“އެކަމަކު… އަޒްމަންގެ ފެމިލީ…” ޒައިނާއަށް ބުނެވުނެވެ. “އަހަރެންގެ ފެމިލީ އަކީ ވަރަށް ތަފާތު ފެމިލީއެއް. އެ މީހުން އެއްވެސް އެއްޗެއް ނުބުނާނެ. ދޭ ވިލް ވެލްކަމް ޔޫ… ވިތް އަދާ” އަޒްމަން ޔަގީން ކަމާއެކު ބުނެލިއެވެ. ނަމަވެސް އަދިވެސް ޒައިނާގެ ހިތެއް ނުރުހުނެވެ. އިސްޖަހާލައިގެން އިނީ އަޒްމަންއަށް ޖަވާބެއް ދޭން އުނދަގޫ ވެފައެވެ. އެރޭ އަޒްމަން އެ ދެއްކި ހުރިހާ ވާހަކައެއް ހިތު ތެރޭ އެނބުރެމުން ދިޔަ ނަމަވެސް ގޮތެއް ނުނިންމިފައެވެ. “ހިނގާ ސައި ބޯން” އެ […]
“…ނިހާން ހަމަ އެރޭ ބުނެފި އެއީ އެހާ ރަނގަޅު ކަމަކަށް ނުވާނެޔޭ… ބުނީ އަހަންނަކީ އޭނަގެ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ… ދެންވެސް އަހަރެން ޓްރައި ކުރިން… އޭގެ ފަހުން ބުނަނީ އަހަރުމެންގެ އޭޖް ޑިފަރެންސްގެ ވާހަކަ… ދެންވެސް އަހަރެން ހުއްޓާނުލީމަ އެންމެ ފަހުން އަހަރެން ދޫކޮށްލާނެ ކަމަށް ކަންނޭނގެ ބުނީ، އޭނަ އަދިވެސް ލޯބި ވަނީ ޝަނާޒް ދެކެއޭ… އެވަރުންވެސް އަހަރެން ހުއްޓައެއް ނުލަން… އަހަރެން ބުނީ އެހެން ވިޔަސް އަހަރެން ލޯބި ވެޔޭ… އަހަރެން ކިތަންމެ […]
“ހެޔޮ ނުވާނެ ނިހާން، އޭނަގެ ކެތްތެރިކަމާ މެދު އެއްފަހަރުވެސް ވިސްނާލިންތަ؟ އޭގެންވެސް އޭނަ ލޯބި ވާ ވަރު ނުވިސްނޭތަ؟ ކޮން އިރަކުތަ ތިހާ ހިތް ހަރު މީހަކަށް ނިހާން ވީ؟” ނިހާންއަށް ވިސްނައިދޭން މަސައްކަތް ކޮށްކޮށް ޝަނާޒް ވަރުބަލި ވެއްޖެއެވެ. “ނާޒްއަށް އެނގޭނެ ކޮން އިރަކު ކަން… އަހަރެން ބުނެދޭކަށް ނުޖެހޭނެ…” ނިހާން ބުނެލިއެވެ. “ނަންނައަށް ސަލާން ބުނެދޭތި…” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޝަނާޒް އެހެން ބުނެފައި ނިހާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޯން […]
ބެލްކަނީގައި ހުރި އިޔާދު، އެތެރެއަށް ވަންނަން އުޅެފައިވެސް މަޑުކޮށްލީ ކުރިމަތީ ހުރި “އެވަރ ގްރީން” ގޭ ދޮރުމައްޗަށް ޓެކްސީއެއް މަޑުކޮށްލުމުންނެވެ. އިޔާދު ހުރީ ގޭގެ ތިންވަނަ ފްލޯރގެ ބެލްކަނީގައި ނަމަވެސް ކާރުން ފޭބި މީހުން އިޔާދުއަށް ރަނގަޅަށް އެނގުނެވެ. ފުރަތަމަ ކާރުން ފޭބީ، ފިޔާތޮށި ކުލައިގެ ރަޖަލެއް އޮޅާލައި ފޮރުވާލާފައިވާ ތުއްތު ކުއްޖެއް ދެއަތުގެ ތެރެއަށް ލައިގެން ހުރި ނަޝީލާއެވެ. ނަޝީލާއާއެކީ ކަހަލަ ގޮތަކަށް ކުރީ ސީޓުގެ ދޮރު ހުޅުވާލާފައި ފޭބީ ނަޝީލާގެ ދެވަނަ ދަރިފުޅު ނަވާޒްގެ […]
އެރޭ އިޝާމް އައުމުން ނައިހާ އެ ވާހަކަ އިޝާމްއާ ހިއްސާ ކުރިއެވެ. ނައިހާގެ ބޭނުން ކަމެއް ކުރުމަށް އިޝާމް ނައިޙާއަށް ހިތްވަރު ދިނެވެ. ހަމަ އެއާއެކު ދުވަސްތަކެއް ވަންދެން އިޝާމް ދައްކަން ބޭނުން ވެފައި ހުރި ވާހަކަ އެރޭ ދައްކަން އިޝާމް ބޭނުން ވިއެވެ. “އަހަރުމެން މެރީ ކުރަނީ ކޮން އިރަކުން؟” އިޝާމް އަހާލިއެވެ. “އިޝާމް ބުނަން ދެން އަހަރެން މި ހުންނަނީ. އިޝާމް ބޭނުން އިރަކުން ދެން މެރީ ކުރަން އަހަރެން ބޭނުމީ. މިހާރު އަނުމްއަށް […]
ދެ އަތުން ލޯ ފޮހެމުން ގެޔަށް ވަންނަން ދިޔަ ނާޔާ ސިހިފައި ހުއްޓުނީ ދޮރުމަތީ ހުރި ނާއިލް ފެނުމުންނެވެ. އޮފީހުގެ މަސައްކަތެއް ކުރަން އިން ނާއިލް ކޮޓަރިން ނިކުތީ ކޮފީއެއް ބޯލަން ބޭނުން ވެފައި ހުރުމުންނެވެ. ލައިލާ ނިދާފައި އޮތުމުން އެ ގަޑީގައި އުނދަގޫ ނުކުރަން ވެގެން ތިރިއަށް ފޭބީ ބަދިގެއަށް ވަދެ އަމިއްލައަށް ކޮފީއެއް ގިރާލަން ވެގެންނެވެ. ނަމަވެސް ބަދިގެއަށް ނުވަދެ މަޑުކޮށްލީ ނައިހާއާ ނާޔާގެ އަޑު އިވުމުންނެވެ. ނާޔާއަށާ ނައިޙާއަށްވެސް ނުފެންނާނެ ހެން ދޮރާ […]
“މި ރެއަކު ތި ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ނަޒްހާއާ ނައިހާއަކަށް ނޫން ނާޔާގެ ކަންތައް ނިންމަން ޖެހޭ ގޮތް އެނގޭނީ. އަހަރުމެންނަށް ނާންގާ، އަހަރުމެންގެ ލަފާ ނާހާ ކަންތައް ކުރީމަ ވާ ގޮތް ނައިހާއަށް އެނގިފަ އޮންނާނީ. އެވަރު ނުވިސްނިގެން ދެން ތިބި މީހުން މި އުޅެނީ” ނަރީމާ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބުންޏެވެ. “މަންމާ…!” ނައިހާއަށް ބަލާލާފައި ނަޒްހާ ނަރީމާއަށް ގޮވާލިއެވެ. “މި ހުރިހާ ދުވަހުވެސް އެއްޗެއް ނުބުނަމެއްނު؟ އެކަމަކު ނުހުރެވޭ ވަރު […]
“ނާއިލް!” ނަރީމާ ނިކުންނަމުން ނާއިލްއަށް ގޮވާލުމުންވެސް ނާއިލް ނުނިކުތުމުން ނަރީމާ ނިކުތީ ނާއިލްގެ އަތުގައި ހިފައިގެންނެވެ. “އޭރު ވީ ކަންތަކުގަ އިޝާމްގެ ކުށެއް ނެތް ކަން ނޭނގެނީ އަހަންނަށް އެކަނިތަ؟ އެހެންވެ ދޯ ތުއްތުބޭ އިޝާމްއާ ވާހަކަ ދައްކަން ފެށީ؟ އިޝާމް މި ގެޔަށް އަންނާތީ މަންމަމެންވެސް ރުޅި ނާންނަނީ؟ އެ ވަރު އަހަންނަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށް އަރާ…” ދެ މީހުން އެކަނި ވުމުން ނައިހާ ބުންޏެވެ. “ނާއިލް ކައިރީ އިސްރާ ބުނީ އަހަންނަށް ނުވެސް […]
“ނައި… އަހަންނަށް އެނގޭ ނައި ރުޅި އަންނާނެ ކަން. އަހަރެން ކަންތައް ކުރީކީ ރަނގަޅަކަށް ނޫންކަން ގަބޫލު ކުރަން. އަހަރެން ބޭނުން ނައިގެ ކިބައިން މާފަށް އެދެން” ފަސް ޖެހިފައިވެސް ޔަޒާން ބުންޏެވެ. “ޔަޒާން ކީކޭ ބުނަން ތި އުޅެނީ؟” ނައިހާ އަހާލިއެވެ. “އޭރުގެ ހުރިހާ ކަމަކަށް މާފަށް މި އެދެނީ—” ޔަޒާން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ނައިހާ ޔަޒާންގެ ވާހަކަ މެދު ކަނޑާލިއެވެ. “އަހަރެން ބޭނުމެއް ނޫން ޔަޒާން މާފަށް އެދޭ އަޑު […]