ހަނދު އޭގެ ވާޖިބު އަދާކޮއްފައި އިރަށް ޑިއުޓީ ހަވާލުކޮށް ފިލައިފިއެވެ. ހުވަފެނީ އާލަމުގައި އޮތް އަހަރެންނަށް ހޭލެވުނީ އިރުގެ ރަން ދޯދިތަށް އަހަރެން ދެލޮލަށް އުނދަގޫ ކުރަން ފެށުމުންނެވެ. ލެދޯ ކަހާލާފައި އަހަރެން ލޯހުޅުވާލީމެވެ. އޭރު ގަޑިން 7 ޖެހީއެވެ. ރޫޅާލާފައި އޮތް އަހަރެންގެ ކޮނޑާ ހަމައަށް އަރާ އިސްތަށިކޮޅު ވޫލެއްގައި ހައްޔަރު ކޮއްލާފައި އަހަރެން ފާހާނައަށް ވަނީމެވެ. އަހަރެން ދަބަހާއި އަހަރެންގެ ޑޮކްޓަރީ ކޯޓު ހިފައިގެން ވަނީ ބަދިގެއަށެވެ. އެވަގުތު ބަދިގެ މޭޒު މަތީގައި އޮތް […]
“އަންނާނަން އިނގޭ މޫނު ދޮވެލައިގެން” އެލީޝާގެ ނިތަށް ދޮނެއްދެމުން ޔޫހާން ބުނެލިއެވެ. އުފާވެރިކަންމަތީ ދެމަފިރިން އެކުގައި ސައިބޮއެ ނިންމާލިއެވެ. ސައިބޮއެ ނިމުމާއި އެކު ދެމަފިރިން އަވަސްވެލީ ޕެކް ކުރަން ދިޔުމަށެވެ. މެންދުރުވަގުތު އެއީ ހަނީމޫނަށް ދާން ފުރަން ހަމަ ޖެހިފައިވީ ވަގުތު ކަމުންނެވެ. މެންދުރުގެ ވަގުތެވެ. ހަމަހިމޭންވެފައިވީ ހޮސްޕިޓަލުތެރެ ހަލަބޮލި ވާން ފެށީ ހޮސްޕިޓަލަށް ވަދެގެންއައި އަންހެން ކުއްޖާފެނުމުންނެވެ. ކަޅާ އޮރެންޖު ކުލަ ހުރި ޓޮޕް ކޮޅަކާއި އެކު ވަނީ ކަޅުކުލައިގެ ޖީންސްއެއް ލާފައެވެ. ވަޔާ ނަށަން […]
އެދުވަހަށް ފަހު ކިތަންމެ ދުވަހަކު ޝާހާއާއި ޔޫހާން ބައްދަލު ކުރެއެވެ. ދަންވަރު ޝާހާމެން ގެޔަށް ދާލެއްވެސް މަދެއްނޫނެވެ. އެގުޅުން ހީނަރުވެ، ދިމާވެވޭލެއް މަދުވީ ޔޫހާންގެ ހަޔާތަށް އެލީޝާއައުމުންނެވެ. އެއީ މީގެ 2 އަހަރު ކުރިއެވެ. 2022 ވަނަ އަހަރެވެ. ޔޫހާންއާއި އެލީޝާގެ ގުޅުމަށް 2 އަހަރުވީ އިރުވެސް އެގުޅުން ދިޔައީ ކުރިޔަށް ދަމުންނެވެ. ނަމަވެސް ޝާހާ ބޭނުންވާވަރަކަށް ވަގުތެއްނުދެވެއެވެ. ޝާހާ މައިކަލްއާއި ގުޅުނު ސަބަބަކީއެއީއެވެ. އެޙިޔާލުގައި ހުރި ޝާހާގެ ލޮލުން ނިރާލީ ކަރުނަތިއްކެކެވެ. އާއެކެވެ. އަމިއްލަ ނަފްސު […]
“އަން” ކައިވެނި ޕާރޓީއަށް އަންނަމުން ދިޔަ އެންމެނާ ސަލާމް ކުރަމުން ދިޔަ އެލީޝާއާއި ޔޫހާންއަށް ބަލަން އިން ޝާހާއަތަށް ނޫޑުލިސްތައްޓެއް ދެމުން މައިކަލް ބުނެލިއެވެ. “ތޭންކްސް” ޝާހާއެތަށީގައި ހިފިއެވެ. “އެންމެ ފަހުން ޔޫހާންވެސް މެރީކުރީ” މައިކަލްވާހަކަފެށީ ވަރަށް ދުރުދުރުންނެވެ. ޝާހާ ބޯޖަހާލިއެވެ. “އަހަރެން…. އަހަރެންވެސް ޝާހާދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން….” މައިކަލް ބުނެލިއެވެ. ޝާހާ މައިކަލްގެ މޫނަށް ބަލައިލިއެވެ. އެވަގުތު މައިކަލްގެ ޖީބުން ނެގީ ރިހި ކުލައިގެ އަނގޮއްޓިއެކެވެ. “ވިލް ޔޫ […]
“ޖައިޝް؟؟” ޖައިޝްއާއި އެކު މަސައްކަތް ކުރާ ކޮލީގްއެއް ކަމަށްވާ އަކްމަލް ގޮވާލިއަޑަށް ޖައިޝްއަވަހަށް އެ ގަނޑުފޮރުވާލިއެވެ. “ކީކޭ؟” “އެންމެން ކޮފީއަކަށް ދާން ކިޔާއެބަ. އުޅިބަލަ ދާން” އަކްމަލް ބުނެލިއެވެ. “އޯކޭ” ބުނެލާފައި ކައިރީ އޮތް ޖައިޝްގެ ފޯނުހިފައިގެން ނުކުތެވެ. ހިނދުކޮޅެއް ފަހެވެ. ނާއިލްއައީ ޖައިޝް ހޯދުމަށެވެ. ނާއިލްއާއި އެކު އައު، ޕްރޮޖެކްޓްއެއް ހެދުމަށް އެހީތެރިވުމަށެވެ. “ޖައިޝް؟” ޖައިޝްގެ ކެބިންގެ ތެރޭގައި ފެންނަން ނެތުމުން ނާއިލް ނިކުންނަން އުޅުނެވެ. ނަމަވެސް އެވަގުތު ޖައިޝްގެ ނޯޓު ފޮތް ދަށުގައި އޮތް […]
“ދެން ތިވަރަށް ނުރޮއެބަ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” ސަހަރާއިން ނިކުމެ ނާއިލް ދެލޯފުހެލިތަން ފެނުމުން ޔޫހާން ބުނެލިއެވެ. ނާއިލް ދޫކޮށްލީ ފިނި ނޭވާއެކެވެ. “ކޮބާތަ ޔޫހާންގެ ޕޭރެންޓްސް؟؟” ނާއިލްއަށް އަހާލެވުނެވެ. ނާއިލްގެ ސުވާލާއިއެކު ޔޫހާންގެ މޫނުމައްޗަށް ހީވީ ކުނިބިހެއްޖެހިހެންނެވެ. “ހެހެ. އަހަރެންގެ ނުހުންނާނެ މަންމައެއްވެސް ބައްޕައެއްވެސް…..” މަސްހުނި އިހުސާސްތަކެއް އެކުލެވޭ ހިނިތުންވުމަކާއި އެކު ޔޫހާން ބުނެލިއެވެ. ޔޫހާންއަށްވީގޮތުން އިތުރަށް އެވާހަކަ އަހާކަށް ނާއިލްއަކަށް ނުކެރުނެވެ. ދުވަސްތަށް ފާއިތުވަމުންދިޔައެވެ. 10 ދުވަސްފަހުން މައުނާ ގެޔަށް ދޫކޮށްލެވުނެވެ. އޭގެ އިތުރުން […]
“ޔޫހާން… އަޑުއެހިން ޔޫހާން ބްރޭކްގައޭ. އެކަމަކު ހެޔޮނުވާނެ އަވަހަށް އަހިސްދީ.. މަގޭ ދަރިފުޅު ސަލާމަތްކޮށްދީ….” ނާއިލްގެ ވާހަކައާއި އެކު ޔޫހާންއަދި އެލީޝާއަށްވެސް ލިބުނީ ސިހުމެކެވެ. “ޝީ ވެންޓް ޓު އަ ސީ ސެކް.. ޕްލީޒް އަހިސްދީބަ” ރޮމުން ރޮމުން ނާއިލް ބުނެލިއެވެ. ފޯނުބޭއްވުމަށް ފަހު ޔޫހާންއާއި އެކު އެލީޝާވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. “އަސްލު ކިހިނެތްތަވީ؟” ނަރުސްކުއްޖަކާއި އެކު ޔޫހާން އެތެރެއަށް ވަނުމުން ކައިރީ އިންގޮނޑީގައި އިން ނާއިލް ގާތުގައި އެލީޝާ އެއްސެވެ. ނާއިލް ހުރިހާވާހަކައެއް އަލިފުންޔާއަށް […]
“އޭ މަބުނީ އޮބޯތޭވަރަށް ބޮޑު ވާހަކައެއް” މައިކަލް ބޯކަހަމުން ބުނެލިއެވެ. “ހޫމް ކިޔާބަލަ” ކައިރީގައި އިން ކޮފީޖޯޑުގައި ތުންޖަހަމުން ރިލްވާން ބުނެލިއެވެ. “އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން..” މައިކަލް ބުނި ޖުމްލައާއި އެކު ރިލްވާންކޮށިއެރިއެވެ. “ޕިސް ޕިސް. އެހާ ހައިރާން ކުރަނިވި ވާހަކައެއްތަ މަށަށް މިބުނެވުނީ” ރިލްވާންގެ ބުރަކަށީގައި ފިރުމާލަމުން މައިކަލް “އައި ރޯލް” ކޮއްލިއެވެ. “ހަހަ ނޫނޭ ނޫނޭ. ހަމަ ހުވާތަ؟؟” ރިލްވާން އަހާލީ ޔަގީންކޮއްލަން އަހާކަހަލަ ގޮތަކަށެވެ. “ޔެއާ.. އައި މީން. މިހާރު […]
“ތެންކިޔު ޔޫހާން.. ވަރަށް އުފާވެއްޖެ ޔޫހާން މަށާއެކީގަ މިހެން ޓައިމް ސްޕެންޑްކުރީމަ..” އެލީޝާ ހޮސްޕިޓަލުން ވަނީ 1 ހަފްތާ ޗުއްޓީ ނަގާފައެވެ. އެހެންކަމުން ޔޫހާންވެސް އެލީޝާއާއި އެކު އެވަގުތުތަށް ހޭދަ ކުރުމުގެ ބޭނުމުގައި 1 ހަފްތާ ޗުއްޓީނެގިއެވެ. “އޮފްކޯރސް. އަހަރެން އަބަދުވެސް އެލާއާއި އެކުވާނަން. އުފާވެރިކަމާއި ހިތާމައިގަވެސް” އެލީޝާގެ އަތަށް ބާރުކޮށްލަމުން ޔުހާން ބުނެލިއެވެ. ހިނިތުންވެލާފައި އެލީޝާ ޔޫހާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ދެލޯބިވެރިން ތިބީ އަތިރިއެއްގައި ކަމުން ޖެހެމުން ދިޔަ ވައިރޯޅިތަކުން ދިޔައީ އެލީޝާގެ ބޮލުގައި އިން […]