ރާއިފް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި އައިސް ނީނާ ކައިރީ އިށީނެވެ. “ދިޔަ ތަނެއް ބުނެލި ނަމަ އަހަރެން ހާސް ވެގެން ނޫޅުނީހެއްނު؟” ރާއިފް ބުންޏެވެ. “ރާއިފްއަށް ނާންގަން ވެގެނެއްނު ނުބުނެ ދިޔައީވެސް؟ އާޒިމްއާ ލަމް އެވަރަށް ނުބުނި ނަމަ ރަށަށް ދާނީވެސް ރާއިފް ކައިރީ ނުބުނެ” ނީނާ ބުންޏެވެ. “ރަށަށް ދާންތަ ތިއުޅެނީ؟” ނީނާއަށް ބަލާލަމުން ރާއިފްއަށް އަހާލެވުނެވެ. “ކީއްކުރަން މިތާ ހުންނަނީ؟ ރާއިފްއަށް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ އަހަރެން ނެތިއްޔާ. އަހަރެން […]
ކެބިންގެ ދޮރު ހުޅުވާލާފައި ނީނާ އެތެރެއަށް ވަނީ އެވަގުތުއެވެ. ނީނާއަށާ ރާއިފްއަށް އެކަކު އަނެކަކު ފެނުނީ އެއް ފަހަރާއެވެ. ނީނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާއިފް ޝައުނާގެ ކޮނޑުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. ޝައުނާއަށް ނީނާ ފެނުނީ އެވަގުތުއެވެ. “ޓަކި ޖަހާލާކަށްވެސް ނޭނގޭތަ؟” ޝައުނާ ނީނާއާ ދިމާއަށް ބުންޏެވެ. “ނިކުމޭ މިތަނުން…” އައި ރުޅީގައި ނީނާއަށް ބުނެވުނެވެ. “އަހަރެންތަ…؟ ރާއިފް…” ޝައުނާ އެއްޗެއް ބުނަން އުޅެފައިވެސް ރާއިފްއާ ދިމާއަށް ބަލާލީ ޝައުނާގެ ދިފާއުގައި ރާއިފް އެއްޗެއް ބުނާނެ ކަމަށް […]
“ފަހުންވެސް ދެވިދާނެ، އިހަށް ލަމްމެން ކައިރީ ބުނާނީ އެމީހުން ދާށޭ… އަހަރުމެން ތަންކޮޅެއް ފަހުން ދާނީ” ރާއިފްއަށް ނުބަލާ އިނދެ ނީނާ ބުންޏެވެ. ރާއިފްގެ މޫނު ނުފެނުނު ނަމަވެސް އެވަގުތު ރާއިފްއަށް ވާނެ ގޮތް ނީނާއަށް ވިސްނުނެވެ. “ތެދެއްތަ ދޮންބޭ؟” ރިފާޝާ ރާއިފްއަށް ބަލާލާފައި އެހިއެވެ. “އާނ… މި ވަގުތަށް މުހިންމީ ގޭގަ މީހަކު ހުރުމެއްނު؟ އަހަރެންގެ މައްސަލައެއް ނެތް” ރާއިފް ބުންޏެވެ. ނީނާ އެނބުރިފައި ރާއިފްއަށް ބަލާލިއެވެ. ރާއިފްވެސް ނީނާއަށް ބަލާލާފައި ކޮޓަރިއަށް ވަނެވެ. އެދުވަހުގެ […]
“ބައްޕަ ބުނެގެންތަ އަހަންނާ އިނީ؟” ނީނާ އަހާލީ ހަމައެކަނި އެހެންނެވެ. ރާއިފް ޖަވާބެއް ނުދީ އިސް ޖަހައިގެން އިނެވެ. “އަހަރެން ރާއިފް ކައިރީގައޭ މިއަހަނީ…” ރާއިފްއަށް ބަލާލަމުން ނީނާ ބުންޏެވެ. “ފުރަތަމަ ބައްޕަ ބުނެގެން…” ރާއިފް ތެދަށް ބުންޏެވެ. އެވަގުތު ރާއިފް ނިންމީ ހުރިހާ ވާހަކައެއް ތެދަށް ނީނާއަށް ކިޔާދޭށެވެ. “އެބުނި މުއްދަތަކީ ކޮބާ؟” ނީނާ ދެވަނަ ސުވާލެއް ކޮށްލިއެވެ. “އެއީ… ހަތަރު މަސް…” ރާއިފް ތަފްސީލަށް ނުގޮސް ބުނީ ހަމަ އެކަނި އެހެންނެވެ. “އެއީ އެފޮޓޯ […]
ރާއިފް ހީލާފައި އަނެއްކާވެސް ނީނާގެ މޫނާ ކައިރިވެލިއެވެ. “ދެން ލެޓްސް ގެޓް މެރިޑް…” ނީނާ ގައިގައި ބައްދާލަމުން ރާއިފް ބުންޏެވެ. “ހްމްމްމް…” ނީނާ އެއްބަސް ވުމުގެ ގޮތުން އަޑެއް ލައްވާލިއެވެ. “ސީރިއަސް ކޮށް އިނގޭ…” ރާއިފް ނީނާ ދުރުކޮށްލާފައި ނީނާގެ މޫނަށް ބަލާލާފައި ބުންޏެވެ. “ރާއިފްގެ ބައްޕައަށް އެނގިއްޖެއްޔާ ކީކޭ ބުނާނީ؟” ނީނާ އަހާލިއެވެ. “ބައްޕަ އޯކޭ ވާނެ، އެކަމާ ނީނާ ކީއްވެ ހާސްވަނީ؟ ދެން ބުނެބަލަ، ކޮން އިރަކުން؟” ރާއިފް އަހާލިއެވެ. “ރާއިފް ބުނެބަލަ…” ނީނާ […]
“ދޮންތާ، ރާއިފް އެބަ އުޅޭތަ؟” ނީނާ އެހިއެވެ. “ގެޔަކު ނެތް. އޮފީހަކަށް ނުދޭތަ؟” ރިފާޝާ އަހާލިއެވެ. “އާނ… ނާދޭ މިއަދަކު” ނީނާ ބުންޏެވެ. “އެހެން ވިއްޔާ ނޭނގެ ދިޔަ ތަނެއް. ނާއިޝް ހޮޑު ލާތީ ލަތާ ގުޅީމަ އަހަރެން ގެޔަށް އައި އިރު ދޮންބެ ނޫޅޭ ގެޔަކު” ރިފާޝާ ބުނެދިނެވެ. “ނާއިޝްއަށް ކިހިނެއްވީ؟” ނީނާ އަހާލިއެވެ. “ނޭނގެ ވީ ގޮތެއް. މިދަނީ ޑޮކްޓަރަށް ދައްކަން ދާން. ނީނާ މިހާރު ނުވެސް އާދޭ ވިއްޔަ” ރިފާޝާ ބުންޏެވެ. “ހުކުރު […]
“އަހަރެންގެ ޓައިޕްއެއް ނޫން… އެކަމަކުވެސް އޭނަޔާ އިންނަން މިއުޅެނީ” ރާއިފް ބުންޏެވެ. “ކީކޭ؟” ނަސްރުއަށް ގަބޫލު ނުކުރެވިގެން އަހާލެވުނެވެ. “ރިވެންޖް…” ރާއިފް ބުނެލިއެވެ. އަދި ރާއިފްގެ ޕްލޭން ނަސްރުއަށް ކިޔާދިނެވެ. “ތީ ކަމުދާ ޕްލޭންއެއް ނޫން… އެންމެ ފަހުން ރާއިފް އޭނަ ދެކެ ލޯބި ކަންނޭނގެ ވާނީ…” ރާއިފްގެ ވާހަކަ އަޑު އަހާފައި ނަސްރު ބުނެލިއެވެ. “ތީ ނަސްރުއަށް ހީވާ ގޮތް، އަހަރެން އޭނަ ދެކެ ލޯބި ވުން އެއީ ނުވާނެ ކަމެއް. ލޯބި ވާނެ ކުދިން […]
“އެހެން ކަމެއް އެބަ އޮތްތަ؟” ނީނާ އަހާލިއެވެ. ރާއިފް ނީނާއަށް ބަލާލިއެވެ. އަދި ބޯ ހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނީނާ އިތުރު އެއްޗެއް ނުބުނެ ނީނާގެ ގޮނޑީގައި އަޅުވާލާފައި އޮތް ދަބަސް ހިފައިގެން ދާން ހިނގައިގަތެވެ. “ނީނާ…” އެވަގުތު ރާއިފް ގޮވާލިއެވެ. ނީނާ އެނބުރިފައި ބަލާލިއެވެ. ނަމަވެސް ރާއިފް އިތުރު އެއްޗެއް ނުބުންޏެވެ. “ކިހިނެއްވީ؟ ކަމެއް އޮތީތަ؟” ނީނާ އަހާލިއެވެ. “ކަމެއް އޮތީކީ ނޫން… އެއްޗެއް އަހާލަން ވެގެން… ނީނާ އަދިވެސް ތިހިރީ އަހަރެން ދެކެ […]
ފުރަތަމަ އެފޮޓޯ ފެނުނީ ނީނާއަށެވެ. އެފޮޓޯ ފެނުމާ އެކީ ނީނާއަށް ރާއިފްގެ މޫނަށް ބަލާލެވުނީ ރާއިފް އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވިގެންނެވެ. ރާއިފްއަށްވެސް ފޮޓޯ ފެނުމާ އެކީ ނީނާއާ ދިމާއަށް ބަލާލެވުނެވެ. އެފަދަ މަންޒަރެއް އޮފީހުގެ އެންމެންނަށް ފެނުމުން ނީނާއާ މެދު އެންމެން ހީކުރާނީ ކީކޭ ހެއްޔެވެ؟ ނީނާ އެހެން ހިތަށް އެރުމާ އެކު ރޮވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ނީނާ ރާއިފްގެ ކެބިންއަށް ވެނެވެ. ރާއިފްވެސް ފޮޓޯ ފެނުމުން ހައިރާން ވިއެވެ. ނަސްރު […]