“ނަޒޫ.. ނުފައިބަންތަ ތީނީ؟” ރީހާންގެ އަޑަށް ނަޒްލާއަށް ސިހިފައި ހިޔާލުތަކުގެ ތެރޭން ނިކުމެވުނެވެ. އޭރު ރީހާން އިނީ ނަޒްލާމެން ގޭ ދޮރުމަތީކަން ނަޒްލާއަށް އެނގުނީވެސް ދެފަރާތަށް ބަލާލުމުންނެވެ. “ދަނީ، ތޭންކްސް އިނގޭ…” ނަޒްލާ ސައިކަލުން ފައިބާފައި ބުންޏެވެ. “ވަންނާކަށް ނުބުނާނަންތަ؟” ރީހާން އަހާލިއެވެ. “ވަންނާނަންތަ؟” ނަޒްލާ އަހާލިއެވެ. “ނޫނޭ… މިގަޑިއަކު ނުވަދެވޭނެ. އޮފީހުގަ އަދި ކުޑަ ކަމެއް އެބައޮތް، އެކަން ނިންމާލާފަ ގެޔަށް ދެވޭނީވެސް” ހީލާފައި ރީހާން ބުންޏެވެ. “އާރިޝްއަށް ސަލާން ބުނެދެއްޗޭ، ރީހާން މަންނައަށްވެސް” ނަޒްލާ […]
“މިހާރު ނުވެ އޮތް ކަންތައްވެސް ވީނު…؟ ދެން އަވަހަށް ޑޭޓެއް ސެޓް ކުރަން އުޅޭ” ތިން މީހުން އިށީނދެ ހަމަޖެހިލުމުން ނަދީމް ޝާއިރުގެ ކޮނޑުގައި ޖަހާލިއެވެ. “ކޮން ޑޭޓެއް؟” ޝާއިރުއަށް ނަދީމް ބުނި އެއްޗެއް ނުވިސްނުނެވެ. “ބުނީމެއްނު މެރީ ކުރާނީ އާސިމް ގަބޫލުވި ދުވަހަކުންނޭ؟ މިއޮތީ އެދުވަސް އައިއްސަ، ދެން އަވަސް ކުރަން އުޅޭ” ނަދީމް ހަނދާން ކޮށްދިނެވެ. “އާނ… ތިކަމާވެސް އުޅެންވީ ދެން…” ޝާއިރު ހިނި އައިސްފައި ބުންޏެވެ. “އަހަރެން ގަބޫލު ނުވެގެންތަ މިހުރިހާ ދުވަހު […]
އެރޭ ދޭއް ޖެހި އިރުވެސް ނަޒްލާއަކަށް ނުނިދެއެވެ. ކުރީގެ ހަނދާންތައް ނިންޖަށް ހުރަސް އަޅަނީއެވެ. އެހަނދާންތަކާ ދުރުވާން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ނަޒްލާއަށް ނިދުނު އިރު ތިނެއް ޖަހައިފިއެވެ. އިރު އެރީވެސް އާސިމް ހޭލާ އޮއްވައެވެ. ރޭ ހަތަރުދަމު ވިސްނުމާ، ނުނިދުމުގެ ސަބަބުން ފަތިސް ވީއިރު އާސިމްގެ ބޮލުގަވެސް ރިއްސަން ފަށައިފިއެވެ. ނަމަވެސް ބޮލުގެ ރިހުމަށް ވުރެން ބޮޑު ވޭނެއް އާސިމްއަށް ލިބެމުން ދިޔައީ ކުރީގެ ހަނދާން ތަކުގެ ސަބަބުންނެވެ. […]
“މިގޭ އެންމެންގެ ދުލުގަ އެވާހަކަ އޮންނަންޏާ އެނގޭނެއެއްނު؟ އެނޫން ވާހަކައެއް މިގޭ ތެރޭގަ ނުދެކެވޭ ވިއްޔަ…” އާސިމް އެނދުން ތެދުވަމުން ބުނެލިއެވެ. “އާސިމް… އިހަށް މަންމަ ބުނަން މި އުޅޭ އެއްޗެއް އަޑު އަހާލަބަލަ…” ވަސީމާ އާސިމްގެ ފަހަތުން ދަމުން ބުންޏެވެ. “ބުނަންތަ މަންމާ؟ މަންމަމެން ތިވާހަކަ ދައްކަންޏާ ދެއްކިޔަސް މަށަށް ހެޔޮ… އެކަމަކު އަހަރެން ކައިރީ ތި ވާހަކަ ދައްކައިގެން ނުވާނެ، އަހަރެން އަޑު އަހާކަށް ނޫޅެން…” ރުޅި އައިސްގެން ވަސީމާއާ ދިމާއަށް އެނބުރިފައި އާސިމް […]
“އުހުނ… ޕާޓީ ބާއްވަން ވާނެ… ޔަގީނޭ ތިއުޅެނީ އަހަންނާ ހެދިކަން ޕާޓީ ނުބާއްވަން! އަހަރެން ބޭނުން ޕާޓީ ބާއްވަން… ނޫނެކޭ ބުނެގެން ނުވާނެ…” ނަޒްލާ އަވަސް އަވަހަށް ބުންޏެވެ. “އެހެން ވެގެނެއް ނޫން…” ޔުމްނާ ބުނަން އުޅުނެވެ. “ނޫނެއް ނޫން… ބާއްވަން ޖެހޭނީ… އަހަރެން ދޮންބެއާ ވާހަކަ ދައްކާނަން” ނަޒްލާ ބުންޏެވެ. ނަދީމްއާ ޔުމްނާ ޕާޓީ ބާއްވަން ބޭނުން ނުވަނީ ނަޒްލާއާ ހެދިކަން ނަޒްލާއަށް އެނގެއެވެ. ނަޒްލާގެ ސަބަބުން އެމީހުން އެއްވެސް އުފަލަކަށް އެއްވެސް ހުރަހެއް އެޅޭކަށް […]
ޔުމްނާ ތަބައް ހިފައިގެން ބަދިގެއަށް ގޮސް އަލުން ކާއެއްޗެހި ހަދައިގެން ކޮޓަރިއަށް ވަންނަން ދިޔައެވެ. އެއްޗެއް ބުނަން އުޅެފަވެސް ނައީމާ އިނީއެވެ. ޔުމްނާ އެތައް އާދޭހެއް ކޮށްގެންވެސް ނަޒްލާ އެއްޗެއް ކާކަށް އެއްބަހެއް ނުވިއެވެ. “ތިހެން ހަދާކަށް ނުވާނެ ނަޒޫ… ނުކައި ހުއްޓާ ކޮންމެ ގޮތެއްވެސް ވެދާނެ” ޔުމްނާ ނަޒްލާއަށް ވިސްނައިދެވޭތޯ އުޅުނެވެ. “ރަނގަޅެއްނު؟ މިހާރު އަހަރެން މަރު ވުމަށްވުރެ ރަނގަޅު ކަމެއް ދެން ނުވާނެ” ނަޒްލާ ބުންޏެވެ. “ނަޒޫ… ތިހެން ބުނާކަށް ނުވާނެ…” ޔުމްނާއަށް ބުނެވުނެވެ. […]
އާސިމް އެހެން ބުނުމާ އެކީ ނަޒްލާ އަތުގައި ހުރި ބާރެއް ލާފައި އާސިމްގެ ކޯމަތީ ޖެހިއެވެ. އާސިމްއަށް އެފަދަ އެއްޗެއް ހިތަށް އަރުވަން ކެރުނީތީވެސް ނަޒްލާ ހުރީ ހައިރާން ވެފައެވެ. އެއީ އާސިމް ނަޒްލާއާ މެދު ދެކޭ ގޮތް ކަމާ މެދު ޔަގީން ނުވެފައެވެ. އަދި އަމްދުން އާސިމްގެ އެންމެ ގާތް އެކުވެރިޔާއާ ނަޒްލާއާ މެދު އެފަދަ ގުޅުމެއް ހިނގާފާނެ ކަމަށް އާސިމް ގަބޫލު ކޮށްފާނެކަން ޔަގީން ނުކުރެވިފައެވެ. ނަޒްލާއާ މެދު އާސިމް ދެކޭ ގޮތް މިއަދު […]
“އަހަންނަކަށް ނޭނގެ އާސިމް ތިހެން ތިބުނީ ކީށްވެ ކަމެއް… ޕްލީޒް، ވީ ގޮތެއް ބުނެބަލަ” އާސިމްގެ އަތުގައި ހިފާލާފައި ނަޒްލާ ބުންޏެވެ. “އަހަންނަކަށް ނަޒޫއަކާ ނީނދެވޭނެ… އިތުރު އެއްޗެއް ބުނާކަށް ނޫން މިއައީކީ” ނަޒްލާގެ އަތް ފޮޅުވާލަމުން އާސިމް ބުންޏެވެ. ނަޒްލާއަށް ގަބޫލެއް ނުކުރެވުނެވެ. އެހުރިހާ ދުވަހު އާސިމް ނަޒްލާއަށް ގުޅާ، އެގޮތަށް ވާހަކަ ދައްކާފައި މިއަދު އާސިމް އެވަރަށް ބަދަލު ވާންވީ ސަބަބެއް ނަޒްލާއަކަށް ނުވިސްނުނެވެ. “ކިހިނެއް ވެގެންތަ އާސިމް؟ ކޮންމެވެސް ކަމެއް ވެގެނެއްނު ތިހެން […]
“ޔުމް… އަހަރެން ހަމަ ޕްރެގްއޭ، ދެން ކިހިނެއްތަ ހަދާނީ؟” ނަޒްލާ ޔުމްނާގެ އަތުގައި ހިފާލާފަ ބުންޏެވެ. “ޔަގީންތަ؟” ޔުމްނާއަށް އަހާލެވުނެވެ. ނަޒްލާ ބޯޖަހާލިއެވެ. ޔުމްނާއަށް އެވަގުތު ބުނާނެ އެއްޗެއް ނުވިސްނުނެވެ. “މަންމައަށް އެނގިއްޖެއްޔާ… ޔުމް، އަހަރެން ހާދަ ބިރެއް އެބަ ގަނެޔޭ. ހިތަށް އަރާ އަވަހަށް ދުވަސްތައް ދާނެ ނަމައޭ… އަދިވެސް ދެހަފްތާ އެބައޮތް” ނަޒްލާ އަށް އަނެއްކާވެސް ރޮވުނެވެ. “ނުރޮއެ ނަޒޫ… އާސިމް ކައިރީ ބުނެފިންތަ؟” ޔުމްނާ ނަޒްލާގެ އަތަށް ފިތާލަމުން އެހިއެވެ. “އަދި ނުބުނަން. […]