ނަޒްލާގެ އާއިލާއަށް ދިމާވި ހިތާމައިގައި ޔުމްނާއާ ޝާއިރު އަދި އަސްމާގެ އާއިލާއިންވެސް ވަރަށް އެހީތެރިކަން ލިބުނެވެ. އެކިގޮތްގޮތުން އެހީތެރިކަމާ އަދި ހިތްވަރު ދީ އެމީހުންގެ ހިތާމައިގައި އެންމެން ވެސް ބައިވެރި ވިއެވެ. ސައީދު ނިޔާވުމާ ގުޅިގެން އެންމެ އަސަރު ކުރީ ނަޒްލާއަށެވެ. އެ ހާދިސާގެ ފަހުން ދެމަސް ވީއިރުވެސް ނަޒްލާ ހަމައަކަށް ނޭޅެއެވެ. އާއިލާގެ އެންމެންނާ، އަސްމާއާ ޔުމްނާ އަދި އާސިމްވެސް ނަޒްލާއަށް އެހީވެދޭން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކުރިން އުޅުނުހެން ސަކަރާތް ޖަހާ، […]
ބައިގަޑިއެއްހާ އިރު ފަހުން ނަޒްލާ ނިކުތް އިރު ޔުމްނާއާ އަސްމާވެސް ކާމޭޒު ދޮށުގައި ތިއްބެވެ. “ހެޕީ ބަރތްޑޭ ނަޒޫ” ނަޒްލާ ފެނުމުން އަސްމާއާ ޔުމްނާ އެކީ ބުންޏެވެ. “ނޫޅެން… ރޭގަ ކީށްވެ ނުގުޅީ؟” ނަޒްލާ ރުޅި އައި ކަމަށް ހަދާފައި ބުންޏެވެ. “ރޭގަ ނުގުޅުނީއޭ… ދެން ބޮޑާ ނަހާކާ ތެންކްޔޫ އޭ ބުނެބަލަ! ހަދިޔާވެސް ހިފައިގެންނޭ މިއައީ” އަސްމާ ބުންޏެވެ. އަދި ޔުމްނާއާ ދެމީހުން އެކީ ސޯފާއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ނަޒްލާ އެދިމާއަށް ބަލާލާފައި ހަޅޭ […]
“ނަޒޫ… އާސިމް އިނީ ހަމަ އާޝޯހު ވެފަ، މަށަށް ހީވަނީ ނަޒޫގެ އިންތިޒާރު ނިމުމަކަށް އައީހެން” ޔުމްނާ ނަޒްލާއާ ދިމާ ކޮށްލިއެވެ. “އާނ، ތުއްތުބޭ އިނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފަ” އަސްމާވެސް ޔުމްނާއާ ބައިވެރި ވިއެވެ. “ދެން ތިވަރަށް ދިމާ ނުކުރިޔަސް ހެޔޮ، އަދި ވާނެ ގޮތެއްވެސް ނުވެސް އެނގޭ” އޮބި ނޯންނަ ވަރަށް ތެޅެމުންދާ ހިތް މައިތިރި ވޭތޯ މަސައްކަތް ކުރަމުން ނަޒްލާ ބުންޏެވެ. ތިން އަހަރު ފަހުން ބައްދަލު ވުމުން އާސިމްއާ ނަދީމްއާ […]
ނަޒްލާއާ ޔުމްނާއާ އަސްމާ އަކީ ސްކޫލް ދައުރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިންނެވެ. ގްރޭޑް 7 ގައި ތިން ކުދިން އެއް ކްލާހެއްގައި އުޅުނު އިރުން ފެށިގެން އެކުދިންގެ ރަހުމަތްތެރިކަމުގެ ގުޅުން ދިޔައީ ކުރިޔަށެވެ. އެކަކު އަނެކަކުގެ ގެޔަށް ގޮސް ތިން ކުދިންގެ އާއިލާވެސް ވަނީ ރައްޓެހިންނަށް ވެފައެވެ. ހަމަ އެގޮތަށް ޝާއިރުއާ، އަސްމާގެ ބޭބެ އާސިމްއާ، ނަޒްލާގެ ބޭބެ ނަދީމް އަކީވެސް ކިޔަވަން އުޅުނު އިރުއްސުރެ ރައްޓެހިންނެވެ. އަދި ކިޔަވާ ނިމުމަށް ފަހުވެސް އެގުޅުމަށް ބަދަލެއް […]
ފެނުނު މަންޒަރަށް ފަހު މަގުމަތިން ހިނގާފައި ގެއާ ހަމައަށް ނުރޮއެ އާދެވުނީ ކިހިނެއްބާއޭ އިފާޝާ ހިތަށް އެރީ ގެއަށް ވަދެވުމުންނެވެ. ގެއަށް ވަދެ ދޮރު ލައްޕާލެވުމާއެކު އެހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އިފާޝާގެ ލޮލުން ފައިބައިގަތެވެ. ދުވެފައި ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ދިހަވަރަކަށް މިނެޓް ވަންދެން އިފާޝާ ބާރަށް ރުޔެވެ. ކުޑަ ދުވަސްކޮޅެއް ކުރިން ފެނުނު މަންޒަރަކީ ހަގީގަތެއް ނޫންކަމަށް ހިތަށް ވިސްނައިދީ އެގޮތަށް ނިންމި ނަމަވެސް އެދުވަހު ފެނުނު މަންޒަރާ މެދު […]
ޑެކަރޭޝަންއާ ކެއުމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރީ އިފާޝާއެވެ. އެހެންވެ މެންދުރުފަހު އެކެއް ޖެހި އިރުން ފެށިގެން އެތަނުގައި މަސައްކަތް ކުރަންތިބި މީހުންނަށް ކަންތައް ކުރަންވީ ގޮތް ކިޔައިދޭން އިފާޝާ އުޅުނެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އެދުވަހު މެންދުރު ބާރަ ޖެހިއިރު އޮފީސް ގަޑި ނިންމާފައި އެންމެން ކަހަލަ ގޮތަކަށް ގެޔަށް ދިޔައިރު އޮފީހުގައި މަޑުކޮށްގެން ތިބީ ޒިޔާންއާ ނިހާޔާއާ ރާއިނާއާ ރީނާޒްގެ އިތުރުން އަނީޒްއާ އަލީމްއެވެ. ޒިޔާންއާ ނިހާޔާ އިރުއިރުކޮޅާ މައްޗަށް ގޮސް މަތީގައި ކަންތައް […]
އިފާއަކަށް ނޭނގޭނެ އެދުވަހު އޭނަގެ ވާހަކަ އަޑުއަހާފަ އަހަރެން ރުޅި އައި ވަރެއް. އެދުވަހު އާމިރު މަތިން ހަނދާން ކޮށްލާފަ އަހަރެން ރުޅި ކޮންޓްރޯލް ކުރީ. އެކަމަކު ދެވަނަ ފަހަރަށް އެކަހަލަ އެއްޗެއް ބުނާ އަޑު އިވިއްޖެއްޔާ… އަހަންނަކަށްވެސް ނޭނގެ އަހަންނަށް ކުރެވިދާނެ ކަމެއް ބުނާކަށް. އެކަމަކުވެސް އިފާ އެމީހުންނާ ގުޅުން ބޭއްވުމަކަށް އަހަރެން އެއްވެސް ހުރަހެއް ނާޅާނަން. އަހަންނަށް އެނގޭ ފެމިލީއަކީ އިފާއަށް ކިހާ މުހިއްމު އެއްޗެއްކަން.” ޒިޔާން އިފާޝާ ގެ މޫނުގައި އަތް ޖައްސާލިއެވެ. […]
އެފަދަ ޚިޔާލުތަކެއްގައި އިން ޒިޔާން ސިހުނީ ރާއިނާގެ އަޑަށެވެ. “ޒިޔާން…” ދާދި ގާތުން ރާއިނާ ގޮވާލި އަޑަށް ޒިޔާން ސިހިފައި ލޯ ހުޅުވާ ބަލާލިއެވެ. ޒިޔާން އާ ދިމާއަށް ކުޑަކޮށް ގުދުވެލައިގެން އޮތް ރާއިނާ ފެނިފައި ޒިޔާން ގޮނޑި ފަހަތަށް ޖައްސާ ރާއިނާއާ ދުރަށް ޖެހިލިއެވެ. “ދާންވީނު؟ އަހަރެން ރެޑީ” ރާއިނާ ބުންޏެވެ. ޒިޔާން ހިތްހަމަ ނުޖެހިފައިހުރެ ދުރު ބަލާލިއެވެ. އަށް މަސް ކުރިން ޒިޔާންގެ ކުރީގެ ސެކްރެޓަރީ ހައިފާ ވިހެއުމަށްފަހު އޮފީހުން ކެނޑުމުން އެ މަގާމަށް […]
ޒިޔާން އައި ރުޅީގައި ތަނުގައި ތިބި ބަޔަކާ މެދުވެސް ވިސްނާލުމެއް ނެތި އެވަގުތު ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރު ކޮށްލިއެވެ. ޝަރީފް އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ނަމަވެސް ޝާއިރާއަށް އަނގައިން ނުބުނެ ނުހުރެވުނެވެ. “އާމިރުއާ މެދު ޒިޔާން ވިސްނި ވަރުން ދޯ އޭނަ މަރުވިތާ އަހަރެއް ވީ އިރަށް އިފާއާ އިނީ؟ ކާކަށް އެނގެނީ ތީ—” ޝާއިރާއަށް އޭނަ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. “ދައްތާ!” “ޝާއިރާ!” “މަންމާ!” އިފާޝާއާއި ޝަރީފްއާއި މާއިރާއާއި […]