ޝާނީ ސިޑިން މައްޗަށް އަރަނިކޮށް މަތިން ފޭބި ޝާނީގެ ކޮއްކޮ ނިޝާ ކައްސާލައިގެން ވެއްޓެން ދިޔަ ވަގުތު އެއްލި އަތުން ހިފުނީ ޝާނީ ލައިގެން ހުރި ހެދުމުގައެވެ. އެއާއެކު ޝާނީ އަރިއަޅާލިއެވެ. ނިޝާގެ ނަސީބު ރަނގަޅު ކަމުން ނިޝާއަށް ދަގަނޑުގައި ހިފެހެއްޓުނެވެ. ނަމަވެސް ޝާނީ އަށް ނުހިފެހެއްޓިގެން ވެއްޓުނެވެ. ހޮސްޕިޓަލަށް ދިޔައިރު ޑިޔުޓީގައި ކަށީގެ ޑޮކްޓަރަކަށް ހުރީ މާއިޒްއެވެ. ފަޔަށް ތަދުވާ ވަރުން ފުރަތަމަ ޝާނީއަށް މާއިޒްއާ މެދުވެސް ވިސްނާ ނުލެވެއެވެ. އެކްސްރޭ ނެގުމަށް ފަހު ޖެހީ […]
މާއިޒް ލޯ މަރާ ބާރު ކޮށްލިއެވެ. ގިސްލެވެން ފެށިއެވެ. ހަސީނާއާ އާބިދާވެސް ރޯން ފެށިއެވެ. މާއިޒްގެ އަތުތެރޭ އޮވެ ޝިފްޒާ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. މުޅި ހަށިގަނޑު އެކީ ހިމޭން ވިއެވެ. އެކަން ޝާހިދަށް އެނގުނެވެ. ޝާހިދު އެނބުރި އެތާ ތިބި މީހުންނަށް ބަލާލާފައި ބޯ ހަލުވާލިއެވެ. އެ އިޝާރާތުގެ މާނަ އެންމެނަށް ވިސްނުނެވެ. ފަސް މިނެޓްވީ އިރުވެސް މާއިޒް ޝިފްޒާ ގައިން ދޫކޮށްނުލާ އެއިން ގޮތަށް އިނެވެ. ޝާހިދު މާއިޒްގެ އަތުތެރޭން ޝިފްޒާ ނަގާ […]
އެދުވަހު ގަޑި ހިނގާލެއްވެސް ލަސް ހެން އަހަންނަށް ހީވިއެވެ. ނަމަވެސް ގަޑި ހިނގަނީ ހަމަ އެހެން ދުވަސް ދުވަހުވެސް ހިނގާ ވަރަށެވެ. އެދުވަހާ އެހެން ދުވަސްތަކާ ތަފާތެއް ނެތެވެ. ނަމަވެސް އެއީ އެހެން މީހުންނަށެވެ. އެދުވަހަކީ އަހަންނަށް ވަރަށް ތަފާތު ދުވަހެކެވެ. އަހަރެންގެ ހަޔާތުގައި އައި އެންމެ “ތަފާތު” ދުވަހެވެ. އެހެން ދުވަސް ތަކެކޭ އެއްގޮތަށް އެދުވަހު ދޭއް ޖަހަން ދެން އަހަރެން މަސައްކަތުގައި އަވަދި ނެތި އުޅުނީމެވެ. ނަމަވެސް އެހާ އިރު ވީތަނާ އަހަންނަށް ތަފާތު […]
“މާއިޒް…” “ކީކޭ؟” ޝިފްޒާ މާއިޒްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މާއިޒް ޝިފްޒާގެ އަތުގަ ހިފާލިއެވެ. “ކިހިނެއްވީ؟” މާއިޒް އެހިއެވެ. “ކަމެއް ނުވޭ…” ޝިފްޒާ ބުންޏެވެ. “ދޭބަލަ ގެއަށް ގޮސް ފެންވަރާލައިގެން ރަނގަޅަށް ނިދާލާފަ އަންނަން…” މާއިޒް އެއްޗެއް ނުބުނެ ޝިފްޒާއާ ދިމާއަށް ބަލަން އިނެވެ. “މާއިޒް…ޕްލީޒް…” ޝިފްޒާ ބުންޏެވެ. މާއިޒް ބޯހަލުވާލިއެވެ. ޝިފްޒާއަށް ރޮވުނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. މާއިޒް އެއްވެސް އެއްޗެއް ނުބުނެ ޝިފްޒާގެ މޫނު ފޮހެލާފައި، އެނދުގައި އޮށޯވެ ޝިފްޒާ ގައިގަ ބައްދާލިއެވެ. […]
“މަންމާ، ޔާން ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… މަންމާ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް… ޕްލީޒް… ވާހަކަ ދައްކަބަލަ… ވާހަކަ ދައްކަބަލަ… މަންމާ، ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ބުނެބަލަ ޕްލީޒް… މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ…” އަހަރެންގެ ދަރިފުޅުގެ އާދޭސް އަހަރެންގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ވިހި ތިރީސް ފަހަރަކުވެސް ނޫނެވެ. އެތައް އެތައް ސަތޭކަ […]