މިރެއަކީ ގޯލްޑެން ކޮމްޕެނީގެ ކޮންމެ މުވައްޒިފަކަށް ވެސް ވަރަށް މުހިންމު ރެއެކެވެ. ރެއަކީ އެ ކޮމްޕެނީއަށް 10 އަހަރު ފުރޭތީ ބާއްވާ ހާއްސަ ޕާޓީ އޮތް ރެއެވެ. ކޮންމެ މުވައްޒިފެއްވެސް ޕާޓީ އޮތް ހޯލަށް އައީ ވެވޭނެ އެންމެ ފުރިހަމައަކަށް ވެގެންނެވެ. ކޮންމެ މީހެއްވެސް ލައިގެން ހުރީ އެ ޕާޓީގެ ތީމްކުލަކަމަށް ވާ ނޫކުލަ އަދި ހުދު ކުލައިން ޖަރީކުރެވިފައިވާ ހެދުމެވެ. ނުވަތަ ގަމިހާއި ފަޓްލޫނާއި ކޯޓެވެ. މިރޭ ހާއްސަ ރެއަކަށް ވެގެން ވަނީ މުވައްޒިފުންގެ ބައެއް […]
ނައީމްވެސް އެމީހުންގެ ފަހަތުން ހަލުވި ހިނގުމެއްގައި ދިޔައެވެ. އާނާ އެނދުމަތީ އިނދެ ހަޅޭލަވަމުން ދިޔަ މަންޒަރު އެ ކޮޓަރި ދޮރު ހުޅުވާލި އާލިމް އަށާއި ރައުނާއަށް ފެނުނެވެ. އާނާ ހަޅޭލެވުން ހުއްޓާލީ ރައުނާ ފެނުމުންނެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަަތަށް އާދެއެވެ. ރައުނާ ދުވެފައި އައިސް އާނާގައިގާ ބައްދާލިއެވެ. “މަންމާ..! މަންމާ.. އޭތި ޒަޔާލް. މަންމާ ޒަޔާލް … މަރާލަން.. މަންމާ!!” އާނާ މައި ނޭވާތަކެއް ލަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް އިތުރަކަށް […]
ރަށަށް ދެވުމާއި އެކުހެން އާލިމްގެ ކާރަށް އާނާ އަރުވައިގެން ގެއަށް ގެންދިޔައެވެ. އެންމެންވެސް ބަނދަރުމަތީ ކަންބޮޑުވެފައި ތިއްބެވެ. ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ އާނާ އެ ނުރައްކަލުން ސަލާމަތް ވޭތޯއެވެ. ޒަޔާލްވެސް ނުގޮސް މަޑުކުރީ ގެއަށް ގޮސް ފެންވަރާ ތާޒާވެގެން އެގެއަށް ދިއުމުގެ ބޭނުމުގައެވެ. ޝައުނާ ކާރު ގޮސް އޮބާލަންދެން ފެންކަޅިވެފައި އެ ދިމާލަށް ބަލަން ހުއްޓެވެ. އޭނާއަށް ކުޅަދާން ވެގެން ވާނަމަ އެ ނުބައި ޖިންނި އޭނާ މަރާލާނެއެވެ. އޭނާ ގަބޫލު ކުރި ގޮތުގައި […]
“ޒަޔާލް” އޭ ކިޔާ އެންމެންވެސް ހަޅޭ ލަވައިގަތެވެ. “އަހަރެންގައިގަ އަތް ނުލާށޭ ބުނެފީމެއްނު..” އަނެއްކާވެސް އާނާ ގެ އަޑު ބަދަލުވިއެވެ. ލޯ ރަތްކުލައަށް ބަދަލުވިއެވެ. އެންމެންގެ މޫނުމަތިން އަނެއްކާވެސް ބިރުވެރިކަން ފާޅުވާން ފެށިއެވެ. އިނގޭ ހެޔޮ އެއްޗެހި ބާރަށް ކިޔަން ފެށީ އާނާއަށް ބަދަލެއް އާދޭތޯއެވެ. ޒަޔާލް އޮތް ތަނުން ތެދުވެލީ އޭގެ މިނެޓެއް ހާއިރު ފަހުންނެވެ. އާނާ އިސް ޖަހައިގެން އިން އިރު ބޮލުގައި ހުރި ބައެއް އިސްތަށިތަށް ވަނީ ކުރިމައްޗަށް ވެރިފައެވެ. އޭނާ […]
އޭނާގެ ސިލްވަރ ކުލައިގެ އެ ގިޓާގައި ވަނީ ޑިސްކޯ ފާޑަކަށް ޑިޒައިންކޮށްފައެވެ. ގިޓާގައި ފިޔާތޮށި ކުލައިން ‘ނީ’ ޖަހާފައިވާއިރު އޭގެ ތިރީގައި ނޫ ކުލައިން ‘ޝައިން’ ޖަހާފައި އިނެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެ ލިޔުން ފާހަގަވާނެއެވެ. ނީރާގެ ވަނަން ކައިރި ޝައިން ޖަހާފައި އިނުމުން އޭނާގެ ދިރިއުޅުމުގައި ޝައިންގެ ނަން ނިސްބަތްވާ ކުއްޖާގެ މުހިންމު ކަން އިނގެއެވެ…………… …އިންތިޒާރު ކޮށްލައްވާ…
ހައިރާންކަމާއި އެކު އާނާގެ މޫނަށް ބަލަން ޝައުނާއަށް ހުރެވުނީއެވެ. “އާނޫ.. ހަނދާނެއް ނެތްތަ؟” ދެބުމަ ގޮށްޖަހާލަމުން ޝައުނާ އެހެން އަހާލުމުން އާނާ ކޯޗެއްހޭ އަހާލިއެވެ. “ދެން ބުނެބަލަ… އެހެން ނޫނީ އާނޫ ބުނެބަލަ މަޖަލެކޭ ތީ…” ޝައުނާ އެހެން ބުނެލީ އާނާގެ އަތުގައި ހިފައި ބާރު ކޮށްލަމުންނެވެ. “އަޅެ ކީކޭތަ ބުނަންވީ… ކީއްވެ މަޖަލެކޭ ބުނަން ވީ؟” އާނާ އެހެން އަހާލީ ޝައުނާ ދައްކަމުން ދިޔަ ވާހަކަ އަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ […]
“ކޮބާ އެންމެން.. މިއޮތީ މަސް ގެނެއްސަ… މިއަދު މީ ވަރަށް ނަސީބު ރަނގަޅު ދުވަހެއް.. ބަލާބަލަ ބޮޑެތިކަން މަސްތައް .” އާލިމް އާއި ދެން ތިބި ފިރިހެންވެރިން އައިސް މަސްތައް ބަހައްޓަމުން އެހެން ބުނެލިއެވެ. އެއާއިއެކު ރައުނާއަށް ހިޔާލީ ދުނިޔެއިން ފޭބުނީ ކުއްލި ސިހުމަކާއި އެކުގައެވެ. އެތަން ފެނި އާލިމް ރައުނާ އާއި ގާތްވެލިއެވެ. “ކިހިނެއްވީ؟” ހާސްކަން ފެންނަމުން ދިޔަ ރައުނާގެ މޫނުމައްޗަށް ބަލާލަމުން އެހެން އެހިއިރު އާލިމްވެސް ހުރީ ހިސާބަކަށް ހާސްވެފައެވެ. ރައުނާ ހުރިގޮތްފެނި ކަމެއް […]
ކުޅެން އުޅުނު ގުރޫޕް އެއް ދިމާލަކަށް އެއް ވުމުން ދެން ތިބި ގުރޫޕް ދިޔައީ ރަށުތެރެ ބަލާލާށެވެ. އާނާ އެމީހުންގެ ފަހަތުން ދާ ތަން ފެނުމުން ރައުނާ ފުން ނޭވައެއް ލިއެވެ. އާނާއަށް މިއަދު އެ ވީގޮތުން އޭނާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. އެންމެންނާއި އެެކީ ހިނގާލާ ހެދުމުން ރަނގަޅުވާނެކަމަށް ރައުނާ ގަބޫލުކުރިއެވެ. “އޯކޭ..! އެހެންވީމަ ދެ ފިރިހެނުން މި ތިބީ… ދެ ފިރިހެން ދެ ގުރޫޕަށް.. އޯކޭ..” ވަށާލައިގެން ތިބި މީހުންގެ މެދުގައި ހުރެ […]
އަނޫފުއާއި ޒަޔާލް އަންހެން ވެރިން ކައިރިއަށް ދިޔައެވެ. އަނޫފު ކަތި ނަޒަރަކުން ފިޔާ ކޮށަން އިން ޝައުނާއާއި ދިމާލަށް ބަލާލިއެވެ. ރައުނާ އަށާއި ސާނިޔާއަށް އެތަން ފެނި ދެމީހުން ދެމީހުންގެ މޫނަށް ބަލާލިއެވެ. “ދެން ތިކަހަލަ ނަޒަރުތަށް ދޭނެކަމެއް ނެތް ރީއްޗަށް ބުނަން ވީނު ޝައުނާ އިނީމައޭ މިއައީ…” ރައުނާ ސާނިޔާއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލާއިރަށް ޝައުނާ އިސް އުފުލާ ބަލާލިއެވެ. އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. ނަމަވެސް އެކަން ފޮރުމުަށްޓަކައި އިސްޖަހާލައިގެން ފިޔާ ކޮށަމުން […]