Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 1

Marsha
February 3, 2016
7 Mins Read
78 Views
20 Comments

“ދެން ޒިޔާން، އާއެކޭ ބުނެބަލަ! ކިހާ ދުވަހެއްތަ އަހަރެން އާދޭސް ކުރާތާ؟ ޕްލީޒް…” އާމިރުއާ އިފާޝާ ޒިޔާންމެން ގެޔަށް ވަދެގެން އައިއިރު މާޔާގެ އަޑު އިވުނެވެ.

“ކިހާ ދުވަހެއްތަ ވީ؟ މަށަކަށް ހިއެއް ނުވޭ އަދި މާ ގިނަ ދުވަސް ވީ ހެންނެއް” ސަމާސާ ރާގަކަށް ޒިޔާން ބުންޏެވެ.

“ހަފްތާއެއް މިވަނީ، އެއީ ގިނަ ދުވަހެއް ނޫންތަ؟” މާޔާ އަހާލިއެވެ.

“އެބުނާހެން. އެއީ ކިހާ ދުވަހެއް ޒިޔާން؟ މާޔާ ކަމަކު ބުނެގެން ޒިޔާން އެކަމެއް ނުކޮށްދީ ހުންނަން އެއީ ކިހާ ދުވަހެއް؟” އާމިރު މާޔާއާ ދިމާ ކޮށްލުމުގެ ގޮތުން އެހެން ބުނަމުން އިފާޝާއާ އެކީ އެތެރެއަށް ވަނެވެ.

“އާމިރު!”

“އިފާ!”

އާމިރުއާ އިފާޝާ ފެނުމާ އެކީ ޒިޔާންއާ މާޔާ އެކުއެކީގައި ގޮވާލިއެވެ.

“ކޮން ކަމަކުތަ ޒިޔާން މާޔާ ލައްވާ ތިވަރަށް ތި އާދޭސް ކުރުވަނީ؟” އިށީނދެފައި އާމިރު އަހާލިއެވެ.

“އަހަރުމެން އިނދެގެން ފަސް އަހަރު ވީއިރުވެސް ޒިޔާންއަކަށް އަހަރެން ގޮވައިގެން ބޭރަށް ގޮސްލާނެ ވަގުތެއް ނުވޭ، އަބަދު ބިޒީބިޒީބިޒީ…” މާޔާ ޝަކުވާ ކޮށްލިއެވެ.

“ހަނީ މޫން ހަނދާން ނެތުނީތަ؟” އާމިރު އަހާލިއެވެ.

“އެއީ ދެން މާ ކުރިއެއްނު؟ އޭގެ ފަހުން ފަސް އަހަރު މިވީ، ހަމަ ވަގުތެއް ނުވެގެން…” ޒިޔާންއާ ދިމާއަށް ބަލަން އިނދެ މާޔާ އާމިރުއަށް ޖަވާބު ދިނެވެ.

“ވަގުތު ނުވަންޏާ ބުނެވޭނީ އެހެންނެއްނު؟ މާޔާ އާމިރު ކައިރީ އަހާބަލަ، އޭނަވެސް ބުނާނެ ބިޒީއޭ” ޒިޔާން ބުންޏެވެ.

“އަހަރެންވެސް ގަބޫލު ކުރަމޭ ބިޒީވާނެ ކަން. އެކަމަކު އަމިއްލަ ކަންތައްތަކަށްވެސް ވަގުތު ހޯދަން ވާނެއެއްނު؟ ހެޔޮ! ކޮންމެ ގޮތެއް ވިޔަސް މިފަހަރު ޒިޔާން އެއްބަސް ނުވަނީސް އަހަރެން ހުއްޓައެއް ނުލާނަން. އަންނަ އަހަރު ޒާ ސްކޫލަށް ވެއްދީމަ ދެން އަދި ވަކިން އުނދަގޫ ވާނެ ތަނަކަށް ދާން، ޕްލީޒް ޒިޔާން…” މާޔާ ޒިޔާންގެ އަތުގައި ހިފާލަމުން ބުންޏެވެ.

“ކީކޭ ބުނާނީ؟ މާޔާއެކޭ ޒާއެކޭ އެއްވަރެއްނު؟ މިހާރު ހަފްތާއެއް މިވީ މާޔާ އަހަރެން ކައިރީގަ ‘ޒިޔާން، ހިނގާބަލަ އަހަރުމެން ގޮވައިގެން ރާއްޖޭން ބޭރަށް ގޮސްލަން’ އެހެން ކިޔާތާ” އާމިރުއަށް ބަލާލަމުން ޒިޔާން ކިޔާދިނެވެ.

“ދެން އެއްބަސް ވެބަލަ! އާއެކޭ ބުނެބަލަ!” ޒިޔާން ގައިގައި ލެނގިލަމުން މާޔާ ބުނެލިއެވެ.

“އެބުނާހެން ދެން މާޔާ އެވަރަށް ކިޔަންޏާ ޒިޔާން އެއްބަސް ވެބަލަ” އާމިރުވެސް މާޔާއާ އެއްކޮޅަށް ބުރަވިއެވެ.

“ޕްލީޒް ޒިޔާން… އާމިރުވެސް އެބުނީނު؟ ދެން އާއެކޭ ބުނެބަލަ…” މާޔާ އަނެއްކާވެސް އެދުނެވެ.

“މާޔާއަށް ތިވަރު ވަންޏާ ދެން ޖެހޭނީ އެއްބަސް ވާކަށްނު؟ މައި ވަން އެންޑް އޮންލީ ވައިފް ވިއްޔަ” މާޔާގެ ކޮނޑުގައި އަތް އަޅުވާ ޒިޔާންއާ ކައިރި ކޮށްލަމުން ޒިޔާން އެންމެ ފަހުން ގޮތްދޫކުރިއެވެ.

“އެނިމުނީއެއްނު؟ މާޔާ ބުނާ ކަމެއް ނުކޮށްދީ ގިނަ އިރަކު ޒިޔާންއަކަށް ކެތެއް ނުވާނެ. ޒިޔާން އަންނަން ދެން އަހަރެން މެނޭޖެ ކުރާނަން، ހަމަޖެހިލައިގެން ގޮސް މާޔާ ހިތް ފުރޭވަރު ވީމަ އާދޭ” އާމިރު ބުންޏެވެ.

“އުހޫނ… އާމިރުމެންވެސް ދާން ވާނެ. އާމިރު ބުނެބަލަ، އިން ފަހުން އިފާ ގޮވައިގެން އެއްފަހަރުވެސް ތަނަކަށް ގޮސްލިންތަ؟ އިފާ، ބުނެބަލަ، މިހާރު ނުދިޔައިއްޔާ ފަހުން އާމިރުއަށްވެސް ވާނީ ޒިޔާންއަށް މިވާ ވަރު” މާޔާ ތެދުވެގެން ގޮސް އިފާޝާ ކައިރީ އިށީންނަމުން ބުންޏެވެ.

“ނޫނޭ، ޒިޔާންވެސް ނެތިއްޔާ އާމިރުއަށް ދާން އުނދަގޫ ވާނެ، އަހަރުމެން އެހެން ފަހަރަކުން ދާނީ” އެހާ އިރު ވަންދެން އެއްޗެއް ނުބުނެ އިން އިފާޝާ އެއްޗެއް ބުންޏެވެ.

“އާމިރު! އެހެން ނަހަދާ… ޒިޔާން ބުނެބަލަ!” މާޔާ ޒިޔާންގެ އެހީއަށް އެދުނެވެ.

“ތެދެއް އާމިރު، ހިނގާ ގޮސްލަން” ޒިޔާންއަށްވެސް އެޚިޔާލު ކަމުދިޔައެވެ.

“ނޫނޭ، އަސްލުވެސް އަހަރުމެން ދެމީހުން ނެތީމަ ވަރަށް ދަތި ވާނެ” އާމިރު ދެކޮޅު ހެދިއެވެ.

“ސާބަސް! އާމިރުއާ ޒިޔާން ނެތަސް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ތިކޮމްޕެނީ ބަންދު ކުރާ ވަރެއް ނުވާނެޔޭ” މާޔާ ބުނެލިއެވެ.

“ދޭ ދެކުދިން ދެވަނަ ހަނީ މޫނެއް ހަދާލާފަ އަންނަން. އޯކޭއޭ ޒާ ބަހައްޓާފަ ދިޔަޔަސް، ދޯ އިފާ؟” އާމިރު އިފާޝާއަށް ބަލާލާފަ ބުންޏެވެ.

“އާނ، އަހަރެން ކައިރީ ޒާ ބަހައްޓާފަ ގޮސްލާފަ އާދޭ” އިފާޝާވެސް އެއްބަސް ވިއެވެ.

“އުހޫނ… އިފާމެންވެސް ދާން ވާނީ. އޭރުން ކިހާ މަޖާ ވާނެ؟” މާޔާ ބޭނުންވީ އެމީހުންނާ އެކު އިފާޝާއާ އާމިރުވެސް ދާށެވެ.

“ދެން އެހެން ފަހަރަކުން އެންމެން އެކީ ދާނީ، މިފަހަރު މާޔާމެން ގޮސްލާ” އާމިރު ބުންޏެވެ.

“ހިނގާ ދެން ގޮސްލަން. މާޔާ ބުނާހެން ހަފްތާއެއްހާ ދުވަސް އަހަރުމެން ނެތި ދިޔަޔަސް ކޮމްޕެނީ ބަންދެއް ނުވާނެޔޭ. އިފާ، ބުނެބަލަ އާމިރު ކައިރީ، މާޔާ ކިޔާ ވަރަށް ކިޔާބަލަ، އޭރުން އާމިރުއަކަށްވެސް ނުކެރޭނެ ދެކޮޅު ހަދާކަށް” ޒިޔާން އިފާޝާއަށް ބުންޏެވެ.

“ތެދެއް އިފާ؟ ދާންވީ؟” އާމިރު އަހާލިއެވެ.

ދެން ދާނީ ދޯ!” އިފާޝާވެސް އެއްބަސް ވިއެވެ.

“މިނިމުނީނު؟” ޒިޔާން ބުނެލިއެވެ.

މާޔާ ހަޅޭ ލަވައިގެންފައި އިފާޝާ ގައިގައި ބައްދާލިއެވެ.

“ކޮބާ ޒާ މިއަދު؟ ނުވެސް ފެނޭ” އިފާޝާ ސުވާލު ކޮށްލިއެވެ.

“ދޮންތަމެން ގެޔަށް ގޮސްވީ. ޒިޔާން، އިރު ނޯއްސެނީސް ދައްޗޭ ޒާ ބަލާ” ކުއްލިއަކަށް ހަނދާން ވެގެން ބުނާ ކަހަލަ ގޮތަކަށް މާޔާ ބުނެލިއެވެ.

ޒިޔާން އާމިރުއަށް ބަލާލަމުން އެއްލޯ މަރާލިއެވެ.

“ފެނުނޭ އިނގޭ! އިފާ، ހިނގާ ސައިބޯން” މާޔާ ބަދިގެއާ ދިމާއަށް ދަމުން ބުންޏެވެ.

ސައިބޯން ތިބި އިރު ހަތަރު މީހުންގެ މެދުގައި ދެކެވުނީ ކުރަން އުޅޭ ދަތުރުގެ ވާހަކައެވެ. ދާނެ ދުވަހާ، ދާނީ ކިހާ ދުވަހަކަށް ކަމާ، ދާނެ ތަނަކާ މެދު މަޝްވަރާ ކުރުމުގައި އެތައް އިރަކު އެމީހުން ތިއްބެވެ. ހައެއް ޖެހުމުން އާމިރުއާ ޒިޔާން އެކީ ބޭރަށް ދިޔަ ފަހުންވެސް މާޔާއާ އިފާޝާ ތިބީ އެވާހަކައިގައެވެ.

 

އިފާޝާއާ މާޔާ ފުރަތަމަ ބައްދަލުވީ ހަ އަހަރު ކުރިން ދެމީހުން ހެދި ކޯހެއްގެ ސަބަބުންނެވެ. ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެންވެސް ދެމީހުންގެ މެދުގައި ވަނީ ޚާއްސަ ރަހުމަތްތެރި ކަމެއް އުފެދިފައެވެ. އެރަހުމަތްތެރިކަން އިތުރަށް ބަދަހި ވެގެން ދިޔައީ ދެމީހުންގެ ދިރިއުޅުން އެއްގޮތް ކަމުންނެވެ.

އިފާޝާގެ އުމުރުން ހަތަރު އަހަރުގައި އިފާޝާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އަދި ސްކޫލް ނިމުނު ތަނާ މަންމަވެސް ނިޔާވުމާ އެކު އިފާޝާ މާލެ އައީ މަންމަގެ އެންމެ ގާތް ރަހުމަތްތެރިޔާ ހުސްނާގެ އެދުމަށް އެގެޔަށެވެ. ކޯހުގައި ބައިވެރި ވުމަށް ޚިޔާލު ދިނީ ހުސްނާއެވެ. އޭރު އައި ގޮތަށް އިފާޝާ ހުސްނާގެ އެދުމަށް ރަށަށް ނުގޮސް މަޑު ކުރީ ރަށުގައި ތިމާގެ އިތުރު މީހަކު ނެތުމާވެސް އެކުގައެވެ.

މާޔާގެވެސް މަންމައާއި ބައްޕަ ވަނީ ނިޔާ ވެފައެވެ. މާޔާގެ ބައްޕައަކީ މާލޭ މީހެއް ކަމުން މާޔާއާ، އެއްބަނޑު އެއްބަފާ ދައްތަ  ސާދާ ދިރި އުޅެނީ މާލޭގައި ބައްޕަގެ ގޭގައެވެ.

މާޔާއާ އިފާޝާ ކޯހުގެ ތެރެއިން ބައްދަލުވެ، ދެމީހުންގެ ދިރިއުޅުމުގައި ކަންތައް ވެފައިވާ ގޮތް އެކަކު އަނެކަކާ ހިއްސާކޮށް، ދެމީހުންގެ މެދުގައި އުފެދުނު ރަހުމަތްތެރި ކަމުގައި ސާދާއާވެސް އިފާޝާއާ ބައްދަލު ވިއެވެ. ކޯސް ނިމުނު ފަހުންވެސް ދެމީހުން އެކުވެރި ކަމުގެ ގުޅުން ކަނޑައެއް ނުލައެވެ.

އޭގެ އިތުރުން އިފާޝާއާ މާޔާ، އެހާ ގާތް ދެ ރަހުމަތްތެރިންނާ ކައިވެނި ކުރުންވެސް ވެގެން ދިޔައީ އެއެކުވެރި ކަމަށް ލިބުނު އިތުރު ބާރެއް ކަމުގައެވެ.

އާމިރުއާ ޒިޔާންއަކީ ކިޔަވަން އުޅުނު އިރުން ފެށިގެން ބެސްޓް ފްރެންޑުންނެވެ. އާމިރުއަކީ މާލޭ ދެމަފިރިއެއްގެ ދަރިއެކެވެ. އާމިރުގެ އުމުރުން އަށް އަހަރުގައި މަންމަ ނިޔާ ވުމަށް ފަހު އާމިރުގެ ބައްޕަ ޝަރީފް އެހެން ކައިވެންޏެއް ކޮށް ދެ އަންހެން ކުދިން ލިބިފައި ވެއެވެ.

ޒިޔާންއަކީ ރާއްޖެތެރޭ ދެމަފިރިއެއްގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. މާތަނަވަސް އާއިލައަކަށް ނުވުމުން ދޮއްޓަށް ތިބި ޒިޔާދުއާ ޒައިދު ކިޔަވަން މާލެއަށް ނުފޮނުވުނު ނަމަވެސް އެދެކުދިން ކިޔަވާ ނިމި ވަޒީފާއަށް ދާން ފެށުމުން ޒިޔާން ކިޔެވުމަށް މާލެއަށް ފޮނުވީ އެދެކުދިންގެ އެދުމުގެ މަތިންނެވެ.

ކިޔަވާ ނިމުމުން އާމިރުއާ އެކު އަމިއްލަ މަސައްކަތެއް ފަށާ، އެކަމުން ރަނގަޅު ފައިދާ ވާން ފެށުމުން އާއިލާ އެކީގައި މާލެއަށް ދިރިއުޅުން ބަދަލު ކުރުމަށް ޒިޔާން އެދުނެވެ.

ނަމަވެސް ރަށް ދޫކޮށްލާފައި މާލެ އަންނާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް ޒިޔާން މަންމައާ ބައްޕައާ އެއްބަނޑު އެއްބަފާ ކުދިންނަށް ހުރިހާ ގޮތަކުންވެސް އެހީވެއެވެ. ބޭނުންވާ އެއްޗެހި ބަރާބަރަށް ފޮނުވާ ހަދައެވެ. އަދި މަދުވެގެން އަހަރަކު އެއްފަހަރު ރަށަށް ދެއެވެ. އާއިލާގެ އެންމެންވެސް ޗުއްޓީގައި މާލެއަށް ގެނެއެވެ.

މާޔާއާ އިފާޝާ ބައްދަލު ވީއިރުވެސް ޒިޔާންއާ މާޔާގެ މެދުގައި ވަނީ ލޯބީގެ ގުޅުން ފެށިފައެވެ. އޭރު ދެމީހުން ތިބީ ކައިވެނި ކުރަން ނިންމައިގެންނެވެ. އާމިރުއާ އިފާޝާ ބައްދަލުވީ އެދެމީހުންގެ ސަބަބުންނެވެ. އާމިރުއަށް އިފާޝާ ފެނުނު ފުރަތަމަ ފަހަރުވެސް އާމިރުގެ ހިތުގައި އިފާޝާގެ ނަން ލިޔެވުނެވެ. އެދެމެދުގައި ގުޅުމެއް އުފެދުނީ މާޔާއާ ޒިޔާންގެ ކައިވެނި ކުރެވުނު ދުވަހުއެވެ.

އެކަކު އަނެކަކަށް ޓަކާ ހިތުގައިވާ އިހުސާސްތަކާ މެދު އެއްވެސް ޝައްކެއް ނުވާތީ އިފާޝާއާ އާމިރު މާގިނަ ދުވަހު މަޑު ކުރަން ނަހަދާ އެގުޅުމަށް ހަތްމަސް ވީތަނާ ކައިވެނި ކުރިއެވެ.

މާޔާއާ ޒިޔާންގެ ކައިވެންޏަށް ދެއަހަރު ވާން އުޅެނިކޮށް އެދެމީހުންގެ ފުރަތަމަ ދަރިފުޅު އުފަންވިއެވެ. ޒާޔާ ވެގެން ދިޔައީ ހަމަ އެކަނި މާޔާއާ ޒިޔާންގެ ދަރިއަކަށް ނޫނެވެ. އިފާޝާއާ އާމިރުވެސް ޒާޔާ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ވަކިން ޚާއްސަކޮށް އިފާޝާ ޒާޔާ ދެކެ ލޯބިވެއެވެ. ބައެއް ފަހަރު މާޔާއަށް ވުރެންވެސް ބޮޑަށް ޒާޔާ ދެކެ ލޯބިވަނީ އިފާޝާ ހެންވެސް ހީވެއެވެ. ޒާޔާގެ އުމުރުން ތިން އަހަރުވީ އިރު މާޔާ ކައިރީ ހުންނަ ވަގުތަށް ވުރެން ގިނަވާނީ ޒާޔާ އިފާޝާ ކައިރީ ހުންނަ ވަގުތެވެ. އިފާޝާ ޒާޔާ ދެކެ އެހާ ލޯބިވަނީ އިފާޝާއާ އާމިރުގެ ކައިވެންޏަށް ހަތަރު އަހަރުވީ އިރުވެސް ކުއްޖަކު ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ.

ޒާޔާއާ އިފާޝާގެ މެދުގައިވާ ގުޅުމަށް މާޔާ އަދި ޒިޔާންވެސް އެއްވެސް ހުރަހެއް ނާޅައެވެ. އިފާޝާގެ ހިތުގެ ހާލު އެންމެ ރަނގަޅަށް އެނގޭ މީހަކަށް މާޔާ ވާނެއެވެ. އަމިއްލަ ދަރިއަކަށް އިފާޝާގެ ހިތް އެދޭ ވަރު މާޔާއާ ޒިޔާންއަށް އެނގެއެވެ.

“އިފާ މަންމާ!” ވާހަކައަށް ގެއްލިފައި ތިބި މާޔާއާ އިފާޝާ ސިހުނީ ޒާޔާގެ އަޑަށެވެ.

“ޒާ!” އިފާޝާވެސް ގޮވާލިއެވެ. ޒާޔާ ފެނުމާ އެކު އިފާޝާގެ މޫނު އުޖާލާ ވެގެން ދިޔައެވެ. ޒާޔާ ދުވެފައި އައިސް އިފާޝާ ގައިގައި ބައްދައިގަތެވެ.

“އިފާ މަންމަ ނުވެސް އާދޭ ޒާ ކައިރިއަކަށް، ބައިވަރު ދުވަސް ވެއްޖެ މިހާރު” ޒާޔާ އޭނަގެ ޅައަޑުން ޝަކުވާ ކޮށްލިއެވެ.

“ޒާ ތިބުނީ އިފާ މަންމަ ނާދެޔޭ، މިއަދުވެސް ކިހާ އިރެއް ވެއްޖެ އިފާ މަންމަ ޒާ އާދޭތޯ އިންނަތާ؟ މަންމި ކައިރީ އަހާލަބަލަ. ޒާ ބޭރަށް ދިޔަޔަސް އަވަހަށް އަންނަން ވާނެއެއްނު؟ އިފާ މަންމަ ކިރިޔާ ފޫހި ވެގެން މަރުނުވީ” ޒާޔާ ގައިގައި ބައްދާލައިގެން އިނދެ އިފާޝާ ބުންޏެވެ.

“ހޫނ… ދެން އިފާ މަންމަ ފެނުނީމަ މަންމި މަތިން ޒާ ހަނދާންވެސް ނެތް ދޯ؟” ޒާޔާއާ އިފާޝާއަށް ބަލަން އިން މާޔާ ތުން ދަމާލާފައި ޒާޔާއަށް ބުންޏެވެ.

ޒާޔާ އިފާޝާގެ އުނގުގައި އިނދެފައި މާޔާގެ ކޮލަށް ދޮނެއް ދިނެވެ. އެމަންޒަރު ފެނުމުން މާޔާގެ އިތުރުން ޒާޔާގެ ފަހަތުން ގެޔަށް ވަދެގެން އައި އާމިރުއާ ޒިޔާންވެސް ހޭން ފެށިއެވެ.

“އިފާ މަންމަ ފެނުނީމަ ދެން ކޮން މަންމައެއްތަ؟ ދޯ ޒާބޭބީ؟” ޒިޔާން ބުނެލިއެވެ.

“ދޮންތަމެން ގޭން ކައިގެންތަ ޒާ ތިއައީ؟” ޒިޔާންއާ އާމިރު ބޭރަށް ދިޔުމުން މާޔާ އެހިއެވެ.

“ދޮންތަ ކާން ދިން ޒާއަށް ބޮޑުބޮޑު ބަތް ތައްޓެއް” ދެއަތުން ބަތްތަށީގެ ސައިޒް ދައްކާލަމުން ޒާޔާ ބުނެލިއެވެ.

“އެހެން ވިއްޔާ ދެން ހިނގާ ނިދަން” މާޔާ ތެދުވަމުން ބުންޏެވެ.

“އިފާ މަންމައާ އެކީ” ޒާޔާ އިފާޝާގެ ކަރުގައި އަތް އަޅުވާލިއެވެ.

“ހަމަ ތެދެއް މިބުނީ، މިކުއްޖާ އިފާ ހުއްޓާ އަހަންނަށް ބަލާވެސް ނުލާނެ. ހެޔޮ ވާނެ އަހަރެން ދުވަހަކު ނެތަސް!” ޒާޔާގެ ނޭފަތުގައި ހިފާލަމުން މާޔާ ބުންޏެވެ.

“އެހެންނު ވާނީ، މީ އިފާ މަންމަގެ ބޭބީ ވިއްޔަ، ދޯ ޒާ؟” ދެއަތުގެ ތެރޭ ކުޑަކުޑަ ޒާޔާ ފިއްތާލަމުން އިފާޝާ ބުންޏެވެ.

“މާދަން އަހަރެން މަރު ވިޔަސް އަހަރެން ނުޖެހޭނެ ޒާއާ ދޭތެރޭ ހާސް ވާކަށް، އަހަންނަށް އެނގޭ އަބަދުވެސް އިފާ އަހަރެންގެ ޒާ ބަލާނެ ކަން” މާޔާ އެފަދަ ކޮންމެ ވަގުތެއްގައި ބުނެލާ ބަސް އެވަގުތުވެސް ބުނެލިއެވެ.

“މާޔާ! އަހަރެން ކިތައް ފަހަރު ބުނެފިންތަ ތިހެން ނުބުނާށޭ؟ އެވަރަށް ބުނާ އިރުވެސް ދެނޭވާ ލާފަ މާޔާ އެކަހަލަ ވާހަކަ ދައްކާނެ” މާޔާ ބުނި އެއްޗަކުން އިފާޝާ ހިތްހަމަ ނުޖެހުނެވެ.

“ދެން މަގޭ އިފާ ގަނޑާ، ރުޅި ނާދެބަލަ! އެއީ އެހެން ބުނާ އެއްޗެއް ނޫނޭ. އަޅެ ބުނެބަލަ، އަހަންނަށް ގޮތެއް ވެއްޖެއްޔާ އިފާ ޒާ ނުބަލާނަންތަ؟” އިފާޝާގެ ކޮނޑުގައި އަތް އަޅުވާލަމުން މާޔާ އަހާލިއެވެ.

“މާޔާއަށް ގޮތެއް ނުވިޔަސް އަހަރެން ޒާ ބަލާފާނަމޭ. ދެން އެހެން ނުބުނާތި!” އިފާޝާ ހަރުކަށި ރާގަކަށް ބުނެލިއެވެ.

“އާނ! ދެން ނުބުނާނަން އެހެންނެއް. ދެން ބުނާނީ އަހަންނަށް ކަމެއް ވީ ދުވަހަކުން ޒިޔާންއާ މެރީ ކުރާށޭ” ހީގެންފައި މާޔާ އިފާޝާއާ ދުރަށް ޖެހިލަމުން ބުންޏެވެ.

“މާޔާ ހަސަން!” ޒާޔާ ސޯފާގައި ބައިންދާފައި އިފާޝާ ކުޝަންއެއް ނަގާ މާޔާއާ ދިމާއަށް އެއްލިއެވެ.

“ޖަސްޓް ޖޯކިންގ…” ދެކަންފަތު ފޫޅުގައި ހިފާލަމުން ހިނި އައިސްފައި މާޔާ ބުންޏެވެ.

“އެންމެ ރަނގަޅޭ… އެކަމަކު ތިހެން ބުނި އިރު މާޔާ އެއްކަމެއް މަތިން ހަނދާން ނެތިފަ ތިހިރީ. އާމިރުއަށް ކިހިނެއް ހަދާނީ؟” ހިނި އައިސްފައި މާޔާގެ ސަމާސާގައި އިފާޝާވެސް ބައިވެރި ވިއެވެ.

“ތެދެކޭ… އާމިރުއަށް ކޮންމެސް ގޮތެއް ހަދަން ޖެހޭނީ، ދޯ؟” މާޔާ ބުންޏެވެ.

އެއާއެކު އިފާޝާ މާޔާގެ އަތުގައި ވިކައިގަތެވެ.

“ސޮރީ ސޮރީ ސޮރީ…” މާޔާ ހެމުން ބުންޏެވެ.

އެއީ އެދެމީހުންގެ ރަހުމަތްތެރިކަމުގެ އެއްބައެވެ. މާޔާގެ މިޒާޖު ހުންނަ ގޮތުން އޭނަ އަބަދުވެސް ހުންނާނީ ކޮންމެވެސް މީހަކާ ދިމާ ކޮށްލަކޮށްލައެވެ. އިފާޝާ ނޫނީ އާމިރުއެވެ. ސާދާއެވެ. އެހެން ނޫނީ ޒިޔާންއެވެ. މާޔާގެ އެފަދަ ސަމާސާތަކާ މެދު އެކަކުވެސް ހިތް ބުރައެއް ނުކުރެއެވެ. އެއީ އޭނަގެ މިޒާޖު ކަން މާޔާ ދަންނަ އެންމެންނަށް އެނގޭތީއެވެ.

އިފާޝާގެ މިޒާޖު މާޔާއާ މުޅިން ތަފާތެވެ. އިފާޝާއަކީ މަޑުމައިތިރި މިޒާޖެއްގެ އަންހެން ކުއްޖެކެވެ. މާޔާ ފަދައިން ސަކަރާތް ޖަހާ ސަމާސާކޮށް އުޅުމަކީ އިފާޝާގެ އާދައެއް ނޫނެވެ.

އިފާޝާ އައިސް ޒާޔާ އުރާލިއެވެ.

“ހިނގާ އިފާ މަންމައާ އެކީ ނިދަން ދާން” އިފާޝާ ޒާޔާ ގޮވައިގެން އެތެރެއަށް ވަނެވެ. އެރޭ ޒާޔާއަށް ނިދެންދެންވެސް އެންމެ އިރުކޮޅަކަށްވެސް އިފާޝާ ދުރަށް ދިޔަކަ ނުދެއެވެ.

ދެހަފްތާ ފަހުން މާޔާއާ ޒިޔާންއާ ޒާޔާ އަދި އިފާޝާއާ އާމިރު އެކީގައި ދެހަފްތާގެ ޗުއްޓީއަކަށް މެލޭޝިޔާއަށް ދިޔައެވެ. އެދެ ހަފްތާގެ ކޮންމެ ދުވަހެއް ހޭދަވީ ސަކަރާތް ޖެހުމާ މަޖާ ކުރުމާ ތަންތަން ބެލުމުގައެވެ. ދުވަސްތައް ދިޔަ ގޮތްވެސް ނޭނގި މާލެއަށް ދިޔުމަށް ދެދުވަހަށް ވިއެވެ.

ފުރަން އޮތް ދުވަހުގެ ކުރީ ދުވަސް އެކީގައި ކަހަލަ ގޮތަކަށް އެމީހުން ހޭދަ ކުރީ ބާޒާރު ކުރުމުގައެވެ. އާއިލާގެ ކޮންމެ މީހަކަށްވެސް ތަފާތު ހަދިޔާ ގަތުމުގައި އިފާޝާއާ މާޔާ މުޅި ދުވަސް އެކީ ބާޒާރުގައި ހޭދަކުރިއެވެ. އެކަމާ ޒިޔާންއާ އާމިރު އެދެމީހުންނާ ދިމާވެސް ކުރިއެވެ. މާލެއަށް ގޮސް ވިޔަފާރި ފަށަން ވެގެން ބާޒާރު ކުރަނީއޭ ކިޔާފައެވެ.

ބާޒާރުކޮށް ނިމުނު އިރު އިރު އޮއްސިއްޖެއެވެ. މާޔާއާ އިފާޝާ އަދި ޒާޔާ ހޮޓެލްއަށް ލާފައި އާމިރުއާ ޒިޔާން ކޮންމެވެސް ކަމަކު ބޭރަށް ދިޔައެވެ.

 

އިފާޝާމެންގެ ކޮޓަރީ އެނދުމަތީގައި ޒާޔާއާ އެކީ ކުޅެން އިން އިފާޝާ، ސޯފާގައި ފުން ވިސްނުމަކަށް ގެއްލިފައި އިން މާޔާއަށް ބަލާލިއެވެ.

“މާޔާ؟” އިފާޝާ ގޮވާލިއެވެ.

މާޔާ ސިހިފައި ބަލާލިއެވެ.

“ކޮން ކަމަކާ ތިހާ ވަރަށް ތިވިސްނަނީ؟” މާޔާގެ ސިކުނޑީގައި ކޮންމެވެސް ކަމެއް އެބަ އުޅޭކަން އިފާޝާއަށް ވިސްނުނެވެ.

މާޔާ ޖަވާބެއް ނުދީ ހީލިއެވެ. އެހީލުމުން އިފާޝާއަށް މާޔާގެ މޫޑް ދެނެގަނެވުނެވެ. އިފާޝާއަށް ހީވި ހީވުން އެއީ ގޯހެއް ނޫން ކަން ޔަގީން ވިއެވެ. މާޔާ ކޮންމެވެސް ކަމަކާ ވަރަށް އުފާވެފައި އިންކަމާ، އެކަން އިފާޝާއާ ހިއްސާ ކުރަން ބޭނުން ވެފައި އިންކަން އިފާޝާއަށް އެނގުނެވެ.

އިފާޝާ އެނދުން ފައިބައިގެން އައިސް މާޔާ ކައިރީ އިށީނެވެ.

“ކޮން ކަމެއް ހިތުގަ ފޮރުވައިގެން ތިއުޅެނީ؟ އަވަހަށް ބުނަންވީ އިނގޭ!” ހިނި އައިސްފައި އިފާޝާ އަމުރު ކޮށްލާ ފަދަ ގޮތަކަށް ބުނެލިއެވެ.

“ދެން ޖެހޭނީ ބުނަންތާ ދޯ! އޯކޭ… އައިމް ޕްރެގްނަންޓް!” އިތުރަށް އެންމެ ސިކުންތަކުވެސް އެއުފާވެރި ޚަބަރު ސިއްރު ކޮށްގެން ނީނދެވޭނެ ފަދަ ގޮތަކަށް މާޔާ ބުނެލިއެވެ.

“އަސްލުވެސްތަ؟” އިފާޝާއަށް އަހާލެވުނެވެ. މާޔާ ބޯޖަހާލިއެވެ. އެއާއެކު އިފާޝާ ހަޅޭ ލަވައިގެންފައި މާޔާގެ ދެއަތުގައި ހިފައިގެން ތެދުވެ އެނބުރެން ފެށިއެވެ.

“މަންމީ…” އެދެމީހުންގެ ސަކަރާތް ފެނިފައި ޒާޔާއަށް ވީގޮތެއް ނޭނގިގެން ގޮވާލިއެވެ.

“ޒާ ދޫނި ގަނޑާ…” އިފާޝާ މާޔާ އަތުން ދޫކޮށްލާފައި ގޮސް ޒާޔާ އުރާލައިގެން އެނބުރިލިއެވެ.

އިފާޝާއަށް ބަލަން ހެވިފައި މާޔާ އިށީނެވެ. އެމަންޒަރު ބަލަން އިން މާޔާގެ މޫނު މަތިން ހިނިތުންވުން ފިލީ ރަހުމަތްތެރިޔާގެ ހިތުގެ އެދުން މާޔާއަށް އިހުސާސް ކުރެވޭތީއެވެ.

މާޔާ ދެވަނަ ފަހަރަށް ބަލިވެ އިންކަން އެނގުމުން މާޔާއަށް ވުރެން އިފާޝާ އުފާ ވިހެން ހީވިއެވެ. އެފަދަ ހަބަރެއް އިފާޝާއަށް ލިބޭނަމަ އޭނަ ކިހާ އުފާ ވާނެ ހެއްޔެވެ؟ އެފަދަ އެތައް ދުވަހެކޭ އެއްގޮތަށް އެވަގުތު އިފާޝާއަށް ދަރިއެއްގެ އުފާ ދެއްވުން އެދި މާޔާ ދުޢާ ކުރިއެވެ.

ޒާޔާ އަލުން އެނދުގައި ބައިންދާފައި އިފާޝާ އައިސް މާޔާ ކައިރީ އިށީނެވެ.

“ޒިޔާން ކައިރީވެސް އަދި ނުބުނަން ދޯ؟” އިފާޝާ އެހިއެވެ.

“އަދި ނުބުނަން. މިއަދު އަހަންނަށްވެސް ޔަގީން ވީ. އެހެން ނޫނަސް ޒިޔާންއަށް ވުރެން ކުރިން އިފާ ކައިރީގަ ބުނެވުނީމަ މާ އުފާވޭ” މާޔާ ބުންޏެވެ.

“އަހަރެން ހިތަށް އަރާ… އަހަންނަށްވެސް އާމިރުއަށް ތިކަހަލަ ހަބަރެއް ދެވޭނެ ދުވަހެއް އަންނާނެ ނަމައޭ…” އިސް ޖަހާލަމުން އިފާޝާއަށް އަމިއްލަ ހިތުގެ ހާލު ދުލުން ފާޅު ކުރެވުނެވެ.

ނުނިމޭ

53
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ކަޅު ސަފުހާ (3)

Next

ކުރަމުން ތިދާހާ ގޯނާ 5..

Next
February 3, 2016

ކުރަމުން ތިދާހާ ގޯނާ 5..

Previews
February 3, 2016

ކަޅު ސަފުހާ (3)

20 Comments

  1. Marsha says:
    February 3, 2016 at 5:17 pm

    ކޮބާ ހުރިހާ ކުދިން ކިހިނެއް؟ މާޝާގެ މިވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން، ހުރިހާ ކުދިންގެ ކޮމެންޓްސްއަށް މަރުހަބާ.

  2. sheynn says:
    February 3, 2016 at 5:34 pm

    Woowww…v v v nyc vaane hen hyvany mi stry…feshun hama awsm…when next part??

    1. sheynn says:
      February 3, 2016 at 5:35 pm

      Yeyyy…mii first dw…v foni vehje..;) 😉 😉

  3. ram says:
    February 3, 2016 at 5:34 pm

    naice hiiiiikuran dailykoh upvaanekamah

  4. Zaanaa says:
    February 3, 2016 at 5:56 pm

    V nice khon erakun next up kuranee

  5. nukks says:
    February 3, 2016 at 7:34 pm

    Wowww nice.. Waiting for the nxt prt

  6. misty says:
    February 3, 2016 at 8:05 pm

    Finally.. Haadha dhuvaheh vejee mi vaahaka kiyaa hithun nunathaa… Varah reethi mi bai vx.. When nxt prt?? Nxt prt avahh up koh dhechey.. Eagerly waiting for the nxt prt

  7. Naxy says:
    February 3, 2016 at 8:18 pm

    Mi vvv reethi vahaka. V Gina faharu kiyaafa OK vahaka eh.

  8. naax says:
    February 3, 2016 at 8:47 pm

    Vvv reethi konirakun next part up load kuranee avas kurahchay

  9. Zeena says:
    February 3, 2016 at 8:52 pm

    Varah reethi story

  10. Princess Noddy says:
    February 3, 2016 at 9:00 pm

    Yess finally Marsha …. Marsha ge mi vaahaka kiyaa hithun hunna thaa kon dhuvaheh…. Heekuran nimendhen genesdheyne kamah. i jst love dis story.

  11. Nuxu says:
    February 3, 2016 at 10:19 pm

    V nice story eh abadhuves edheny thigothuga kuriyah dhaan Marsha ge story thah v kiyaa hiyy vey abadhuves 🙂

  12. Marsha says:
    February 3, 2016 at 10:30 pm

    Thnx all… ☺ dhevana bai maadhama genesdheynan Insha allah.. nimendhen genesdheynan ehaa dhuvahu dhuniyeyga huriyya ?.. thnx again hurihaa kudhin.

    1. Shaihaa says:
      February 4, 2016 at 12:40 pm

      Who you?

  13. Kiyaahiyy vey says:
    February 3, 2016 at 11:52 pm

    Mi vaahaka vs mee kurin kiyaifavaa vaahaka ehh

  14. Niz says:
    February 4, 2016 at 9:05 am

    Wow vvvv reethi mi part….waiting for nxt

  15. Anonymous says:
    February 4, 2016 at 10:05 am

    Mee kurinves keevaahakaeh mivaahakaaga vaanegoives egey

  16. Anonymous says:
    February 4, 2016 at 4:04 pm

    I read it before too

  17. Xee says:
    February 4, 2016 at 6:51 pm

    Wow. Thanks dear. Vaahakaige anebai kiyaahithun mihury avaha up kohdhyba pls thanks mivaahaka dhevana faharah kiyaalan libunyma.

  18. nookko says:
    February 5, 2016 at 1:14 pm

    hmm varah reethi.keep it up..

Comments are closed.

All Right Reserved!