ޔޫހާންއެއްސެވެ.
“ބައްޕައާއި ނިޔާޒް ކޮފީއަކުން އަންނަނިކޮއް އެކްސިޑެންޓުވީ…..” އަނާޝާގެ އަނގައިން ބަސްހުއްޓުނީ ކައިރީގައި އޮތް މާޔަންގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިންތަކުގެ އަޑުގަދަވާން ފެށުމުންނެވެ.
“އެރެސްޓް!!!” ޔޫހާންއަށް ވަމުން ދިޔަގޮތް އެނގުމުން ބާރަކަށް ބުނެވުނެވެ. ޔޫހާންއަވަސް އަވަހަށް ދުވެފައި ގޮސް މާޔަންއަށް “ސީޕީއާރ” ދޭން ފެށިއެވެ. ގަބުވެފައިހުރި އެލީޝާއަށްވެސް ހަމަބިމަށް އާދެވުނީ ދެނެވެ.
“ބައްޕާ!!!!” އެލީޝާ ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އަޅަން ޖެހުނީ ނަރުސްކުއްޖަކު އަހިސް އެލީޝާ ދުރުކުރުމުންނެވެ. އެވަގުތު ވެގެން ދިޔައީ ނާއިލްއާއި މައުނާވެސް އެތަނަށް ވައިން ވަގުތެވެ. ނާއިލް ގޮސް ބައްޕަގެ އެނދުކައިރިއަށް ދިޔައި އިރު، މައުނާގޮސް ރޮއެރޮއެ ހުރި އެލީޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. އޭރު އެލީޝާގެ ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ. އަނާޝާގެ ހަށިގަނޑުގައި ބައްދައިގެން ހުރެ ލީޝާވެސް ދިޔައީ ރޮމުންނެވެ.
ނިޔާޒްއަށް ބޭރުފުށުންމާ ބޮޑުގެއްލުމެއްލިބިފައި ނެތަސްވެސް ވަނީ އޮޕްރޭޝަންއެއް ކުރަންޖެހިފައެވެ. އެ އޮޕަރޭޝަންގެ ސަބަބުން އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށް ވުންވެސް އެކަށީގެންވާކަމަށް ޑަކްޓަރ ބުނެލިއެވެ. ދުރުގައިހުރި މައުނާއަށްއެއަޑު އިވުމުން ތުންފަތުގައި ދަތްއަޅާލެވުނީ ހިތަށް ތަދުވި ވަރުންނެވެ. މައުނާ ބަނޑުބޮޑުވީންސުރެ ނިޔާޒް އަބަދުވެސް ބުނެއެވެ. “ބައްޕައަށް ލިބޭނީ ހަމަ ފިރިހެން ދަރިއެކެވެ، އެދަރިފުޅު ގޮވައިގެން ކޮންމެ ދުވަހަކުވެސް ކުޅެންދާނެކަމެވެ” ނަމަވެސް މިއަދު އެކަމުން ނިޔާޒް އެވަނީ ނުކުޅެދިފައެވެ.
“ޗެކިންގ ރިދެމްސް ނައު” މާޔަންގެ ކަރުގައި ދެއިނގިލި ޖައްސާލަމުން ޔޫހާންބުނެލިއެވެ. “ކޮމްޕްރެޝަން!” ދާހިތްލާ ފޯވެފައި ހުރި އިރު ޔޫހާންގެ އަތްވެސްވަނީ ވާޅުވެފައެވެ. ނަމަވެސް ޔޫހާން ހުއްޓާކަށް ބޭނުމެއްނުވިއެވެ. އެލީޝާ ކައިވެނި ކުރާތަން ބަލަން މާޔަން ދުނިޔޭގަ ހުންނާނެއެވެ. މިހުރިހާދުވަހު މާޔަން އިންތިޒާރު ކުރި ދުުވަހަކީވެސް އެއީއެވެ. “ޕްލީޒް…. ޕްލީޒް…” ހިތާހިތުން ޔޫހާންއަށް ކިޔެމުން ދިޔައެވެ.
“ކޯއްޗެއްތަ ބަލަން ތިހުރީ؟؟ ދޭބަލަ ޑިފައިބްލެރޭޓާރ ހިފައިގެންއަންނަން!” ކައިރީގައި ހުރި ނަރުސް ކުއްޖާއާއި ދިމާލަށް ޔޫހާން ހަޅޭލަވައިގަނެވުނެވެ. އެކުއްޖާ ދުވެފައި ގޮސް “ޑިފައިބްލެރޭޓާރ” ގެނައެވެ.
“200 ޖޫލްސް ރެޑީ” ޔޫހާން ގާތުގައި އެކުއްޖާ ބުނެލިއެވެ.
“3 2 1 ޝޮކް” އެވަގުތު މާޔަންގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިނުތަކުގައިވީ ރޮނގުތަށް ސީދާވީ ވަގުތަށެވެ. ފުރާނައާއި އެތަށް އިރަކު ހަނގުރާމަކުރުމަށް ފަހު މާޔަންގެ އެންމެ ފަހު ނޭވާ ދޫއްކޮއްލާ އެނބުރި ހެއްދެވިފަރާތަށް ދިޔައީއެވެ.
“ޔޫ.. ޔޫހާން…” ޔޫހާންއަދިވެސް ސީޕީއާރ ދެމުންދާތީވެސް ކައިރީހުރި ނަރުސްކުއްޖާއަށް ޔޫހާންއަށް ގޮވާލެވުނެވެ. އާއެކެވެ. މާޔަން މިދުނިޔެއާއި ވަކިވެއްޖެއެވެ. ޔޫހާންގެ ހިތަށް ތަދުވީ އިންތިހާއަށެވެ. އޭރުވެސް ކެނޑިނޭޅި އެލީޝާގެ ރުއިމުގެ އަޑު އިވެމުންދިޔައެވެ. ފުރަތަމަ ފަހަރަށް ޔޫހާންއަށް އެލީޝާ ކުރިމަތީގައި “ފެއިލް” ވެވިއްޖޭ ޔޫހާންއަށް ހީވުމުން ބިންމައްޗައް ތިރިވެވުނެވެ. ކަކޫގެނެސް ނިތުގައި ޖައްސާ ރޯން ފެށިގޮތުން އެތާތިބި ނަރުހުންގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yohaan dhuru nukurachey
elaa haadha dhera vaaney
mi part kiyaafa rovijje
v intresting story eh
v kiyaala hithun kiyani
i appreciate your hard work
Jazaakallah Khairan
In sha allah maadhamaa part 7 kiyaalan libeyne
Hehe dhn lets see dhww vany kihineh thww
Awlhe sorryyyyy vrhhhhh bodahhhh rovvaalevuniima😭
This story is very good
I am waiting for the next one
Varah reethi
Maasha Allah
Jazaakallah Khairan
In sha allah maadhamaa part 7 kiyaalan libeyne❤️
so sad ala ge kaivenii ahh ela ge dad eh dhn nuhuhnaane alhe ekm ves eiee knme meehakah ves ahnaane dhuvaheh vrh reethi vrh interesting cant wait for next n waiting keep it up
love youuuuuuuuu
Jazaakallah Khairan
Yesyes frrr
Love you moreee
Maasha Allah vrhhh reethi mi episode vess
Can’t wait for the next ep
Ly
Jazaakallah Khairan
In sha allah maadhamaa next ep kiyaalan libeyne
Lyt
hey shiher
mi part vess ma sha allah vrhh reethi
keep it up
ly
heyy @someone
Jazakallah Khairan
lyt
I HATE YOOHAAN, NAVYA AND LEESHAA GOD HEYONUVAANE
hehehehehehe
Vhk vrhhh reethi
best story of the year ma sha allah
ilysmsm
awwwnnn jazaakallah khairan
ilym