ރަޔާންގެ އުނދަގޫ އެއަށްފަހަކު ނީރާއަކަށް ނުވިއެވެ. އޭނާ ވީ ޖަލުގައި ކަމެއް އެހެން ތާކު ކަމެއްވެސް ނީރާއަކަށް ނޭނގެެއެވެ. ނީރާގެ ކުޑަ ކުޑަ އާއިލާއާއި ޝާއިންގެ އަދި އޭނާގެ އާއިލާގެ އޯގާތެރިކަމުގެ ސަބަބުން އެކަން ހަނދާން ނެތެން ނެގީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް އަބަދުވެސް އޭނާގެ ހިތުގައި އެ ލަކުނު ނުފިލާ އިންނާނެއެވެ. ކޮންމެވެސް އެއްވަގުތަކު ނަމަވެސް އެކަމާއި މެދު ދެރަވެ ހިތާމަކުރެވެއެވެ. އެގޮތުގައި ދުވަސްތަށް ދަނިކޮށް ނީރާ އާއި ޝާއިން ބައިވެރިވެގެން އުޅުނު ލަވަ […]
އަންހެންކުއްޖެގެ ކައިރީ ހުރެގެން އެ ކުއްޖާގެ އެތަން މިތަނުގައި ފިރުމަމުން އެ ދަނީ އިތުރު އެހެން މީހެއްނޫނެވެ. ރަޔާންއެވެ. ނީރާގެ ލޭ މައްޗަށް ދިޔައެވެ. ޝާއިންއަށް ވެސް އެތަން ފެނި ދެދަތް ފިއްތާ ބާރުކޮށްލާ އަތް މުށްކަވާލިއެވެ. ނީރާއަށް އެކަން އިހްސާސްވުމުން ޝާއިންއާއި ދިމާ ބަލާލެވުނެވެ. ނީރާއަށް ހިން ދިރުވާލެވުނެވެ. “ޝައިން…. ނޫން. މިތާ މަޑުކުރޭ.. އަހަރެން އަންނާނަން..” ޝާއިން ދިއުމުން ކަންތަށް ވާނެ ގޮތް އިނގޭތީ ނީރާ ޝާއިން ކައިރި ހުރުމަށް ބުނެ ގޯޅި […]
ނީރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އާޝިޔާގެ ނަސޭހަތުގެ ސަބަބުން ނީރާ ހަމަޔަކަށް އެޅުނެވެ. އަދި ދެރަނުވެ ހިތްވަރު ކުރަން ނިންމިއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އާޝިޔާ ގަޑި ބަލާލިއެވެ. “ނީރާ.. ދައްތަ ދަނީ އިނގޭ… އިރުކޮޅަކުން އަންނާނެ ބޭބެ… ދައްތަ ދިން ނަސޭހަތް ގަބޫލުކުރަންޗޭ އިނގޭ…” ނީރާ އުނގުން ނަގަމުން އާޝިޔާ ބުނެލިއެވެ. ނީރާ ލުއި ހިނިތުންވުމެއް ދެމުން ބޯ ޖަހާލިއެވެ. “އަދި އެއްވާހަކަ ބުނެލަންތަ؟ ދައްތައަށް އިނގޭ ދަރިފުޅު ހިތްހަމަނުޖެހޭނެ…..” ” ނޫން […]
ނީރާ އެތައްއިރަކު އެހެން އިނުމަށްފަހު ބޭރަށް ނިކުތެވެ. ބެލްކަނިއަށް ތަޅާލާފައިވާ އެ ދެމީހުންގެ ފޮޓޯ ފުރޭމްގައި އިން ފޮޓޯ ނަގާލިއެވެ. އަދި މޭގައި ޖައްސާލިއެވެ. އެއަށްފަހު ބިއްލޫރިކޮޅުތަށް ނަގާ ވަކިން ފުޅިއަކަށް އަޅާލީ ޝާއިންގެ ހަނދާނަކަށެވެ. އެ ފުރޭމްއަކީ ޝާއިންގެ އަމިއްލަ އަތުން ހެދި އެއްޗެކެވެ. އެއްލާލާކަށް އޭނާއަކަށް ނުކެރުނެވެ. ފޮޓޯ އޭނާގެ ޑައިރީގެ ތެރެއަށް ލުމަށްފަހު އަނެއްކާވެސް ބެލްކަނީއަށް ވަދެގެން އައީ ތަޅައިގެން ގޮށްސާ އޮތް ޖޯޑު ނަގާ ކޮފީ އެޅިފައި އޮތްތަން ސާފުކޮށްލުމުގެ […]
ނީރާ ލޯ މަރާލުމަށްފަހު ހަމަޖެހިލިއެވެ. އަނެއްކާވެސް އޭނާގެ ކަންތަށް ފެށީ ޝާއިން ރުޅި އައިކަން އިނގުނީމައެވެ. “ދައްކަން މިއުޅެނީ ތީ އެއްވެސް މީހެއް ނޫންކަން އަހަރެންގެ ދިރިއުޅުމުގައި.. އިނގިއްޖެތަ؟؟” ޝާއިންއާއި ދިމާލަށް އެނބުރިލަމުން ނީރާ އެހެން ބުނެލިއެވެ. ޝާއިން ނީރާގެ ލޮލަށް ބަލާލީ އެލޯ ސްކޭންކުރާ ފަދަ ގޮތަކަށެވެ. ނީރާ އަވަސް އަވަހަށް އެސްފިޔަތަށް ޖަހަމުންދިޔައެވެ. “އެހެންތަ؟ ދެން ތި ލޮލު ތެރެއިން ފޮރުވަން ތިއުޅެނީ ކޮންކަމެކޯ.. ހީވަނީތަ އަހަރެންނަށް ނީރާ ނޭނގެނީކަމަށް؟؟؟؟” ޝާއިން ނީރާއާއި […]
— “އަހަރެން ލޯބިވާވަރު އިނގުނަސް އިންކާރު ކުރުމަށްފަހު ދުރަށް ދިޔައީ ހިތް ކުދި ކުދި ވެފައި އޮތަކަސް ތިޔަ އިންތިޒާރުގައި ހުންނަމުން ދިޔައީ އުއްމީދު ފަނޑުވެގެން ދިޔަޔަސް ކަލާ ދެކެ ލޯބި ވަމުން ދިޔައީ ގަސްތުގައި އަހަރެން ދެރަ ކުރަމުން ދިޔަޔަސް ހިތުގެ އަޑިން މާފު ކުރަމުން ދިޔައީ… …..ނަމަވެސް…… ކަލާގެ އިންތިޒާރުގައި ހުންނަން އިތުރަށް މިހިތަށް ކުޅަދާނަ ނުވުމުން ތިޔަ ލޯބި ހިތުން ފޮހެލަމުން މިންޖް މިވީ ތިޔަ ލޯބިން ކަލާވެސް މިންޖު ކުރަމުން….. […]
ނީރާ ގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ކުރީގެ ހަނދާނެއް އާވިއެވެ — “ނީ.. ނުހުޅުވަންޗޭ ލޯ ޕްލީސް… އޯކޭ.. ވެއިޓް.. ޔާ ދެން ހުޅުވާ…” ޝާއިން ގެ އަޑު އިވުމުން ނީރާ ލަސް ލަހުން ލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. 14 ވަނަ ދުވަސް ކަމުން ހަނދު ވަރަށް ފުރިހަމަ ކަމާއި އެކު ދުނިޔެ މަތި އަލިކުރަމުން ދިޔައެވެ. ފެންނަލެއް ވަރަށް ހިތްގައިމެވެ. އެތަށް އިރަކު އެ […]
ސާހިލް އައުމާއި އެކު ޝާއިން ކޮޓަރިން ނިކުމެލީ ކުޑަކޮށް ދޮރު ކައިރިކޮށްލަމުންނެވެ. “ޑޫޑް… އިހަކަށް މިތަން ހަދާލަން ވީނު.. ކޮޓަރި ބަހައްޓާ.. އިނގޭ..” ޝާއިންް ސާހިލް އާއި ދިމާލަށް އެހެން ބުނެލީ ވަރަށް މަޑުންނެވެ. “އެކަމު ޝޭން.. މިތަނަކުން ނުހަދައިދޭތަ؟ ޔަޤީން ހަދައިދޭނެކަން..” ސާހިލް އެހެން ބުނެލީ ތަޅު ހެދުމަށް ގެނައި ބައެއް ސާމާނުތަށް ނަގަމުންނެވެ. “ކުޑަކޮށް ޕާސަނަލް ކަމެއް ވީމަ.. ޕްލީސް އިނގޭ މަޑު މަޑުން ހަދާނީ” ޝާއިން އެހެން ބުނެލީ ނީރާގެ ކޮޓަރިއާއި ދިމާ […]
ރަޔާން އިރު އިރުކޮޅާ ދޮރާއި ދިމާބަލާލައެވެ. ނަމަވެސް އޭނާ މިއަދު ކުރަން އައި ކަންތަށް ކުރާނެއެވެ. އޭނާ ހުރީ ހަމަހެއަކު ނޫނެވެ. ނީރާގެ އެތަން މިތަނުގައި ފިރުމަމުން ދިޔައިރު އެ ހިލަ ހިތަށް ނީރާގެ ރުއިމުގެ އަސަރެއްވެސް ނުކުރާފަދައެވެ. ނީރާ ތެޅޮފޮޅެމުން ދިޔައިރު ރަޔާން ދިޔައީ އެ ހަށިގަނޑުގެ ފޮނިކަން ހާސިލްކުރެވޭތޯއެވެ. ރަޔާން ނީރާގެ މޫނުމައްޗަށް ބަލާލުމަށްފަހު އޭނާ ގުދުވެލީ ނީރާގެ ތުންފަތާއި ދިމާލަށް ބަލަމުންނެެވެ. ނީރާ ގެ ހަރަކާތްތަށް އެއަށް ވުރެ ހަލުވިކުރިއެވެ. ދެފަރާތަށް ބޯހޫރަމުން […]