އަހަރެން އަހުމާން އާއި ރައްޓެހިވާނީއެވެ. އެނޫން ގޮތެއް ނެތެވެ. އަހުމާން އަށް ބޭރުފުށުން އަނިޔާ ލިބިފައި ހުއްޓަސް އެތެރެ ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތެވެ. އެކަމާ އަހަރެން މާތް ﷲ އަށް ހަމްދު ކުރީމެވެ. ބޮލުގައި ބޮޑު ބެންޑޭޖެއް އޮޅާފައި ހުރި އިރުވެސް އޭނަ މިއަދުވެސް ސުކޫލު ނިމޭ ގަޑިއަށް ސުކޫލް ދޮށަށް އެ އައީއެވެ. އޭނާ ފެނުމާއިއެކު ލޭ ކެކޭ ގޮތް ވިއެވެ. އޭނާ އާއި ހެދި ޝާހާން ނުލިބުނީމައެވެ. އަހަރެން ކިހާ މޮޔަ […]
އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕަވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައި ކަމަށް މަންމަ ބުނެއެވެ. އަހަރެން ބޮޑުވެގެން އައީ ހަމައެކަނި މަންމައެއްގެ ލޯބި ލިބިގެންނެވެ. މަންމަ އަހަރެންނަށް ބައްޕައެއްގެ ލޯބި ދިނުމަށް ކިތަންމެ މަސައްކަތް ކުރިޔަސް އެ ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. އަބަދުވެސް ބައްޕައެއްގެ ލޯތްބައް އެދި ގޮވަމެވެ. ބައްޕަ މިތާ ހުރިނަމައޭ ބުނެވެއެވެ. ނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. މަންމަ ބައްޕަދެކެ ވަރަށް ރުޅިއާދެއެވެ. އަހަރެންނަކަށް ސަބަބެއް ނޭނގުނެވެ. އަހާ އަހާ […]