
ނީރާ ހުރީ ގަނޑުވެފައެވެ. މިހުރިހާ ދުވަހު ކުރި ޕްރެކްޓިސް ބޭކާރުވީއޭ ހިތަށް އެރިއެވެ. އޭނާ ހުރީ ރޮވޭ ނުރޮވޭގައެވެ. ހިތް ކުދި ކުދި ވެގެން ދިޔަ ކަހަލައެވެ. ނަމަވެސް ތުންފަތުގައި ދަތް އަޅާލުމަށްފަހު ގިޓާ ނަގައި ސްޓޭޖަށް އަރަން ހިނގައިގަތެވެ. “ގުޑް ލަކް. ބެލީ…” ރާހިލް އެހެން ބުނުމުންވެސް އަޑު އިވުނުކަމަށް ނުހަދާ ނިރާ ހިނގައިގަތީއެވެ. ސްޓޭޖް މައްޗަށް ނީރާ އެރުމާއި އެކު އެތަން ފަނޑު ނޫކުލައަކަށް ބަދަލުވިއެވެ. އެ އަލީގެ ސަބަބުން އޭނާގެ މޫނު އެހާ ރަނގަޅަށް ނުފެނުމުން އޭނާގެ މޫނުމައްޗަށް އަރާ ފައިބާ ކުލަތަށް އެންމެންނަށް ވަނީ ވަންހަނާވެފައެވެ.
ސްޓޭޖްގެ މެދުގައި ގޮނޑިއެއް އިނެވެ. އަދި ކައިރީގައި ސްޓޭންޑަރެއްގައި މައިކް ހަރުކޮށްލާފައި އިނެވެ. ނީރާ ގޮސް ގޮނޑީގައި އިށީނދެލައި ހަމަ ޖެހިލިއެވެ. އަދި އިސް އުފުލާ ބަލާލުމެއްވެސް ނެތި ލޯ މަރާލައި ގިޓާ ޖަހާލީ އޭނާ ކިޔަން އުޅޭ ލަވައިގެ ރާގަށެވެ.
“ހިތުގާ.. ފިރުމާލަ ދޭށޭ…
ނުރުހުން ޔާރާ ނުވާށޭ…
މިތުރާ އޭ ތީ ހަޔާތޭ…
މިހިތަށް ލޯބި ދޭށޭ…
މިހިތަށް ލޯބި ދޭށޭ..”
ނީރާގެ އެރީތި އަޑުން އޭނާ ކިޔަން ހަމަޖެހިފައިވާ ލަވައިގެ ބައިތު ކިޔާލުމަށްފަހު މަޑުކޮށްލިއެވެ. ޕްރެކްޓިސްގައިވެސް އެހެން ހެދުމުން ކަންނޭނގެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއްޗެއް ހަދާންވާފަދަ ގޮތަކަށް ބޯ ހޫރާލުމަށްފަހު އޭނާ ކިޔަން އޮތް އަނެއް ބައިތު ފެށިއެވެ.
“ލޯބިން މަހުރޫމް ވީމާ ކިހިނެއްހޭ ދިރި އުޅޭނީ…
އޯގާތެރިކަން ނެތީމާ ކާކަށް ހޭ ކެތް ވެވޭނީ..
ރިހުމާ ވޭނާ އުދާހާ ކިހިނެއް ހޭ މިހިތުން ފިލާނީ..
މިކުރާ ޝަކުވާ އަހާށޭ..
މިހިތަށް ލޯބި ދޭށޭ..
މިހިތަށް ލޯބި ދޭށޭ..”
ނީރާ އެ ހިސާބަށް ލަވަ ކީ އިރު ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެކަނިވެރިކަން އިހްސާސްވާން ފެށިއެވެ. މާޒީގެ ސޮފްހާތަށް އޭނާގެ ކުރިމައްޗަށް ބަންޑުންވަމުން ދިޔައެވެ. އެ ހިތި މާޒީއެވެ..
“ތިޔަ ލޯބިން ހިތް ދެވިއްޖޭ..
ތިޔަ ނަން މޭގައި ފެވިއްޖޭ..”
އެއީ ހަމަ އެއަޑެވެ. ނީރާއަކަށް އެއަޑެއް ނޯޅޭނެއެވެ. ލޯ ހުޅުވާލުމަށްފަހު އޭނާ އަޑު އައި ދިމާލަށް ބަލައިލިއެވެ. ލޯ ހުޅުވި ވަގުތު ލޮލުގައި ޖަމާވެފައި ހުރި ކަރުނަތަށް ހޯސްލާފައި ފައިބައިގެން ދިޔައެވެ. ވޯޓާރ ފޯލްއެއްގެ މިސާލަކަށެވެ. އޭރު ކައިރީގައި ކޮޅަށް މައިކެއް ހިފައިގެން ޝާއިން ހުއްޓެވެ. މަންޒަރު ފެނުނީ ވަރަށް ފުސްކޮށެވެ. ލޮލު ފުރެންދެން ކަރުނަ ހުރުމުން ކަންނޭނގެއެވެ. ނަމަވެސް އެއީ ޝާއިން ކަން އޭނާއަށް ޔަޤީން ވީ ބްލެކް އެކްސްއެސް ގެ މީރުވަސް ނޭފަތުގައި ޖެހުމުންނެވެ. އެއީ ނީރާއަށް އެންމެ ކަމުދާ ބްރޭންޑްގެ ސެންޓެވެ. ނީރާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަނެއްކާވެސް ލޯ މަރާލާ ގިޓާ ޖަހަން ފެށިއެވެ. އެވަގުތު ހެވި ދިއްލިފައި އަކްރަމް އާއި އާޝިޔާ އިނެވެ.
އެންމެން އޯ ވާއު އޭ ކިޔާ ކުޑަކޮށް ހަޅޭލަވައިގަތެވެ. އެހެނީ އެއީ އޮފީހުގައި އެންމެ ގުޅޭ ދެ ކުދިންނެވެ. އެންމެ ގާތް ދެ ކުދިންވެސްމެއެވެ. “އެޑީ އަދި ބެލީ” ގެ ނަމުން މަޝްހޫރު މި ދެ ކުދިން ވަނީ އެ ދެކުދިންގެ ރީތި ކަމުންނާއި ހިތްހެޔޮ ކަމުން އެންމެންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. ބެކް ސްޓޭޖްގައި ތިބި ދެތިން ކުދިން “އެޑީ އެން ބެލީ ގޯ ފޯ އިޓް” އޭ ގޮވާލިއެވެ.
“ތިޔަ ދިން ލޯތްބާއި އަރާމުން..
މިހިތަށް ފަރުވާ ލިބިއްޖޭ..
ވީރާނާ ވީ ހަޔާތުން އާ އުއްމީދެއް ލިބިއްޖޭ..
އުފަލުން އެކުގައި އުޅޭށޭ…
މިހިތަށް ލޯބި ދޭށޭ..
މިހިތަށް ލޯބި ދޭށެ..”
.
.
.
.
ނީރާއާއި ޝާއިން ބައިތަކަކަށް ފަހު ބައިތެއް ނިންމަމުން ދިޔައެވެ. އެ ދެއަޑުގައިވާ ޖާދޫ އެންމެންގެ ހިތްތަކާއި ކުޅެލިކަން އިނގިގެން ދިޔައީ ލަވަ ނިމުމުގެ ކުރިން އެންމެންގެ އަތްޖެހުމުގެ އަޑު އިވުމުންނެވެ. އެންމެންނަށް ވެސް ކޮޅަށް ތެދުވެވުނީވެސް އިހްތިޔާރަކާއި ނުލައެވެ. ބައެއް މީހުންނަށް އަސަރު ތަކެއް ކުރިއެވެ. ވާހަކަވެސް ދެއްކުނީ އުނދަގުލުންނެވެ. އެމީހުންނަށްވެސް މާޒީ ހަނދާންވީ ކަންނޭނގެއެވެ. “ވަން މޯ” އޭ ކިޔާ ހަޅޭލަވަންފެށި އަޑު މުޅި ހޯލް ގުޑުވާލިކަހަލައެވެ.
ނީރާ އިށީނދެ އިން ގޮނޑިން ތެދުވެލިއެވެ. އޭނާ އިސްއުފުލާ ބަލައިވެސް ނުލިއެވެ. ގިޓާ ސްޓޭޖް މަތީ ބެހެއްޓުމަށްފަހު އޭގައި އަތް އަޅައިގެން ހުރީއެވެ. ސްޓޭޖް އަލިވެގެން ދިޔައީ ރާހިލް އެތަނަށް އައުމުންނެވެ. ރާހިލް އައުން އެއީ ނީރާމެންގެ ނަސީބު ކަމެއް ނުވަތަ ބަލަން ތިބި މީހުންގެ ބަދުނަސީބުކަމެއް ނޭނގުނެވެ. ރާހިލް އެންމެ ފުރަތަމަ އައިސްވެސް ކުރަން ޖެހުނު ކަމަކީ އެންމެން މައިތިރިކުރުމެވެ. އެތަން ބަލަން ހެވިފައި އާޝިޔާއާއި އަކްރަމް ހުއްޓެވެ. އެމީހުންނަށްވެސް އެދެމީހުންގެ ލަވަ ކަމުދިޔަކަން އިނގުނީ ފިލައިގެން ނުދާ ވަރުގަ ފުޅާ ހިނިތުންވުމެއް ފެނުމުންނެވެ. “އަހަރެމެން ހިތަށް އަރާ ގޮތަށް ކަންތައް ވާނެ ނަމަ ދޯ…….؟” އާޝިޔާ އެހެން ބުނުމުން އަކްރަމް ބޯ ޖަހާލިއެވެ. ދެމީހުންވެސް ހިޔާލީ މަންޒަރެއްގޮތަށް ސިފަ ކުރަމުން ދިޔައީ ކުރިމަތީ ތިބި ނީރާ އާއި ޝާއިން ކައިވެނީގެ ޕާޓީއެއްގައި ތިބި ގޮތަށެވެ. ވަރަށް ހިތްގައިމެވެ. އެކަން އަވަހަށް ވާނެ ނަމަައެވެ.
“ކޮބާ؟ ކިހިނެއްވަނީ މި ހަރަކާތް..؟” ރާހިލްއަށް އެހެން އެހުނު މޮޔައޭ ހީވިއެވެ. މަޑުމައިތިރިވެފައި އޮތް ހޯލް އަނެއްކާވެސް ގުގުމައިގެން ދިޔައީ ޝާއިން އާއި ނީރާިގެ އިތުރު ލަވައެއް ގެނެސްދިނުމަށް އެދިއެވެ. ނީރާއަށް އެ ކަމުން އެއްވެސް އަސަރެއް ނުކުރިއެވެ. އަދިވެސް އޭނާގެ ލޯ ކުރިމަތީ އަދި ސިކުނޑި ތެރޭވެސް އެނބުރެމުން ދިޔައީ އޭނާގެ ހިތި މާޒީއެވެ. އަނެއްކާވެސް ލޯ ކަރުނުން ފުރުނީ އެހެންވެގެންނެވެ. އެންމެންނަށް އެކަން ނުފެނުނީ އެދެމީހުންގެ ލަވައެއް އަޑުއަހާލެވޭނެ އިތުރު ފުރުސަތެއް ހޯދުމުގެ ފޯރީގައި ތިބުމުންނެވެ. ނަމަވެސް އެ ކަމެއް ޝާއިންގެ ލޮލުން ނުފޮރުވެވުނެވެ. އިސްޖަހައިގެން ހުއްޓަކަސް ޝާއިން އަށް ރަނގަޅަށްވެސް ނީރާ ރޯތަން ފެނިއްޖެއެވެ. ރާހިލްއަށް ވެސް އެކަން ފާހަގަ ވުމުން އަވަސް ވެގަތީ އެ ދެމީހުން ސްޓޭޖުން ފޮނުވާލާށެވެ.
“އޯކޭ.. އޯކޭ.. ކާމް ޑައުން. އެންމެ ފަހު ހަރަކާތަކަށް އޯކޭތަ..؟” ރާހިލް އޭނާގެ އެދުން ހާމަކޮށްލުމުން އެންމެން އެއް އަޑަކުން އެންމެ ރަނގަޅޭ ބުނެލިއެވެ. ރާހިލް ހިނިތުން ވެލުމަށްފަހު ނީރާއާއި ޝާއިން ކައިރި އެދުނީ ލަވައެއް ޕްރެކްޓިސް ކޮށްލަން ދިއުމަށެވެ. ނީރާ އިސްޖަހައިގެން ހިނގައިގަތެވެ. ޝާއިންވެސް ބަލަން ނުހުރެ ހިނގައިގަތެވެ. ނީރާ ބެކް ސްޓޭޖާއި ހަމާލަށް އެރުމާއި އެކު ޝަރާ އައެވެ. “އޯ މައި… ވަރަށް ސަޅި އިނގޭ ބެލީ. އަނެއްކާ އެހެން ލަވައެއް.. ވާއު.. ކާންޓް ވެއިޓް..” ޝަރާ އުފާ ވެފައި ހުރިވަރުން ނީރާގެ މިލާ މޯޅިވެފައިވާ މޫނު ނުފެނުނީ ކަންނޭނގެއެވެ. ނީރާ އިތުރު އެއްޗެކޭ ނުބުނެ ކުރިންވެސް އޭނާ އިންތަނަށް ދާން މިޝްރާބް ޖެހިއެވެ. ގިޓާ އޭނާގެ އުނގުމަތީ ބައިންދާފައި އިށީނދެ މޫނު ފޮރުވާލިއެވެ. ރާހިލް އޭނާގެ މަސައްކަތައިގެން ކުރިއަށް ދާ އަޑު އިވެއެވެ. ދެން އޮތް ހަރަކާތްތަކަށް ރެޑީ ވުމަށްޓަކައި އެހެން ކުދިން އުޅެއެވެ.
އެންމެންވެސް ހޭލަ މޭލިވެގެން އުޅޭ އަޑުގެ އިތުރުން ނީރާގެ ވޭނީ ގިސްލުމުގެ އަޑުވެސް އިވެން ފެށުނެވެ. އޭނާ ނުރޯން އިނަސް ރޮވެނީއެވެ. އެކަކަށްވެސް އެކަން ނޭނގުނު ކަން ނަސީބެވެ.
ޝާއިން އައި ގޮތަށް އައިސް އިށީނދެލީ ނީރާ އާއި ގާތުގައި އިން ގޮނޑި އެއަށް ވުރެވެސް ގާތް ކޮށްލަމުންނެވެ. “ނީ.. އާރ ޔޫ އޯކޭ..” މޫނުގައި އަތް އަޅައިގެން އިން ނީރާގެ މޫނާއި ދިމާލަށް ގުދު ވެލަމުން ޝާއިން އެހެން އަހާލިއެވެ. އެއާއި އެކު މަޑުމަޑުން ނީރާގެ ގިޓާ ނަގައި ކައިރި ހުރި ގޮނޑިއެއް މަތީ ބޭއްވިއެވެ. ނީރާ އަށް ގިޓާ ނަގަން އުޅުނީކަން އިނގި ގިޓާ މަތިން އަތްނެގިއެއްކަމަކު އިނީ މޫނުމަތި ފޮރުވައިގެންނެވެ. އެދެމީހުންގެ ތެރޭ އޮތް ހަމަ ހިމޭންކަން ދިޔައީ ނީރާގެ ގިސްލުމުގެ އަޑުންނެވެ. ނީރާ ގިސްލާ އަޑު އިވުމާއި އެކު ޝާއިންގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ކުއްލިއަކަށް ނީރާ އަތް މޫނުމަތިން ނެގިއެވެ. ހީވީ ކުއްލިއަކަށް އެއްޗެއް ވިސްނުނުހެންނެވެ. ހައިރާންކަމާއި އެކު ޝާއިންއަށް ބަލަން އިނދެވުނެވެ. އެ ބޮޑު ދެލޯ އިނީ ރަތް ކުަލައިގައެވެ. ނޭފަތް ކައިރި ވަކިން ރަތް ހެން ހީވެއެވެ. އެ މޫނުމަތިން މައުސޫމްކަމެއް ދައްކަައެވެ. ނީރާ ނޭފަތް ދަމާލިގޮތުން ހީވީ ދެން ނުރޯން އަޒުމް ކަނޑައެޅިހެންނެވެ. “ހިނގާ ޕްރެކްޓިސް ކުރަން.. މިފަހަރު ޝައިން ގިޓާ ޖަހާ… އަހަރެން ލަވަ ކިޔާނަން.. އޯކޭ އެއްނު. ދެން ބައެއް ލައިންސް ކިޔާލިޔަސް އޯކޭ..” ނީރާ އެހެން ބުނެލީ ޝާއިން އާއި ދިމައި ބަލައިވެސް ނުލައެވެ. އެ އަޑު ކުޑަކޮށް ބަދަލުވެފައި ހުރިހެން ހީވިއެވެ. ނޯށަށް އަރައިފަހުރުމުން ކަންނޭނގެއެވެ. ޝާއިން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ޝާއިންއަށް ނީރާ ދަސްވެފައި ވުމުން އޭނާ އެ ގޮތަށް އެ ނިންމީ އޭނާގެ ހިތުގެ އުދާސްތަށް ނެރެލަންކަން އިނގުނެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަން ޝާއިންވެސް ގަބޫލުކުރިއެވެ.
ބާކީ ހުރި ހަރަކާތްތަށް ނިމެމުން ދިޔައިރު ނީރާއާއި ޝާއިން ދިޔައީ ކިޔަން އުޅޭ ލަވަ ޕްރެކްޓިސް ކުރަމުންނެވެ. މާ ގިނަ ވާހަކައެއް އެ ދެމެދުގައި ހިއްސާ ނުކުރެއެވެ. ޝާއިންއަށް ނީރާ ކިޔަން އުޅޭ ލަވަ އިނގުމުން ކުޑަކޮށް ސިހުން ގެނައި ކަމުގައިވިޔަސް ދޫ ކޮށްލީއެވެ. މަސްލަހަތަށްޓަކައެވެ.
ނީރާ ލަވަ ކިޔަމުން ދިޔައިރުގައިވެސް އޭނާގެ ލޮލުން ކަރުނަ އާދެއެވެ. ހިތްވަރުގަދަ ކަމުގެ މިސާލެކޭ ޝާއިން ހިތަށް އެރިއެވެ. ޝާއިން އިނީ އޭނާގެ ގިޓާ ހިފައިގެންނެވެ. އެ ގިޓާ އިނީ މަޑު ޗޮކްލެޓް ގައެވެ. އޭގައިވެސް ފިޔާތޮށި ކުލައިން “ނީ” އަދި ނޫ ކުލައިން “ޝައިން” ޖަހާފައި އިނެވެ. މިފަހަރު އޭނާ ގިޓާ ޖަހަން ގަސްތު ނުކުރީ އެހާ ހިތްވަރު އޭނާގެ ގައިގާ ނެތީމައެވެ. ލަވަ ކިޔާއިރު ނޯޅުނަސް ގިޓާ ޖަހާވަގުތު އޮޅިދާނެއަތީއެވެ. އެހެންނޫނަސް ޝާއިން ގިޓާ ޖަހާއިރު އޭނާ ގިޓާ ޖަހަން ވީ ކީއްކުރަންހެއްޔެވެ؟
ހަރަކާތެއް ހުށަހެޅުމަށްފަހު ރާހިލް ބެކް ސްޓޭޖަށް އައެވެ. އޭނާގެ މިޝްރާބު ހުރީ ދުރުގައި ތިބި ޝާއިންމެންނަށެވެ. އޭނާގެ ފިޔަވަޅުތަށް ހުއްޓުނީ ވޭނީ އަޑަކުން ކިޔަމުން ދިޔަ އެ ލަވައިން އޭނާގެ ހިތުގެ އެންމެ ހިމަ ނާރައިވެސް ކުޅެލުމުންނެވެ. ދެވަނަ ސިކުންތުގައި އަވަސް ފިޔަވަޅުތަކާއި އެކު އެ ދިމާލަށް ދިޔައެވެ. ނީރާ އިސްޖަހައިގެން ލޯ މަރައިގެން ލަވަ ކިޔަން އިނެވެ. ޝާއިން ގިޓާ ޖަހަން އިން އިރު އޭނާގެ ލޯ އަމާޒު ވެފައި ވަނީ ނީރާއަށެވެ. އެވަގުތު އެމީހުންނާއި ވާހަކަ ދައްކަން އޭނާ ފަސްޖެހުނެވެ. އެހެން ކަމުން އަނބުރާލާފައި ދާން އުޅުނެވެ. މީ އެންމެ ރަނގަޅު ވަގުތު ނޫންކަން އޭނާގެ ހިތް ބުނަމުން ދިޔައެވެ.
އެންމެންގެ އިންތިޒާރަށް ނިމުމަކަށް އައީ ރާހިލް ނީރާއާއި ޝާއިންގެ ނަން ގޮވާލުމުންނެވެ. އެއްއަޑަކުން ޝާއިން އާއި ނީރާގެ ނަން ކިޔަމުން ދިޔައެވެ. ނީރާ އެވަގުތު ހުރީ ޓީޝޫ އަކުން އޭނާގެ މޫނު ފޮހެލާށެވެ. މިހާރު އޭނާގެ މޫނުމަތިން ކަމެއް ވެފައި ހުރިހެންވެސް ހީނުވެއެވެ. ނަމަވެސް އެއްބައިފަހަރު ނޭފަތް ދަމާލެވެއެވެ. ދުޅަވެފައި ހުރި ލޯ އެކަކަށްވެސް ފާހަގަ ނުވޭތޯ އޭނާ ދުޢާ ކޮށްލިއެވެ.
-ނުނިމޭ (: –
42 Comments!
Comments are closed.
hey guys hre is the nxt prt of haadha lwbinney.. hykurn mi prt rythi vaane kamah… thnks fr readin.. enjoy 😉 😉
Wowwww rynn alhry mi part vx haadha nice ey……kyp it up…….when is nxt part……al the best……miss u….
awww thnks ina… in sha allah vrh avahah nxt prt vx up kh dheynan..thnks ina. mis u mre 😉 <3
Yayyyyy me first…..
hahaha yay congrts 😉 😀
Rythi vara..Waiting for the next part..avaha upliad koladheychey
thnks nyn… labba nxt vrh avahah thnks fr readin.. enjoy 😉
Luv it. 🙂 Upload next part soon.
aww thnks k… labba vrh avahah 😉 thnks.. enjoy 😉
woww! awsom! luv this stry ryn! impatiently waiting fo the nxt part!
awww thnks alt mice.. hehe in sha allah i wil nt make u wait fr so lng…hehe enjoy 😉
Varah rythi… neera rony kyvve tho balaa hiy vany… n neera ge past ga vee gotheh avahah genesdhehchey ryn. Story very nice
thnks.. owhh.. labba vrh avahah ny ge pst vx ahnaane.. 😉 thnks alt… enjoy 😉
Story hama habeys… vrh vrh vrh vrh vrh vrh vrh vrh vrh vrh reethiiiiii…….when is the next part??????????????????
awwww thnks mal…. thnks alt.. in sha allah vrh avahah genes dheynan.. thnks.. enjoy 😉
Varah salhi…..Keep it up…. kn irakn nxt prt up kurany???
thnks alt shyhaa.. nxt prt in sha allah vrh avahah.. 😉 enjoy..
Ohh ryn Bella and Edward ge ic fenuneema vaahaka Nuves kiyaa mi comment kohlee ;D
Ohh varah reethi mi story 😉 😉 😉 🙂 can’t wait to know what song they are gonna sing 😀 Kai mee varah kehtherikan kudha meehai ingey hehehe 😀 😀 😀 when is the nxt prt…… Eagerly waiting 😀 😀
owh hahaha… thnks kai…. hahaha ehnthr… ehnvihya ryn vrh avahah up kh dheynan in sha allah… 😉 thnka alt kai enjoy 😉
Heyy….. hama awsum… o my my lava ehbbaaa kiyaanyy omg omg… 😮 😮 😮 …. can’t wait 😛 😛 . avahah up kohdhyy…….. luv it flower… miss u.. tc bye gn… 😉 😉 😉 🙂 🙂 🙂 🙂 🙂
hahahaha nukkoo… thnks ingey… labba in sha allah vrh avahah kuraanan… thnks alt… mis u mre hehe tc n gm.. :p 😉 😉 enjoy
Omg ryn darlx.. its very nice..awsum.. mwah.. waitin for nxt prt pls up it soon ingey.. 😉
hehehehe thnks aathy….. hehe 🙂 labba vrh avahah ;).enjoy.. n thnks again fr ur luvly cmmnts it makes my day 😉
vaahaka v kiyaahithun indhaa enimuny.. story is awsome.. kyp it up ryn..
asluthr..? heheh thnks alt… 😉 enjoy 😉 😉
Story hama vrh habeys…
thnks nuhnu.. 😉 😉 enjoy 😉
Wow very nice. Omg.. edward n bella oo. Varah dhuvas vehje e dhe myhunge pic eh story akun nufen nathaa ves. Btw nxt prt whn
awww thnks kennu…. 😉 😉 heheh yrh dhw… edy n bely dhw.. 😛 😛 owh ehnthr… hehehe…. <3 nxt prt vrh avahah ingey 😉 😉 thnks alt.. enjoy 😉
Heyyy … wowwwwww woww wow v rythi .. alhey kon lava ehtha kiyan e ulheny ryn buneba hehe .. hama v v v v v v v v v reeeeeeeeethi … when next part .. alheyy nw aneh bai kiyaa hithun nivs hurevey .. hehe eagerly waiting fr next part .. ryn i wnt to talk to u too but neh vaahaka dhehkryne gthh .. n ryn luv kobaatha? Where os she? Anyways srry that i have wrote all this u knw wht i mean right .. hama v rythi ingey story .. keep up the gud work .. n gud luck .. tc .. love u n miss u alot .. bye
heyyy.. hehehehe lts see dhwww 😛 awww thnks alt.. nxt prt vrh avahah ingey… 😉 😉 heheh ehnthr? ryn dhaanan ingey chtrum ah lai aai myt khln.. lai dhnchey mirey jahsaalaanan in sha allah… n mimmy neynge.. mimmy aai kurin rey tlk kurevunu dhn eah fahu nukurevey 🙁 .. heheh its k.. ryn ah ehvx prob eh nuney..thnks alt again… luv u mre n mis u mre.. tc bye bye…
Hi Ryyn!! wow the story is soooooooooooooo touching! 😀 varah cute ingey mi story like your other ones 😉 waiting for the next part!! and kon lava ehba kiyan e ulheny dhw 😮
hey faxu… awwwww thts so swyt…. 😉 😉 thnks alt.. 😉 😉 heheh dhw dhn in prt ga ingeyne 😉 enjoy.. thnks alt 😉
woww v rythi ingey .. ryn mee kithah wrds tha? .. thanolheh kuruhen hyvany hehe hyvaa goiy kanneyge dhw .. anyways all the best ryn ..
aww thnks nysh.. mii 1100+ wrds.. yrh mi prt ehn prt thakah vure kuru vaane.. cx thankolheh intrstin hisaabakun ninman jeheythyve. sry ingey.. thnks… enjoy 😉
Mashaa allah mi prt ves v v reethi ingey.and v v intresting ryn ge hurihaa vaahaka eh ves.all the best ryn.avahah nxt prt up kohdheh chey
awww thnks afy.. thts so swyt… thnks alt ingey.. n yrh nxt prt in sha allah vrh avahah up khla dheynan.. once again thnk u so much 😉 😉 enjoy 😉 😉
alheyy alheyy…. wat will hpn nxt???
cnt wait ryyn…..
keevvethr ehaa kuru kuranee stry?? ehenve vrh foohi!! huhh… 😉 😉
ekam vx vrh vrh vrhhhh reethi mi part vxx….
bst of luck n tgc of ur self… miss ya…. <3 <3
hahahaha.. dhn in prt kyma ingeyny 😛 😛 hehehe..
oopss sry ingey eii kudakh intrstin hisaabakun nihmaaln vgn mi prt kuru khly hehehe… lolxx tht huhh!! hehehe 😀 😉 n thnks alt… n gud lck to u too n tvgc… miss u mre 😉 <3 dhn in prt in sha allah dhigu khlaanan 😉
Wooowww… Vv salhi… I want next part of the story…
hehehe thnks.. in sha allah 2 days ltr nxt prt 😉 😉 thnks fr readin.. enjoy 😉