ޖުމާނައަށް ވަގުތުން ހަޅޭލަވައިގަނެވުނެވެ. ބިރުން ތުރު ތުރުއަޅައިގަތެވެ. ހާދިމް އަނދިރިގަނޑުގެ ތެރެއިން ނިކުމެގެން އައެވެ. އޭރު އޭނާގެ އަތުގައި ބޮޑު ލަކުޑި ގަނޑެއް އޮތެވެ. އެއަށްފަހު ޖުމާނަގެ ނަޒަރު ހުއްޓުނީ ބިންމަތީގައި އޮތް ޒާޔަންއަށެވެ. އޭނާ ބޮލުގައި އަތުން ހިފަހައްޓާލައިގެން އޮތްއިރު ދެކޮޅަށް އެނބުރެއެވެ. ވިހަ ހިނިތުންވުމަކާއި އެކު ހާދިމް ޖުމާނައާއި ދިމާލަށް އައެވެ. ލަކުޑި ދުރަށް އެއްލާލަމުން ޖުމާނަގެ ބުރުގަލުގައި ހިފީ އޭނާގެ ލޮލުން ޖުމާނާގެ ހަށިގަނޑަށް ދަހިވެތިގޮތަކަށް ބަލަމުންނެވެ.. ޖުމާނަ އަށް މާ […]
ނީރާ ކައި ނިމުމުން ނީރާއަށް ފެންވެސް ޖައްސަން ޖެހުނީ ޝާއިންއަށެވެ. އެހެން ކަމުން ފެން ދިނުމަށްފަހު ޓިޝޫއެއް އަތަށް ލައިދީ ޝާއިން ނިކުމެގެން ދިޔައީ އިތުރު ބަހެއްވެސް ބުނެނުލައެވެ. ޝާއިން ބޭރަށް ނިކުމެ ނީރާގެ ކޮޓަރީގެ ދޮރު ޖަހާލުމާއި އެކު ހިފަހައްޓައިގެން ހުރި ހިނިގަނޑު ބޭރުކޮށްލިއެވެ. ހެމުން ހެމުން ބަދިގެއަށް ވަދެ ތަށިތަށް ދޮވެލާ ހަރުގަނޑުގައި ބެހެއްޓިއެވެ. އަދި ޝާއިންވެސް ތަށްޓަށް ފެންފޮދެއް އަޅާލުމަށްފަހު ބޯލިއެވެ. ދެން އޭނާ ހޯދަން ފެށީ ރޯގާ ބޭހެވެ. ނަމަވެސް ބޭހެއް […]
އޭނާގެ ހިނގުމަށް ބަދަލެއް އައީ މަގުގެ އެއްފަރާތުން ދުވެފައި އައި އަންހެންކުއްޖެއް ފެނިފައެވެ. އަޅައިގެން ހުރި ބުރުގާ ބޮލުން ނައްޓާލަ ފާނެހެންވެސް ހީވިއެވެ. އެހާވެސް އޭނާގެ ދުވެލި ބާރެވެ. އެ އަންހެންކުއްޖާ ދުވެފައި ދިޔަ ދިމާލަށް ޒާޔަންއަށް ހުރެވުނީ ބަލާށެވެ. އަނދިރިކަމުން އެ ކުއްޖާއެއް ރަނގަޅަކަށް ނުފެނުނެވެ. ދެން ފެނުނީ ބިޔަ ހަށިގަނޑެއް ލިބިފައި ހުރި މީހެކެވެ. އެދެމީހުންނަށްވެސް ޒާޔަން ނުފެނުނީ ކަންނޭނގެއެވެ. އަންހެން ކުއްޖާ ދުވެފައި ގޮސް އަޅަން އުޅުނު ގޯޅި ކައިރި މަޑުކުރަން […]
ޒާޔަން ޖުމާނައަށް އޭނާ ނައިފަރަށް ދާންޖެހޭ ވާހަކަ ފޮރުވިއެވެ. މިކަހަލަ ފުރުސަތަކަށް އޭނާ ބަލަ ބަލަ ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. ނަސީބު އޭނާގެ އަތުގައި ހިފީ އޭނާ އެކަމަށް ހީ ވެސް ނުކޮށް ހުއްޓައެވެ. މިވޭތިވެ ދިޔަ އަހަރު އޭނާ އާއި ޖުމާނަ ބައްދަލުނުކުރެވުނީ ޒާޔަން އެ ރަށަށް ދާނެ ގޮތެއް ނެތިފައި ހުއްޓައެވެ. ޖުމާނައަށް މާލެ އަންނަން ފުރުސަތު ލިބުނެއްކަމަކު ލޯބިވާ މަންމަމެން ދޫކޮށްފައި ދާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ހާލަތު […]
“ހަލޯ… ބޭބީ.. މޯރނިންގް…ކޮންތާކު ތިއުޅެނީ؟؟؟” ޒާޔަން އޭނާގެ ލޯބިވެރިޔާ ޖުމާނައަށް ގުޅާލިއެވެ. ދެމީހުންނަކީވެސް އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބިވާ ދެމީހުންނެވެ. ދުވަހަކުވެސް އެކަކު އަނެކަކުގެ މޫނު ނުފެނި ލޯބީގެ ގޮތުން ގުޅުނު ލާމަސީލު ދެ ލޯބިވެރިންނެވެ. އެކަކު އަނެކަކުގެ ސިފަ ބަޔާންކޮށްދިނުމުން ހިތުން ސޫރަ ކުރަހާލައިގެން ހަމަޖެހުން ހޯދައެވެ. އެކަކު އަނެކަކުގެ ފޮޓޯއެއް ފޮނުވުންވެސް ބޭކާރު ކަމަކަށް އެ ދެމީހުންވެސް ދެކުނީ ލޮލު ކުރިމައްޗަށް ފެނުމުން އުފާވާނެ ވަރު އިނގޭތީއެވެ. ދެމީހުންގެ ގުޅުމަށް ދެ […]
ރިންގް ނުވަނިސް ފޯނު ކަނޑާލެވުނީ ނިކުމެ ނިކުމެ ހުއްޓާ ފެނުނު މަންޒަރުންނެވެ. ތެމިފޯވެފައި ހުރި ނީރާ ސިޑިން އަރަމުން އަންނަ ތަނެވެ. ޝާއިން ހިތް ހަމަ ނުޖެހުނެވެ. މިއޮށް ބޯ ވާރޭގައި ނީރާ ތެމިގެން އެއައީ އަނެއްކާވެސް ބަލިވާންހެއްޔެވެ؟ ނީރާ ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން އައިސް ދޮރު ކުރިމައްޗަށް ހުއްޓުމާއި އެކު ދިޔައީ ސިއްސައިގެންނެވެ. އެއާއި އެކު އޭނާއަށް އިސްޖަހާލެވުނީ ކުށްވެރިއެއް ފަދައިންނެވެ. ނީރާ ހުރިތަން ތެމެންފެށީ ލައިގެން ހުރި އެއްޗެހިން ފެން ތިކި ތަޅަމުން […]
hey enmn… jxt wanna say haadha lwbihney wil b uplwded aftr few days… may b 2 wyks fahun.. bt i will strt uplwdin it as soon as i wil b free.. aslu rynge exms strt vehje.. so i nyd to spnd my tym studyin…. ehnve ingey guys.. aslu huhnaany vrh gina prts liyefa bt i nyd […]
ޝާއިންގެ ކާރު ގެއްލެންދެން ނީރާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. ނަމަވެސް ވާރޭ ތިކިތަކާ އެކުވެގެން ދިޔުމުން އޭނާ ރޯކަން ބަލާލި އެކަކަށް ވެސް ނޭނގޭނެއެވެ. ނީރާގެ މިޝްރާބު ހުރީ ރާޅުގަނޑު ސަރަހައްދަށެވެ. އޭނާގެ ދަބަސްވެސް ތެމެމުން ދިޔައެއް ކަމަކު އޭނާ އެކަމާ އަޅައި ނުލީ މާ މުހިއްމު އެއްޗެއް އޭގާ ނެތީމައެވެ. 5 މިނެޓު ވަރު ހިނގާލިތަނުން އެހިސާބަށް ނީރާއަށް ދެވުނެވެ. އޭނާ ލައިގެން ހުރި ކަޅު ގަމިސް ވަނީ ގައިގާ […]
*** “ހާދަ އޮލަ ވާހަކައެއްގައި… ދެން މިއަދު މަސައްކަތެއް ނެތީ އޭ ކިޔާފަ ވާހަކައިގައި ތިބެންޖެހޭތަ؟؟؟” ނީރާ ޝާއިންގެ ކެބިންނަށް ވަންނަމުން އެހެން ބުނެލާއިރަށް ޝާއިންއާއި ރާހިލް ސިހިފައި ނީރާއާއި ދިމާލަށް ބަލާލިއެވެ. އާދަވެގެން ކޮންމެ ދުވަހަކުވެސް ޝާއިން އާއި އެކު ގެއަށް ދާ ނީރާ މިއަދުވެސް ޝާއިން ބަލައި އޭނާގެ ކެބިންނަށް އައީ ގެއަށް ދާން ތައްޔާރުވެގެންނެވެ. “ކިހިނެއްވީ؟؟ ގޯސްޓް އެއް ނޫނޭ މީ..؟ ހެހެހެ” ނީރާއާއި ދިމާ އެދެމީހުން ސިހިފައި ބަލަން ތިބުމުން އެހެން […]