ހުވަފެނާ ހަގީގަތާ ދެމެދުގައި އޮތް އިފާޝާއަށް ރަނގަޅަށް ހޭލެވުނީ އެހިސާބުންނެވެ. ލޯ ހުޅުވާ ޒިޔާންއަށް ބަލާލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ. “ޒިޔާން…؟” އިފާޝާއަށް ގޮވާލެވުނީ މިއުޅެވެނީ ހުވަފެނެއްގައި ނޫންކަން ޔަގީން ކުރުމުގެ ގޮތުންނެވެ. ނިދީގައި އިފާޝާ ޒިޔާންގެ މޭގައި މޫނު ފޮރުވާލި ވަގުތުން ފެށިގެން ޒިޔާންއަށް އަމިއްލަ ހަށިގަނޑަށް ބާރެއް ނުފޯރުވުނެވެ. ޒިޔާންގެ ހަށިގަނޑަށް އަމިއްލަ ބާރެއް ލިބުނު ފަދައެވެ. އިފާޝާ ގޮވާލުމުން ޒިޔާން ލޯހުޅުވާލިއެވެ. އެލޮލުގައި ވި މަސްތުކަން އިފާޝާއަށް އަނދިރީގެ ތެރޭންވެސް ދެނެގަނެވުނެވެ. އިފާޝާއަށް […]
“އާނ، އައިއްސަ ކާނީ، ވަރަށް އަވަހަށް ދާން ވެއްޖެ” ޒިޔާން ބުންޏެވެ. އަދި ނިދިފައި އޮތް ޒާޔާގެ މޫނުގައި ބޮސްދީފައި ނިކުމެ އިފާޝާގެ އަތުގައި އިން އާނާގެ ނިތްކުރީގައިވެސް ބޮސްދިނެވެ. “ބަލާނަން އަވަހަށް އާދެވޭތޯ” ޒިޔާން އެހެން ބުނުމުން އިފާޝާގެ ހިތުގައި ވީ އެއްޗެއް ޒިޔާންއަށް އެނގުނީ ބާއޭ އިފާޝާ ހިތަށް އެރިއެވެ. ހީލަމުން އިފާޝާ ބޯޖަހާލުމާ އެކު ޒިޔާން އިފާޝާގެ ކޮލުގައިވެސް ތުންފަތް ޖައްސާލާފައި އެއްލޯ މަރާލަމުން ޓީވީ ރެކް މަތިން ސައިކަލު ތަޅުދަނޑި ނަގައިގެން […]
“ނޫނޭ ޒާ، އަދި އެނީ ގޮވައިގެން ޕާކަށް ދާ ވަރަށް ވުރެން އެނީ މާ ކުޑައޭ” ޒިޔާން ޒާޔާއަށް ބަލާލަމުން ބުންޏެވެ. “އެހެންތަ؟ އެހެން ވިއްޔާ ހިނގާ ދޮންތަމެން ގެޔަށް” ޒާޔާ ބޭނުންވީ ޒިޔާން ގޭގައި ހުރި ދުވަހަކަށް ވާތީ އެދުވަހު އެންމެން އެކީ ކޮންމެވެސް ތަނަކަށް ގޮސްލާށެވެ. “ތެދެއް އިފާ؟” ޒިޔާން އިފާޝާއަށް ބަލާލިއެވެ. “ދެން ޒާ ބޭނުމިއްޔާ ހިނގާ ދޯ ގޮސްލަން؟” ޒާޔާގެ ބޮލުގައި ފިރުމާލަމުން އިފާޝާ ހިނިތުންވެލިއެވެ. “ލަވް ޔޫ މަންމީ…” ޒާޔާ […]
“ޒިޔާން…” އިފާޝާއަށް ގޮވާލެވުނެވެ. ޒިޔާން ކުރިއަށް ވުރެން ބާރަށް އިފާޝާ ގައިގައި ހިފަހައްޓާލިއެވެ. “އެބަ އަންނަން…” ޒިޔާންއާ ދުރަށް ޖެހިލަމުން އިފާޝާ ބުންޏެވެ. “ކޮން ތާކަށް؟” ހާސްކަން އެކުލެވިފައިވާ އަޑަކުން ޒިޔާން ސުވާލުކުރިއެވެ. “ފާހާނާއަށް…” އިފާޝާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އިފާޝާއަށް ބަލާލި ޒިޔާންއަށް ވިސްނުނެވެ. “އިފާ، ހިނގާ އަވަހަށް ދާން… ވޯޓަރ ބްރޭކްވީއޭ” ކުރިއަށް ވުރެން ހާސްވެފައި ޒިޔާން އިފާޝާގެ އަތުގައި ހިފާލަމުން ބުންޏެވެ. އަދި އިފާޝާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ […]
“ދޮންތާ، އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް… ދިރިއުޅުން ދެކެ މުޅިން ފޫހި ވެއްޖެ… މިއަދު އަހަންނަށް މިލިބުނު އުފާވެސް އާމިރުއާ ނުލާ އަހަންނަކަށް އިހުސާސެއް ނުކުރެވޭ… އަހަރެން ދެރަވަނީ… އާމިރު ނެތިސް އަހަރެން ކިހިނެއް މިކަމާ ކުރިމަތި ލާނީ… އަހަރެން ހިތަށް އަރާ…” ރޮމުން އިފާޝާ ހުރި ދިމާލުން ތިރީގައި އިށީނެވެ. ސާދާވެސް އިފާޝާ ގާތު އިށީނެވެ. “އިފާ، ތިހެން ހަދާކަށް ނުވާނެ… އާމިރު އެދޭނެތަ އިފާއަށް ތިހެން ވާން؟ ހިތްވަރު ކުރަން ވާނެއެއްނު؟ މާޔާ […]
އެދެކުދިން ފެނި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަ ޖެހުން ލިބުނު ނަމަވެސް މީރާ ފެނުމުން އިފާޝާއަށް ރޮވުނީ އާމިރު މަތިން ހަނދާން ވިވަރުންނެވެ. މީރާއާ އާމިރު ވައްތަރު ކަމުންނެވެ. މެންދުރު ޒިޔާން ގުޅާފައި ހަވީރު ޒާޔާ ގޮވައިގެން އަންނާނެ ވާހަކަ ބުނުމުން މެންދުރުފަހު އިފާޝާ އުޅުނީ ޒާޔާއަށް މީރު ކާއެއްޗެއް ތައްޔާރު ކުރުމުގައެވެ. ބަޓަރކޭކް އަޅައިގެން ކަސްޓަޑް ކެއްކުމަށް ފަހު ހަވީރަށް ސައި ތައްޔާރު ކޮށްފައި އިފާޝާ ފެން ވަރައިގެން ނިކުމެ އަސުރު ނަމާދު ކޮށް ނިމުނު […]
އޭރު ޒާޔާއަށް ނިދިފައި އޮތުމުން ޒިޔާންވެސް ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ. ވަރުބަލި ވެފައި ހުރި ވަރުން ގިނަ އިރެއް ނުވެ ޒިޔާންއަށް ނިދުނެވެ. އެހާދިސާގެ ފަހުން ޒިޔާންއަށް ހަމަ ނިދި ނިދާލެވުނީ އެރެއެވެ. ރަމްޒިއްޔާ ކާން ހަދާފައި ކާން ގޮވަން ދިޔަ އިރު ޒިޔާންއަށް ނިދިފައި އޮތުމުން ނުގޮވާ ދިޔައީއެވެ. ގެޔަށް ވަން ގޮތަށް އިފާޝާ އަނދިރި ވެފައިވާ ސިޓިންގރޫމްގެ ބޮކި ދިއްލާލިއެވެ. އެއާއެކު ފުރަތަމަވެސް ފެނުނީ ފާރުގައި އަޅުވާފައި ހުރި އިފާޝާއާ އާމިރު އެކުގައި […]
“އަދި ނުބުނަން. މިއަދު އަހަންނަށްވެސް ޔަގީން ވީ. އެހެން ނޫނަސް ޒިޔާންއަށް ވުރެން ކުރިން އިފާ ކައިރީގަ ބުނެވުނީމަ މާ އުފާވޭ” މާޔާ ބުންޏެވެ. “އަހަރެން ހިތަށް އަރާ… އަހަންނަށްވެސް އާމިރުއަށް ތިކަހަލަ ހަބަރެއް ދެވޭނެ ދުވަހެއް އަންނާނެ ނަމައޭ…” އިސް ޖަހާލަމުން އިފާޝާއަށް އަމިއްލަ ހިތުގެ ހާލު ދުލުން ފާޅު ކުރެވުނެވެ. “އިފާ… އިރާދަ ކުރެއްވިއްޔާ އަދި އިފާއަށްވެސް އެދުވަސް އަންނާނެ، އިފާމެންނަށްވެސް ކާމިޔާބު ވާނެ. ދެރަ ނުވެބަލަ” އިފާޝާގެ އަތުގައި ހިފާލަމުން މާޔާ ބުންޏެވެ. […]
“ދެން ޒިޔާން، އާއެކޭ ބުނެބަލަ! ކިހާ ދުވަހެއްތަ އަހަރެން އާދޭސް ކުރާތާ؟ ޕްލީޒް…” އާމިރުއާ އިފާޝާ ޒިޔާންމެން ގެޔަށް ވަދެގެން އައިއިރު މާޔާގެ އަޑު އިވުނެވެ. “ކިހާ ދުވަހެއްތަ ވީ؟ މަށަކަށް ހިއެއް ނުވޭ އަދި މާ ގިނަ ދުވަސް ވީ ހެންނެއް” ސަމާސާ ރާގަކަށް ޒިޔާން ބުންޏެވެ. “ހަފްތާއެއް މިވަނީ، އެއީ ގިނަ ދުވަހެއް ނޫންތަ؟” މާޔާ އަހާލިއެވެ. “އެބުނާހެން. އެއީ ކިހާ ދުވަހެއް ޒިޔާން؟ މާޔާ ކަމަކު ބުނެގެން ޒިޔާން އެކަމެއް ނުކޮށްދީ ހުންނަން […]