Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 8

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 14, 2016 8 Mins Read
25 Comments

“އާނ، އައިއްސަ ކާނީ، ވަރަށް އަވަހަށް ދާން ވެއްޖެ” ޒިޔާން ބުންޏެވެ. އަދި ނިދިފައި އޮތް ޒާޔާގެ މޫނުގައި ބޮސްދީފައި ނިކުމެ އިފާޝާގެ އަތުގައި އިން އާނާގެ ނިތްކުރީގައިވެސް ބޮސްދިނެވެ.

“ބަލާނަން އަވަހަށް އާދެވޭތޯ” ޒިޔާން އެހެން ބުނުމުން އިފާޝާގެ ހިތުގައި ވީ އެއްޗެއް ޒިޔާންއަށް އެނގުނީ ބާއޭ އިފާޝާ ހިތަށް އެރިއެވެ. ހީލަމުން އިފާޝާ ބޯޖަހާލުމާ އެކު ޒިޔާން އިފާޝާގެ ކޮލުގައިވެސް ތުންފަތް ޖައްސާލާފައި އެއްލޯ މަރާލަމުން ޓީވީ ރެކް މަތިން ސައިކަލު ތަޅުދަނޑި ނަގައިގެން ނިކުތެވެ.

އާނާއަށް ކާން ދީފައި ކުޑަކޮށް ގައި ދޮއްވާލާފައި އާނާ ނިންދަވާފައި އިފާޝާ ކާންހަދާފައި ގޮސް ކޮޓަރީގައި އޮށޯވެލީ ޒިޔާން އައުމުން ޒިޔާންއާ އެކީ ކާށެވެ. ޒިޔާން އަންނާނެ އިރެއްގެ އިންތިޒާރުގައި އޮތް އިފާޝާއަށް ދިހަގަޑި ބައިވީ ފަހުން ނިދުނީ އެދުވަހުގެ ބޮޑުބައިވެސް ހޮސްޕިޓަލުގައި ހޭދަ ކޮށްފައި ވާތީ ވަރުބަލި ވެފައި ވާތީއާ، ކުރީ ތިންރޭވެސް ނުނިދުމުގެ ސަބަބުންނެވެ.

ޒިޔާންއަށް ގެޔަށް އާދެވުނު އިރު އެގާރަ ގަޑި ބައި ވެއްޖެއެވެ. މަޑުމަޑުން ކޮޓަރިއަށް ވަން އިރު ޓީވީ ރިމޯޓް އަތަށް ލައިގެން އެނދުގައި ނިދިފައި އޮތް އިފާޝާ ފެނުމުން ޒިޔާން އިރުކޮޅަކު ބަލަން ހުއްޓެވެ.

އެދުވަހުގެ ނިމުން އެއައީ ޒިޔާން ހީކުރި ގޮތަކަށް ނޫނެވެ. އެދުވަހު ގެޔަށް އައި ފަހުން ދެމީހުން ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު އެކުގައި ހޭދަ ކުރި އެވަގުތުކޮޅުގެ ހަނދާން ދެހިތުގައިވެސް އާވެގެން ދެއެވެ. އެރެއަކީ ދެމީހުންގެ ކައިވެންޏަށް ފަހު ހޭދަވީ އެހެން ހުރިހާ ރޭތަކާ ތަފާތު ވެގެން ދާނެ ރެއެއްކަމުގައި ދެމީހުންނަށްވެސް ހީކުރެވުނެވެ.

ނަމަވެސް އެހެން ނުވީ ޒިޔާން އޮފީހަށް ދާން ޖެހުމުންނެވެ. ގެޔަށް އައުން ހީކުރި ވަރަށް ވުރެން ލަސް ވުމުންނެވެ.

އިފާޝާ ހުންނާނީ ވަރުބަލި ވެފައިކަން އެނގޭތީ އެރޭ ޒިޔާން އިފާޝާއަކަށް ނުގޮވައެވެ. އެއްޗެހި ބަދަލު ކޮށްގެން އައިސް އެހެން ރޭރެއާ ޚިލާފަށް ޒިޔާން އެނދުގައި އިފާޝާގެ މަގަތުން އޮށޯތެވެ. އިފާޝާ އޮތް ފަރާތަށް އެނބުރި އިފާޝާގެ މޫނަށް ބަލަން އެތައް އިރަކު ނިދި ނައިސްފައި ޒިޔާން އޮތެވެ.

އެރެއަށް ޓަކާ ކެތްތެރިކަން ކުޑަވެފައި ވީ ނަމަވެސް ޒިޔާން ހިތްހަމަ ޖައްސާލީ އަނެއް ރެއަށް ހުރިހާ ކަމެއް ފަސްކޮށްލަމުންނެވެ. ޖެހިގެން އަންނަ ދުވަހުގެ ރެއަށް އިންތިޒާރު ކުރަމުންނެވެ. އެނިންމުމާ އެކު ޒިޔާން އިފާޝާގެ ގައިމަތީގައި ރަޖާ އަޅާލާފައި އޮށޯވެ ލޯމަރާލައި އިފާޝާއާ އެކު ޚިޔާލީ ދުނިޔެއެއްގައި އުފާ ކުރަމުން ދިޔައެވެ. ނަމަވެސް އެހެން އޮވެވުނީ އިރުކޮޅަކުއެވެ. އެރޭ އެހާ ކުއްލި ގޮތަކަށް އޮފީހަށް ދާން ޖެހުނު ސަބަބު ހަނދާން ވުމާއެކު ލޯހުޅުވާލަމުން ޒިޔާންއަށް ތެދުވެ އިށީނދެވުނެވެ.

އޮފީހުގެ މަސައްކަތެއްގައި ހަފްތާއެއްހާ ދުވަހަށް ރާއްޖެ ތެރެއަށް ދާން އަނެއް ދުވަހު މެންދުރު ޒިޔާން ފުރަން ޖެހޭކަން ކުޑަ ވަގުތުކޮޅަކަށް ޒިޔާން ހަނދާން ނެތުނީއެވެ. އެދަތުރުގައި ނުގޮސް ވޭތޯ ޒިޔާން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެހެން ހެދޭކަށް ނެތެވެ. އަދި އެދަތުރު ފަސް ކުރެވޭކަށްވެސް ނެތެވެ.

ހެނދުނު އިފާޝާ ގާތުގައި އެވާހަކަ ބުނަން ނިންމާފައި ޒިޔާން އޮށޯތް އިރުވެސް އެކަމާ ޒިޔާންގެ ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. ނަމަވެސް އެވަގުތަށް އެނޫން ގޮތެއް ނެތްކަން އަމިއްލަ ހިތަށް ވިސްނައިދިނުން ނޫން ގޮތެއް ނެތެވެ.

ފަތިހު އާނާ ހޭލައިގެން އަޑު ލައްވާލުމާ އެކު އިފާޝާއަށްވެސް ހޭލެވުނެވެ. އެއާއެކު އެނދުގައި ނިދާފައި އޮތް ޒިޔާން ފެނުމުން އިފާޝާއަށް ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެވުނެވެ.

އިފާޝާ އިރުކޮޅަކު ޒިޔާންއަށް ބަލަން އިނެވެ. ރޭ ޒިޔާން ނިދީ އެނދުގައި ކަން އެނގުމުން އިފާޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ކުރިން އެދެމެދުގައިވާ ދުރުކަން ގާތް ވަމުން ދާކަން އިފާޝާއަށް އެނގެއެވެ. އެގުޅުން އެއަށް ވުރެންވެސް ގާތް ކުރަން ޒިޔާން މަސައްކަތް ކުރާކަންވެސް އިފާޝާއަށް އެނގެއެވެ.

އިފާޝާ މަޑުމަޑުން ޒިޔާންއަށް އުނދަގޫ ނުވާނެހެން އެނދުން ފޭބިއެވެ.

“ހާދަ ސިއްރު ސިއްރުން… ތިއުޅެނީ؟”

އެނދާ ދުރަށް ދެފިޔަވަޅު އަޅާލި އިފާޝާ ސިހިފައި ހުއްޓުނީ ޒިޔާންގެ އަޑަށެވެ. އިފާޝާ އެނބުރި ޒިޔާންއަށް ބަލާލިއެވެ.

“ޒިޔާންއަށް ހޭލެވިދާނެތީ…” އިފާޝާ ބުންޏެވެ.

ޒިޔާން އެއް އަތުން މޫނު ފޮހެލަމުން ކުޑަކޮށް މައްޗަށް ޖެހިލާ އިފާޝާއަށް ބަލަން އިނެވެ. އިފާޝާ އާނާގެ އެނދު ކައިރިއަށް ގޮސް އާނާގެ ނެޕީ ބަލާލާފައި ފާހާނާއަށް ވަނެވެ.

އިފާޝާ ފާހާނާއިން ނިކުތް އިރު ޒިޔާން އާނާ ގޮވައިގެން އައިސް އެނދުގައި އޮތެވެ.

“ނޯތީ ދޯ؟” އިފާޝާ އަހާލިއެވެ.

“ޑެޑީއާ އެކީ ކުޅެލާ ހިތުންނޭ ދޯ އެނީ؟” ޒިޔާން އާނާގެ އަތުގައި ހިފާލަމުން ބުންޏެވެ.

އިފާޝާ ނަމާދު ކޮށްގެން އައިސް އާނާ ފެންވަރުވައިގެން ނިކުމެ ރީތިކޮށްލާފައި ޒިޔާން އަތަށް ދިފައި ދިޔައީ ބަދިގެއަށެވެ.

“އިފާ، އެބަ ޖެހޭ ހަފްތާއެއްހާ ދުވަހަށް ރާއްޖެތެރެއަށް ގޮސްލަން” ކޮފީ ބޯން އިނދެފައި ޒިޔާން އިފާޝާއަށް ބުންޏެވެ.

އިފާޝާއަށް ޒިޔާންއާ ދިމާއަށް ބަލާލެވުނެވެ. އަވަހަށް ނޫނެކޭ، ނުދާށޭ ޒިޔާން ގާތު ބުނަން އިފާޝާގެ ހިތަށް އެރިއެވެ. ނަމަވެސް އިފާޝާ ބުނީ އެހެންނެއް ނޫނެވެ.

“ކޮން އިރަކުން؟” ފުށް މޮޑެން ހުރި އިފާޝާ އަހާލިއެވެ.

“މިއަދު މެންދުރު ފަހު” ޒިޔާން ޖަވާބު ދިނެވެ.

އިފާޝާގެ ހިތް ނުތަނަވަސް ވިއެވެ. ނުދާށޭ ބުނަން ކިތަންމެހާވެސް ހިތް ބޭނުމެވެ. ނަމަވެސް އެހެން ބުނާކަށް ނުކެރުނެވެ.

އިފާޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޒިޔާން އިނެވެ. ނަމަވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި އިފާޝާ ބުނީ ޒިޔާން އުންމީދު ކޮށްގެން ހުރި ކަހަލަ އެއްޗެއް ނޫނެވެ. ޒިޔާން އަޑު އަހަން ބޭނުންވި ބަހެއް ނޫނެވެ.

“ފުރަން ވާ އިރަށް އަހަރެން ޒިޔާންއަށް ދަބަސް ރެޑީ ކޮށްދޭނަން، ކިހާ އިރަކު ފުރަނީ؟” އިފާޝާ އެހެން ބުނި އިރު އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ.

“އެއްގަޑި ބައިގަ” އިފާޝާގެ މޫނަށް ބަލާލަމުން ޒިޔާން ބުންޏެވެ. އިތުރު އެއްޗެއް ބުނަން ޒިޔާން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެވަގުތު ޒާޔާ ހޭލައިގެން ކޮޓަރިން ނިކުމެގެން އައި ގޮތަށް އައިސް ޒިޔާން ގައިގައި ބައްދައިގަތެވެ.

“ސްލީޕިންގ ބިޔުޓީއަށް ހޭލެވުނީތަ؟” ޒާޔާ އުރާލަމުން ޒިޔާން އަހާލިއެވެ.

“އާނ، މަންމާ، ޒާ ކޮއްކޮ އުރާލަންތަ؟” ޒިޔާންގެ އުނގުން ފައިބައިގެން ގޮސް ކޮށީގައި އިން އާނާ ކައިރީ ހުއްޓިފައި ޒާޔާ އަހާލިއެވެ.

“އިހަށް ހިނގާ ދޯ ފެންވަރާލަން؟” މޮޑުނު ފުށް ތަށީގައި މައްޗެއް ޖަހާލާފައި އިފާޝާ ބުންޏެވެ.

އަށެއް ޖެހުމުން އޮފީހަށް ގޮސްލާފައި އެގާރަ ޖަހަން އުޅެނިކޮށް ޒިޔާން ގެޔަށް އައީ ފުރުމުގެ ކުރިން އިފާޝާއާ އެކު އެކަނިވެލާނެ ފުރުސަތެއް ހޯދުމަށެވެ. ނަމަވެސް ޒިޔާން އައުމުން ޒިޔާންއަށް ސައި ހަދާފައި އިފާޝާ އުޅުނީ ޒިޔާންގެ ދަބަސް ތައްޔާރު ކުރާށެވެ. ބަންގި ގޮވުމުން މިސްކިތަށް ގޮސްފައި އެކެއް ޖަހަން ވިއްސަކަށް މިނެޓް ހުއްޓާ ޒިޔާން ގެޔަށް އައި އިރު އިފާޝާ އިނީ އާނާ ނިންދަވާށެވެ. އޭރު ޒާޔާއާ ސަނާ ކާން ތިއްބެވެ. ޒިޔާން ގާތު އިފާޝާ ކާން ބުނުމުން އަދި ބަނޑުހައި ނުވާ ކަމަށް ބުނެފައި އިފާޝާ އާނާ ނިންދަވާފައި އެނދުގައި ބާއްވަން ދެން ޒިޔާން އެނދުގައި އޮތެވެ.

އާނާ ނިންދަވާފައި އިފާޝާ ބޭރަށް ނިކުތީ ޒާޔާ ކޮބާތޯ ބަލާލާށެވެ. އޭރުވެސް ސަނާއާ ދެމީހުން ކާން ތިބުމުން އިފާޝާ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ.

“ޒިޔާން، ބަލާލަބަލަ އަނެއްކާ އެއްޗެއް މަދުތޯ؟” އެނދުމަތީ ހުރި ދަބަހުގެ ޒިބް ކަހާލަމުން އިފާޝާ ބުންޏެވެ.

“މަދެއް ނުވާނެ…” ޒިޔާން ތެދުވެ އިފާޝާގެ އަތުގައި ހިފާ ގެނެސް ޒިޔާން ގާތު ބޭންދިއެވެ.

“އިފާ، އަހަރެން އުންމީދު ކުރި ގޮތަކަށް ނޫން ރެއާ މިއަދާ މިދިޔައީކީ… ހިތަށް އަރާ މިދަތުރު ނުގޮސް ވާނެ އެއް ގޮތްވެސް އޮތް ނަމައޭ، އެކަމަކު މިފަހަރު ހަމަ ކޮންމެހެން ދާން ޖެހިގެން އަހަރެން މިދަނީ، އެއްގޮތަކަށްވެސް ދާ ހިތަކުން ނޫން” ޒިޔާން ބުނަން އުޅުނު ވާހަކަ ފެށީ ދުރުދުރުންނެވެ.

އިފާޝާ އެއްޗެއް ނުބުނެ އިނެވެ.

“އަހަންނަށް އާދެވޭނީ ފަސް ދުވަސް ފަހުން، ހޮނިހިރު ދުވަހުން” ޒިޔާން ބުންޏެވެ.

އިފާޝާ ބޯޖަހާލިއެވެ.

ޒިޔާން އިފާޝާގެ ދެއަތްތިލައިގައި ހިފާލިއެވެ.

“އިފާއަށް އެނގޭ ދޯ އަހަރެން ދާން ބޭނުން ނުވަނީ ކީއްވެ ކަން؟” ޒިޔާން އިފާޝާގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

އިސް ޖަހައިގެން އިން އިފާޝާ އަނެއްކާވެސް ބޯ ޖަހާލިއެވެ.

“އަހަރުމެންގެ މެދުގަ ކަންތައްތަކެއް ބަދަލު ވެއްޖެ އިފާ… ކިހާ ވަރަކަށް ކަމެއް އަހަނަންކަށްވެސް ނޭނގޭ… އިފާ ގަބޫލު ކުރަން ދޯ އެކަން؟” ޒިޔާން އަހާލިއެވެ.

އިސް އުފުލާ ޒިޔާންގެ މޫނަށް ބަލާލަމުން އިފާޝާ މިފަހަރުވެސް ބޯ ޖަހާލިއެވެ. ޒިޔާންގެ މޫނުން އެވަގުތު އިފާޝާއަށް އެތައް ކަމެއް ދޭހަވިއެވެ.

ޒިޔާން އިފާޝާގެ އަތުން ދޫކޮށްލާފައި އިފާޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އިފާޝާގެ މޫނާ ޒިޔާންގެ މޫނު ގާތް ކޮށްލިއެވެ. ދެނޭވާ އެކުވެގެން ދިޔައެވެ. އަދިވެސް ބޮޑަށް އިފާޝާއާ ގާތް ވެލަމުން ޒިޔާން އިފާޝާގެ ކޮނޑުގައި ހިފާ މަޑުމަޑުން ފަހަތަށް ކޮއްޕާލަމުން އިފާޝާއާ އެކު އެނދުގައި އޮށޯތެވެ.

“މަންމާ!”

ޒާޔާގެ އަޑަށް އިފާޝާއާ ޒިޔާން ސިހުނެވެ. ޒިޔާން އިފާޝާގެ މޫނާ ދެތިން އިންޗި ދުރުވެލިއެވެ. ދެވަނަ ފަހަރަށް ޒާޔާގެ އަޑު ނީވުމުން ޒިޔާން އަނެއްކާވެސް ތިރިވެލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ތެދުވެ ލޯމަރާ ބާރުކޮށްލަމުން ޒިޔާން އިސްތަށިގަނޑުގައި ދެއަތުން ފުނާ އަޅާލީ ކޮޓަރީގެ ދޮރު ކައިރިން ޒާޔާ ދެވަނަ ފަހަރަށް ގޮވާލި އަޑު އިވުމުންނެވެ.

ދޮރު ހުޅުވާލި އަޑާއެކު ޒިޔާން އިފާޝާގެ އަތުގައި ހިފާ ތެދުވުމަށް އެހީވިއެވެ. ދެއަތުން ލޮލާ މޫނު ފޮހެލީ އެވަގުތަށް އެޅުނު ހުރަހާ މެދު ނުރުހުނު ވަރުންނެވެ.

“މަންމާ، ޒާއަށް ކުޅި ވެއްޖެ” އިފާޝާ ގާތަށް އައިސް ޒާޔާ ބުނެލިއެވެ.

“ހިނގާ ފެން ބޯން” އިފާޝާ އެނދުން ތެދުވިއެވެ.

“ބައިވަރު ފެން ބޮއެފިން، ތިއްތަ ބުނީ ހަކުރު ކެއީމަ ކުޅި ފިލާނެޔޭ، ހަކުރު ކާން ޒާ މިދަނީ” އިފާޝާގެ ޖަވާބަކަށް ނުބަލާ ޒާޔާ ދުވެފައި ކޮޓަރިން ނިކުތެވެ.

ޒާޔާގެ ފަހަތުން ދާން އުޅުނު އިފާޝާގެ އަތުގައި ޒިޔާން ހިފެހެއްޓިއެވެ.

“ވަރަށް މިސްވާނެ…” އެހެން ބުނުމާއެކު ޒިޔާން އިފާޝާ ގައިގައި ބައްދާލިއެވެ.

ދަބަސް ނަގާ ދޮރު ކައިރީގައި ބަހައްޓާފައި ޒިޔާން ގޮސް ނިދިފައި އޮތް އާނާގެ ނިތްކުރީގައި ބޮސްދިނެވެ.

“ބައްޕަ އަންނަންދެން މަންމިއަށް އުނދަގޫ ނުކުރައްޗޭ އެނީ…” އާނާގެ ކޮލުގައި އިނގިލި ޖައްސާލަމުން ޒިޔާން ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެ ޒާޔާގެ ކޮޓަރިއަށް ވަނެވެ. އިފާޝާވެސް ޒިޔާންގެ ފަހަތުން އައެވެ. އޭރު ސަނާއާ ޒާޔާ ތިބީ ކޮމްޕިޔުޓަރުން ގޭމް ކުޅޭށެވެ.

“ޒާ، ބައްޕަ ދަނީ އިނގޭ” ޒާޔާގެ ބޮލުގައި ފިރުމާލަމުން ޒިޔާން ބުންޏެވެ.

ޒާޔާ ވަގުތުން ގޮނޑިން ތެދުވެ ޒިޔާން ގައިގައި ބައްދައިގަތެވެ.

“ނޫން، ނުދާތި! ޒާ ވަރަށް ފޫހި ވާނެ ބައްޕަ ދިޔައިމަ…” ޒާޔާ ބޮޑާ ހާކާލިއެވެ.

“ކީއްވެ ޒާ ފޫހި ވާންވީ؟ މަންމިއާ އެނީއާ ތިއްތަ ހުންނާނެއެއްނު؟” ޒިޔާން ޒާޔާ އުރާލިއެވެ.

“ހެޔޮ، ބައްޕަ ނުދާތި!” ޒާޔާ ޒިޔާންގެ ކަރުގައި ބައްދާލިއެވެ.

“ވަރަށް އަވަހަށް ބައްޕަ އަންނާނަމޭ، ޒާއަށް ބައިވަރު ހަދިޔާވެސް ގެނެސްދޭނަން. ދެން ބޮޑާ ނުހާކާ ބައްޕަ ދިޔަދީ ބޭބީ… އެހެން ނޫނީ ބައްޕަ ދެރަ ވާނެއެއްނު؟” ޒިޔާން ބުންޏެވެ.

“ތެދެއް ދޫނީ، މަންމި ބުނީމަވެސް ގަބޫލެއް ނުކުރާނަންތަ؟ ޒާގެ ބައްޕަ ވަރަށް އަވަހަށް އަންނާނެ. އެނީވެސް ނުރޮއެއްނު؟ ޒާ ރޮންޏާ އެނީވެސް ރޯނެ، ޒާ ވާނެއެއްނު އެނީއަށް ރަނގަޅު ގޮތް ދަސްކޮށްދޭން؟ ތީ އެނީގެ ބެސްޓް ދޮންތިއެއްނު؟” އިފާޝާވެސް ޒާޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

އިފާޝާ ވާހަކަ ދެއްކުމުން ޒާޔާ އެއްބަސް ވިއެވެ. ޒިޔާން ޒަޔާ ބަހައްޓާފައި ސަނާއަށް ބަލާލިއެވެ.

“ސަނާ، ތިއްތިބޭ އަންނަން ދެން ދައްތަ ބުނާ ބަސް އަހައިގެން ހުންނައްޗޭ” ސަނާގެ އަތުގައި ހިފާ ސަލާން ކޮށްލަމުން ޒިޔާން ބުންޏެވެ. ސަނާ ބޯޖަހާލިއެވެ.

ޒިޔާން ދަންދެން ދޮރުމަތީ ތިބެފައި ޒާޔާއާ އިފާޝާ އެތެރެއަށް ވަން އިރު ސަނާ އަނާ އުރާލައިގެން ހުއްޓެވެ.

ދެން ދިޔަ ހަތަރު ދުވަސް އިފާޝާ ހޭދަ ކުރީ ފޫހިކަމާ އެކީގައެވެ. އެދުވަސްތަކުގައި އިފާޝާ ހިތްހަމަ ޖެހެނީ ޒާޔާއާ އާނާގެ ސަބަބުންނެވެ. އެއްވެސް ކަމެއް ކުރާ ހިތް ނުވެ އިފާޝާއަށް ކުރެވެނީ އިންތިޒާރެވެ.

ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ޒިޔާން ގުޅައެވެ. ގިނަ ފަހަރަށް އިފާޝާއަށް ޒިޔާންއާ ވާހަކަ ދައްކާލުމަށް ފުރުސަތު ލިބެނީ ޒިޔާން ރޭގަނޑު ގުޅުމުންނެވެ.

ޒިޔާން ދިޔަތާ ހަތަރު ވަނައަށް ވީ ދުވަހު އިފާޝާމެން ކޮޓަރީގައި ހުރި އޭސީ މައްސަލަ ޖެހުނެވެ. ހޫނު ގަދަ ދުވަސްވަރެއް ކަމުން ރޭގަނޑުވެސް ވަރަށް ހޫނު ވެއެވެ. އެދުވަސްކޮޅު ރޭގަނޑު އިފާޝާމެން ނިދަނީވެސް އޭސީ ޖައްސައިގެންނެވެ. ޒިޔާން ގުޅުމުން އިފާޝާ އޭސީ ހަލާކު ވެފައި ހުރި ވާހަކަ ނުބުނީ މަސައްކަތުގައި ގޮސް ހުރި ޒިޔާންއަށް އިތުރު ކަމަކާ ވިސްނާނެ ފުރުސަތު ނުދިނުމަށެވެ.

އެރޭ ނިދަން އޮށޯތީ ފެން ވަރައިގެން ނަމަވެސް ހޫނު ވާވަރުން ތެދުވެގެން ގޮސް އިފާޝާ އަލަމާރި ހާވަން ފެށިއެވެ. އިރުކޮޅެއް ފަހުން އަލަމާރި ކައިރިން ދުރަށް ޖެހުނު އިރު އިފާޝާގެ އަތުގައި އޮތީ ތުނި ފޮއްޗަކުން ފަހާފައިވާ ނައިޓީއެކެވެ.

އިފާޝާ އިރުކޮޅަކު ނައިޓީއަށް ބަލަން ހުރިއިރު ހިތާހިތާ ސުވާލު ކުރަމުން ދިޔައީ އެ ލާނީތޯ ނޫނީ ނޫންތޯއެވެ. ޓީޝާޓް ލައިގެން ހޫނުވާ ވަރުން ރަނގަޅަކަށް ނުނިދެއެވެ. ޒިޔާންވެސް ނެތުމާއެކު އެރޭ ރަނގަޅަށް ނިދާލެވޭނީ އެނައިޓީ ލައިގެންނޭ ހިތަށް އަރާ އިފާޝާ އެއްޗެހި ބަދަލު ކޮށްލިއެވެ.

ލޯގަނޑުން އަމިއްލަ ސޫރަ ފެނުމާއެކު އިފާޝާ އާމިރު މަތިން ހަނދާން ވިއެވެ. އެނައިޓިއަކީ އާމިރު އިފާޝާއަށް ދީފައިވާ ހަދިޔާއެކެވެ. އެންމެ ފަހުން އިފާޝާ އެނައިޓީ ލާފައި ވަނީ މެލޭޝިޔާގައި ތިބި އެންމެ ފަހު ރޭގައެވެ. އާމިރުގެ ހަނދާންތައް ހިތުގައި އާވެގެން ދިޔުމާއެކު އިފާޝާއަށް އާނާއާ ދިމާއަށް ބަލާލެވުނެވެ. މަޑުމަޑުން ގޮސް ނިދިފައި އޮތް އާނާގެ ބޮލުގައި ފިރުމާލިއެވެ. އާމިރުގެ ހިނިތުން ވެފައިވާ މޫނު އިފާޝާގެ ކުރިމަތީ ސިފަވެގެން ދިޔައެވެ. އެކިއެކި ހަނދާންތައް އިފާޝާގެ ހިތުގައި އެނބުރެމުން ދިޔައެވެ.

އެޚިޔާލުތަކުން އިފާޝާއަށް ނިކުމެވުނީ ފޯން ރިންގްވީ އަޑަށެވެ. އެނދުމަތީ އޮތް ފޯން ނަގާ ބަލާލި އިރު ޒިޔާންގެ ނަން އަރާފައި އޮތުމުން އިފާޝާއަށް ފުރަތަމަވެސް ލައިގެން ހުރި ހެދުމަށް ބަލާލެވުނެވެ. ލަސްލަހުން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ހަލޯ…” އިފާޝާ ގޮވާލިއެވެ.

“ހާދަ ލަހުން ފޯން ތިނެގީ؟ ނިދީތަ؟” ޒިޔާން އަހާލިއެވެ.

“އަދި ނުނިދަން، އެކަމަކު އޮށޯންނަން މިއުޅެނީ” އިފާޝާ އެނދުގައި އިށީންނަމުން ޖަވާބު ދިނެވެ.

“ހާދަ އަވަހަކަށް؟ އަދި ކިރިޔާ އެޖެހީ ދިހައެއްނު؟” ޒިޔާން ބުންޏެވެ.

“އާނ، ރޭ ހޫނު ވާވަރުން ނުނިދުނީމަ މިރޭ ތަންކޮޅެއް އަވަހަށް އޮށޯތީ… އޭސީއަށް ކޮންމެސް ގޮތެއް ވެގެން އެއަކުން ފިންޏެއް ނުވޭ” އިފާޝާ ބުންނެވެ.

“ކުރިން ބުނި ނަމަ، އޭރުން މީހަކު ފޮނުވައިގެން ވީ ގޮތެއް ބަލާލެވުނީހެއްނު؟ އެނީއަށް ނިދޭތަ؟” ޒިޔާން ބުންޏެވެ.

“އާނ، އޭނައަކަށް ހޫނެއް ނުވޭ. ދެން ޒިޔާން އައިއްސަ މީހަކު ގެންނާނީ، މާދަން އަންނާނަމެއްނު؟” އިފާޝާ އެކަން މާބޮޑު ކަމަކަށް ހަދާކަށް ބޭނުމެއް ނުވިއެވެ.

“އާނ، މާދަން ދާގޮތަށް ހަމަ ޖެހިފަ އޮތީ” އިފާޝާއަށް ނުފެނުނު ނަމަވެސް އެހެން ބުނި އިރު ޒިޔާންގެ މޫނުމަތީ ވީ ލާނެތް ހިނިތުންވުމެކެވެ. ހަގީގަތުގައި ކުރަން އައި މަސައްކަތް ނިމި އެވަގުތު ޒިޔާން ހުރީ ފުރަން ތައްޔާރުވެ ލޯންޗް ކައިރީގައެވެ. އެވާހަކަ ގަސްތުގައި ޒިޔާން އިފާޝާ ގާތު ނުބުނީ އިފާޝައަށް ސަޕްރައިޒްއެއް ދޭން ވެގެންނެވެ.

“ޒިޔާން ބުނީމެއްނު ހޮނިހިރު ދުވަހުން އަންނާނަމޭ؟” ޒިޔާން ބުނި ގޮތުން އިފާޝާއަށް އަހާލެވުނެވެ.

“އާނ، މާދަމާ މެންދުރު ފަހު ތިނެއް ޖަހާ އެހާ ކަންހާއިރު ދެވޭނެ” ޒިޔާން ދޮގެއް ހަދާލިއެވެ.

“ޒާ ވަރަށް ފޫހި ވެގެން އުޅެނީ، މިއަދުވެސް ވަރަށް ޝަކުވާ ކުރި ސައިކަލު ދުއްވަން ދާ ހިތުން، އެންމެ ފަހުން ފަޔާޒްބެ އައިސް ޒާ ގޮވައިގެން ދުއްވާލަން ގޮސްގެން ޒާ ހިތްހަމަ ޖެހުނީ” އިފާޝާ ޒާޔާގެ ވާހަކަ ކިޔާދިނެވެ.

“ހަވީރު ގުޅީމަ ބުންޏޭ ސައިކަލު ދުއްވާލަން ދާން ބޭނުމޭ… އެނީ ކޮބާ؟ ރަނގަޅުތަ؟” ޒިޔާން އަހާލިއެވެ.

“އާނ، މިހާރު ބަރާބަރު، ނިދާފަ އޮތީ” އިފާޝާ ބުންޏެވެ. ގިނައިރު ނުކޮށް އިފާޝާ ގާތު ދެން ނިދާށޭ ބުނެފައި ޒިޔާން ފޯން ބޭއްވީ ލޯންޗް ނައްޓާލަން ތައްޔާރު ވުމުންނެވެ.

ޒިޔާންއަށް ގެޔަށް އާދެވުނީ ބާރަގަޑި ބައިވަނިކޮށެވެ. ގެޔަށް ވަދެ ދޮރު ތަޅުލާފައި އައިސް ޒިޔާން ފުރަތަމަ ބަލާލީ ޒާޔާމެން ނިދާ ކޮޓަރިއެވެ. ނިދިފައި އޮތް ޒާޔާއަށް ބަލާލުމަށް ފަހު ޒިޔާން ކޮޓަރިއަށް ވަދެ ދަބަސް ބެހެއްޓިއެވެ. ބޭރުން އައިސް އެތެރެއަށް ވަނުމުން ކޮޓަރިތެރޭގެ ހޫނު ޒިޔާންއަށް އިހުސާސް ކުރެވުނެވެ. ޒިޔާން ލައިގެން ހުރި ޓީޝާޓް ބާލާފައި ގޮނޑީގައި އަޅުވާލިއެވެ.

އެނދާ ދިމާއަށް އެނބުރި ބަލާލުމާއެކު ޒިޔާންގެ ފިޔަވަޅު ހުއްޓުނެވެ. ހަރަކާތް ހުއްޓިފައި ޒިޔާންއަށް ނިދާފައި އޮތް އިފާޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ލައިލައި ހުރި ނޭވަޔާ، ހިތުގެ ވިންދާ ހަށިގަނޑުގެ ހޫނަށް ދަންދެން ބަދަލު ވެގެން ދިޔައެވެ. އިޚްތިޔާރަކާ ނުލާ ޒިޔާންއަށް އެނދާ ދިމާއަށް ހިނގައިގަނެވުނެވެ.

ބިއްދޮށަށް އެނބުރި އޮތް އިފާޝާގެ ހަށިގަނޑުގެ ބޮޑުބައި ހާމަވެފައި ވަނީ ލައިގެން އޮތް ނައިޓީގެ ސަބަބުންނެވެ. އޭގެ ކުރިން އެގޮތަށް ޒިޔާންއަށް އިފާޝާ ފެނިފައެއް ނުވެއެވެ. އެނދު ކައިރީގައި އިފާޝާއަށް ބަލަން ޒިޔާންއަށް ހުރެވުނީ ބުދެއް ފަދައިންނެވެ.

ޒިޔާން އެހެން ހުއްޓާ އިފާޝާ މަގަތަށް އެނބުރިލިއެވެ. ޒިޔާންއަށް ހިން ދިރުވާލެވުނެވެ. ހަފްތާއެއްހާ ދުވަސް ވަންދެން ރާވަމުން ދިޔަ ކަންތައްތައް ހިތުގައި އެނބުރިގަތެވެ. އިފާޝާއަށް ހޭލެވޭނެ ނަމައޭ ޒިޔާން ހިތަށް އެރިއެވެ.

ޒިޔާން އެދުގައި އިށީނދެ އިފާޝާގެ ކަންފަތް ކައިރިން މޫނުގައި އަތް ޖައްސާލިއެވެ. ނިދީގައި އޮވެ އިފާޝާ މޫނު އަނބުރާލިއެވެ. ސިހިފައި ޒިޔާންއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު ޒިޔާންއަށް ވަމުންދާ ގޮތް ހިތަށް އަރާފައި ޒިޔާން ގާތަށް ހިނިއައެވެ.

ހިތާ ހަށިގަނޑު އިފާޝާއަށް އެދެމުން ދިޔަ ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް މަސައްކަތް ކުރަމުން ޒިޔާން ފާހާނާއަށް ވަދެ ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތެވެ. އެހެން އޮވެވެސް ޒިޔާންއަށް ބެލެނީ އިފާޝާއަށެވެ. އިފާޝާ ހޭލާނެ ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އިފާޝާ އޮތީ ގަދަ ނިދީގައެވެ. ނުނިދިފައި އޮތީ ޒިޔާންއެވެ.

އެތައް ރެއެއް ފަހުން އެރޭ އިފާޝާއަށް އާމިރުގެ ހުވަފެނެއް ފެނުނެވެ. އެ ނައިޓީގެ ސަބަބުން އާމިރުގެ ހަނދާން މާބޮޑަށް ވުމުން ކަންނޭނގެއެވެ.

ހުވަފެނުގައި އާމިރު އިފާޝާ ގާތުން އެދެނީ ޒިޔާންއާ އެކު އުޅުމަށެވެ. އާމިރުގެ ފަރާތުން އާނާއަށް ލޯބި ދިނުމަށެވެ. ޒާޔާއަށްވެސް އާމިރު ލޯބިވާވަރު ބުނެދިނުމަށެވެ. އޭރު އިފާޝާ ގާތު ޒިޔާންވެސް ހުއްޓެވެ.

“އަހަރެން އެދެނީ އިފާ ދިރިއުޅުމާއިގެން ކުރިޔަށް ދިޔުން… ޒިޔާންއާ އެކީ އުފާވެރި ދިރިއުޅުމެއް އުޅުން… ޒިޔާން، އިފާއަށް ދެރަ ގޮތެއް ވިޔަ ނުދެއްޗޭ… އަހަރެންގެ ދަރިފުޅު ހަވާލު މިކުރަނީ ޒިޔާންއާ، އޭނަ ރަނގަޅު ކުއްޖަކަށް ހެދުމަށް އިފާއަށް އެހީ ވައްޗޭ، ޒާ ކައިރީ ބުނައްޗޭ އާމިރު ދޮންބެ ޒާ ދެކެ ވަރަށް ލޯބި ވެޔޭ…” ޒިޔާންގެ ކޮނޑުގައި ހިފާލަމުން އާމިރު އެދުނެވެ. ޒިޔާން އާމިރުގެ އަތުގައި ހިފާފައި ބޯޖަހާލިއެވެ.

އާމިރު ހިނިތުންވުމަކާއެކު އިފާޝާއަށް ބަލާލިއެވެ. އަދި އެއްއަތުން އިފާޝާގެ މޫނުގައި ފިރުމާލާފައި ދެމީހުންނަށް ފުރަގަސް ދީފައި ނިކުންނަން ދިޔައެވެ. ދޮރު ކައިރިއަށް ހުއްޓިފައި އާމިރު އެނބުރި ބަލާލާފައި އަތުން ހަނާ އަޅާލިއެވެ. އާމިރުގެ ސޫރަ ފަނޑުވަމުން ގޮސް މަޑުމަޑުން އެކީ ގެއްލުނެވެ.

އިފާޝާ ރޮވިފައި ހުރެ ޒިޔާން ގައިގައި ބައްދާލިއެވެ. އާމިރު ދިޔަ ދިމާއަށް ބަލަން ހުރި ޒިޔާން އިފާޝާގެ މޫނަށް ބަލާލަމުން ހީލިއެވެ. ދެއަތުން އިފާޝާގެ މޫނުގައި ހިފާލަމުން ދެފަރާތަށް ބޯ ހަލުވާލީ ނުރޯށޭ ބުނާފަދަ ގޮތަކަށެވެ. އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު ތިބެފައި ޒިޔާން ދެއަތް މައްޗަށް އިފާޝާ އުފުލާލައިގެން ގޮސް އެނދުގައި ބާއްވާފައި އިފާޝާ ގާތު އޮށޯތެވެ.

އިފާޝާ ޒިޔާންގެ މޭގައި މޫނު ޖައްސާލިއެވެ. އިފާޝާގެ އެ ހަރަކާތުން ކުއްލިއަކަށް އެތެރެއަށް ނޭވައެއް ދަމާލި ޒިޔާން އެއްއަތުން އިފާޝާގެ ހަށިގަނޑުގައި ހިފާ ގަޔާ އަދިވެސް ބޮޑަށް ކައިރި ކޮށްލަމުން އަނެއް އަތުން އިފާޝާގެ މޫނު އުފުލާލިއެވެ.

ހުވަފެނާ ހަގީގަތާ ދެމެދުގައި އޮތް އިފާޝާއަށް ރަނގަޅަށް ހޭލެވުނީ އެހިސާބުންނެވެ. ލޯ ހުޅުވާ ޒިޔާންއަށް ބަލާލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ.

“ޒިޔާން…؟” އިފާޝާއަށް ގޮވާލެވުނީ މިއުޅެވެނީ ހުވަފެނެއްގައި ނޫންކަން ޔަގީން ކުރުމުގެ ގޮތުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 41

Next

ކުރަމުން ތިދާހާ ގޯނާ 11..

Next
February 14, 2016

ކުރަމުން ތިދާހާ ގޯނާ 11..

Previews
February 14, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 41

25 Comments!

  1. Aisha says:
    February 14, 2016 at 7:46 pm

    Mi part nueh feney marsha

  2. aafi says:
    February 14, 2016 at 7:47 pm

    Nupheney

  3. liusha says:
    February 14, 2016 at 7:48 pm

    Where’s the story marsha..numeh feney…:'( :'(

  4. twnkl str says:
    February 14, 2016 at 7:49 pm

    Marsha…..stwry nufene ??

  5. Mar Sha Marsha says:
    February 14, 2016 at 7:52 pm

    Hey.. sorry for that… mihaaru fennaane… hope u like this part too

  6. twnkl str says:
    February 14, 2016 at 7:54 pm

    Yeyy im first…nyc ingey

  7. :) :) :) says:
    February 14, 2016 at 8:04 pm

    Wowwwwww vrh vrh vrh reethi…plx plx plx next part avaha up kohdhybaa…..plx plx maadhama up kohdheythy……love ur stories alotttt….u r the best….

  8. Ily says:
    February 14, 2016 at 8:10 pm

    Alhey haadha reehcheyy????
    Waiting waigting…..

  9. Zaanaa says:
    February 14, 2016 at 8:11 pm

    Haada reechay story next part ves up kohdeeba keyaa hethun keh maduvefa

  10. Aisha says:
    February 14, 2016 at 8:12 pm

    Nice ekm thankolheh kuruhn hyvany… Anyways whn next part???

  11. Mari says:
    February 14, 2016 at 8:24 pm

    Vvvv salhi..thanxx.keep it up..

  12. Ily says:
    February 14, 2016 at 8:26 pm

    Aslu esfiya mihaaru ehme best koh vahaka genesdhene masha
    I love this story…..

  13. roassy says:
    February 14, 2016 at 9:01 pm

    v nice inge

  14. Shifu says:
    February 15, 2016 at 12:00 am

    Wow v salhi…..

  15. Shifu says:
    February 15, 2016 at 12:00 am

    Wow v salhit…..

  16. noo says:
    February 15, 2016 at 12:28 am

    Vv habeys. Vv molhu mivaahaka liyaa kuhjaa. V shaugu veri kohlan egey kiyun Therin. Vv salhi.

  17. Jaad says:
    February 15, 2016 at 1:48 am

    Waiting for next part
    V nice

  18. rakin says:
    February 15, 2016 at 9:53 am

    Alhey avasss… kn irakun tha up vaany

  19. naax says:
    February 15, 2016 at 2:03 pm

    Waiting for next part vvvvvv nice

  20. Zaanaa says:
    February 15, 2016 at 2:35 pm

    Hiy govanee Marsha avahah up kohdayshay keyaafa

  21. Princess Noddy says:
    February 15, 2016 at 3:15 pm

    Marsha ah v vedhun. mithaa mithiba kudhin nashaa. Marsha ur fans mi thiby kehtherikan kolhun laifa. Story hama v salhi. waiting 4 next part.

  22. beauty queen says:
    February 15, 2016 at 3:24 pm

    Pls avahah vaahaka up kohdheebala dhuvaalaku 20 varakah faharu balaalevey vaahaka up vejjethw ;( pls avas kohdhee marsh

  23. Mar Sha Marsha says:
    February 15, 2016 at 4:00 pm

    Hey.. thnx all ingey.. loved the sweet comments… miadhu 9 upkohdheynan Insha allah.. but u hv to wait just a little longer.. my comp is not working.. so a neice is doing the work for me.. as soon as she has time, story up kohdheynan.. hope u understand…

  24. Ily says:
    February 15, 2016 at 5:51 pm

    Alhey plss next part up kohlathi miadhu
    Marsha the hama best v kiyahith vey aslu edhuveh ge part edhuvahu genes dheythe
    I like it☺☺☺

  25. Kiyaahiyy vey says:
    February 15, 2016 at 6:13 pm

    Just waiting for d next part.. Kiyaafa othas marsha ge vaahaka thah 2 vana faharah vs varah kiyaahiyyvey

Comments are closed.

Next Episodeހިތް އެދެނީ 9←


All Right Reserved!