ލޯބިވާ މަންމާއެވެ. މީހުންބުނެއުޅެއެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަދަށުގައެވެ. މަންމާއެވެ.! މަންމަގެ ފައިން އަހަރެންގެ ގައިގައި ޖަހަނީ އެހެންވެގެން ދެއްތޯއެވެ؟ މަންމަ އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ހާމަވެގެން ދިޔައީ މަންމަގެ އެ ހަރަކާތުންނެވެ. އަހަރެންގެ ޅަ ސިކުނޑިން އަހަރެންނަށް ވިސްނުނު އެއްޗަކީ އެއީވެ. މަންމަ އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެންނަށް ފައި އިސްކުރާކަމެވެ. ވަރަށް ތަދުވިއެއްކަމަކު އަހަރެން ކެތް ކޮށްލަނީ މީހުން އެބުނާ ބަސް އަހަންނަށް ޔަޤީންކުރެވޭތީއެވެ. އެހެނީ މަންމައަކު އަމިއްލަ ބަނޑުއަޅާ ވިހޭ […]
މަންމަގެ ކުށަކީ ކޮބައިހެއްޔެވެ؟ އަންހެނަކަށް ވުން ހެއްޔެވެ؟ ކުރިމަތީ ހުރި ޖަނަވާރެއް ފަދަ މީހާއަށް ވުރެ ބަލިކަށިވުންހެއްޔެވެ؟ އަމިއްލަ ދިފާއުގައި ނުނިކުތުން ހެއްޔެވެ؟ ލިބެމުން ދިޔަ ވޭނީ އަނިޔާތަކަށް ކެތް ކުރުންހެއްުޔެވެ؟ މަންމަ ކުރާނީ ކީއްހެއްޔެވެ؟ އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ނިކަމެތި ބައެކެވެ. އަމުރުކުރުމުގެ ބާރު ލިބިފައި ނެތް ނިކަމެތިންނެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ފިރިހެންނުންނަށް ބާރުލިބިފައި އޮތަކަސް އެމީހުންނަށް ވުރެ އަންހެނުން ވަރުގަދަވާނެއެވެ. ނަމަވެސް ގިނަ ފަހަރު އަންހެނުންގެ ތެރޭ ފޮރުވިފައިވާ އެ ވަރުގަދަކަން […]
“އަނެއްކާ ކޮންކަމެއްބާ.. ބުނެބަލަ އޭރުންނު އުފާވާން އިނގޭނީ..” ނީރާ ކުޑަކޮށް ސީރިއަސް ވިއެއެވެ. “އިހަށް ބުނެބަލަ ރާބިއްތަ ދިޔައީ ކޮންތާކަށް؟” ޝާއިން އެހެން އަހާލީ ނީރާގެ މަންމަ ރާބިޔަތި ދިޔަތަނެއް އޮޅުން ފިލުވާލާށެވެ. “ޑޮކް އަށް ދައްކަން މިއަދު މީ 17 އެއްނު. އަހަރެން ހަނދާނެއްވެސް ނެތް.. ރޭގައޭ މަންމަ ބުނީ.. ޝައިން އިނގޭތަ.. އައި އެމް ސޯ އެކްސައިޓެޑް.. ވިސްނާލަބަލަ އަހަރެންނާއި ކުޑަ ކޮއްކޮ އާއި ވާއު.. ދެން އިނީ އެންމެ ދެ މަސް.. އިރާދަ […]
” ލޯބިވާ ކާފައަށް.. ކާފާއެވެ. ކާފަ އަޅުގަނޑާއި ކިތަންމެ ދުރުގައި ހުއްޓަސް އަޅުގަނޑު އަބަދުވެސް ކާފަ މަތިން ހަނދާން ކުރާނަމެވެ. ކާފަ ދިން ނަސޭހަތް އަބަދުވެސް ގަބޫލު ކުރާނަމެވެ. ކާފަ އަޅުގަނޑުމެންނަށް ކޮށައިދީފައި ދިޔަ މަގުން އަބަދުވެސް ހިނގޭތޯ ބަލާނަމެވެ. އަޅުގަނޑު ފެނި އެހެރަ ދަނީ އެއްކަލަ އިބްރާހިމްއަށް ކާފަ ކިޔާ ދަރިއެކޭ ހާދަ މޮޅޭ ކިޔާވަރަށް އަޅުގަނޑު ކިޔަވާނަމެވެ. ބައްޕަގެ ނަމާއި އެކު ކާފަގެ ނަންވެސް ރޯޝަން ކުރާނަމެވެ. ކާފާއެވެ. އަޅުގަނޑަށް އަދިވެސް ކާފަ ބުނާ […]
“އެކްސްކިއުޒް މީ..” އޭ ކިޔާ ޝާއިން ގޮނޑިން ތެދުވެ ކޭންޓީން އިން ނިކުމެގެން ދިޔައެވެ. އެ ދިމާލަށް ބަލަން އިން ނީރާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އޭނާގެ ސިކުނޑި އަނެއްކާވެސް އެހެން ވިސްނުމަކަށް ގެން ދިޔައީ ޝަރާ ދައްކަމުން ދިޔަ ވާހަކައަކުންނެވެ. ރާހިލްވެސް ދެން ދަނީ އޭ ކިޔާ އެތަނުން ތެދުވެގެން ދިޔައެވެ. ޝަރާއާއި ނީރާ ދެ ކޮނޑު އަރުވާލުމަށްފަހު އަނެއްކާވެސް ވާހަކައިގެން ކުރިޔަށް ދިޔައެވެ. ޝާއިން އޭނާގެ ކެބިންއަށް އަށް ގޮސް ގޮނޑީގައި އިށީނދެލިއެވެ. އަދި މޭޒުމަތީ […]
އެންމެންގެ އިންތިޒާރަށް ނިމުމަކަށް އައީ ރާހިލް ނީރާއާއި ޝާއިންގެ ނަން ގޮވާލުމުންނެވެ. އެއްއަޑަކުން ޝާއިން އާއި ނީރާގެ ނަން ކިޔަމުން ދިޔައެވެ. ނީރާ އެވަގުތު ހުރީ ޓީޝޫ އަކުން އޭނާގެ މޫނު ފޮހެލާށެވެ. މިހާރު އޭނާގެ މޫނުމަތިން ކަމެއް ވެފައި ހުރިހެންވެސް ހީނުވެއެވެ. ނަމަވެސް އެއްބައިފަހަރު ނޭފަތް ދަމާލެވެއެވެ. ދުޅަވެފައި ހުރި ލޯ އެކަކަށްވެސް ފާހަގަ ނުވޭތޯ އޭނާ ދުޢާ ކޮށްލިއެވެ. ދެމީހުން ސްޓޭޖަށް އެރުމާއި އެކު އަނެއްކާވެސް ސްޓޭޖް ދިއްުލުނީ ނޫކުލައަކުންނެވެ. އެގޮތަށް އެ ދެމީހުން […]
“އާނާ… އަަހަރެން ވަރަށް ލޯބިވޭ އާނާދެކެ.. އެކަމު އަހަރެންނަކަށް މި ލޯތްބެއް ހާސިލެއް ނުކުރެވޭނެ.. އަހަރެން ހެޔޮ ހިތުން އާނާ އަހަރެން ކިބައިން ސަލާމަތް މިކުރަނީ އަބަދުވެސް ޒަޔާލް އާއި އެކު އުފަލުގައި އުޅޭނެ ކަމަށް.. އަހަރެންގެ ދުޢާ އަކީވެސް އެއީ… އަހަރެން އަބަދުވެސް ހުންނާނަން އާނާއަށް އެހީވެދެން ޒަޔާލް ނެތް ތާނގާ… އަބަދުވެސް……” އާނާއަށް ހޭލެވުނެވެ. އޭރު އޭނާގެ ކަންފަތުގައި އެނބުރެމުން ދިޔައީ ދާދި ދެންމެއަކު އޭނާއަށް ފެނުނު ހުވަފެނުގައި ކާރިލް ދެއްކި ވާހަކަތަކެވެ. […]
ނީރާ ހުރީ ގަނޑުވެފައެވެ. މިހުރިހާ ދުވަހު ކުރި ޕްރެކްޓިސް ބޭކާރުވީއޭ ހިތަށް އެރިއެވެ. އޭނާ ހުރީ ރޮވޭ ނުރޮވޭގައެވެ. ހިތް ކުދި ކުދި ވެގެން ދިޔަ ކަހަލައެވެ. ނަމަވެސް ތުންފަތުގައި ދަތް އަޅާލުމަށްފަހު ގިޓާ ނަގައި ސްޓޭޖަށް އަރަން ހިނގައިގަތެވެ. “ގުޑް ލަކް. ބެލީ…” ރާހިލް އެހެން ބުނުމުންވެސް އަޑު އިވުނުކަމަށް ނުހަދާ ނިރާ ހިނގައިގަތީއެވެ. ސްޓޭޖް މައްޗަށް ނީރާ އެރުމާއި އެކު އެތަން ފަނޑު ނޫކުލައަކަށް ބަދަލުވިއެވެ. އެ އަލީގެ ސަބަބުން އޭނާގެ މޫނު އެހާ […]
އާނާއާއި ޒަޔާލް ކާ ގެއަށް ގޮސް ކާން އިށީނެވެ. ރައުނާގެ ލޯ އަމާޒުވެފައި ހުރީ އާނާއަށެވެ. ކުއްލިއަކަށް އިނދެފައި ވެސް އާނާއަށް ކަމެއް ވެދާނެއަތީއެވެ. ނަމަވެސް ކަން ދިމާވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. އާނާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައި ނިމެންދެންވެސް ރައުނާ ހުރީ އެފަދަ ހާލެއްގައެވެ. އާނާވެސް މާ ބޮޑު ކަމަކަށް އެކަން ނަހަދައެވެ. ރޭގަނޑެވެ. އެންމެން ސިޓިންގް ރޫމްގައި ތިބި އިރު ޝައުނާ އާއި އަނޫފް އަދި ޒަޔާލް ވެސް އެގޭގައި ތިއްބެވެ. ރައުނާގެ […]