ޝައުނާ ބުނި ޖުމްލަ ނުނިމެނިސް އަވަސް އަވަހަށް ފޯނު ދަބަހަށް ލާ ޒަޔާލްގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. މޫނަށް ފޫހި ގޮތެއް ވެރިކުރަމުންނެވެ. އާނާ ގޮސް ޝައުނާގެ ކައިރީ އިށީނދެލިއެވެ. ޒަޔާލް އައިސް ޖައްސާލީ އާނާގެ ކުރިމަތީގަައެވެ. އާނާއަކީ ދަތުރު ކުރުމަށް ފަރިތަ ކުއްޖެއް ނޫންކަމުން އޭނާ އިނީ އެނބުރުން އަރާފައެވެ. ދާން ވީ ރަށަށް ދެވެނީވެސް 30 މިނެޓުން ކަމުން އާނާގެ މޫޑު ގޯސްވިއެވެ. “ޕިސް.. ދަތުރޭ ކިޔާފަ އެންމެހާ ދުރުގަ އޮތް ރަށަށް […]
އިރު އޭގަ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ފަހު އޮއްސިގެން ދަނީއެވެ. ޖެހޭ މަޑު މަޑު ރޯޅިން ހިތަށް އަރާމުގެނުވައެވެ. އޮއްސޭ އިރުގެ އަލިން މުޅި ޖައްވު ވަނީ އޮރެންޖް ކުލައަކަށް ގޮށްސައެވެ. އުޑުމަތީގައި ވަނީ ކުދި ކުދި ރަތް ވިލާކޯކޮޅެވެ. ކަނޑުގައި ހީވަނީ ތަރަފާލެއް އަޅާފާއި އޮތްހެންނެވެ. އެހާވެސް މަޑެވެ. އެ ގުދުރަތީ ރީތި ކަމަށް ބަލަން ގަހެއްގެ ބުޑުގައި އާނާ އިށީނދެ އިނީ ހައިރާންވެފައެވެ. އެހާވެސް ރީއްޗެވެ. ދުނިޔެމައްޗަށް އަނދިރިކަން ވެރިވެގަތް […]
……ހިތިފަތު ބުމައަކާއި މުށިކުލައަކަށް ދާ ބޮޑު ދެލޮލަކީ އާނާއަށް ގުދުރަތުން ދެއްވާފައިވާ ރީތި ހަދިޔާއެކެވެ. އެ ދެލޮލަށް ފިދާވަމުންދާ އެތަކެއް ޒުވާނުން ތިބޭނެކަން ޔަގީނެވެ. ކުޑަކުޑަ ވައް މޫނަކާއި އެކު ކަޅުކަން ގަދަ އެ ރީތި ދިގު އިސްތަށިގަނޑު އެހާވެސް ގުޅެއެވެ. ހިނިތުން ވެލާއިރު ކޮލަށް އެޅޭ އަޑި ކޮޅަކުން އެ ހިނިތުންވުން ފުރިހަމަ ކޮށްދެއެވެ……… ……….ނަމަވެސް އާނާއަށް ނޭނގޭ ކަމަކީ އޭނާގެ ކޮންމެ ހަރަކާތެއްވެސް ބަލަން އޭނާގެ ފަހަތުގައި ދާދި ކައިރީގާ […]
ނިއުޝާ ހެމުން ހެމުން ވާހަކަ ދެއްކިއިރު ޖައުޝަން އޮތީ އެ ރީތި މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެއްވެސް އެއްޗެއްނުބުނި ކަމުގައި ވިޔަސް އޭނާވެސް އަމިއްލަ ނަފްސާއި ދިމާލަށް ހާދަ މޮޔައޭ ބުނެލިއެވެ. ނިއުޝާ ހީހީ ވަރުބަލިވާން ހެދުމުން ފުންނާވޭތަކެއް ލާން ފެށިއެވެ. “އަދިވެސް ހީ..” ޖައުޝަން އެހެން ބުނެލުމާއިއެކު ނިއުޝާ ތުން ދަމާލިއެވެ. އެއާއި އެކު ޖައުޝަން ހޭން ފެށިއެވެ. “ޝަން!!!” ނިއުޝާ ގޮވާލިއެވެ. ޖައުޝަން ހުމްމް ލައްވާލިއެވެ. “އެއްބައި ފިލްމް ގަ ދައްކަނީ ވައިފް ޕްރެގް […]
ކުއްލިއަކަށް ޝަހުނާ އިސްއުފުލާލާ ބުނި އެއްޗަކުން ނިއުޝާ ދެލޯ ބޮޑުވިއެވެ. ކީކޭ އޭ ބުނީ ޔަޤީން ކުރަން ދަތި ގޮތަކަށެވެ. ދެލޮލުން ފެން އަންނަން ފެށީ އިހްތިޔާރަކާނުލައެވެ. “ޔެސް ނިއު ޔެސް ޔޫ އާރ ޕްރެގް..” ޝަހުނާ މޫނުމަތީ ހުރި ހާސްކަން ފިލުވާލަމުން ނިއުޝާ ގައިގާ ގޮސް ބައްދާލިއެވެ. “ދެން….އޭރު.. ދެން އޭރު ކީ..ކީއްވެ ހާސް ވެފަހެން ހީވީ… އަ..އަސްލުތަ؟” ނިއުޝާ އަށް ގަބޫލުކުރަން އުނދަގޫވިއެވެ. ފުރަތަމަ ޝަހުނާ ހުރިގޮތް ފެނި އޭނާއަށް ގަބޫލު ކުރަން އުނދަގޫ […]
hey guys.. jxt wanna tell tht 8 vana part nukiyaa kudhin viyya plx frst read tht part n dhn read this.. ryn up kurin e part bt dnt knw why esfiya akah nufene.. 8 vana prt ky kudhin cn cntinue.. -thnks- n enjoy ހިތުގަ މިވާ ސޫރަ ތެދޭ: 8 ………………………………………………………………………………………………. ޑޮކްޓަރގެ ކޮޓަރިއަށް ދިޔައިރު އެތާ އެތެރޭ […]
ވަގުތު ކައިރިވަމުން އަންނަވަރަކަށް ނިއުޝާގެ ހިތްވެސް ތެޅެމުން ދިޔައެވެ. މާތްﷲ އަށް ޝުކުރު ކޮށް ދުޢާ ކުރީ ހުރިހާ ކަމެއްވެސް ރަނގަޅަށް ވުމަށް އެދިއެވެ. ގަޑި ޖެހިގެން ފަޒީނާ ނިއުޝާ ބަލައި އައި އިރު ނިއުޝާގެ ހިތް ތެޅެން ފެށީ އޮބި ނޯންނަވަރަށެވެ. ފަޒީނާ ނިއުޝާއަށް ވެފައި ހުރިގޮތް ދެނެގަތެވެ. ބޮލުގައި ފިރުމާލާ އަތުގައި ހިފާލީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއޭ ބުނެފައެވެ. ފަޒީނާ ނިއުޝާ ގޮވައިގެން ކޮޓަރިން ނިކުމެ ކައިވެނި ކުރަން ހަމަ ޖެހިފައިވާ ކޮޓަރިއަށް […]
ނިއުޝާ އަށް ޖައުޝަން އައި ކަމެއްވެސް ނޭނގޭ ކަހަލައެވެ. ޖައުޝަން އައިސް ނިއުޝާގެ ބޮލުގައި ބޮޑު މަލެއްހެން އިން ދަތި ނައްޓުވާލިއެވެ. އެއާއި އެކު ނިއުޝާގެ އިސްތަށިގަނޑު ހޭވިގެން ދިޔައެވެ. ނިއުޝާ ސިއްސައިގެން ގޮސް ޖައުޝަން އާއި ދިމާ ބަލައިލިއެވެ. “ތިހެން ހުރީމަ މާ ލޯބި” ނިއުޝާގެ ކޮލުގައި ފިރުމާލަމުން ޖައުޝަން އެހެން ބުނެލިއެވެ. އެއާއި އެކު ނިއުޝާ ލަދުން އިސް ޖަހާލިއެވެ. ޖައުޝަން ހިނިތުން ވެލިއެވެ. އެއަށްފަހު ނިއުޝާ ގެ އުނަގަނޑުގައި ކަނާއަތް އަޅުވާލިއެވެ. […]
ފަޒީނާއައިސް ނިއުޝާގެ ކޮޓަރިއަށް ވަނީ ނިއުޝާ ބަލައެވެ. އެމީހުން އައިކަން އިނގުމާއި އެކު ނިއުޝާގެ ހިތް ވަރަށް ބާރަށް ތެޅެލިއެވެ. ނަމަވެސް މޫނުމަތީގައިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލީ ހިނިތުންވުމަކުންނެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު ނިއުޝާ ފަޒީނާގެ ފަހަތުން އިސްޖަހައިލައިގެން ދިޔައެވެ. ސިޓިންގްރޫމް އާއި ހަމަޔަށް އެރުމަށް ފަހު އިސް އުފުލާ ބަލައިލުމާއި އެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހިފެހެއްޓުމެއް ނެތި ކަރުނަތަށް އަންނަން ފެށިއެވެ. ލޯ މަރާލުމަށްފަހު ހުޅުވާލީ ހުވަފެނެއްހެން ހީވާތީއެވެ. ކުރިމަތީ ހިނިތުން ވުމަކާއި […]