ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެވުމާއެކު ނީނާއަށް ހުއްޓެވުނެވެ. މޭޒުމަތީ އިށީނދެގެން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް ގައިގައި ބައްދާލައިގެން ރާއިފް ހުއްޓެވެ. އެއަންހެން ކުއްޖާއަށް ނީނާ ފެނުނީ އިރުކޮޅެއް ފަހުންނެވެ. “ރާއިފް… ދޫކޮށްބަލަ…” ނީނާ ފެނުމުން އެއަންހެން ކުއްޖާ ބުންޏެވެ. ނަމަވެސް ރާއިފް އޭނަ ދުލެއް ނުކުރިއެވެ. “ރާއިފް…” ދޮރަށް އިޝާރާތް ކޮށްލާފައި އަންހެން ކުއްޖާ ބުންޏެވެ. ރާއިފް އެނބުރި ބަލާލިއެވެ. ނީނާ ފެނުމާއެކު ރާއިފް އަންހެން ކުއްޖާ ދޫކޮށްލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ނީނާއަށް ބަލާލާފައި […]
ނީނާ ޖަވާބެއް ނުދީ އިސް ޖަހާލިއެވެ. އެވަގުތު ނީނާއަށް ވީ ގޮތް ނީނާ އަމިއްލައަށް ބުނާނެ އެންމެ ފަހު މީހަކީ ރާއިފްއެވެ. ނީނާ ހާސްވެފައި އިން ވަރުން ރާއިފް ރުޅި މަޑުކުރިއެވެ. އެދުވަހު ނީނާއާ ދިމާއަށް ވަރަށް އެއްޗެހި ކިއިއްޖެއެވެ. ނީނާ އެހާ ހާސްވެފައި އެއިނީވެސް އެކަމާއޭ ހިތަށް އަރާ ރާއިފް އިތުރު އެއްޗެއް ނުބުނެ މަޑުން އިނެވެ. “ނީނާ މިއަދު ދެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު. މާދަން ދޫކޮށްލާފަ އަނެއް ދުވަހު އޮފީހަށް އާދޭ” […]
“އެއްޗެއް އަހާލަންތަ؟” ނީނާ އަހާލިއެވެ. ރާއިފް ނީނާއަށް ބަލާލާފައި ބޯޖަހާލިއެވެ. “ބައްޕަ ދޫކޮށްލަންދެން އަހަރެން…” ނީނާއަށް ބުނާކަށް ނުކެރުނެވެ. “އާނ… ކޮންމެސް ގޮތެއް ހަދަން ޖެހޭނީ ދޯ؟” ވިސްނާލަމުން ރާއިފް އަހާލިއެވެ. “މެންދުރު ފަހުގަ ނަޔަސް ހެޔޮތަ؟ މުސާރައިން ކެނޑޭގޮތަސް ވިޔަސް ހެޔޮ” ނީނާ ބުންޏެވެ. “އެކަމަކު އޭރުން—” ރާއިފް އެއްޗެއް ބުނަން އުޅުނެވެ. “ބައްޕަ ހޮސްޕިޓަލުގަ ބާއްވާފަ އަހަންނަށް ދުވާލު އެކީ މިތާ ހުރެވޭނެތަ؟” ރާއިފްގެ ވާހަކަ މެދު ކަނޑާލަމުން ނީނާ ރުޅިއައިސްފައި އަހާލިއެވެ. ނީނާ […]
ނީނާގެ މޫނު ރަތްވެގެން ދިޔައެވެ. އެއްޗެއް ނުބުނެވެނީސް ފޮޓޯގައި އެވާ މީހާގެ އަސްލު އައިސް ނީނާމެންގެ ކުރިމައްޗަށް ހުއްޓުނެވެ. ރާއިފް ނީނާމެންގެ ކުރިމައްޗަށް ހުއްޓިފައި އެމީހުންނަށް ބަލާލިއެވެ. ނީނާގެ މޫނަށް ބަލާލުމާއެކު ރާއިފްގެ ހަރަކާތް އިރުކޮޅަކަށް ހުއްޓުނެވެ. ނީނާގެ ރީތިކަން އެވަގުތު ރާއިފްއަށް ފާހަގަ ކުރެވުނެވެ. ނީނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ރާއިފްއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ފެނުނު ކޮންމެ ސިފައަކާމެދު ރާއިފް ހިތްހަމަ ޖެހުނެވެ. ނީނާގެ ދިގު އިސްތަށިގަނޑެވެ. އެންމެ ދޮން ނޫން މޫނާ […]
ނީނާގެ އަތުގައި ހިފައިގެން ރަޝީދު ހިނގަން ފެށިއެވެ. “ބައްޕާ، ކޮންތާކަށް މިދަނީ؟” ނީނާ އަހާލިއެވެ. “މިދަނީ މޫދު ބަލާލަން، ދަރިފުޅު ވަރަށް މޫދު ކައިރިއަށް ދާހިތްވެއެއްނު ދޯ؟” ރަޝީދު ނީނާއަށް ޖަވާބު ދިނެވެ. “އާނ… އެކަމަކު ބައްޕައާ އެކީ އެކަނި ދާން ކެރޭނީ” ނީނާ ބުންޏެވެ. “އެހެންތަ؟” ރަޝީދު ހިނިއައިސްފައި ނީނާއަށް ބަލާލިއެވެ. އިރުކޮޅަކު ދެބަފައިން ވެސް ވާހަކަ ނުދައްކާ ތިބެ ކުރިޔަށް ދިޔައެވެ. “ނީނާ، ދަރިފުޅަށް ދިހަ އަހަރު ވާދުވަހު ހަދިޔާއަކަށް ބޭނުމީ […]
“ހެޔޮ ނުވާނެ ޝާނީ… ތެދުވެބަލަ! ނޭނގެނީތަ އަހަރެން ލޯބިވާ ވަރު… އަހަންނަށް މިވާގޮތް ނޭނގެނީތަ؟ ޝާނީ ޕްލީޒް… އައި ކާންޓް ސްޓޭންޑް ދިސް… އިޓްސް ކިލިންގ މީ…” މާއިޒް ޝާނީގެ އެނދުގަ ބޯ ޖައްސައިގެން އޮވެ މަޑުމަޑުން ބުނެލީ އިތުރަށް ކެތް ނުކުރެވިގެންނެވެ. “ތިހާ ފަސޭހައިން އަހަންނާ ވަކިވާކަށް ނުކެރޭނެ މާއިޒްއަކަށް…” އެއަޑު މާއިޒްއަށް އިވުނެވެ. ނަމަވެސް ގަބޫލެއް ނުކުރެވުނެވެ. އެވަގުތު ޝާނީ މާއިޒްގެ އަތަށް ފިތާލިއެވެ. އިވުނު އަޑަށް ވުރެ ބޮޑަށް މާއިޒްއަށް އިތުބާރު […]
“އަވަހެއް ނޫން، މާ ލަސްވެސް ވެއްޖެ… އަހަރެން ކިތަންމެ ދުވަހަކު މާއިޒް ކައިރީ ތި ވާހަކަ ދައްކަން ހިތަށް އަރާ، ޕާސްޓް ދޫކޮށްލާށޭ… އެހެން ނޫނީ މާއިޒް ލައިފް އާއިގެން ކުރިޔަށް ދާނީ ކިހިނެއް؟” ފިރާޒް ބުންޏެވެ. “އަހަންނަށް ފުރަތަމަ އޭނަ ފެނުނީމަވެސް… އެކަމަކު އެކަމާ އޭރު ފާޑަކަށް ރުޅި އާދެވުނީ، އެހާ އަވަހަށް އެކަހަލަ އެއްޗެއް ހިތަށް އަރުވާކަށްވެސް ބޭނުމެއް ނުވި. އެކަމަކު…” މާއިޒް އެ ވާހަކަތަށް ފިރާޒްއަށް ކިޔާދޭން މަސައްކަތް ކުރިއެވެ. “އަވަހެއް ނޫނޭ […]
“ތިދެމެދަށް މާއިޒްގެ ޕާސްޓް ނުވަންނާނެ ކަން ޔަގީންތަ؟” ޝިއުނާ އެހިއެވެ. “ޝިއުނާ އަންޑަރސްޓޭންޑް ވާނެ ކަމަށް ހީކުރަން، އަހަރެން ޝިފްޒާ ދެކެ ވަރަށް ލޯބިވީން… މިހާރުވެސް ވޭ، އަހަރެން ހިޔެއް ނުކުރަން އެހެން ކުއްޖަކު ދެކެ ދުވަހަކުވެސް ދެން ލޯބި ވެވިދާނެ ކަމަކަށް… އެކަމަކު ޝާނީ ފެނުނީމަ… ނޭނގެ މި ފީލިންގްސް ބުނެދޭނެ ގޮތެއް… އަހަރެން ދުވަހަކުވެސް ޝިފޫ މަތިން ހަނދާނެއް ނުނެތޭނެ، އެކަމަކު އަހަރެން ދެން ޝާނީއާ ނުލާ އުޅެން ވެއްޖެއްޔާ ހީވާނީ ހިތާ ނުލާ […]
“ހިތުގަ އޮންނަ އެއްޗެއް ބުނަން އެހާ ފަސް ޖެހޭ ކުއްޖެއްތަ ތީ؟ އަޅެ ބުނެބަލަ، ވާ ގޮތެއް އެނގިދާނެއެއްނު؟” ޝާނީ ބުނާ ކޮންމެ އެއްޗަކަށް ހިތާހިތުން ތައްޔާރު ވެލަމުން މާއިޒް ބުންޏެވެ. ނަމަވެސް ޝާނީ އެއްޗެއް ނުބުންޏެވެ. “ޝާނީ…؟ ކީށްވެތަ އެއްޗެއް ނުބުނެ ތީނީ؟” މާއިޒް ފުރަތަމަ ފަހަރަށް ޝާނީގެ ނަމުން މުޚާތަބް ކުރިއެވެ. ޝާނީ ހީލިއެވެ. މާއިޒްގެ ދުލުން ޝާނީގެ ނަން ބުނި އަޑު އިވުމުން ބުނެދޭން ނޭނގޭ ހަމަޖެހުމެއް ހިތަށް ލިބުނެވެ. “ކޮންކަމަކާ ތި […]